ފަންވަތް ދިވެހި ވަޒަންބަހުރުވަ ތެތް ކަރުދާސް
ބެލި ޢަދަދު: 2227
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ތެތް ކަރުދާސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
05 ޖޫން 2009، 01:51 ހުކުރު

އާ ޅެން:


ޢަބްދުﷲ ނަޢީމު އިބްރާހީމް

ދުނިޔޭގެ ކޮންމެ ކުލަޔަކާ އެކު، އަހަރެންގެ ލޯބިވެރިޔާ ބަދަލުވެ އެވެ.
ތަހުޒީބުގެ ކޮންމެ ކުލަވަރެއް އޭނާގެ ކިބައިން ފެނެ އެވެ.
ތަރައްޤީގެ ދުވެލި އަންގާ މީޓަރެކޭ އެއްގޮތެވެ.

އަހަރެން މި އުޅެނީ ލޯބިވެރިންގެ ސަފުގައި ފައި ހަމަ ނުކުރެވި ގެންނެވެ.
މުހިންމު އެތައް ޝަރުޠެއް ފުރިހަމަ ނުވެ އޮތީމަ އެވެ.
އެންމެ މުހިންމު ޝަރުޠަކީ، ތަހުޒީބަށް ހޭނުމެވެ.
ވަޔާއި އޮޔަށް ބެހެން އަމިއްލަ ނަފުސު ދޫކޮށް ލުމެވެ.

މިއިން އެއްވެސް ކަމެއް ކުރާހިތެއް ނުވި އެވެ.
އަމިއްލަ ގޮތް ދޫކުރުމަކީ، ކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ.
އެހެން މީހުންގެ ޚިޔާލާ އެއްގޮތަށް އަމިއްލަ ދިރިއުޅުން ބަދަލު ކުރާހިތެއް ނުވި އެވެ.
ލޯބީގެ ބަގީޗާގައި އުފާކުރަން ބޭނުން ނުވެގެންނެއް ނޫނެވެ.

ނަތީޖާ އަކީ ކޮބައިހެއްޔެވެ؟

ބާކީވީ އެވެ.
މުޖުތަމަޢުން ބޭރުވީ އެވެ.
ލޯބީގެ ދަރުބާރުން ބޭރަށް ނެރެ އެއްލައިލެވުނީ އެވެ.
ތެތް ކަރުދާސް ކަނޑަކަށް ވީ އެވެ.
ހުޅެއް ވެސް ނުހިފި އެވެ.
ނުވެސް ލިޔެވުނެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ސަމީޢު, 2009-06-04 20:16:37
ހާދަ ދެރަގޮތެކޭތިވީ އެކަމަކު ތިގޮތްވެސް ދެރަގޮތެކޭ ހީނުކުރީމާ އެނިމުނީއެވެ.
...
ލިޔުނީ ޝަރު, 2009-06-09 04:46:34
ތީ ވަރަށް އިބުރަތްތެރި ވާހަކަކޮޅެއް ، މީސްމީހުންގެ ހަޤީޤީ ދިރިއުޅުމާއި ވަރަށްގުޅޭ ލިޔުންކޮޅެއް
...
ލިޔުނީ nifoo, 2010-10-13 08:28:06
miveegoi ves vaki dhera eh nooooon...........hahahahahahah
...
ލިޔުނީ މާލިމީ, 2010-10-15 14:40:23
ކިހާ ރަނގަޅު ހުޅެއް ނުހިފާ ނުލިޔެވި އޮތުމަކީވެސް ހާދަބޮޑު ނިޢުމަތެކޭ. ސަލާމަތްވީއެއްނުން ދޯ؟
...
ލިޔުނީ ilham, 2011-08-12 14:13:42
ވަރަށް ފުރހިމަ . . .
މިކަހަލަ އިތުރު ލިއުންތައް ފެނުމަށް އެދެން . . . .

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2227
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone