ފަންވަތް ދިވެހި ވަޒަންބަހުރުވަ ލޮލުގެ ލަވަ
ބެލި ޢަދަދު: 2104
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ލޮލުގެ ލަވަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
25 މާރޗް 2009، 14:37 ބުދަ


މުޙަންމަދު ޝާހިދު ޙަލީމު

އެއީ އަހަރެންގެ ލޮލުގެ ލަވައެވެ. ހިތުގެ ހިނގުމެވެ.
އެކަމަކު،
އަހަރެންގެ ލޮލުގެ ލަވަ ސޯރުކޮށްދޭނީ ކިހިނެއް ހެއްޔެވެ؟
އަހަރެންގެ ހިތުގެ ހިނގުން ސޫރަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

އޭނާގެ މޫނު، ސާދަވިލޭރޭގެ ހަނދު ފަދައެއް ނޫނެވެ. އެކަމަކު ސާދަވިލޭރޭގެ ހަނދު، އޭނާގެ މޫނު ފަދައެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟
ހަނދު، ނިތްކުރި ނޫރާނީކުރާން، ނޫރު ގެންދިޔައީ، އެ މޫނުންނެވެ.

އޭނާގެ ބުމަ، ހިތިފަތް ފަދައެއް ނޫނެވެ. އެކަމަކު ހިތިފަތް، އޭނާގެ ބުމަ ފަދައެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟
ހިތިފަތް، ލެނބުން ލޫޅާފަތިކުރާން، ބުރުސޫރަ ބޭނުންކުރީ، އެ ބުމައިންނެވެ.

އޭނާގެ ލޯ، ޚަންޖަރު ފަދައެއް ނޫނެވެ. އެކަމަކު ޚަންޖަރު، އޭނާގެ ލޯ ފަދައެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟
ޚަންޖަރު، ތިލަ ތޫނުކުރާން، މިޔަ ހޯދީ، އެ ލޮލުންނެވެ.

އޭނާގެ ތުންފަތް، ފިނިފެންމަލުގެ ފިޔަ ފަދައެއް ނޫނެވެ. އެކަމަކު ފިނިފެންމަލުގެ ފިޔަ، އޭނާގެ ތުންފަތް ފަދައެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟
ފިނިފެންމަލުގެ ފިޔަ، ފަތިހަށް ފަރިވާން، ނާޒުކުކަން ގެނައީ، އެ ތުންފަތުންނެވެ.

އޭނާގެ ވަނާތައް، ރާގު ފަދައެއް ނޫނެވެ. އެކަމަކު ރާގު، އޭނާގެ ވަނާތައް ފަދައެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟
ރާގު، މީހުން މަސްތުކުރާން، ބަނޑިބަނޑި ދަސްކުރީ، އެ ވަނާތަކުންނެވެ.

އޭނާގެ ލޯލި، ރަން ފަދައެއް ނޫނެވެ. އެކަމަކު ރަން، އޭނާގެ ލޯލި ފަދައެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟
ރަން، ބަރީދުން ބަބުޅާން، ވިދުން އަތުލީ، އެ ލޯލީންނެވެ.

އޭނާގެ ވަސް، ގޮމަކަސްތޫރި ފަދައެއް ނޫނެވެ. އެކަމަކު ގޮމަކަސްތޫރި، އޭނާގެ ވަސް ފަދައެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟
ގޮމަކަސްތޫރި، މީރުވަސް މިލްކުކުރާން، ހުވަނދުލީ، އެ ވަހުންނެވެ.

އޭނާގެ މޫރިތިކަން، ޛުލައިޚާ ދީދީ ފަދައެއް ނޫނެވެ. އެކަމަކު ޛުލައިޚާ ދީދީ، އޭނާގެ މޫރިތިކަން ފަދައެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟
ޛުލައިޚާ ދީދީގެ ބަނިޔާދަންކަން ބަޔާންކުރާން، ކާމިލު ދީދީ އިލްހާމު ލިބިގަތީ، އެ މޫރިތިކަމުންނެވެ.

އަހަރެންގެ ލޮލުގެ ލަވައަކީ، ހިތުގެ ހިނގުމަކީ އެއީއެވެ.
އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟
އަހަރެންގެ ފެނުމަށް ފިނިކަން ލިބެނީ، ހުވާހަށް ހޫނުކަން ލިބެނީ، އެ ސޫރައިންނެވެ.
އެކަމަކު،
އަހަރެން އެ ސޫރަ ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟


މި ޅެމަކީ އަޅުގަނޑު 2002ވަނަ އަހަރު ހަދައި، އެ އަހަރު ފެބްރުއަރީ މަހުގެ ފަތްތޫރައިގައި ޝާއިޢުކޮށްފައިވާ ޅެމެކެވެ. އަލުން މި ޝާއިޢުކުރާ އިރު ކުދިކުދި ބައެއް ބަދަލު ގެނެސްފައި ހުންނާނެއެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ FAS, 2009-04-07 12:17:20
Mi lhe'maky bahus kuran varah ran'galhu lhemeh Varah fun' maanaeh dheyhavaa lhemeh.
...
ލިޔުނީ akram, 2009-04-11 05:19:44
varah ufehdhuntheri hiyaaleh.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2104
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone