|
ދިވެހި -
ވަޒަންބަހުރުވަ
|
|
20 ނޮވެމްބަރ 2008، 13:23 ބުރާސްފަތި |
|
ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން 1. އޭވަޔާ ފަތިހުގެ ނަޔާ، ޣައްޒާލުއަށް އެދެމޭ ބުނުން: "މަގު މަށަށް ތިޔަ އޮޅުވަނީޔޭ ބިންތަކާ ފަރުބަދަތަކުން."
2. ހަކުރު ވިއްކާ ތާޖިރަށް ދިގު ޢުމުރަކަށް އެދެމުން ބުނަން: "ހަކުރުކާ ކުދި ދޫނި ހޯދަން ހަނދުމަ ނެތުނީހޭ ދިއުން."
3. ރީތި ނަލަ ފިނިފެން މަލާއޭ! ޢަންދަލީބާ ގާތް ނުވީ، ކިބުރުވެރިކަން ވާކަމުންހޭ؟ ހިތު ތެރޭގައި މާފުނުން.
4. ރީތި އަޚުލާޤާ ކުރާހާ، ރީތިވީ ހެޔޮކަންކަމުން، ދަންތުރާގައި ޖެއްސިދާނޭ ބުއްދިވެރިވި މުފައްކިރުން.
5. ނަމަވިޔަސް ބިރުވެރިކަމެއް ފެނި ތޫނުފިލިވީ ދޫނިތައް، ހަމަހިލައި ނުހިފޭނެޔޭ ބަލަ! ދާތަކާ މަޅިފަތިތަކުން.
6. ހަނދުތަކެއް ފަދަ މޫނު އަލިވީ، އިސްކޮޅާ އަދި ރޫފަހެޔޮ، ރީތި ކަޅިރަވަތައް އެވާހައި ޙޫރުނަށް އެދެމޭ ބުނުން:
7. "ނޭގުނޭ ހަމަ ކީއްވެގެންކަން، ރީތި ކުލަޔެއް ދޭހުގައި، ރީތި ތިޔަ ކަނބަލުންނަކަށް އަދު ލިބިނެތީ އެކުވެރިކަމުން."
8. ލޯބިވެރިޔާ ގާތުގައި އިނދެ ރާ މިނާ ނަމައީ ތިބާ، މިތުރުވެރި އެންމެންގެ ހެޔޮކަން ޒިކުރުކޮށްލާށޭ ހިތުން.
9. ބިންމަތީ ޙާފިޡު ކިޔާހައި ޣަޒަލުތައް އުޑުގައި ވެޔޭ، އީސަޔަށް ނެށުމަށް ގޮވާލާ ލަވަޔަކަށް ޒުހުރާ ދުލުން.
އީސައަކީ، ޢީސާގެ ފާނެވެ. އެކަލޭގެފާނަކީ، ޢިޝްޤީ ލޯބީގެ އެއްވެސް ކަމެއް ކުރެއްވި ބޭކަލެއް ނޫނެވެ. ޒުހުރާ އަކީ ވީނަސްއެވެ. ވީނަސްއަކީ ލޯބީގެރާނީއެވެ.
ލޯބިގެ ރާނީ، ޙާފިޡުގެ ޣަޒަލުން، ޢީސާގެފާނު ޑާންސްކުރެއްވުމަށް ގޮވާލާނީ، ހިތްތަކުގައި ލޯބީގެ ޝުޢޫރު އުފެއްދުމުގެ މާވަރުގަދަ ބާރަކާއި ޖަޒުބާތެއް، އެ ޣަޒަލުތަކުގައި ވާތީތާއެވެ!!! ކޮންމެއަކަސް އެއީ ޙާފިޡުގެ ފަލްސަފާއެވެ.
|