މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ލައްގަނޑެއް |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 09 އޮގަސްޓް 2009، 14:24 އާދީއްތަ | |||
|
އުރުދޫބަހުން ދިވެހި ބަހަށް ތަރުޖަމާކުރެވިފައި: ޝާޢިރު: ސައްޖާދު މިރްޒާ އެމް. އޭ. ބީ. އެޑް. ތަރުޖަމާ: މުޙަންމަދު ޝާހިދު ޙަލީމު (1998) ދިރިއުޅުމުގެ ކޯރަށް ގާކޮޅެއް ވައްޓާލައިފައި ބަލާށެވެ. އަލަށް ކުރެހުނީ ކޮން މަންޒަރެއް ހެއްޔެވެ؟ ކަޅިޖަހައިނުލައި ބަލާށެވެ. ހަށިގަނޑުގެ ފޭލިގޭގެ ހުރިހައި ވާފަށެއް ކެނޑިއްޖެ އެވެ! ޠޫފާނުގެ ވައިގެ ބާރުމިނުގެ ބަލަންވީ ކޮން އަޖުމައެއް ހެއްޔެވެ؟ ހިތުގެ ދޫނީގައި އުދުހޭނެހައި ހިތްވަރެއް ނެތް އިރު، އަނގަމައްޗަށް ޖަހައިގެން މަތިބަލަންވީ ކީއްކުރަން ހެއްޔެވެ! ހުރިހުރިހައި ނުރުހުމެއް އަހަރެން ހަނދާން ނައްތާލާނަމެވެ. އެކަމަކު އަހަންނާ ދިމާއަށް ކަލޭ ހިނިތުންވެލައިފައި ބަލައިލާށެވެ. އިންސާނުންނަކީ، އިންސާނިއްޔަތުގެ ނަމުގައި ޖެހިފައިވާ ލައްގަނޑެކެވެ. މި ބިމުގައި ދެން މަލާއިކަތުން އާބާދުކޮށްފައި ބަލާށެވެ. (ނިމުނީ) މުޙަންމަދު ޝާހިދު ޙަލީމު (1998). ފަތްތޫރަ (231). ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ސްލީޕިންގ ބިއުޓީ, 2009-08-09 14:26:41
އަޅުގަނޑަށްވެސް މިޅެމުން ވަރަށް ތަފާތު މެސެޖެއް ލިބިއްޖެއެވެ.
ހާއްސަކޮން އެންމެ ފަހު ބައިތު ވަރަށް މާނަވީ ދުރުވިސްނުމެއް ގެނެސްދެއެވެ. ފުރަތަމަ މިބުމުގައި ވަޒަންވެރި ކުރެވުނީ ޖިންނިންނެވެ. އެއަފަހު އެމީހުން އަނިޔާވެތިވެރިވެ މިބިން ފަސާދަކުރެއްވިއެވެ. އެއަށްފަހު އިންސާނުން މިބިމުގައި ޚަލީފާވެރިކުރެވުނެވެ. އިންސާނުންގެ އަމަލުތަށްވެސް ވަކިސަހަލައެއް ނުވިއެވެ. ދެންއޮތީ......
... ލިޔުނީ އަލަމާ, 2011-04-06 12:02:25
ފަހަތުން ދެވަނަ ބައިތުގައިވާ މާނައަށް ވިސްނާލުމުން އުއްމީދުގެ ވޮއްކޮޅުގައިވާ ފަނޑުފަނޑު އަލި ކޮޅު ނޫރަކަށް ބަދަލުވެގެން ދިޔަހެން ޙީވިއެވެ. އެހެނީ މާތް ﷲ ވަހީ ކުރައްވާފައި ވަނީ ( قل ياعبادي الذين أسرفوا على أنفسهم لا تقنطوا من رحمة الله إن الله يغفر الذنوب جميعا (އޭ އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ފާފަކުރުމުން އިސްރާފުކޮށްފައި ތިބި ތިމަން ﷲ ގެ އަޅުތަކުންނޭވެ! ތިމަން ﷲ އާއި ދިމާ އަށް ހިނިތުންވުމަކުންބަލާލައި ތިމަން ﷲ ގެ ރަޙުމަތުން ބޯ އެލުވައި ނުލާށެވެ. ހުރިހުރިހައި ނުރުހުމެއް ތިމަން ﷲ ހަނދާން ނައްތާލައްވާ ހުށީމެވެ.) މާނަ ކިހާ ގުޅޭތޯއެވެ!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
މި ޅެން ހާދަ ކަމު ހިނގައްޖެ އެވެ. މުޙްތަރަމް ޝާހިދު ޙަލީމާއި، އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން މި ޅެމުގެ ބައެއް ލަފުޒުތައް ނަމަވެސް ނިއުޅައިލައިދެއްވައިފިއްޔާ ހާދަ ރަނގަޅެވެ. ދޭހަވުން އިތުރުވާނެ އެވެ.
އަޅުގަނޑަށް އަޅައިގަތް ބައެއް ބުނުންތަކުގެ ތެރޭގައި، ދިރިއުޅުން ސިފަކޮށްދެއްވާފައިވާ ގޮތް ފާހަގަ ކޮށްލެވެ އެވެ. ހިމޭން ކޯރެއް ފަދައިން އޮއްވައި އެއަށް ގާކޮޅެއް އެއްލައި ރާޅު ހަދައްދައިލީމާ ދެން އެވާ ގޮތެވެ. މި ބަޔާން ކުރާ ފަލްސަފާގެ ފުރިހަމަ ކަމެވެ. އަސަރުގަދަކަމެވެ. ތަސްވީރު ރީތިކަމެވެ.
އަނެއް ނުކުތާއަކީ، ހަށިގަނޑަށް ދެއްވައިފައިވާ މަޤާމެވެ. ޅެންވެރިޔާގެ މަފުހޫމުގައި އިންސާނާގެ ހަށިގަނޑު ފޭލިގެއެއް ފަދަ ދޮގެއްތޯ އެވެ؟ އެހައި ބަލިކަށި ގެލެރީއެއްޗެކެވެ. ރޫޅިގެން ފުރޭނިގެންދާކަށް މާބޮޑެތި ކަންތައްތަކަކަށް ބޭނުމެއް ނުވެ އެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ. މި ޅެންވިދާޅުވާ ބޭފުޅުން އިތުރަށް ޚިޔާލުފުޅު ހުށަހަޅުއްވާނެކަމުގެ އުންމީދުގައިވަމެވެ.