ފަންވަތް ދިވެހި ވަޒަންބަހުރުވަ މާޔޫސްކަމުގެ ނިހާޔަތުގައި...
ބެލި ޢަދަދު: 3354
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މާޔޫސްކަމުގެ ނިހާޔަތުގައި... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
29 ނޮވެމްބަރ 2008، 23:39 ހޮނިހިރު

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
      (ޝާޢިރުލްމަޤުތޫލު)

ހެޔޮ ވިސްނުމާ ހެޔޮ ކަންކަމުގެ  އަގަކީ ކޮބައިހޭ ދުނިޔެއާ؟
                 ކެޔޮކާ އަޅުން، ދުޅަހެޔޮ ނުވާ   ރޮނގަކީ ކޮބައިހޭ ދުނިޔެއާ؟

ތެދުވެރިކަމާ ހިތްހެޔޮކަމާ ހިތްތިރިކަމުގެ މާތް ސިފަތަކުން،
                ބަދުނާމު ނޫން ބަދަލެއް ލިބުނު   ހިތަކީ ކޮބައިހޭ ދުނިޔެއާ؟


ދީލަތިވުމާ، މަދަދާ އެހީތެރިކަމުގެ  ހެޔޮ ބަރަކާތްތަކުން،
                ކީރިތިވެ ތަނަވަސްކަން ލިބުނު   އަތަކީ ކޮބައިހޭ ދުނިޔެއާ؟


ބިރުވެތިވުމާ މަޑުމޮޅިވުމާ ޛިކުރާ ޚުޝޫޢުގެ ކަރުނައިން،
                ފުރިހަމަ ނަސީބުގެ ބައްތި ދުށް  ލޮލަކީ ކޮބައިހޭ ދުނިޔެއާ؟


ޤައުމާއި ދީނީ ޙުރުމަތުގެ  ކަންވާރަކާ  އެއްފަދަވިޔަސް،
                ޤައުމުގެ ދަރީން ޤަދަރެއް ކުރާ، މެޔަކީ ކޮބައިހޭ ދުނިޔެއާ؟


މުޅިޢުމުރު މަޞްލަޙަތަށްޓަކާ ވަޢުޡާ ނަސޭހަތް ވެއްސުމުން،
              ރުޅިޔާ ޙަސަދަ ރައްދުވެނުދާ،     ދުލަކީ ކޮބައިހޭ ދުނިޔެއާ؟


ޞާލިޙުއަޅުން ނިކަމެތިކުރާ، މުޖުރިމުތަކުން މަތިވެރިކުރާ،
           ޙާލަތު މި އޮތް ހުރަގޭން ރަނގަޅު މަގަކީ ކޮބައިހޭ ދުނިޔެއާ؟
                  ------------------------------
                    28 މޭ 2008

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ސަލީމް, 2008-11-29 17:33:58
ޝާޢިރުލްމަޤުތޫލުތޯ ނުވަތަ ޝަހިދުވި ޝާޢިރުތޯ؟
...
ލިޔުނީ ސަމީޢު, 2009-07-27 16:44:28
ވަރަށް ކަމުދިޔަ ޅެމެއް ހުރިހައިބައިތުތަކެއްވެސް ވަރަށް ރީތި އަދި މާނަވެސް މެސެޖްވެސް ރަނގަނޅު ނަމަވެސް ފުރަތަމަ ބައިތާއި މެދު އަޅުގަނޑު މުޅިޔަކުން ހިތްހަމަ އެއް ނުޖެހުނެވެ. ބުނަންނެގުނުނަމަވެސް ކޮންމެވެސް ކަމެއް އެބައިތުގައި އެބަހުރި !
...
ލިޔުނީ Dharivareh, 2010-10-04 19:46:46
mi lhemuge jumla maana genesdhevidhaanetho

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3354
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone