މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދޮންބަންޑާރައިންގެ ޖިހާދު (އޯޑިއޯ) |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 28 މެއި 2009، 00:57 ބުރާސްފަތި | |||
|
އާދަމް ނަޞީރު އިބްރާހީމް (2002) (ޝާޢިރުލްމަޤުތޫލު) ހުރަވީ ދުވަހުގެ ޚާއްޞަ ހަދިޔާމަންޒަރު 1
ހިމޭންކަމުގެ ވައިރޯޅި ހިނިތުންވަމުން ދޭ
ރަށް ރަށުގެ ވަލުގައި ވަޔަށް ނެގިފައި އެވާ ވަހުތާނުހެން އާދެ! ޝަމްސުއްދީނު އަދި މަޝްހޫރު މުޙްޔިއްދީނުތާ ކަންކުރަންވާނޭ ގޮތާ ހަމަތައް މިހާރު ކަނައްކަފޫޅު ޢަސްކަރީ ބާރާއި ހަތިޔާރާ އެކީގައި އަބަދުވެސް ކޮންމެ މުދަލެއް ކޮންމެ ޢަމަލެއް ހިތްއެދޭނަމައީ މިހާރު ނަފުރަތެއް އަދި ނުރުހުމެއް ދައްކައިފި މޫނެއް މި ކަމުގައި މިލެކަކުން ކަންވާން ފެށީމާ ދިވެހި ޣައްދާރުންގެ މޭން
ފާޅުގައި މި ދެޚާއިނުން ކަސްތޮޅު އަޅައި ކަނޑުފެއްތިއިރު
ދިރި އުޅެން އެޅިހައި ގެދޮރު އަލިފާނުގައި އަޅިޔަށް ވުމުން
ނިކުމެވަޑައިގަތުން
ފޭހިފައިހުރި އިލޮށިތައް ދިވެހިން ލޮލަށް ހެރުމަށްޓަކާ، (ﷲ އަކްބަރު)
ޕްރޫފްބައްލަވައިދެއްވުން
މިއީ،
2002 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބާއްވަވާ
މުނިފޫހިފިލުވުމުގެ ޚާއްޞަ ރަސްމިއްޔާތަށް، އެން.އެސް.އެސް ގެ ފަރާތުން
ހުށަހަޅުއްވާ އައިޓަމަށް، ޚާއްޞަ ކުރެވިގެން ހެދިފައިވާ ޅެމެކެވެ. ޅެން
އެކުލަވައިލުމުގައި ހާދިސާގެ އަޞްލަކަށް ބެލިފައިވާނީ ދިވެހިންގެ ތެރޭގައި
މަޝްހޫރު ’’ކެޕްޓަން ދޮން ޙަސަން މަނިކުފާނު“ މި ދިގުވާހަކައެވެ. އޭގެ
އިތުރަށް، އެން.އެސް.އެސް.ގެ ފަރާތުން ހޯއްދަވައިދެއްވި ކަމާބެހޭ ތާރީޚީ
ބައެއް ލިޔުންތަކުންނާއި، އަލްފާޟިލް މުޙައްމަދު ޝާޠިރު ދެއްވި ތާރީޚީ
ބައެއް މަޢުލޫމާތުން އެހީތެރިކަން ލިބިގެންފައި ވާނެއެވެ. އެކި
ރޮނގުރޮނގުން މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ފަރާތްތަކަށާއި،
ކަމުގެ ފުރުޞަތު ފަހިކޮށްދެއްވި އެން.އެސް.އެސް.ގެ އިސްވެރިންނަށް ހިތުގެ
އިޚްލާޞްތެރިކަމާއެކު، ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (9)
![]()
...
ލިޔުނީ ސަމީޢު, 2009-05-28 00:34:27
މިޅެން އަޑުއަހާލުމުން ވަރަށް އަސަރުކޮއްފި ދިލާސާކަމަކީ ކޮބައިތޯއެވެ.
...
ލިޔުނީ ޝީޒާ, 2009-05-28 09:57:29
ރޮވިއްޖެ. ވަރަށް ބޮޑަށް ރޮވިއްޖެ. ޅެން އަޑު އަހަމުން ދަނިކޮށް ގިސްލެންފެށި. ހަގީގަތުގައި ވެސް މީ ވަރަށް އަސަރުގަދަ ޅެމެއް. ހީވަނީ ހަމަ އެދު ވަހު އެ ތާނގައި ހުރެވުނުހެން. ނަސީރުގެ މިފަދަ އިތުރު އަދަބީ އުފެއްދެވުންތަކަށް އިންތިޒާރު ކުރަން.
...
ލިޔުނީ alhugandu, 2009-05-28 10:42:00
kirives alhugandu milhen varah ginain kiyan... mihaaru varah ginain aduahan... qaumee rooh alaakurumah mikahala beys hadhavaa dheysverin varah thadhu iraku, thiyadhevvani agukuranves neyngeykahala aguhuri hadhiyaaeh. shukuriyyaa NASYR adhi MASAKKATHUGE HURIHAA BAIVERINNAH!
...
ލިޔުނީ ގައުމުގެ ދަރިއެއް , 2009-05-28 20:52:46
ނިދާފައި އޮތް ނަފުސު ހޭލައްވައިލައިފި އެވެ. ހާދަ ޢިބްރަތްތެރި އަސަރު ގަދަ ޅެމެކެވެ. ޅެންވެރިކަމާއި، ކިޔުމާއި، ހުށަހެޅުމެވެ. މި ފަދަ ޅެންތަކުން ޢިބްރަތް ލިބިގަންނާނީ ކިތައް ދިވެހިންބާވަ އެވެ؟ ދަރިންނަށް މި ފަދަ ޢިބްރަތްތެރި ޅެންތައް އިއްވައި އެކުދިން ގައުމީ ލޯބީގައި ހާނާނީ ކިތައް ބެލެނިވެރިންބާވަ އެވެ؟ ދަރިވަރުންނަށް މި ފަދަ ޅެންތައް ފޯރުކޮށްދީ އެކުދިންގެ ހިތްތަކުގެ ރޫޙާނީ ގައުމީ ވިންދު ތާޒާ ކޮށްދެއްވާނީ ކިތައް މުދައްރިސުންބާވައެވެ؟ މި ޅެން ރާއްޖޭގެ ކޮންމެ ކިޔަވާ ކުއްޖަކަށް ފޯރުކޮށްދީ ޝަރަޙަ ކޮށްދިނުމަށް އަޅުގަނޑު އެދެމެވެ. ގައުމު ދެކެ ލޯބިވާ ގައުމާ މެދު ވިސްނާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުންނެވެ. ނަޞީރަށާއި، މުޓީމަށް ޝުކުރިއްޔާ އެވެ.
...
ލިޔުނީ ތުއްތު މަނިކު, 2009-05-29 17:04:06
ގައުމީ ލޯބީގައި ރޮވުނީމާ ވަރަށް ހިތަށް ލުއިކަން ލިބިއްޖެ. މީ ވަރަށް އަސަރު ގަދަ ޅެމެއް. ރޯންވީ މި ކަހަލަ ޅެންތައް އަޑު އަހާފައި. ހަމަ އެކަނި ބައެއް ކަހަލަ ލޯބީގެ ފިލްމު ބަލައިފައެއް ނޫން.
...
ލިޔުނީ ތުއްތު މަނިކު, 2009-05-29 17:06:32
Mi lhemaky gaumee vindhuthah heylavvaili lhemeh. varah asharugadha. gamudheke loabivumaky varah muhimmu kameh. beyruge nufoozuthakun gaumah libifaivaa gelluthah thaareekhu bunedhey.. ibrayi libigannaany kithah beyfulhunbaa?
...
ލިޔުނީ އޝ, 2010-02-02 21:31:37
ޅެންވެރިކަމުގެ ގޮތުން މިއީ ހަމަ އެއްވަނައިގައި ގުނާލަންޖެހޭނެ އަގުހުރި މަސައްކަތެކެވެ. ޤައުމީ އަގުހުރި މަސައްކަތެކެވެ. ނަމަވެސް މިތާ އިޖާބީ ތަޢުރީފުތަކުން ދުރުވެ އަޅުގަނޑު ގަސްދުކުރަނީ އަޅުގަނޑަށް މިޅެމުން ފާހަގަވި ބައެއް ސަލްބީ ކަންކަމަށް ކަޅިއެއްއެއްލުމެވެ! ޅެމުގައި ބޭނުންކުރައްވާފައިވާ މުޚާޠަބުކުރުމުގެ ބަހުރުވައަށް ސަލްބީ ގޮތެއްގައި ފާޑުކިޔުމަށް ތިރީގައި ބައެއް ނުކުތާތަށް ފާހަގަ ކޮށްލާނަމެވެ.
* މަންޒަރު2 ގައި އޯޑިއަންސަށް މުޚާޠަބުކުރުމުގައި "ނަޒަރު ދެއްވާށެ" އަދި "ބަލާށޭ" މި ދެގޮތައްވެސް ބޭނުންކުރެވިފައި ވެއެވެ. ފެންނަ ފެނުމުގައި ބަސްމަގު އޮންނަންވީ މިތަނުން ކޮންމެވެސް އެއް ދަރަޖައެއްގައެވެ. ނަމަވެސް "ނަޒަރު ދެއްވާށެ" މުޚާޠަބުވެގެން އަންނަނީ އަޚުންތަކަށް ވެފައި "ބަލާށޭ" މުޚާޠަބުވަނީ ނަސޭޙަތެއްގެ ގޮތުން ޤައުމުގެ ދަރިންތަކަކަށް ކަމުގައިވާނަމަ ޝާޢިރު ގެންނަވާފައި ގޮތް ގޯސްކަމުގައެއް ނުފެނެއެވެ. * މަންޒަރު4 ގައި ދެވަނަ ފައްތަރުގައި އަލިރަސްގެފާނަށް ނިސްބަތްކުރެވިފައި ވަނީ "ޝަހީދުވި" މިގޮތަށެވެ. އަލިރަސްގެފާނާ އެކަށޭނަ ދަރަޖައަކީ ޝަހީދުވެވަޑައިގަތުން ނޫންތޯއެވެ؟ * މަންޒަރު6 ގައި ފުރަތަމަ ބައިތުގައި ދޮންބަންޑާރައިންނަށް ނިސްބަތްކުރެވިފައި ވަނީ "ނިކުންނެވުން" މިގޮތަށެވެ. އަސްލު އޮންނަންވީ އަރިމަތީ ސުރުޚީގައި އެވާފަދައިން ނިކުމެވަޑައިގަތުން ނޫންތޯއެވެ؟ ހަމަ މި މަންޒަރުގައި ދޮންބަންޑާރައިންނަށް "ވަޑައިގަނޭ" ނިސްބަތިކުރެވިފައި ވެއެވެ. ރަނގަޅު ގޮތަކީ ވަޑައިގަންނަވާ ނޫންތޯއެވެ؟ * މަންޒަރު9 ގައި "ކިއުއްވާށެ، ނެރުއްވާށެ، ކުރައްވާށެ" މިގޮތަށް މުޚާޠަބު އައިސްފައިވާއިރު ހަމަ އެ ކަންކަން ނިސްބަތްވި ދިވެހި ބަޠަލުންނަށް "އުފުއްލާށެ، އަޑައްލާށެ" އާދައިގެ ދަރަޖައިން މިގޮތަށްވެސް މުޚާޠަބު ކުރެވިފައި ވެއެވެ. ތީގައި އިސްވެ ދިޔަ ޚިޔާލުތަކާ ސުވާލުތައް ޖަވާބެއްދެއްވުމަށް ޝާއިރު އާދަމް ނަޞީރު އިބްރާހީމް ގެ ކިބައިން ވަރަށް އަދަބުވެރިކަމާއެކު އެދެމެވެ! ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|