ފަންވަތް ދިވެހި ވަޒަންބަހުރުވަ ޙަޔާތުގައި އަޅުކަން
ބެލި ޢަދަދު: 899
ޙަޔާތުގައި އަޅުކަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
04 ސެޕްޓެމްބަރ 2010، 22:07 ހޮނިހިރު

ޢަލީ ޝަރީފު، ފިލިގަސްދޮށުގެ

ފަޅުކަން ޙަޔާތަށް އަންނަނީ އަޅުކަމުގެބައި އުނިކޮށްލުމުން،
           އަޅުކަންކުރަންވީ މާތްފަރާތް ކިޔަމަންކަމާއެކު ނުބެލުމުން.

ދެއްވެވި އެފަދަ ނިޢުމަތްތަކަށް ޝުކުރާއި ޙަމްދާ ނުކުރުމުން
           ހެއްވާ ޚިޔާލީ ހުވަފެނުން ހޭވެސް   ނުލާއުޅެވޭ ކަމުން.

ފެންނަން މިހިރަ ގިނަ ހެކިތަކަށް ވިސްނާނުލާ އުޅެވޭގޮތުން
           ދެންދާންވިތަން އަދި އޮތްކަމެއް ޖާހިލުކަމާއެކު ނޭނގުމުން.

ހުދުސާފު މޫދާ ފުންކަނޑާ ކޯރާއި ފަރުބަދަތައް ބަލާ،
           ޤުދުރަތުގެ މޮޅުކަން ދޭހަކޮށް، ފިކުރެއްނުކޮށް އުޅެވޭކަމުން.

ވަސްމީރުމާތައް ފަރިވަމުން ނަލަރީތިގަސްތައް ހެލިލަމުން،
           ތަސްބީޙަ ކިޔަމުންދާގޮތަށް     ޣާފިލުވެފާ ތިބެވޭކަމުން.

މުނިފޫހިފިލުވުން ނޫންކަމެއް، އުފަލާ މަޖާކުރުމުގެ ތެރޭން،
           ދުނިޔޭގެ ދިރިއުޅުމަށްލިބޭ،  ކުރުޢުމުރުގާ   ނެތިފާވުމުން.

ޖާހާއިމާލުގެ ނެތް އަގެއް،ޝާނާއި ޝައުކަތު ވެސް އެހެން،
           ދާޙާލު ދުނިޔޭން ވަކިވެގެން، ދޫކޮށްލުމަށް   ޖެހިދާކަމުން.

ކިހިނެއް ބަދަލުތައް އަންނަނީ، ކިހިނެއް ޒުވާންކަން ގެއްލެނީ،
           ކިހިނެއް މިތާ ދެމިތިބެވެނީ މިކަމުގެ  ޚިޔާލެއް ނެތްކަމުން.

މަތިވެރިކަމާ ޢިއްޒަތް  އެއީ ހެއްދެވިފަރާތަށް  އޮތްކަމެއް.
           މަތިވެރި މަޤާމެއް ލިބެވުމުން   އޮޅިގެންދެވޭގޮތް ވާކަމުން.

ފަޅުކަން ޙަޔާތަށް އަންނަނީ،  ރޫޙީ ބައެއްނެތިފާ ވުމުން
           އަޅުކަންކުރާ ތަޤްވާވެރިން   ހިންގެވިމަގުން ނުދެވޭކަމުން.

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 899
extra avandia and congestive heart failure