ފަންވަތް ދިވެހި ވަޒަންބަހުރުވަ ލޯބީގެ ދަތުރު
ބެލި ޢަދަދު: 1441
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ލޯބީގެ ދަތުރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
25 ޖުލައި 2010، 00:18 އާދީއްތަ

އަޙްމަދު މުޖުތަބާ

ފެނިގެން ކަލާ ކުރިއޭ އަސަރު، ފުރިހަމަކަމެއް ނެތުމުން ތިވަރު
             މިހިތުން ފިލާގޮސް ބައު ދަބަރު، ލޯބިން ދެލޯ ވެއްޖޭ  އަވަރު

ލިބިފާ ނުވޭ މަށަކަށް ޚަބަރު، ދުނިޔޭގެ ވާކަން ފުރިހަމަ ތިވަރު   
             ލިބިފާ ތިވާ ބޮޑުކަން ފަރަގު، ފެނުމުން ކަތުން ކުރެޔޭ ފިކުރު.
 
ކުރުމަށް ތިކަން ބަނުމުން ކަމަރު، މައްލަވަ ކުރަން ފެށިއޭ ހަވަރު.
            ކުރުވެފަ މަގޭ ވެވުމުން ހުތުރު، މީހެއް  ފަދައިން ހުރުމުން ބަބުރު.

ނަމަވެސް ފެށިން ކަނޑުގައި ދަތުރު، ތިއްބަސް ނިކަން ގިނަ އޮޑި ފަހަރު
           ޑޮލަރަށްވިޔަސް ގޮވަމުން ނަދުރު.މަހަކަސް ހެވޭ ބުނަމުން ސަފަރު

ލޯބީގެ ނައު ދުވެގޮސް ބަދަރު، ވަގުތުން ޖެހީ އަރިހުން މިތުރު
            ޗާބީގެ އަމުރަށް އެބުރޭ ބުމަރު، ފަދައިންވިޔޭ އެހިދުން ހަތުރު
 
ފިޔަވަޅު އަޅަން ނެތަކަސް އަމުރު، ނުޖެހޭ ނަމޭ ފަހަތަށް މިސޮރު
            ދިޔަޔަސް ހެވޭ ބުނަމުން އުމުރު، ހުރިހާ ހިނދަކު މޭގާ ޗަލަރު

ގޭދޮށުގަވިން ނުމެގޮސް ވެދުރު، މިގޮތަށް ހުރީ ދޭތޯ ނަޒަރު
            މިގޮތުން ކުރިން ފައިސާ ހަރަދު، ހުރިހާ ކަމެއް ކުރަމުން މިވަރު
   
 ދިއުމަށް ފަހުން އެތަކެއް އަހަރު، ލިބުނޭ ރުހުން ފުރަތަމަ ފަހަރު
          ކުރުމުން ވެގޮސްހަމަ ކަޅިހަތަރު، އުފަލުން މަވީ މެހިގޮސް ދެކަރު

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ނާޤިދު ޢަބްދުލްޙަކީމު, 2010-07-25 06:10:48

މި ބައިތުތައް ލިޔުއްވި ފަރާތުގެ މަސައްކަތަށް ހިތްވަރު ދެމެވެ. ދިވެހި ބަހުން އަދަބީ އުފެއްދުމެއް އުފެއްދުމުގެ ޝައުޤު ހުރިކަމަށްޓަކާ އުފާކުރަމެވެ. ނަމަވެސް ހެޔޮ އެދުމާއެކު ދަންނަވާލަމެވެ.

ޅެމަކީ ވަޒަނަކަށްފެތޭ ކޮންމެ ޢިބާރާތެއް ނޫނެވެ. ކާފިޔާއާއި ބަނޑުވައްއަކުރު އެއްގޮތް ކުރެވިފައިވާ ކޮންމެ ''ބަސްފަތިތަކެއް'' ވެސް ނުމެ ނޫންމެ އެވެ.

ޅެމެއްގައި ނަމަ ޚިޔާލެއް އޮންނަންވާނެ އެވެ. ޝުޢޫރެއް ހުށަހެޅެންވާނެ އެވެ. ފަލްސަފާއެއް ނެރެދެވެންވާނެ އެވެ. ނުވަތަ ވަޞަފީ އަސަރެއް ފެނިގެންދާންވާނެ އެވެ. ޅެންވެރިކަމުގެ އަދަބީ ޢިލްމީ މި މިންގަނޑުން ބަލާއިރު، އެހެންކަމުން މިއީ ޅެމެއް ނޫނެވެ. އެހެނީ ޅެމެއް ޅެމަކަށް ވުމުގެ މުހިންމު ރުކުންތައް މީ ބަސްތަކުގައި ހަމަވެފައި ނުވާތީ އެވެ.

އަޅުގަނޑު އެދެނީ ދިވެހި އަދަބީ މައިދާނަށް ވެދެވަޑައިގަތުމުގެ ލޯބި ހުރި ކޮންމެ ބޭފުޅަކު ވެސް ކަމުގެ ޢިލްމާއި ހަމަތަކާއެކު އެ ފަންނު އަޅުގަނޑުމެން އާންމުންނާ ހަމަޔަށް ފޯރު ކޮށްދެއްވުމެވެ.

މި ވާހަކަތައް މި ދަންނަވާލީ ހަމަ އެކަނި ދެ ފަރާތުގެ މަޢުލޫމާތަށްޓަކަ އެވެ. އެއް ފަރާތަކީ ބައިތުތައް އެކުލަވައިލެއްވި ފަރާތެވެ. އަނެއް ފަރާތަކީ، ފަންވަތުން އެ ބައިތުތައް ވިދާޅުވާ ކިޔުންތެރިންނެވެ.
...
ލިޔުނީ thoha, 2010-07-25 08:19:07
varah rethi furihama lhemeh.
...
ލިޔުނީ ދަރިވަރު , 2010-07-25 18:50:04
ރީތި ބަސްމަގެއް ފުރިހަމަ އެމުނި އެކުލެވުމެއް ނަމަވެސް ދިވެން ދުވަހަކުވެސް މަސްދޯއްޏަކަށް ތަގަރިއެކޭ ކިޔައި މަސްދޯއްޏެއްގެ ޝަރަފެއް ނުދޭނެ ވިއްޔަ ދޯ؟
އަދި މޭގާ ޗަލަރު މީގެ މާނަ ބުނެދިނިއްޔާ ވަރަށް ރަނގަޅު .

މިމަސައްކަތަށް ސާބަސް ދެން
...
ލިޔުނީ ކިޔުންތެރިއެއް, 2010-07-26 07:02:07
ފަންވަތުގައި ޝާއިޢުކޮށްފައިވާ ފޭރާންހެޔޮ ޅެންތަކުން އެއްޗެއް ދަސްކޮށްގެން ޅެންވެރިކަމުގައި ފައިތިލަ ސާބިތުކުރުމަށް މިޅެން ހެއްދެވި ބޭފުޅަކަށް އިލްތިމާސްކުރަމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1441
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone