މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ބޭއިންސާފު |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 07 ސެޕްޓެމްބަރ 2010، 14:48 އަންގާރަ | |||
|
އަޙްމަދު ޝަމީނު ދޮންމަނިކު (2010) ދެ އިނގިއްޔަކުންނޫނެވެ.އޭނާ އަހަރެން ބިނދެލީ ހަތަރެސްފައިންނެވެ. ބިނދެލީއެއްނޫނެވެ. ޖެހިކުއްލިއަކުން އުފުރައިގަތީ އެވެ. ނޫނެކެވެ. އޭނާ އަހަރެން ގަސްދުގައި ޗިސްޗިސްކޮށްލީ އެވެ. މީހުން ބުނެއުޅެ އެވެ. އެ ފިނިފެންމަލުގެ ކުށަކީ ރަތްކުލައިގައި އިނދެ ފޮޅުމެވެ. އަތްގޮށްޓަކުންނޫނެވެ. އޭނާ އަލާ ކެނޑުނީ އަހަރެންގެތެރޭ ފީނައި ވެސް ލައިގެނެވެ. ފީނީއެއްނޫނެވެ. ގަނބަހައްދާލައި އަޑީގައިވާ ކިސަޑުތައް އޭނާ ހިލުވައިފި އެވެ. ނޫނެކެވެ. އޭނާ އަހަރެން ހިނގާ މަގު، ގަލާ ހިލައަޅާ ފޮރުވާލީ އެވެ. މީހުން ބުނެއުޅެއެވެ. އެކޯރުގެ ކުށަކީ އުސްބިމުން ތިރިބިންތަކަށް ފެންފޯރުކޮށްދިނުމެވެ. އަތްތިލައަކުންނޫނެވެ. އޭނާ މަސަލަސްވީ އަހަރެންގެ މޫނުގައި ފިރުމާލެވުނީމަ އެވެ. ފިރުމާލީއެއްނޫނެވެ. އޭނާގެ ހިތުގެ ހޫނު އިޙްސާސްތައް ހިއްސާކޮށްލީ އެވެ. ނޫނެކެވެ. ގޮށްމުށްކަވައި އޭނާ ހަމަ ނިކަން ވަރުހުރި ބޮނޑިއެއްއެޅީ އެވެ. މީހުން ބުނެއުޅެ އެވެ. އެމޫނުގެ ކުށަކީ ހިތުގެ މުރާދާއެއްގޮތަށް ޢިބާރަތްކުރާނެ ދުލެއްއޭގައި ވުމެވެ. އަތްފޯރާ ހިސާބުގައެވެ. ތިބާގެ ޙަޔާތުގައި ބޭއިންސާފާ ކުރިމަތިވެދާނެ އެވެ. ކުރިމަތިވުން އެކަންޏެއްނޫނެވެ. ތިބާގެ މުޅި ދިރިއުޅުން ވެސް ބޭއިންސާފަކުން ބަރުބާދު ވެސް ވެދާނެ އެވެ. އާނއެކެވެ. ބޭއިންސާފާ، މި ނަހަމަކަމުގެ ހުސްކަން ފުރާދެވެނީ އާޚިރަތުގަ އެވެ. މީހުން ބުނެއުޅެއެވެ. ދުނިޔަވީ ބޭއިންސާފުގެ ބަދަލު ހޯދުމަށް އާޚިރަތަށްޓަކައި ތިބާ ތައްޔާރުވާށެވެ. އެކަން ކުރުން އެއީ ތިބާގެ އަތްފޯރާ ހިސާބުގައިވާ ކަމެކެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|
ވަރަށް ރީތި. ޚިޔާލު ތަނަވަސް. މާނަ ފުން. އަސަރުގަދަ. ފިލާވަޅު ޢިބްރަތްތެރި.