ފަންވަތް ދިވެހި ވަޒަންބަހުރުވަ ޙާފިޡުގެ 167 ވަނަ ޣަޒަލު
ބެލި ޢަދަދު: 1508
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޙާފިޡުގެ 167 ވަނަ ޣަޒަލު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
20 ފެބްރުވަރީ 2009، 10:07 ހުކުރު


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ލައްވާށިއޭ ތިޔަ ރީތިކަން، އިރަކަށް ދެކޭހައި ލޯތަކަށް،
        ދެއްވާށިއޭ! އިތުރަށް އިރަށް ފުރިހަމަކަމެއް ވާ ދާއިމަށް.

2. ތިޔަ ވިހުރުވާލާ ދޯދި ވޭ، ހިތް ފަތަޙަކޮށްލާ ބާޒަކަށް،
        ފިޔަ، ބާޒުގައި ލައްވާށިއޭ! މަލިކުން ހިތަށް ހިޔަލެއް ކަމަށް!


3. ދޯދިން ލިބޭ އަލިކަން ތެރޭ ޖެހިފައި އަސީރު ނުވާ ކަތުން،
        ރޯދިން ދުރަށް ލައްވާށިއޭ! އެކަމާ ކަތުން ވިސްނާލުމަށް!

4. ތިޔަ މޫނު ފެނިފައި ޢިޝްޤުގައި ނުޖެހެން އުޅޭހައި ހިތްތަކަށް،
        ހިޔަ ހާސްފަށުން ކުރަމޭ ދުޢާ ޒަޚަމުގެ ތެރޭގައި ލެއްވުމަށް!

5. އަޅުކަން ވެވޭ ފަދަ ލޯބިވާ، ދެ ލޮލުން އުކާތީ ތީރުތައް،
        ފަޅުވިޔަ ނުދޭން ހިތް އެލުވަމޭ، ދުނިތައް ހެރޭނެ އަމާޒަކަށް!

6. ތުނި ރީތި ނަލަ ރަތް ތުންފަތުން، ބޮސްތައް ހިތަށް ލިބިދާކަމުން،
        އުނިކަން ފިލައި ރޫޙާ ނަފުސު، ޣަރަޤެއްވެޔޭ މަސްތުގެ ތެރަށް!

7. މަޢުޝޫޤު ދެކެ ވާ ލޯބި ވޭ، އާ ވުން މަތީ ދާއިމްވެގެން،
        އާ ވުން މަތީ ވާ ރީތިކަން، އެދެމޭ ތިބާއަށް ދެއްވުމަށް!

8. ޝައުޤުން ވަމޭ ބުނެ ޙާފިޡޭ، ގަންދީ ފުރާނަ ހުވާކުރީ،
        ޝައުޤުން ވިރޭއިރު ނޫރު ތިޔަ، ބެލުމެއް ނުވޭހޭ؟ ޢާޝިޤަށް!

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1508
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone