މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުގު ބަކުން |
|
|
| ދިވެހި - ސުފުރާ | |||
| 31 މެއި 2009، 00:20 އާދީއްތަ | |||
|
ތުއްތު ކުދިންގެ ކާނާ ބޭނުންވާ ތަކެތިޖުވައިރިޔާ ވަޖުދީ 2 މޭޒުމަތީ ސަމަސާ މުގު2 މޭޒުމަތީ ސަމުސާ ހަނޑޫ 2 އިންޗީގެ ބަރަބޯކޮޅެއް ( ކޮށާފައި) 5 ރެހި ނުވަތަ ކުޑަ ރޯމަސްކޮޅެއް ނޫނީ މަހު މޭކޮޅެއް ( ކުދިކޮށް ކޮށާފައި) ތައްޔާރުކުރާނެގޮތް ތެލި އުނދުން މައްޗަށް އުދާލާފައި ކުޑަ ފެން ފޮދެއް އަޅާފައި ކެކިގަތުމުން ހުރިހާ ބާވަތް އަޅާފައި ރޯފލުމުން އުނދުންމަތިން ބާލާފައި މިކްސަރުން އޮމާން ވަންދެން ގިރާލުމަށްފަހު ތުއްތު ދަރިފުޅަށް ކާން ދޭށެވެ. -------------------------------------- މިފޮތުގައި މިލިޔަނީ 6 މަހާއި 1 އަހަރާއިދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީ ތަކެކެވެ.ފުޅި ފުޅިއާއި ދަޅު ދަޅު ގައި ހުންނަތައްޔާރީ ކާނާގެ ބަދަލުގައި ހަރަދުކުޑަކޮށް އަޅުގަނޑުު މެންނަށް ފަސޭހައިން ލިބޭ ބާވަތް ތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅަށް ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފޮތުގައިވާ ކާނާތަކުގައި ތުއްތު ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބަައެއް ބާވަތް ތައް ހިމަނާފައި ވާނެއެވެ. މި ކާނާ ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީއެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލާށެވެ. ކައްކާއިރު އަބަދު ވެސް ބަލާނީ އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯ އެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ.އަދި ކާށި ކިރު އަޅާ ބާވަތް ތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ. 2 މާރޗް 2009 ޖުވައިރިޔާ ވަޖުދީ
|
| ހަމަ މި ގަލަމުން |
|---|