ފަންވަތް ދިވެހި ވަޒަންބަހުރުވަ މި އައީ ކަލާގެ ލޯބި ނިކަން ބޭނުމޭ ބުނަން
ބެލި ޢަދަދު: 3426
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މި އައީ ކަލާގެ ލޯބި ނިކަން ބޭނުމޭ ބުނަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
23 ޖެނުވަރީ 2009، 02:26 ހުކުރު

އާދަމް ނަޞީރު އިބްރާހީމް (2002)
 - މަޤުތޫލު -

01- މިއައީ ކަލާގެ ލޯބި ނިކަން ބޭނުމޭ ބުނަން
    ތިޔަ ނޫން އަރާމަކަށް މިހިތެއް    ނުރުހެނޭ ބުނަން


02- ނިދުމުގެ އަރާމު ވެސް މިވަގުތު ހާދަ ނާދިރޭ
    ނިދުމަށް ވުރެން މި ހަނދުމަތަކަށް ވެސް ޤަދަރު ކުރަން


03- ދެބަ ދޭތެރޭ  ވިޔަސް  ފެނެޔޭ  ހުވަފެނުން ކަލާ
      އަބަދާ   އަބަދު އެހެންވެ،  މަ އެކަމާ   ޝުކުރު ކުރަން


04- ލިބިފައިވި ފަނޑު ފޮޓޯ ބަލަމުން ނަޒަރު ހިނގަމުން
       ނަފުސާ ފުރާނަ     ޤަތުލު ނުވިއްޔާ    ޒަޚަމު ކުރަން

05- ހިތުގައި މި ވެރިވެގެން ތިބި އިޔަ  ހޫދި ލޯބި ތައް
                    މިތުރާގެ ކުރިމަތީ ހުރެ     ދެއަތުން ކަފުން ކުރަން

06- މީހަކު ކަލާގެ ނަން ބުންޏަސް ނުވަތަ ލިިޔެލިޔަސް
                 ހީބިހި ނަގައިގަނޭ    އެވަރަށް  ވެސް  ފިކުރު ކުރަން

07- ފައިތިލަ ކަލާގެ ބީހުނު  މަގަކުން ދިޔަސް މަދެން
                ފައި މަޑުމަޑުން އަޅައި،  އެ މަގަށް ވެސް ރަޙުމު ކުރަން

08- އެ ދުވަހުން އެހެން ދުރަށް ދެވުނީ ހިތުގެ މޮޔަކަމުން
               ލަދުވެތި       ކަމާއެކީ   ތެދުބުނެ    ހަތްހުވާ ކުރަން

09- ފައްސާލިނަމަ ކަލާ އަހަރެން ތިޔަ ހިތުގެ ބިމުން
               ކަށްވަޅުގެ   ބިން މެނޫން    އެބަ އޮތްތޯ   ހިޖުރަ ކުރަން

10- ހުރިހާ ވަޢުދު ތަކެއް ވެސް އުވުނީ މަގޭ ފުށުން
               ކުރިކުށުގެ   އިޢްތިރާފު     ރޮމުން އައިސް ބަޔާން ކުރަން

11- ނިޔަނެތިވެ މާފުދީ އާނބަސް ނުބުނި ނަމަ ކަލާ
                މިއަދަށް    ފަހުން  މަ ލޯބި   ޖެހޭނީ  ހަރާން ކުރަން
         -----------------------------
            6 ޖެނުއަރީ 2002    
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ޝިފާން, 2009-01-23 18:37:39
ކާޑެއްގައި ޖަހާލަން ވަރަށް ރީތި ބައިތުތައް އެބަހުރި
...
ލިޔުނީ ޅެން ހެދޭތޯ އުޅޭމީހެއް, 2009-01-24 15:52:39
މިއީ، ނަޞީރުގެ ޙަޔާތާ ވަރަށް ގުޅުންހުރި ޅެމެއްކަމަށް ފެނެއެވެ. ފަހަރެއްގައި ޙަޤީޤީ ޝުޢޫރަކަށްވެސް ވެދާނެއެވެ. ވަރަށް ރީތިވެފައި އަސަރުގަދަ، މަރުހަބާ!
...
ލިޔުނީ އ. ނަޞީރު, 2009-01-25 16:23:19
ޅެންހެދެތޯ އުޅޭ މީހާގެ ނަމުގައި ލިޔުއްވި ބޭފުޅާއަށް ޝުކުރާ ހެޔޮ އެދުން ދަންނަވަމެވެ.. ޚިޔާލު ދެއްވުމުގައި ހިއްސާކޮށްލެއްވީތީއެވެ. ތިބާގެ ޚިޔާލުފުޅުގެ އެއްބައި ދިމާވެއެވެ. އަނެއް ބައިގެ ޙަޤީޤަތް އޮތީ އެހެނެއް ނޫނެވެ. މި ޅެމަކީ، މީހެއްގެ ޙަޔާތާ ގުޅިފައި އޮތް ޅެމެކެވެ. އެބައި ދިމާވެއެވެ. އެކަމަކު އެއީ ތިޔަ ހީފުޅު ކުރެއްވި މީހާއެއް ނޫނެވެ. މި ޅެން ހަދައިދެވުނީ އަޅުގަނޑުގެ ރައްޓެއްސަކު މެދުވެރިކޮށް، މީހަކު އަޅުގަނޑުގާތުގައި އެދުނު އެދުމެއްގެ މައްޗަށެވެ. އޭނާއަށް ދިމާވި ހާދިސާއަކާ ގުޅިގެންނެވެ. އެއީ 2002ވަނަ އަހަރެވެ. 2006ވަނަ އަހަރު ނުކުތް ''ވާރޭ'' އަލްބަމްގައިވެސް މި ފަދަ މައުޟޫޢަށް ޅެއްމެއް އޮންނާނެއެވެ. އެއީ ލަވައެކެވެ. ''ދިލްދޭދިޔާހޭ'' މިރާގަށެވެ. ''ކުށްވެރިޔަކީމޭ'' މި ލަވައެވެ. މުމްތާޒުގެ އަޑުންނެވެ. މި ލަވަޔަކީވެސް ވަރަށް މަޝްހޫރު ފިލްމީތަރިއެއްގެ ދިރިއުޅުމުގައި ދިމާވި ކަމަކާ ގުޅިގެން އޭނާ އެހާދިސާ ކިޔައިދިނީމާ، އޭނާގެ އެދުމުގެ މަތިން އޭނާޔަށް ހަދައިދިން ލަވައެކެވެ. މި ދެންނެވި ފިލްމުސްޓާރަކީ، ރާއްޖޭގެ މަޝްހޫރު ފިރިހެން އެކްޓަރުންކުރެ އެންމެ އަރާހުރި އެކަކެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3426
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone