ފަންވަތް ދިވެހި ސުފުރާ ކުކުޅު ގަރުދިޔަ
ބެލި ޢަދަދު: 2034
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ކުކުޅު ގަރުދިޔަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ސުފުރާ
22 ނޮވެމްބަރ 2008، 16:45 ހޮނިހިރު

ފޮނުވީ: އެމް

ވަގުތު ނެތިގެން އުޅުއްވާއިރު، ތަންކޮޅެއް އަވަހަށް ކުކުޅު ގަރުދިޔަ ކައްކަވާނެ ގޮތް.


ބޭނުންވާ ތަކެތި:
      1. އުނދުނެއް.
      2. މަތިޖެހި ތެއްޔެއް.
      3. ވަޅިއެއް.
      4. ބައިސަމުސާ ލޮނު.
      5. ކުކުޅެއް.


ފިޔަވަޅުތައް:
      1. ކުކުޅުގެ ހަތަރެސްފައި ވަކިކުރުން.
      2. ކުކުޅު ދެފަޅިކުރުން.
      3. ބުރިކަށީގެ ފަޅި ދެބުރިކުރުން.
      4. ބަނޑުގެ ފަޅި ދެފަޅި ކުރުން.
      5. ދެން މިތަކެތި ދޮވެ ސާފުކޮށްފައި ތެއްޔަށް އެޅުން.
      6. ބައި ސަމުސާ ލޮނު އެޅުން.
      7. އުނދުން މަތީ ތެލި ބެހެއްޓުން. (ތެލި ބަހައްޓާފައި ހުންނަންވާނީ މަތި ޖަހާފައި)
      8. އުނދުން ރޯކޮށްފައި ކުކުޅު ރޯފިލަންދެން ކެއްކުން.


ނޯޓް: 

      1. މިގޮތަށް ކުކުޅު ގަރުދިޔަ ކައްކަވާއިރު ފެން އަޅުއްވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ.

      2. ކުކުޅު ރޯފިލާއިރު ތެލީގެ ތެރޭގައި ގަރުދިޔަ ހުންނާނެއެވެ.

      3. ތެލީގެ މަތިގަނޑު ތެޅެން ފެށުމުން އެ ނަންގަވާފައި  ރޯފިލިތޯ ބައްލަވަން ވާނެއެވެ. ރޯ ނުފިލާނަމަ، މަތިގަނޑު ޖަހާފައި އަނެއްކާވެސް ކައްކަވާނީއެވެ.

      4. ކެއްކުމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން، ރަހަ މީރުކޮށްލެއްވުމުގެ ގޮތުން އެއްޗެއް އިތުރުކޮށްލެއްވިޔަސް އެންމެ ރަނގަޅެވެ. ނަމަވެސް ތަޖުރިބާ މަދު ބޭފުޅުން މިފަދަ ކަމެއް ކުރައްވައިފިނަމަ، ބޮނޑިއެއް ލިބިވަޑައިގެންފާނެއެވެ.

      5. ކުކުޅުގެ ހަން ނޮޅުއްވުމާއި ނުނޮޅުއްވުން އޮތީ ކައްކަވާ ބޭފުޅެއްގެ އިޚުތިޔާރުގައެވެ. ނަމަވެސް ކުކުޅުގެ ކަރު ދިގުނަމަ، ކަރު ބޭނުން ނުކުރެއްވުން ބުއްދިވެރިއެވެ. އެއީ، ކުކުޅު ލައްވާ ބިސް އަޅުވަން ވެގެން އެއަށް ކުރާ ބޭސްފަރުވާގެ ވިހަ އަސަރު، ކަރުގައި ހުރެދާނެތީއެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (10)Add Comment
...
ލިޔުނީ ނީލަމް, 2008-11-30 02:42:12
ސުފުރާ ހާދަ ފަގީރޭ ދޯ.
...
ލިޔުނީ ތެލި, 2008-11-30 08:04:00
ބޭނުންވާ ތަކެތީގެ ތެރޭގައި އުނދުޅިއެއް ނެތެއްނު!
...
ލިޔުނީ ބޮޑުކައްކާ, 2008-11-30 08:30:32
ކާކު ޤަބޫލު ކުރާނީ ފެންނާޅާ ގަރުދިޔަ ކެއްކޭނެކަން؟... ދައްކާ ފީކަޅާ ވާހަކަ....
...
ލިޔުނީ ނޫނު, 2009-01-19 07:51:12
ނޫނޭ. ކުކުޅު ކައްކާއިރު އޭގެ ތެރެއިން ވަރަށްގިން ފެން ނިކުންނާނެ. 2 ~ 3 ލިޓަރު
...
ލިޔުނީ އިބުރާހިމު, 2009-02-11 11:33:23
އަލިފާންވެސް ނުލާކަށްކާ ގަރުދިޔައެއްތާ ދޯ މީ ! ވަރަށް ތަފާތުވާނެކަމަށް ފެންނަނީ.. ޔަމްޔަމް
...
ލިޔުނީ alif noon, 2009-02-26 12:38:33
neelam ah alif noon thaaidhu kuran.......sufuraain varah gina liyun thakeh fennan beynun..
...
ލިޔުނީ alif noon, 2009-04-04 15:33:26
sufuraa miah vure thiyaagi vaane dhuvaheh naan naanethoa?
...
ލިޔުނީ aminath nashia, 2009-04-05 12:37:25
sufuraa mathi miah vure mussandhi kollevvun rangalhu. Alhugandah fennanee hama ekani mi site balaa meehunge recipe thakah vure bodah site ge masoolu verin baeh kaa echchethi hushahelhuvvun rangalhu vaane hen.
...
ލިޔުނީ hawwa, 2010-08-26 03:50:29
miohfadha rodhamahuves ragalhu recipyeh genesdhevifakaa nethennu.
...
ލިޔުނީ chiken, 2010-12-13 06:59:23
thz z da wrldz no1 recipy

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2034
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone