ފަންވަތް ދިވެހި ވަޒަންބަހުރުވަ އަޚާޔަށް ދޭށެ ގަލަމާ ތިޔަ ދުލުން ޙުރުމަތުގެ މާތްވި ޙިޖާބު
ބެލި ޢަދަދު: 989
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އަޚާޔަށް ދޭށެ ގަލަމާ ތިޔަ ދުލުން ޙުރުމަތުގެ މާތްވި ޙިޖާބު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
09 ޖޫން 2011، 14:46 ބުރާސްފަތި
        
އާދަމް ނަޞީރު އިބްރާހީމް (2006)  

ދިމާޔަށް ފެންނަމުންދާއިރު، އެހެން މީހުންގެ ހުރިހާ އައިބު
     ތިމާހުރި  ޙާލު  ކުޑަކޮށް ވެސް   ނުވިސްނޭތީ،   ނުވޭހެ އަޖައިބު

ގިނައިން ޒަމްޒަމްފެނޭ އޭނާ ބޮނީ  ވިސްނާށެ  ހިތްމޮޅުކަން،                          
     ބުނާ ދުލުގައި ބުނާ އިރު ވެސް ހުރޭ ރަހަ   ހޫނު  މަސްތު ޝަރާބު

ފަށައިގެން، ލަވަ ނަގައި ކިޔަނީ އެކަކު ނޫންހޭ އަބަަދު ބުނި އިރު                             
        ނަށައި ތިޔަ ގަނެވެނީ ނަހަމައިންނެ  އޮޅުވާލާ  ލަވައިގެ   ޒުވާބު

އަނދާނެ އެ މޫނު ނަރަކައިގައި    ގޮވާއިރު، ހާމަޔަށް ފެނުމުން،                         
      ވަދާޢު ތިމާގެެ ވީ ކޮށްފައެ  ކުރީން      ޢިއްފަތުގެ ސާފު  ނިޤާބު

އެހެންމީހުންގެ  ޙައްޤު ތަކަށް އަރައިގަތް ބަޔަކު  ފެނުނުލޮލުން
       އެހެން ދިރިއުޅުމަކަށް ކަޅިއެއްލިގެން އެެ ޙަޔާތް ނުވޭހެ    ޚަރާބު
   
ކަމެއް ކުރެވޭ   އެކަކު ނޫޅޭ   ކަމަށް ބުނުމުން ލަފާ އެހުމުން،                            
       ކަމެއްގައި ޙައްލު  ބުނެލައިދޭން،  ދަމެއް ހޭދަވެޔެ ނުލިބި  ޖަވާބު

ބަރީއަވެ، ބަޔަކު ޒިންމާއިން،   ވެޔޭ މަތިފަޑިމަތީ  ބުނި އިރު،   
       ދަރީންނަށް ހޮޓަލަކުން،  ދޮންމަންމަ މެންދުުރު ގެންދިނީ  ދެ ކަވާބު  
   
ކިހާ "ހަޑި"ހޭ މިހެން ރަނގަޅަށް    ތިމާގެ ދެފުށް  ބަލައިލާއިރު،                         
       އަޚާޔަށް، ދޭށެ ގަލަމާ ތިޔަ ދުލުން،   ޙުރުމަތުގެ މާތްވިި   ޙިޖާބު
   
ދިމާކޮށްގެން އެތަށް ބަޔަކާ   ހަސަދައިން  ހިތް   ފުރާލީމާ                            
       ތިމާގެ އަމިއްލަ ނަފުސަށް ނޫންހެ   ލިބެނީ އޭގެ ރައްދު   ޢަޒާބު
   
ބަލާށޭ  ކީރިިތިވި ދުސްތޫރު  ދެން ދާން އޮތް  ޙަޔާތާ މެދު،   
       ސަލާމަތް ރަނގަޅު  ހިތަކަށް  ނޫންހެ ލިބެނީ ރަޙްމަތާއި  ސަވާބު
   
ޙަޤީޤަތުގައި ތިބާއާ    އަޅުގަނޑާ    ވެސް   ފާފަޔާ ކުށުގާ،
       ޔަޤީނޭ ދެފުށުފެން އެއްވަރު ކުރާނޭ     އެންމެ   ބޮޑެތި ގުރާބު
                       -------------------
                        16 ޖޫން 2006  


މި ލިޔުން:

    ޝާއިޢުކުރުން: އާދަަމް ނަޞީރު އިބްރާހީމް (ފަންވަތުގެ ދާއިމީ ލިޔުންތެރިއެއް)
    އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ibrahim, 2011-06-17 08:12:13
ވަރަށް ރީތި ފުރިހަމަ މާނައެއް އެކުލެވޭ ވަރަށް ނަލަ ޅެމެއް..... ފަހަތުން ތިންވަނަ ބައިތު " ދިމާކޮށްގެން އެތައްބަޔަކާ.." މި ބައިތުގެ ޞަދުރުގައި ކޮރު ގޮތެއް ހުންނަހެން އަޅުގަނޑަށް ހީވޭ!... " ބަޔަކާއި " މިގޮތަށް އޮތްނަމަ އެކޮރުކަން ފިލާނެހެން ހީވަނީ...

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 989
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone