ފަންވަތް ދިވެހި ވަޒަންބަހުރުވަ ސުއާލު
ބެލި ޢަދަދު: 2809
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ސުއާލު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 0
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
02 ޑިސެމްބަރ 2008، 16:39 އަންގާރަ


ޑރ. މުޞްޠަފާ މަޙުމޫދު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



1. މިކުރާ ދަތުރު ނިމިދާހުށީ ފަހެ، ކޮން އިރަކު؟
        މާޒީވެދިޔަ ތަން ގޮސް ވަނީ ފަހެ، ކޮން ތަނަކު؟
                ހުނުމުގެ އަޑާ، ޅަޢުމުރު ދިޔައި ވެސް ކޮން މަގަކު؟
                        ގިރިގެން ދިޔައިހޭ ވީނުވީއެއް ނޭގުމަކު؟؟؟

2. ފެންގަނޑުމަތީ އެޅުމުން ރޮނގެއް ފޮހެވޭ ފަދައިން،
        ކުރެހޭ ނަޤުޝް ވެލިގަނޑު މަތިން ނެތިދާ ފަދައިން،
                ދުވަހަކު އެޔެއް މި ވުޖޫދުގައި ނުމެވާ ފަދައިން،
                        ފެނިފައި އިސާހިތު ގެއްލިދިޔަ ވަހުމެއް ފަދައިން.

ނަޤުޝް: ވަޑާންކަށި ފަދަ ތަކެތިން ކަނޑައިނަގައިގެން ކުރަހާ ކުރެހުން.

3. ފަހެ، މީސްތަކުން ހޭބުއްދިޔެއް ނެތް ޙާލުގައި-
        ތޯއޭ ދަނީ ހަނގުރާމަކޮށް ލޭ އޮހޮރުވައި؟
                ނިމިގެން ފަނާވާން ދާ މަގެއްގެ މަތީ ހިނގައި،
                        ތަކުރާރުވާއިރު، ރޭދުވާ ސްޓޭޖުގައި،
                                ވަހުމުގެ ޚިޔާލީ ސްކްރީނުގެ ސަޠުޙުގައި.

4. ނެތުމުގެ ތެރޭން ހެއްދެވި އިލާހޭ ކައުނުތައް!
        މި އަޅާއަކީ އަދި މީސްތަކުންނީ ކޮން ބަޔެއް؟
                ލޯތައް މަތީ މިހިނގާ ދަނީ ކޮން ކަންތަކެއް؟
                        ވަގުތާ ޒަމާނުގެ ސިއްރަކީ ކޮން ކަންކަމެއް؟
                                ނެތުމާ ވުޖޫދުގެ އަޞްލަކީ ކޮން ކުލަތަކެއް؟

5. ޢާލަމްތަކާ ޚަލްޤުންތަކާ އަދި ކައުނުތައް،
        އައިނައިތަނެއް އެނގުމަށް އަދައި ކުރުމުން ސުއާލު،
                މި ހިސާބުގައި ހުއްޓިއްޖެޔޭ ފިކުރާ ޚިޔާލު!
                        އަދި ނޭގުނޭ ހޯދައި ބަލައި ކަންދިން މަޖާލު!!
                                ތަޢުބީރު ވެސް ނުވިޔޭ ދުލާ ޤަލަމުން މަޤާލު!!!


މަޤާލު: ޤަލަމުން ލިޔާ ނުވަތަ ދުލުން ބުނާ ބަސް.

ޑރ. މުޞްޠަފާ މަޙުމޫދަކީ، އެކިކަންކަމާމެދު ވިސްނާ ފިކުރުކުރެއްވުމުގައި ޝައްކުގެ މަރްޙަލާއަށް ޥާޞިލުވެ ވަޑައިގަތުމަށްފަހު، ތައުބާވެ ވަޑައިގެންނެވި ފިލޯސަފަރު ޢާލިމެކެވެ. މި ކަލިމަތަކުގައި މިވަނީ އޭނާގެ ހިތްޕުޅުގައި އުފެދުނު ބައެއް ހާސަރުތައް ކަމަށް ވެދާނެއެވެ. ތައުބާވެ ވަޑައިގެންނެވުމަށްފަހު، ހަރުދަނާ ޙުއްޖަތާއި ސާބިތު ދަލީލުން އޭނާވަނީ، އިސްލާމްދީނަށް ނަޞްރު ދެއްވާފައެވެ.

 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ އާދަމް, 2008-12-02 11:38:38
ތިޔަކު ދެން އަދި މީހަކު ދީނުން ބޭރުވާވަރުގެ ވާހަކައެއް ނެތްތާ؟ ފާހަގަ ކުރެވެނީ ވަރަށް ފުން އިޙްސާސްތަކެއްކަން. ހަގީގީ ޅެންވެރިކަމުގެ ސިފައާއި އަސަރުތައް ހުރިކަން.. މި ކަހަލަ މޮޅު ޅެންތައް ދިވެހި ވަޒަންތައް ތަރުޖަމާ ކުރައްވާ ދޫކުރައްވާކަމީ ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކޮށްލެވޭ ކަމެއް.
...
ލިޔުނީ ކިޔުންތެރިއެއް, 2009-11-02 07:50:50
إنا لله وإنا إليه راجعون
މިޞްރުގެ މަޝްހޫރު ފިލޯސަފަރު ޢާލިމު، ޑރ. މުޞްޠަފާ މަޙުމޫދު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފި އެވެ.
އޭނާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 12 ޛުލްޤަޢިދާ 1430 (31 އޮކްޓޯބަރ 2009) ގައެވެ.
މާތް ﷲ، މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2809
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone