މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަކުބަރު ރަސްގެފާނާއި ބީރުބޮލު ވަޒީރުގެ ބައެއް ވާހަކަތައް(2) |
|
|
| ދިވެހި - ވާހަކަ | |||
| 25 މެއި 2011، 19:40 ބުދަ | |||
|
އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ (21 މެއި 2011 އާ ގުޅޭ) 2. ބިރުބަލް ވަގަކު ހިފުން ބިރުބަލްގެ ތޫނުފިލިކަމާއި ބުއްދިވެރިކަމުގެ ސަބަބުން އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމްކުރެއެވެ. އަކްބަރު ރަސްގެފާނަށް ހައްލުކުރައްވަން ދަތިފުޅު ކޮންމެ ކަމެއްގައިމެ ބިރްބަލްގެ އެހީތެރިކަން ހޯއްދަވައެވެ. އަކުބަރު ރަސްގެފާނަކީ ގަހަނާއަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. ޖަވާހިރާއި ރަނުގެ އެތައް އަގޮނޓިފުޅެއްް ގެންގުޅުއްވާ ކަމަށް ވެއެވެ. އެމަނިކުފާނު އެންމެ ހިތްޕުޅާ ހަމަކުރައްވާ އަނގޮޓިފުޅު ވަނީ ވަށއިގެން މުތް ހަރުކުރެވި މެދުގައި ޖަވާހިރުގެ އެހެއް ހަރުކުރެވިފައެވެ. ރަސްގެފާނުގެ ގަނޑުވަރުގައި، ރަސްގެފާނުންގެހެދުންކޮޅުތަކާއި، ގަހާނާކޮޅުތައް ބެލެހެއްޓުމަށް، އަށް ޚާދިމުން މަސައްކަތް ކުރެއެވެ. ރަސްގެފާނު ރަސްކަމުގެ ދަރުބާރަށް ނިކުމެވަޑައިގަތުމުގެ ކުރިން ހެދުންކޮޅު ތުރުކުރެއްވުމަށް އެހީތެރިވުމަށް ވެސް މި އަށް ޚާދިމުންގެ އެހީތެރިކަން ހޯއްދަވައެވެ. މި މީހުން ފިޔަވައި އިތުރު މީހަކަށް ރަސްގެފާނުގެ ކޮޓަރިކޮޅަށް ވަނުމުގެ ހުއްދައެއް ވެސް ނޯންނާނެ އެވެ. އެއް ދުވަހަކު ރަސްގެފާނު އެންމެ ލޯބިކުރައްވާ އެއްކަލަ އަނގޮޓިފުޅު ތުރުކުރެއްވުމަށް ބޭނުންފުޅު ވެއްޖެ އެވެ. އެކަމަކު އެ އަނގޮޓިފުޅެއް ނުފެނުނެވެ. އަނގޮޓިފުޅު ގެއްލިއްޖެ އެވެ. އެހެންކަމުން އަނގޮޓިފުޅު ހޯދުމަށް ރަސްގެފާނު އަމުރުކުރެއްވި އެވެ. އެހެނަސް އެއްވެސް މިހަކަށް އެ އަނގޮޓިފުޅެއް ނުފެނުނެެވެ. ބިރުބަލް އެތަނަށް ހާޒިރު ކުރެއްވިއެވެ. އަދި އަނގޮޓީގެ ވާހަކަ ވިދާޅުވެ އެ އަނގޮޓިފުޅުު ހޯދުމަށް އަމުރު ކުރެއްވިއެވެ. އެހިނދު ބީރުބަލް، ރަސްގެފާނުގެ ގަނޑުވަރުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެ ތިބި 8 ޚާދިމުން ހާޒިރުކުރި އެވެ. އަދި ކޮންމެ މީހަކަށް ދަނޑިކޮޅެއް ދިނެވެ. އެއް ވަރެއްގެ އަށް ދަނޑިކޮޅެވެ. އަދި އޭގެ އަނެއް ދުވަހު ދަނޑިކޮޅު ހިފައިގެން އައުމަށް އެދުނެވެ. ބިރުބަލް އެމީހުން ގާތު ބުނީ "އަނގޮޓި ވަގަށް ނެގިމީހާ ގެންނަ ދަނޑިކޮޅު އޮންނާނީ އެއް އިންޗި ދިގުވެފައި" ކަމަށެވެ. އޭގެ އަނެއްދުވަހު އަށް ޚާދިމުން ހާޒިރުކޮށް ސަފަކަށް އެތުރިއެވެ. އަދި އެތަނުން އެކަކު ރަސްގެފާނާއި ހަވާލު ކުރެއްވިއެވެ. އަދި އަނގޮޓި ވަގަށް ނެގީ އެކަލޭގެ ކަމަށް ދެންނެވިއެވެ. އެހިނދު ޚާދިމު، ރަސްގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓިގަނެ އަނގޮޓި ވަގަށް ނެގިކަމަށް އެއްބަސްވެ އެކަމަށް މާފަށް އެދުނެވެ. ރަސްގެފާނު ހައިރާންފުޅުވެ ވަގުކަލޭގެ ހޯދިގޮތާ މެދު ބިރުބަލަށް ސުވާލު ދެންނެވުމުން ބީރުބަލް ދެންނެވީ ދަނޑިކޮޅު ދިގުވާނެކަމަށް ހީކޮށް ވަގުކަލޭގެ އޭނައަށް ދިން ދަނޑިކޮޅުން އެއް އިންޗިބުރިކޮށްލާފައިވާ ވާތީ އެނގުނީ ކަމަށެވެ. 3. ކިޗްޅީ ކެއްކުން: އެއީ ފިނި މޫސުމުގެ ދުވަހެކެވެ. ކޯރުތައްވަނީ ގަނޑުވެފައެވެ. ރަސްކަމުގެ ދަރުބާރުގައި އިންނަވައިފައި އަކުބަރު ރަސްގެފާނު ބިރުބަލާ ސުވާލެއް ކުރެއްވިއެވެ. " ފައިސާއަށްޓަކައި މީހަކު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތަ؟" އެ ހިނދު ބީރުބަލް އާދޭހޭ، ދެންނެވިއެވެ. އެކަން ސާބިތު ކޮށްދިނުމަށް ރަސްގެފާނު އޯޑަރު ކުރެއްވި އެވެ. ޖެހިގެން އައި ދުވަހު ބިރުބަލް ދަރުބާރަށް ހާޒިރުވީ ފަޤީރު ނިކަމެތި ބްރަހަމީ އަކާ އެކުގައެވެ. ފައިސާއަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެފަދަ މީހަކާ އެކުގައެވެ. ރަސްގެފާނު އެކަލޭގެ ކިބައިން އެދިވަޑައިގަީ ގަނޑުވެފައިވާ ކޯރުގެ ފެންގަނޑުގެ ތެރޭގައި އެ ރޭ ހޭދަކުރުމަށެވެ. އެއްވެސް އަންނައުނަކާއި ނުލައެވެ. ނިކަމެތި ބްރަހަމީއަށް އިތުރު ގޮތެއް ނެތެވެ. އެހެންކަމުން ހީކަރުވައި ގަނެގެން ތުރުތުރުއަޅާ ޙާލު އޭނާ ފެންގަނޑުގެ ތެރޭގައި ހޭދަކުރި އެވެ. އޭގެ އަނެއް ދުވަހު އޭނަގެ އިނާމު ހޯދުމަށް ދަރުބާރަށް ހާޒިރުވިއެވެ. ރަސްގެފާނު ވިދާޅުވިއެވެ. " އާދަޔާ ޚިލާފު ފިނީގެ ތެރޭގައި ކަލޭ ކެތްކުރި ކިހިނެތް ހެއްޔެވެ؟ އޭގެ ސިއްރަކީ ފަހެ ކޮބައި ހެއްޔެވެ؟" ބްރަހަމީ ދެންނެވިއެވެ. " ފެންގަނޑާއި އެއްކިލޯމީޓަރު ދުރުގައި ހުރި ބައްތިއެއްގެ އަލި ފަނޑުފަނޑު ގޮތެއްގައި އަޅުގަނޑަށް ފެންނަން ހުއްޓެވެ. އަޅުގަނޑު ހިތްވަރު ހޯދީ އަލީގެ އެ ދޯދިތަކުންނެވެ." ބްރަހަމީގެ މިޖަވާބު އިވިވަޑައިގަތުމާއެކު އޭނާއަށް އިނާމު ދިނުމަށް ރަސްގެފާނު އިންކާރުކުރެއްވި އެވެ. އެ ބައްތީގެ އަލިން އެ ނިކަމެތި ކަލޭގެ ހޫނުކަން ހޯދީކަމަށް ވިދާޅުވެފައެވެ. އަދި ރަސްގެފާނަށް މަކަރުހެދިކަމުގެ ތުހުމަތު ގައެވެ. އެހެންކަމުން ބްރަހަމީ ކަލޭގެ ރަސްގެފާނުގެ ދަރުބާރުން ނިކުމެގެން ގެއަށް ދިޔައި ހުސް އަތާއެވެ. އެހާ ދުރުގައި ހުރި ބައްތިއަކުން ހޫނު ނުވާނެކަން ބިރްބަލް ރަސްގެފާނަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު ރަސްގެފާނު އެ އަޑު އައްސަވަން ބޭނުން ފުޅު ނުވުމުން ބީރުބަލް ދަރުބާރު ދޫކޮށް ދިޔަ ގޮތަށް ދަރުބާރަށް ހާޒިރެއް ނުވެއެވެ. ރަސްގެފާނަށް ފޮނުވީ މެސެޖެކެވެ. އޭގައިވަނީ ދެން ދަރުބާރަށް ހާޒިރުވެވޭނީ އޭނާކައްކަން އުދާފައި ހުރި ކިޗުޅީ ކެކުނު އިރަކުން ކަމެވެ. ބިރުބަލްގެ ޚަބަރެއް ނުވެ ފަސްދުވަސް ފާއިތުވެ ދިޔުމުން ރަސްގެފާނު ދަރުބާރު ދޫކުރައްވައި ބިރުބަލްގެ ގެއަށް ވަޑައި ގަތެވެ. އެހިނދު ރަސްގެފާނަށް ފެނިވަޑައިގަތީ އަލިފާންގަނޑެއް ރޯކޮށްގެން އެ އަލިފާންގަނޑާ އެއްމީޓަރު ދުރުގައި ތެލި ބަހައްޓައިގެން އިން ތަނެވެ. ރަސްގެފާނު ވިދާޅުވިއެވެ. "ތިޔަ ތެލި އަލިފާންގަނޑާ އެއްމީޓަރު ދުރުގައި ބަހައްޓައިގެން ކިތަންމެ ވަރަކަށް އަލިފާން އެންދިޔަސް ކިޗުޅީ ކެކޭނީ ކޮން ފަދައަކުން ހެއްޔެވެ ؟ ބީރުބަލަށް ވެފައި ތިޔަ ހުރީ ކިހިނެއް ހެއްޔެވެ؟ " " ހިންދުސްތާނުގެ އިއްޒަތްތެރި ރަސްގެފާނެވެ. އެއްކިލޯމީޓަރު ދުރުގައި ހުރި ބައްތިޔަކުން އިންސާނަކަށް ހޫނުކަން ލިބޭ ކަމަށް ވަންޏާ އެއްމީޓަރު ދުރުގައި ހުރި އަލިފާންގަނޑަކުން ހޫނުވެގެން ކިޗުޅީ ނުކެއްކޭނެ ގޮތެއް ވިދާޅުވެ ދެއްވަ ބައްލަވާށެވެ!" އަކްބަރު ރަސްގެފާނަށް، އެރަސްގެފާނުގެ ކުށް ވިސްނިވަޑައިގެން ، ފަޤިރު ބުރަހަމީ ދަރުބާރަށް ހާޒިރު ކުރައްވައި އޭނާއަށް 2000 ރަން ފައިސާފޮތި ދެއްވި އެވެ. ---------------- މަޢުލޫމާތު ހޯދި ވަސީލަތްތައް: (ނިމުނީ) ވިސްޑަމް މެގެޒިން http://www.indhistory.com http://www.mapsofindia.com http://www.csupomona.edu މި ލިޔުން ފޮނުވުން: އަލްފާޟިލް އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން) ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|