މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ލޯތްބަކީ ކޮބާ؟ |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 21 މެއި 2009، 11:50 ބުރާސްފަތި | |||
|
އާޅެން ޢަބްދުﷲ ނަޢީމު އިބްރާހީމް ލޯތްބަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެ އެވެ. ލޯބި ވަނީ ކިހިނެއް ކަމެއް ވެސް އަހަންނަކަށް ނޭނގެ އެވެ. ޅެންވެރިން ބުނާ ގޮތުގައި ލޯބިވެރިޔާ ލޯމަތިން ކެހިލުމާއެކު، ހިތް ބޭ ޤަރާރުވާން ފަށައިފިނަމަ، އެ އޮތީ ލޯބި ވެވިފަ އެވެ. އެއީ ތެދެއްކަމަށް ވާނަމަ ލޯބި ދަސްކުރުން އޮތީ ކުރިޔަށެވެ. ލިޔުންތެރިން ބުނާ ގޮތުގައި ލޯބި ވުމަކީ، މީހަކު އަމިއްލަޔަށް ކުރާކަމެއް ނޫނެވެ. އެއީ ހިތާގުޅޭ ޤުދުރަތީ ގުޅުމެކެވެ. މީހެއްގެ އެއްވެސް އިޚްތިޔާރަކާ ނުލަ އެވެ. އެއީ ތެދެއްކަމަށް ވާނަމަ، ލޯބި ދަސްކުރުން އޮތީ ކުރިޔަށެވެ. އެކަމަކު ބުންހެއްޔެވެ؟ އަހަރެން މަރާލަން ކަނޑި ބަޑި ބޭނުން ކުރާނެ ކަމެއް ނެތެވެ. ކަލޭ ހިލޭ މީހަކާ ވާހަކަ ދައްކާލީމާ ނިމުނީ އެވެ.
|
| ހަމަ މި ގަލަމުން |
|---|