ފަންވަތް ދިވެހި ވަޒަންބަހުރުވަ މިތުރާ ގެއްލުމުން
ބެލި ޢަދަދު: 1161
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މިތުރާ ގެއްލުމުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
10 ސެޕްޓެމްބަރ 2010، 00:20 ހުކުރު

އާދަމް ޢަބްދުއްރަޙްމާނު / ހއ. އުތީމު
 
ނިދަން އޮވެވުނީ ތަންމަތީ ލޯ މަރާލައި
    މި ދަންވަރު އަރާމުން މަގޭ ފައި ދަމާލައި
        ހިނދުން ހުންނަ މިތުރާ ކޮޅަށް ހިން ދަމާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ހިފައިގެން އައީ މޮޅު އިނާމާއި ހަދިޔާ
    ހިފަން ނޭނގުމުން ދެން ހިފައިގެންނެ އެ ދިޔާ
        ނުފެންނާނެ މިތުރާ ދިޔައިމާ   އޮބާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

މަގެއް ދެއްކި ލޯބީގެ ތަޚްތަށް އެރޭނޭ
    ވެގެން ނަމަ ގަޔާ އުޅުނު އެ މަގުން ހިނގޭނޭ
        އަގެއް އޭގެ ނުމެ އެނގި ނަފުސު ވީ އޮޔާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ހިޔާ ރީތި ފަތުރާލި މޫސުން ބަހާރުން
    ނިޔާމައިގެ ފެން އޮއްސި ޠާހިރުވި އާރުން
        ހިޔާ ފިނި ނުލިބި ރޫޙު  މި ވަނީ   މިލާލައި
               އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ނަމުން ގޮވުނު އިރު ވެސް އޮތީ ޣަފުލަތެއްގައި
    ދަމުން ހަތަރު ލިބިލިބި ނުބައި ލައްޒަތެއްގައި
        ކަމުން ބުއްދި ހަމައިން މަގޭ ވީ  ފިރާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

އަރަން ދެއްކި މިޢުރާޖު ލޯބީގެ ކުންނަށް
    އަރަން ނޭނގުމުން ބިންމަތީ ވީ މި ހުންނަން
        ފުރަންވީ ބިމުން ހުސް އަތާ އަތް ތަޅާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ދަރަނިވެރި މަގޭ ވެއްޖެ ލޯބީގެ ވަޒަނުން
    އަރަނި ލިބި ނުގަތުމުން ހިލޭ ދެއްވި ލޯނުން
        ދަރަޖަ ވެއްޓުނީ ފައިދަށަށް  ބަނޑުވަތާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ނިދީގައި މަށަށް އޮވެވިފައި ހޭ އެރީމާ
    މި ވީހައިކަމެއް ހަމަ ހިނގައި ނިމި ދިޔައިމާ،
        މި ވީ ދެން މި އަދު ރޯން ދެ ލޯ ވެސް ފުރާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ކަރުނަ ފޫދިލީ އަދު ހަނދާން މި ތުރުވީމާ
    ދަރުމައިން ވަޤުފުކުރި އުފާ ނުލިބުނީމާ
        އަރުތެރޭ  ވަނީ އޭގެ ހިތި ރަހަ ހިނގާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ފަހުން ރީތި ގުޅުމެއް ގުޅެން ހިތު އޮތަސް ވެސް
    ފަހުން އެނބުރި މިތުރާ މި ފަދައިން އަޔަސް ވެސް
        މަ، ހުންނާނެހޭ ވާފަށުން   ނުމެ މޮހާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި
---------------
(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (9)Add Comment
...
ލިޔުނީ ހަނާ, 2010-09-14 04:57:15
މާޝާﷲ ހާދަ ރީތި ހާދަ ފުރިހަމައޭ ގެނެސް ދެވުުން މިއީ ޅެންވެރިކަމުގެ ބޭނުމަކީ މީހުން ނިދާފައި ތިބޭ ގާފިލުކަމުގެ ނިދިން ހޭލައްވާލުން ... ކުރާނެކަމެއް ނެތް ރަމަޟާން މަސް ހިފައިގެން އައި ހަދިޔާތަކާއި މަތިވެރިސަވާބާއި ދަރުމަ ހަމަ ހިފަން ނޭގިގެން ދިޔަކަން މި އިހުސާސްވީ ... :(
...
ލިޔުނީ Ahmed, 2010-09-14 05:00:43
mi lhen liyaalumun hithah aranee eedhuge ufaakuri emmennakee hama EID ge ufaa kurun haggu meehun baaey EId , EID akah vanee roadhamhuge sabaabaa dharuma haasiluvumuge ufaa EID ga vaanama ... ehen noonthoa
...
ލިޔުނީ ‰‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-09-14 09:45:51
ޙައްޤުތައް ޙައްޤުގޮތުގައި ޙައްޤުތަކުގެ ވެރިންނަށް ޙައްޤު އަދާކޮށް ނުދެވޭރިއިރު ޙައްޤުގޮތުގައި އަޅުގަނޑުމެން ކުޑަނަމަވެސް ކަމެއް ކުރެވޭނެތޯ؟ އަދި އެކުރެވޭ ކަމަކީ މީހެއްގެ ޙައްޤަން އުނިކަން ނާންނާނެ ކަމަކަށް ވާނެތޯ؟ ޙައްޤުގޮތް ނުފެންނާނެ، ތިމާގެ ޙައްޤުތަކުގެ ޝަކުވާ އަބަދު ކުރާމީހަކަށް. މީމަވިޔަސް އަދި އަނެކާވިޔަސް ކަން އޮންނާނެގޮތް.
...
ލިޔުނީ އިބްރާހީމް, 2010-09-19 17:31:39
އާދަމްބޭގެ ޅެންތަކަކީ ވަރަށް ފުރިހަމައަށް ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކަށް ބައްލަވައިގެން ހައްދަވާފައި ހުންނަ ތަކެތި! ގިނަފަހަރަށް އެތަކެތި ބޭނުން ކޮށްލުމުގެ ފުރުޞަތު ލިބެނީ ދިވެހި މުދައްރިސުންނަށް. މި ފަހަރުގެ މިޅެމުން ފުރުޞަތު މިއޮތީ ދިވެހި، އިސްލާމް މުދައްރިސުންނަށް. މިފަދަ ޅެމެއް ފޯރުކޮށްދެއްވީތީ ޝުކުރިއްޔާ!
...
ލިޔުނީ އިބްރާހީމް, 2010-09-19 17:34:45
ވަރަށް ފުރިހަމަ!
...
ލިޔުނީ ފަރުހާނު, 2010-09-20 05:00:25

މި އޮތީ މަދު ދިވެހި މުދައްރިސަކަށް ނުވަތަ ދިވެއްސަކަށް ނޫނީ ނޭނގޭ ކަންތައް ދިމާވެފަ. ގިނަ މީހުން ހީކުރަނީ ވަޒަނަށް ފެތޭގޮތަށް ބަސްތަކެއް ގެނެވޭނަމަ، އެއީ ޅެމެއްކަމަށް. އޭގައި ފިކުރެއް ޚިޔާލެއް ނެތަސް ވަރިހަމަ. އެކަމަކު މި ފަދަ ޅެންތައް ކިޔާލުމުން ޅެމަކީ ކޮބައިކަން އެބަ އެނގޭ. އެއީ ކިހިނެއް ހުންނަންޖެހޭ ކޮންއެއްޗެއްކަން އެބަ ދޭހަވޭ.. މި ޒަމާނުގެ ކުދީން ވެސް މި ފަދަ ޅެންތަކުން ފިލާވަޅު ލިބިގަންނަ ނަމަ ކިހައި ރަނގަޅުވީސް.... ޝުކުރިއްޔާ އާދަމްބޭ!
...
ލިޔުނީ އަހުމަދު, 2010-09-20 18:08:44
މިއީވަރަށް މޮޅު ޅެމެކެވެ މިއީ ދިވެހި ބަހާ އަދަބުގެ ރަން މުތެކެވެ. މިފަދަ ޅެމެއް ލިޔެވޭނީ ހަމަ މޮޅު ޅެންވެރިއަކަށެވެ. ތިއީ ދިވެހިބަހަށް ހަދިޔާކުރި އަގުހުރި ޖަވާހިރެކެވެ.
...
ލިޔުނީ عبد المعيد حسن, 2010-09-28 18:23:49
މިހާރު ވަރަށް މަދުން ނޫނީ މިފަދަ ރީތި ޅެމެއް ނުފެނެ އެވެ... ގެއްލުނު މިތުރުގެ ނަން ހާމަކުރައްވާފައި ނެތްކަން ފާހަގަކޮށްލަން ޖެހެ އެވެ. ޅެމުގެ ޝަރަޙަ ތަނަވަސްވެ މުއްސަނދިވެގެން ދިއުމަށް އެކަމުން މަގުފަހިވެ އެވެ. ބަސްތައް އެމުނިއެކުލެވިފައިވަނީ މާނަހުރި ގޮތެއްގަ އެވެ. ޅެންވެރިކަން ދަސްކުރަން އެދޭ ދަރިވަރުންނަށް މިއީ އަގުހުރި ފިލާވަޅެކެވެ. ފަންވަތަށް ޅެން ފޮނުއްވާ ޝުވައިޢިރުންނަށް މިޅެމުން ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.
މިފަދަ އަގުހުރި މުތީތަކެއް ފަންވަތުގައި ޝާއިޢުކުރެއްވީތީ، އައްޝާޢިރު އާދަމް ޢަބްދުއްރަޙްމާނަށް ނުހަނު އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.
...
ލިޔުނީ Thoha Arushad Adam, 2010-10-11 17:03:09
Alhugandu varah bodah skukuru dhahnavaa hiyyvey mithaa mi lhemah comment kurehvi hurihaa beyfulhunnahves. Varah bodah shukuriyaa.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1161
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone