ފަންވަތް ދިވެހި ސުފުރާ ކަރުނައާ ނުލައި ކެއްކުން (1)
ބެލި ޢަދަދު: 1312
ކަރުނައާ ނުލައި ކެއްކުން (1) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ސުފުރާ
21 ޖޫން 2010، 00:47 ހޯމަ

ރޫސިހާ ބަތް


ސއ. މުޙަންމަދު އަމީން (1949)

ރޫސިހާ ބަތަކީ ދިވެހިންގެ އެންމެ އާންމު ކެއުމެވެ. ރޫސިހާ ބަތާއި ގަރުދިޔައަކީ، ނުވަތަ ރޫސިހާ ބަތާއި ރިހާކުރަކީ، ވަރަށް ވެސް މީރު ކެއުމެކެވެ. އާދޭހެވެ! ދެގޮތެއްގައިމެ، މީރުކަން ފުރިހަމަވަނީ، މިރުހާއި، ލުނބޯހުތް، ފިތައިގެން މޮޑެލީމަ އެވެ.

ބޭނުންވާ ތަކެތި؛

ހަނޑޫ، ކާށި، ލޮނު.

ކައްކާނެގޮތް؛

ދެލާއްސެއްހައި ހަނޑުލުގެ ބަތް ކައްކަނީ ނަމަ، އެންމެ ފުރަތަމައިން، ފޮޅާ ހޮވާފައި ހުރި، ދެލާހި ހަނޑޫ، ރަނގަޅަށް ދޮންނާނީ އެވެ. ދެން ހެޔޮވަރުގެ ކާއްޓެއްގެ ކިރު ފެލާނީ އެވެ..... ހަނޑޫ ދޮވެ، ކިރުފެލައި ނިމުމަށްފަހު، .... އާދެ! އެ ވީ ކެެއްކުމަށް ފަށައިގަންނާށެވެ. ކައްކަން ކަނޑައަޅުއްވާފައިވާ ތެލިބުރީގެ ތެރެއަށް، ހަނޑޫ އަޅުއްވާށެވެ. ދެން ފެލުއްވާފައި ހުރި ކިރު، އަޅުއްވާށެވެ..... އާދެ! ދެން، އޮންނާނޭ ކަމަކީ ދިޔަ ހެޔޮވަރު ކުރެއްވުމެވެ. ދިޔަ ހެޔޮވަރު ކުރައްވާނީ ތެލިބުރީގެ ތެރެޔަށް، ސާފުފެން އެޅުއްވުމުންނެވެ. ޝައްކެއްނެތެވެ. ވާރޭފެން ލިބެންހުރި ޙާލެއްގައި، ހުރިހައި ގޮތަކަށްމެ މޮޅީ ވާރޭ ފެނެވެ. ވާރޭފެން ނުލިބުނު ނަމަ، ސާފުވަޅެއްގެ ފެނުން ޖެހޭނީ ފުއްދަންތާ އެވެ. ހަނޑޫގަނޑުގެ ދެ ހިންޗިއެއްހާ ހިސާބު މައްޗަށް، ފެން އަރާއިރު، ދިޔަވަރު ހުންނާނީ ހެޔޮވަރު ވެފަ އެވެ. ދެން އޮންނާނީ ލޮނު ހެޔޮވަރު ކުރުމެވެ. ސާފު ގިރިލޮނު އަޅުއްވަމުން، ލޮނު ހެޔޮވަރު ކުރައްވާނީ އެވެ.

އާދެ! މިހާރު އެހެރީ އުނދުން މައްޗަށް އުދަން ތައްޔާރުވެފަ އެވެ. އުއްދަވައިގެން މަތި ހިނދެންދެން ކައްކަވަމުން ގެންދަވާށެވެ! މަތިން ހިނދުމަކީ، ހަނޑޫގަނޑުގެ މަތީން ފެންނާން ހުންނާނެ މިންވަރަކަށް، ދިޔަގަނޑު މަދުވުމެވެ. މަތިން ހިނދުމަށްފަހު، އުނދުނުގެ ގިނި ތަންކޮޅެއް މަޑުކޮށްލެއްވުމަށްފަހު، ބަތްތައް ޗިސްނުވާނެ ގޮތެއްގެ މަތިން، ދޭފަތަކުން، ދެތިން ފަހަރަކު، ހައްލަވައިލައްވަން ވެސް ވާނެ އެވެ. މި ގޮތުގެ މަތީން އިރުކޮޅަކު ކައްކަވާލައްވާ އިރަށް، ބަތް ހުންނާނީ، ރަނގަޅަށް ކެކިފަ އެވެ. ކެކުމުގެ އަވަސް ލަސްމިން، ހިމެނިފައި އޮންނަނީ، ހަނޑުލުގެ ބާވަތުގެ މައްޗަށާއި، އުނދުން އަނދާ އެނދުމުގެ މައްޗަށެވެ. ހެޔޮވަރަށް އަނދާ އުނދުނެއްގައި، އާދައިގެ ހަނޑުލެއްގެ، ދެ ލާހިބަތް، ބައިގަޑިއެއްހައި އިރުގެތެރޭގައި ރަނގަޅަށް ކެކޭނެ އެވެ.

(ނިމުނީ)
ހަވާލާ:

މުޙަންމަދު އަމީން (1949). ކަރުނަޔާނުލައި ކެއްކުން: (2003). ނޮވެލްޓީ ޕްރެސް، މާލެ.



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1312
extra avandia and congestive heart failure