ފަންވަތް ދިވެހި ވަޒަންބަހުރުވަ ލޮލުގެ ސިހުރު
ބެލި ޢަދަދު: 3426
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ލޮލުގެ ސިހުރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
16 ޖެނުވަރީ 2009، 23:24 ހުކުރު

އާޅެން

- މުޙަންމަދު ޝާހިދު ޙަލީމް -



ފުން ކަނޑެކޭ އެއްފަދައޭ، ފުންފުން ދެ ލޮލުގެ ފުންކަން،

ޚަންޖަރެކޭ އެއްފަދައޭ، ފަރިފަރި ދެ ލޮލުގެ ފަރިކަން،

ރާ ގަލަހެކެ އެއްފަދައޭ، ތެތްތެތް ދެ ލޮލުގެ ތެތްކަން،

ރޭގަނޑެކޭ އެއްފަދައޭ، ކަޅުކަޅު ދެ ލޮލުގެ ކަޅުކަން،

ވިދުވަރެކޭ އެއްފަދައޭ، އަލިއަލި ދެ ލޮލުގެ އަލިކަން،

     އެހެނަސް ޝާހިދު އެދެނީ؛

    އެ ފުން ކަނޑަށް ޣަރަޤުވާން،

     އެ ޚަންޖަރުން ކަތިލެވޭން،

     އެ ރާތަށިން މަސްތުވާން،

     އެ ރޭގަނޑަށް ގެއްލިދާން،

     އެ ވިދުވަރުން ކަނުވެދާން.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ ޒާން, 2009-01-16 17:19:26
ކުރު ސާދާ ޢިބާރާތުން އެކުލަވައިލައްވާފައި މިވަނީ ވަރަށް ފުރިހަމަ ޅެމެއް. މިޅެން ވަރަށް ހިތްގައިމު.
...
ލިޔުނީ ޢަރީފު, 2009-01-16 18:03:04
އާޅެމުގެ އެއް ސިފަޔަކީ ކުރުކުރުކޮށް ބުނެދިނުން ކަމަށް ސޯދު ކިޔަވައި ދެއްވި. އަނެއް ސިފަޔަކީ ޚިޔާލެއް އޮތުމާއި ވަށައިޖެހުންކަމުގައިވެސް ވިދާޅުވި. އެ ސިފަތައް ވަރަށް ފުރިހަމަ ކޮށް މިޅެމުގައި އެބަހުރިކަމަށްފެނޭ.
...
ލިޔުނީ ޒިފާ, 2009-01-17 08:54:17
ދިވެހި ބަހުން މި ކަހަލަ ރީތި ޖުމުލަ ހުންނަ ޅެންތައް ވަރަށް ނުފެނޭ. އަނެއްކާ ރީތި މާނަ އެއްވެސް ނުހުރޭ. އެކަމު މި ޅެން ވަރަށް ޗާލު.
...
ލިޔުނީ ހަމަ, 2009-01-18 07:11:17
ޒިފާއެވެ. ދިވެހިންނަށް ރަނގަޅުވާނީ މުރަނގަތޮޅިން ރިހަކައްކާ ވާހަކަ ވަޒަނަކަށް ފައްތައިގެން ކިޔާދިނީމައެވެ. އޭރުން އެވާނީ ވަރަށް މޮޅު ޅެމަކަށެވެ. ޝާހިދުގެ މި އާޅެން ރީތިވެގެން އުޅޭނީ އަޅުގަނޑާއި ޒިފާ ފަދަ ދެތިންމީހެކެވެ. ދިވެހި ޅެންވެރިންގެ ތެރޭގައި މިފަދަ އާޅެން ހައްދަވާ ޝާޢިރުން އެބަތިއްބެވިއެވެ. އަޅުގަނޑު ދަންނަ ޅެންވެރިއަކު ފަތްތޫރައަށް "ލޮލުގެ ސިހުރެއް" ހަދައިގެން ގެންދިޔައިމާ ވިދާޅުވި ބޭފުޅަކު ވިދާޅުވީ "ކަލޭ ޅެން ހަދާށޭ ކިޔާފައި މި ވެނި ކަމެއް ކުރަންވީ ނޫންހެއްޔޭޭ؟" އެފަހުން އަޅުގަނޑުގެ މިތުރު ޝާއިރު އާޅެން ހެއްދެވުން ހުއްޓަވާލައްވައިފިއެވެ. އޭނާބުނީ ވަޒަނަށް ފެތޭ އާޅެމަކީ ދިވެހި ބާޒާރުގައި ނުވިކޭ މުދަލެއްކަމަށެވެ.
...
ލިޔުނީ ދިޔެ, 2009-08-19 11:11:59
ޝާހިދުގެ ތިޔަޅެން ވަރަށް މޮޅެވެ. ތިޔަހިތުގެ ޝުޢޫރަކީ ތިޔައީކަމަށް ވާނަމަ ޝާހިދުގެ އުންމީދު ވެސް ހާޞިލްވެގެންދާނެއެވެ. ވަރަށް މާނަފުން އަދި ރީތި އިބާރާތްކޮޅެއް.
...
ލިޔުނީ ’’¨ޒިޔާ, 2010-08-03 08:07:34
ވަރަށް ރީތި...

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3426
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone