ފަންވަތް ދިވެހި ސުފުރާ ދަނޑި އަލުވި ބަކުން
ބެލި ޢަދަދު: 844
ދަނޑި އަލުވި ބަކުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ސުފުރާ
22 މެއި 2010، 03:03 ހޮނިހިރު

ތުއްތުކުދިންގެ ކާނާ


ޖުވައިރިޔާ ވަޖުދީ


ބޭނުންވާތަކެތި


4 އިންޗީގެ ދަނޑި އަލުވިކޮޅެއް ކޮށާފައި

4/1 ޖޯޑު ބޯކިރު (ކާށިކިރު)
2 އިންޗި ހުންނަހާ ކައްޓަލަ

1 މޭޒުމަތީ ސަމުސާ ރޯމަސް ކުދިކޮށް ކޮށާފައި


ތައްޔާރުކުރާނެގޮތް


ކުޑަ ތެއްޔެއް އުނދުންން މައްޗަށް އުދާލާފައި ފެން ފޮދެއް އަޅާލުމަށްފަހު ކެކިގަތުމުން ދަނޑި އަލުވިކޮޅު އަޅާލާފައި ކައްކާށެވެ. މަޑުވާންފެށުމުން ކައްޓަލަކޮޅު ވެސ ްއަޅާފައި ރޯފިލަންދެން ކައްކާލާފައި އުނދުން މތިން ބޭލުމަށްފަހު މިކްސަރުން ޗަސްކޮށްފައި ކިރުފޮދު އެއްކޮށްފައި އޮލަމިން ހެޔޮވަރުކޮށްލާށެވެ. ދެން ތުއްތު ދަރިފުޅަށް ކާންދޭށެވެ.

(ނިމުނީ)

ބަކުން ބަކުން

                   

ތުއްތު ކުދިންގެ ކާނާ


މި ފޮތުގައި މިލިޔަނީ 6 މަހާއި  1 އަހަރާއިދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީ ތަކެކެވެ.ފުޅި ފުޅިއާއި ދަޅު ދަޅު ގައި ހުންނަތައްޔާރީ ކާނާގެ ބަދަލުގައި ހަރަދުކުޑަކޮށް އަޅުގަނޑުު މެންނަށް ފަސޭހައިން ލިބޭ ބާވަތް ތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅަށް ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފޮތުގައިވާ ކާނާތަކުގައި ތުއްތު  ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބަައެއް ބާވަތް ތައް ހިމަނާފައި ވާނެ އެވެ.
  
މި ކާނާ ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީ އެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލާށެވެ.
         
ކައްކާއިރު އަބަދު ވެސް ބަލާނީ އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯ އެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ.އަދި ކާށި ކިރު އަޅާ ބާވަތް ތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ.

             2 މާޗް 2009        
                            ޝުކުރިއްޔާ

 
                                               ޖުވައިރިޔާ ވަޖުދީ

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 844
extra avandia and congestive heart failure