މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފޮތިންކެޔޮ |
|
|
| ދިވެހި - ސުފުރާ | |||
| 17 އެޕރީލް 2009، 02:52 ހުކުރު | |||
|
ބޭނުންވާ ތަކެތި
އެއަށްފަހު، ތާހަކަށް ތެޔޮ ފޮދު އަޅައި އުނދުންމައްޗަށް އުދާށެވެ. ތެޔޮ ފޮދު ރަނގަޅަށް ހޫނުވެ ކެކި ގަތުމުން، ކެޔޮ ފޮތިތައް ތާހަށް އަޅައިލާށެވެ. ފާކެޔޮ ނަމަ ފޮތިތައް ވަކި ވަކިން ނުޖެހޭނެހެން އެތުރިގެންދާ ގޮތެއްގައި ބަހައްޓާލުން ބުއްދިވެރި އެވެ. ހެޔޮ ވަރު ގިނީގައި ތެލުލަމުން ގެންދާށެވެ. ކެޔޮ ފޮތިތައް ރަނގަޅަށް ރަތްވުމުން އިލޮށީގެ ވަށިގަނޑެއް، ނުވަތަ ފޫ ތޮރުފައިފައިވާ ތަށިގަނޑެއްފަދަ އެއްޗަކަށް ކެޔޮ ފޮތިތައް ލުހެލާށެވެ. މި ހެން ހަދަން ޖެހެނީ ކެޔޮ ފޮތިތަކުގެ ތެރެޔަށް ހިނދޭ ތެޔޮ މަދު ކުރުމަށްޓަކަ އެވެ. އޭގެ ސަބަބުން ޞިއްޙީގޮތުންވެސް ފައިދާއެއްވުމާއެކު، ކެޔޮ ފޮތީގެ ރަހަ ވެސް މީރުވާނެ އެވެ. ކުޑަ ހޫނު ކަމެއް ހުއްޓައި ކަޅުސަޔާއެކީ ކައިލުމަށް މި ފަދަ ފޮތިން ކޭލަކީ ވަރަށް ދިވެހި މީރު ކެއުމެކެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ މ, 2009-04-17 16:38:34
އާނާ! މި ހެދިކާގެ ނަމާ މެދު އިތުރު ތަފުޞީލެއް ލިބިދާނެތޯ؟ މި ދެންނެވީ، އެއީ ވަކި ސަރަހައްދެއް ގައި އެއަށް ކިޔާ ނަން ނަމަ އެ ކަން، ނުވަތަ އެއީ އަލަށް ދެއްވި ނަމެއް ނަމަ "ފޮތިން" މި ބައި ގެންނަވައިފައިވާ ގޮތް. ޝުކުރިއްޔާ!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|