ފަންވަތް ދިވެހި ވަޒަންބަހުރުވަ ކަންނެތް.... ދުޢާ
ބެލި ޢަދަދު: 2021
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ކަންނެތް.... ދުޢާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
06 އޮގަސްޓް 2009، 02:10 ބުރާސްފަތި

 މުޚުތާރު ޢަބްދުއްރާޙުމާނު - ނޫރާނީގެ ށ. މިލަންދޫ

އަތުން ޙަރަކާތް ނުކޮށް ހުއްޓާ،  ވަތަށް ބިން އަޑި ފުށުންޖެހިފާ،
މަތުން ރައްބީގެ ރަޙު ލިބިގެން،  އަތަށް ހުރިހާ މުތެއްވެރިގެން،

                 ކަލާކޯއޭ ލިބިއްޖިއްޔާ!

ހަ އޮޑި އެއް އައިނުގައި އިރުދާ،    މަތިން ވައިމަޑު ހަދައިލައިފާ،
މަ އޮޑިއަށް ފަހިވެގެން އަދުގާ،   ކަނޑުން ބިލަމަސްމެ ފުމި އެ އަރާ،
                ކަލާކޯއޭ ލިބިއްޖިއްޔާ!

ފުޅެއް އިންޒާތުގާ ގުލްމާ،        ކުޅެން ޢުމުރަށް މަގޭ އަތުގާ
ފުޅެއް ރަޙުމަތް އެހުރިގޮތުގާ،      ގުޅެން ގާތަށް ހިނގާ އައިމާ،
               ކަލާކޯއޭ ލިބިއްޖިއްޔާ!

ޚާޒާނާ ބިމުގެ ޤާރޫނާ،         ނަފާވާނޭ ތަކެތި ހުރިހާ،  
ލަފާމަގަކުން ރަނގަޅުހުރިހާ،      މަހުއްޓާ ލިބިކަމެއް ހުރިހާ،
              ކަލާކޯއޭ ލިބިއްޖިއްޔާ!

ވަރެއްގަނޑު ރީތި މޮޅު ރަތުރަން،  އުޅުނު ކިސްރާ އެކަހަލަ މަށަށް،
ރަތުންޤުދު ހިތް އެދޭ ލިބިގެން،   ކަތުންނަށް ނޭނގި ހަމަ ހުރެގެން،
              ކަލާކޯއޭ ލިބިއްޖިއްޔާ!

ނުލައިހިރި ތަންމަތީ އޮއްވާ،    މަތިން ޚަލްވާ ފޮލާ ފައިބާ،
ނުކައިހުއްޓައި އެ ރަހަލައިފާ،   ގަނޑަށްހަށިހުރި އަރާމު ހިތާ،
             ކަލާކޯއޭ ލިބިއްޖިއްޔާ!

ނުޙައްޤުން ފޭރިކައިއުޅެފާ،     ނުވެވި ތައުބާ އެއަށް ހުއްޓާ،
ނުބައިހުރިހާ ކަމުން ދިނިފާ،     ނުބައިވޭނެއް ނުޖެހުނިއްޔާ،
               ކަލާކޯއޭ މިހެންވިއްޔާ!

ކަމެއް ހެޔޮ ހުރި ނުކޮށްހުއްޓާ، މަދިރި ހުއްޓާ ސުވަރުގޭގާ،
ނަމެއް ހުރިހާ ރަނގަޅު ލިބިފާ، މަތީ ފިރުދައުސު ލެއްވިއްޔާ،
              ކަލާކޯއޭ  މިހެންވިއްޔާ!

ދުވަސް މާޟީ އަލުން ލިބިފާ،  ފަނަރަ ޢުމުރުން އަލުން ފުރިފާ،
މަރެއްގެ އަސަރު ނުލައްވާފާ،    މަގޭގެ އެދުން މިހެން ފުދިފާ،
             ކަލާކޯއޭ  މިހެން ވިއްޔާ!

ނުމޫސުމުގައި މަލެއްފޮޅިގެން،  ނުދެނެހުއްޓާ މަށަށް ލިބިގެން،
ނުބައި އާފާތްތަކުން ދިނިގެން،  ނުބައި ދުޝްމަންތަކުން ނެތިގެން،
             ކަލާކޯއޭ މިހެންވިއްޔާ!
ޒަމާނަށް ހޭނުލައި ހުއްޓާ،  އަމާޒެއް ނުހިފި އޮތް އަތުގާ،
ޒަމާނުގެ ބަޠަލު ބަލިކޮށްލާ، ނަޞުރު ފަތުޙާ ލިބެވި ހުރިހާ،
           ކަލާކޯއޭ މިހެންވިއްޔާ!

ހަގެއް ދޮށްޓެއް ބަލައިނުމެލާ،    އަގެއް މީހުންގެ އުޅެ ނުބަލާ،
މަގަށް ތައުފީޤު ހެޔޮ ދެއްވާ،    އަގަށް މުޅި ދުނިޔެ ހެޔޮ ލިބިފާ،
            ކަލާކޯއޭ މިހެންވިއްޔާ!

ސަލާމްދޭ މީހުނަށް ރުފަގީ،  ބަވާ ގޮއްވާ ހަދާ އުޅެމީ
ޘަވާބާ ނިޢުމަތާ ލިބިވީ،    ވަޢުދުކަމުގައި ޖިނާނުވެމީ
           ކަލާކޯއޭ މިހެންވިއްޔާ!

ފަރުޟު ސުންނަތް އަދާނުމެކޮށް،    ދަރަޖަތައް ހުންނަ މަތިވެރިކޮށް،
ޤަރުޟުތައް ހުރި ރިވެތި ލިބިގެން،   މަރުގެ ސަކަރާތްތަކުން ދިނިގެން،
             ކަލާކޯއޭ ލިބިއްޖިއްޔާ!

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2021
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone