|
ދިވެހި -
އިޖުތިމާޢީ
|
|
02 ފެބްރުވަރީ 2012، 13:17 ބުރާސްފަތި |
އެއްތަނުން އަނެއްތަނަށް ފައިސާ ފަދަ ތަކެތި އުފުލުމުގައި ސަމާލުވެލައްވާ!އަޙުމަދު ނާފިޢު، ބ.ދަރަވަންދޫ ފޭރުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މާލެއާއި އަތޮޅުތަކުގައި ވެސް ޢާއްމުވަމުން އަންނަ ވަރަށް ބޮޑު މައްސަލައެކެވެ. މަގުމަތިން ހިނގައިފައި ދާ މީހުންގެ ވޮލިޓާއި، އަތްދަބަހާއި ފޯނުފަދަ ތަކެއްޗަކީ މިފަދަ މީހުންގެ ލޯތަކުގައި އެންމެ ގިނައިން އަޅައިގަންނަ ތަކެއްޗެވެ. އަދި މީގެ އިތުރުން މީހުންގެ އަތުގައި ހުންނަ ފައިސާ ގަދަކަމުން ޖަހައިގަތުމަކީ ވެސް މިހާރަކަށް އައިސް ވެރިރަށް މާލޭގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ.
|
|
|
ދިވެހި -
އިޖުތިމާޢީ
|
|
24 ޖެނުވަރީ 2012، 00:43 އަންގާރަ |
އިސްމާއީލް ޢަލީ، ރ.ކަދޮޅުދޫ
 ދިވެހި ގައުމަކީ، ފަޚުރުވެރި، ކަރާމާތްތެރި ތަނެކެވެ. މި ގައުމުގައި ގުގުމަނީ ﷲގެ މަތިވެރި ކަލިމައެވެ. އަބަދާއި އަބަދު ﷲގެ މަތިވެރިކަން ހާމަކޮށްދެއެވެ. އެހެންފަރާތަކަށް އަޅުކަން ކުރާކަށް މި ގައުމުގައި ތަނެއް ނެތެވެ. މި ގައުމުގައި ދިރި އުޅެނީ އަޚުންނާއި، އުޚުތުންނެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
18 ޖެނުވަރީ 2012، 02:04 ބުދަ |
ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ހާދިސާއެއް އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ ''އަޅުގަނޑަކީ ޢުމުރުން އެންމެ 07 އަހަރުގެ ފިރިހެން ކުއްޖަކީމެވެ. އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ ބައްޕަ އަޅުގަނޑުމެން ދޫކޮށް ދޮންމަންމަ އަކާއެކު ދިރިއުޅުން ވަނީ އިންޑިޔާއަށް ބަދަލުކޮށްފައެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެންފެށިގެން އަޅުގަނޑާއި އަޅުގަނޑުގެ އަންހެން ކޮއްކޮގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ އަޅުގަނޑުގެ މަންމަ އެވެ. މަންމަ ނިދަން އޮންނަނީ އަބަދުވެސް އަޅުގަނޑުގެ ކައިރީގައެވެ. ނަމަވެސް އަޅުގަނޑުގެ ޢުމުރުން 6 އަހަރުން ފެށިގެން އަޅުގަނޑުގެ މަންމަގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
17 ޑިސެމްބަރ 2011، 05:11 ހޮނިހިރު |
ދިވެހިންގެ ބަސްޢަބްދުﷲ ކަމާލުއްދީން
ދިވެހި ޝަޚްޞިއްޔަތު ބިނާ ކުރުމުގެ މައުޟޫޢުގައި ދެން އޮތީ އަޅުގަޑުމެންގެ މާދަރީ ބަހާ ތާރީޚާއި ޘަގާފަތުގެ ވާހަކަ ދަންނަވާލުމެވެ. އަޅުގަޑު ބޮޑުވަމުން އައި ދުވަސްވަރު ދިވެހި ބަހުން ވާހަކަދައްކާ ލިޔެ އުޅޭ ތިން ގޮތެއް އޮވެއެވެ. އެެ އިރަކީ ރާއްޖޭގައި ކުރިން އޮތް ރަސްކަމުގެ އެންމެ ފަހު އަހަރުތަކެވެ. އާދެ، އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގެ ތެރެއެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
13 ޑިސެމްބަރ 2011، 02:24 އަންގާރަ |
ދިވެހިންގެ ދީން ޢަބްދުﷲ ކަމާލުއްދީން
އެންމެ ފުރަތަމައިން ވެސް އަޅުގަޑުގެ ހިތަށް އެރީ އަޅުގަޑުމެންގެ ޝަޚުޞިއްޔަތު ބިނާކޮށް ނިމޭއިރު އަނެއްކާ ޤައުމު އޮންނާނީ ކިހިނަކުން ބާ އެވެ؟ އަޅުގަޑުމެންވާނީ އެއްގޮތަކަށް ހެދުން އަޅާފައި ތިބޭ، އެއްގޮތަކަށް ރީތި ވެގެން ތިބޭ، ވެރިމީހާ އަތް އުފުލާލީމާ ފަހަތުން އަތް އުފުލާލާ، އޭނާ ނޭފަތް ކަހާލީމާ ފަހަތުން ނޭފަތް ކަހާލާ، އޭނާ ކަރުކެހިލީމާ ފަހަތުން ކަރުކެހިލާ ބަޔަކަށް ބާވައެވެ؟ ނޫނެކެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
05 ޑިސެމްބަރ 2011، 18:34 ހޯމަ |
އިބްރާހީމް ރަޝީދު މޫސާ
1 - މީހަކު ހެޔޮލަފާ ބޭކަލަކާ ދިމާ އަށް އެއްޗެހި ކިޔުމުން ވިދާޅުވި އެވެ. އެއީ ތިބާގެފަތެވެ. ބޭނުން އެއްޗަކުން އެ ފަތް ފުރާލުމުގެ އިޚްތިޔާރު ތިބާ އަށް ލިބިގެންވެ އެވެ.
2- ކާރު ދުއްވަނިކޮށް މީހަކު ތިބާ އަށް އުނދަގުލެއް ކޮށްފި ނަމަ ކާރުގެ އަރިމަތީ ލޯގަނޑު ގައި ލިޔެފައިވާ ޢިބާރާތާ މެދު ވިސްނާލާށެވެ. "ތިބާއަށް ފެންނަ ހަށިތަކަކީ އޭގެ އަޞްލު ސައިޒަށްވުރެ މާކުދި އެއްޗެހިތަކެކެވެ." މި ޢިބާރާތާ މެދު އެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
30 ނޮވެމްބަރ 2011، 00:00 ބުދަ |
އަސްލު ލިޔުއްވީ: އަލީ ތަންތާވީ (ތަރުޖަމާ: ޝައިޚު ޙަސަން)  އަހަރެންގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. އަހަންނަށް އޭނާ ފެނުނުއިރުހުރީ ހިތްނުތަނަވަސްވެފައެވެ. ބަލިމީހެއްފަދައިންނެވެ. ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަހަލައެވެ. ވެގެން އުޅޭގޮތެއް ބުނެދިނުމަށް އަހަރެން އޭނާގާތުގައި އެދުނީމެވެ. އިރުގަނޑެއްވާންދެން ނުބުނާންހުއްޓެވެ. ދެޚިޔާލެއްގައި ހުރެފައި އެންމެފަހުން އަހަންނަށް ކިޔައިދިނެވެ. ތިބާ ތިޔައީ އަހަރެންގެ އެއްވެސް ކަމެއް ވަންހަނާކުރަން ނުޖެހޭފަދަ ގާތް ރަހުމަތްތެރިއެކެވެ. އަހަރެންގެ ސިއްރު ތިބާއަށް ކިޔައިދީ ތިބާގެ މަޝްވަރާއަކަށް އެދެމެވެ. އަހަރެން ކައިވެނި ކުރަން ބޭނުމެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
15 ނޮވެމްބަރ 2011، 23:05 އަންގާރަ |
ހަމަ ހިތަށްއަރާ.. ބިންމާ އިބްރާހީމް ވަޙީދު
ހީކުރެވިދާނެ އެވެ. ކައިވެނި ކުރީމައި ހުރިހާކަމެއް ހަމަޖެހޭނެ އެވެ. ކަންކަމަށް މައިންބަފައިން ފާޑެއްނުކިޔާނެ އެވެ. ބޭނުންގޮތަކަށް "ބިޓާ" އެކުގައި އުޅުނީމައި ނިމުނީ އެވެ. ރަނގަޅު ވާހަކައެކެވެ. މީހަކާ އިނުމުން، ކުރިން މައިންބަފައިން ކަންކަމާ ބެހޭ ވަރަށް ނުބެހިދާނެ އެވެ. އޭރުން ބޮލަށް ވަރަށް ފަސޭހަވާނޭ ހީކުރެވިދާނެ އެވެ. އެ ވަރަށް ތިމާ ތައްޔާރުވެފައިވާ ނަމަ އެވެ. ކޮން ތައްޔާރެއް ހެއްޔެވެ؟ ދެން އުފެދޭނެ ސުވާލަކީ އެއީ އެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
08 ނޮވެމްބަރ 2011، 15:38 އަންގާރަ |
ހަމަ ހިތަށްއަރާ..
ބިންމާ އިބްރާހީމް ވަޙީދު
ކައިވެންޏެއް ރޫޅެން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ހުރިހާ ސަބަބުތައް ލިޔުމުގެ ބަދަލުގައި، އެ ސަބަބުތަކުގެ މައިމުލަކީ ކޮބައިތޯ ވިސްނާލުން މުހިންމެވެ. ވަރަށް ގިނަ ރައްޓެހިންގެ ކައިވެނި ރޫޅުނުތަން ލޯމައްޗަށް ފެނިފައިވާ މީހެއްގެ ހައިސިއްޔަތުން ބުނާ ނަމަ، އެ އެންމެން ވެސް ދުނިޔެ އަށް ދެއްކީ ވަކި ސަބަބެކެވެ. އަސްލު ސަބަބަކީ މުޅިން އެހެން ސަބަބެކެވެ. އަނބިމީހާ ކަންނެތްކަމުން ވަރިކުރިކަމަށް ބުނިއިރު، ކައިވެނި ކުރިއިރު ވެސް ފިރިމީހާ އަށް އެކަން އެނގެ އެވެ. ފިރިމީހާ ރުޅިގަދަކަމުން ވަރިވާން ކޯޓަށް ސިޓީ ލި ކަމުގައި އަނބިމީހާ ބުނިއިރު، އެ ރުޅި އަށް އަނބިމީހާ ކެތްކުރާތާ ކިތަންމެ ޒަމާނެކެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
26 އޮކްޓޫބަރ 2011، 00:00 ބުދަ |
"ހެޔޮ ވެރިކަން" ނުވަތަ "ގުޑް ގަވަރނަންސް"
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- ލ. މާވަށް  ގަވަރނަންސް" އާއި "ގުޑްގަވަރނަންސް" އަކީ ތަރައްޤީގެ އަދަބިއްޔާތުގައި ބޭނުންކުރުން ފަހަކަށް އައިސް އިތުރުވެފައިވާ 2 ލަފުޒެވެ. ނުވަތަ 2 މަފްހޫމެވެ. މީގެ އިދިކޮޅު ނިޒާމު އާދެ! "ބޭޑްގަވަރނަންސް" ބެލެނީ އަޅުގަނޑުމެންގެ މުޖްތަމަޢުތަކުގައި އުފެދޭ ނުރަނގަޅު ހުރިހާ ކަމެއްގެ އަޞްލު ސަބަބު ކަމުގައެވެ. ބައިނުލްއަޤްވާމީ މާލީ އިދާރާތަކާއި އެހީދޭ ބޮޑެތި ޖަމާޢަތްތަކުން އެހީދިނުމުގައި މި ފަހަކަށް އައިސް ބަލާ މައިގަނޑު އެއް މިންގަނޑަކީ އެ ތަނެއްގައި ހަރުދަނާ ހިންގުމުގެ ނިޒާމެއް، ނުވަތަ ހެޔޮ ވެރިކަމެއް (ގުޑްގަވަރނަންސް) ތަންފީޒުކުރެވޭ މިންވަރެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
14 އޮކްޓޫބަރ 2011، 10:24 ހުކުރު |
ނަޞްރުﷲ ޖަމީލް މޫސާ
 ޢާންމު ދިރިއުޅުމުގައި އަޅުގަނޑުމެން ދައްކާ ކޮންމެ ވާހަކައަކީ ކޮންމެވެސް ގޮތަކުން އިގްތިސާދާ ގުޅުން ހުރި ވާހަކަތަކެކެވެ. އަޅުގަނޑުމެންގެ ކޮންމެ އަމަލަކުންވެސް އިގްތިސާދަށް އަސަރުތަކެއް ކުރެއެވެ. މުއްސަދި، ފުދުންތެރި ގައުމެކޭ، ނުވަތަ ފަގީރު ގައުމެކޭ ތަފާތެއް ނެތި ގިނަ ގައުމުތަކަކީ އިގްތިސާދީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމުތަކެކެވެ. ބޭރުގެ އެހީއަށް ބަރޯސާވެގެން ގިނަ ގައުމުތަކުން އިޤްތިޞާދު ބައްޓަންކުރަން މަސައްކަތްކުރާއިރު، ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކީ ފަޤީރުން ކަމުގައި ބަލާ މިންގަނޑުގައި ހިމެނޭ މީހުންނެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
05 އޮކްޓޫބަރ 2011، 19:59 ބުދަ |
ޙަސަން ޒަހީން އަމިއްލަ ނަފުސް އަމިއްލައަށް އިންޞާފުކުރުމަކީ (ޖަޖްކުރުމަކީ) ކުރަންޖެހޭކަމެކެވެ. ކޮންމެ މީހެއްގެ މައްޗަށްވެސް އޮތްކަމެކެވެ. އެމީހެއްގެ ހަޔާތުގެ ދަތުރުގެ ދިގު-ކުރުމިން ބުނާކަށް އެކަކަށް ވެސް ނޭނގޭނެއެވެ. ތިބާ މާދަމާއަށްޓަކައި ކިތަންމެ ބޮޑު ކަންތައްތަކެއް ރޭވިނަމަވެސް އެކަންތައްތަށް ދުށުމުގެ ނަސީބު ތިބާއަށް ނުލިބިދާނެއެވެ. ޙަަޔާތުގެ ދަތުރުގައި ކިތަންމެ މޮޅު ޕްލޭނުތަކެއް ކުރިނަމަވެސް އެކަން ޙާޞިލް ނުވެދާނެއެވެ. އަދި އެ ދުވަސް ނުފެނިދާނެއެވެ. މާދަމާއަކީ ތިމާއަށް އޮތް ދުވަހެއް ނޫނެވެ. އެކަން ޤަބޫލުކުރާން އެބަޖެހެއެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
09 ސެޕްޓެމްބަރ 2011، 23:02 ހުކުރު |
ޙަސަން ޒަހީން މާޒީއަކީ މުސްތަޤުބަލް ބަލާ ލޯގަނޑޭ ބުނާތީ އަޑުއަހަމެވެ. އެއީ މީހެއްގެ ހަޔާތުގައި އޭނާގެ ކުރިމަގު ރޭވުމަށް ފަސްމަގު އެހީވާތީ ކަމަށް ވެދާނެއެވެ. ނުވަތަ ހަޔާތުގެ ދަތުރުގައި އަމާން ބަނދަރެއް ހޯދުމަށް ދަތުރު އެރެހެއްޓުމަށް ދިން މިސާލަކަށް ވެސް ވުން ކައިރިތެވެ. ކޮންމެ މާނައެއްގައި ބުނެފައިވާ ބުނުމެއް ނަމަވެސް ހަޔާތުން ލިބޭ އިބުރަތަކީ ކުރިން ފެންނާނެ އެއްޗެއް ނޫނެވެ. އެ ތަޖުރިބާއެއް ނުކުރެވޭހާ ހިނދަކު އެނގޭނެ ނޫނީ ފަހުމްވާނެ ކަމެއް ވެސް ނޫނެވެ. މިއީ މިއަދުގެ ޖީލުން މާދަމާ ގަބޫލުކުރާނެ ޙަޤީގަތެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
07 ސެޕްޓެމްބަރ 2011، 14:43 ބުދަ |
ޙަސަން ޒަހީން
 ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ފަރުދަކަށް ވެސް އޮންނަން ޖެހޭނެ މިނިވަންކަމެކެވެ. ޤައުމު ބިނާކުރުމުގައި ފަރުދުންގެ ޒިންމާއާއި ވާޖިބު އެންމެ އެދެވޭ ގޮތުގައި އަދާކުރެވޭނީ އޭރުންނެވެ. ޤައުމީ މަސައްކަތްތަކާއި ޤައުމުގެ ދުވެލި ހަލުވިވެގެން އަންނާނީ ވެސް އޭރުން ނެވެ. މިއީ އެންމެން ގަބޫލުކުރާ އަސާސެކެވެ. ހަމައެކެވެ. އެހެންނަމަވެސް މި ހަމައާއި އަސާސަކީ މިއަދުގެ ތަހުޒީބާއެކު އައި ކަމެއް ނޫނެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
31 އޮގަސްޓް 2011، 18:10 ބުދަ |
އާދަމް ނަޞީރު އިބްރާހީމް (2011)
1980 ގެ ކުރީ ކޮޅެވެ. ދުވަހަކީ ފުރަތަމަ އަލަށް އަޅުގަނޑު ހުކުރަށް ދިޔަ ދުވަހެވެ. ރަށުގެ މާ މިސްކިތް ހުންނަނީ މީހުން އުޅޭ ހިސާބާ ވަރަށް ދުރުގަ އެވެ. ކިތަންމެ ދުރަސް ހާލަތު ނިޔާކުރާ ގޮތުން، އޭރު އެއްމެން ހެން ދަނީ ފައިމަގުގަ އެވެ. ހިނގައިފައެވެ. ތަނަވަސް، ބޮޑުމަގުން ހިނގަމުން ގޮސް މިސްކިތާ ވަކި ހިސާބަކަށް ކައިރި ވެވޭ އިރު ފެންނަ ތަފާތު މަންޒަރަކާ މެދު ސުވާލު އުފެދުނެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
05 އޮގަސްޓް 2011، 14:49 ހުކުރު |
ޙަސަން ޒަހީން މިފަހަރު މުޅިން އެހެން ވާހަކައެކެވެ. ދުވަސްވަރާ މާބޮޑު ގުޅުމެއް ނެތިދާނެ އެވެ. އެހެންނަމަވެސް ވިސްނައިވަޑައިގަތުން ރަނގަޅު ވާނެ އެވެ. އަޅުގަނޑުމެންގެ ކުދިން ކިޔެވުމަށް މޮޅެއް ނޫން ހެއްޔެވެ؟ މީގެ އަހަރުތަކެއް ކުރިން ގަދަ 10 އަކުން ޖާގަލިބޭ ކުދީން ނިސްބަތުން ވަރަށް މަދެވެ. އެހެންނަމަވެސް މިއަދު އެއީ އެތައްް ސަތޭކަކުދިންނެއް ޖާގަ ހޯދާ މަޤާމެކެވެ. މިއިން ދައްކައިދެނީ ތަޢުލީމީ ގޮތުން އަޅުގަނޑުމެންގެ ކުދިން "މޮޅުވަމުން" އަންނަ ކަމެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ހިތްވާގޮތެވެ. މި ނަތީޖާ ފެންނަ އެހެން ސަބަބެއް ނެތެކޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
25 ޖުލައި 2011، 10:00 ހޯމަ |
ޙަސަން ޒަހީން އަޅުގަނޑުމެން އަޅުވެއްޗެއް ނޫނެވެ. ހަޤީޤަތުގައި ވެސް އަޅުވެތި ބަޔަކަށް އަޅުގަނޑުމެން ނުކިޔާނެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ މިނިވަން ވުންތޯ އެވެ؟ މިއީ މިހާރަށް ވުރެ ފުންކޮށް ވިސްނައިލުން ރަނގަޅު ނުކުތާއެކެވެ. މިނިވަންކަމުގެ އުފަލުގައި ދަރިން ނަލަހައްދައި، ޤައުމީ ހެނދުން ލައްވައިގެން ސުކޫލަށް ހިނގާ މައިން ބަފައިންނަށް ގަބޫލުކުރަން އުދަނގޫ ވާހަކައަކަށް މި ބުނުން ވެދާނެއެވެ. އެހެންނަމަވެސް ނަފުސަށް ފުރިހަމައަށް ތަން ދީފިނަމަ، އެއީ މިނިވަންކަމުގެ ހިތްހަމަޖެހުމާއި އުފަލާއެކު ކުރާކަމެއް ކަމަށް ފަހަރުގައި ނުވެދާނެ އެވެ. އަޅުގަނޑު މި ދަންނަވާ ވާހަކަ ތަންކޮށް ތިލަކޮށްލެވޭތޯ ބަލާނަމަވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
06 ޖުލައި 2011، 00:00 ބުދަ |
ހަސަން ޒަހީން ހިތްހަމަ ނުޖެހުމަކީ ކޮންމެ ކަމަކާގުޅިގެން ވެސް ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދިދާނެ ކަމެކެވެ. އެއީ މަގުބޫލު އުޒުރެއް ނެތްކަމުގައި ވީނަމަވެހެވެ. ނުވަތަ ހަމަ ހަޤީގަތުގައި ވެސް އެކަމެއް ތިމާ ގަބޫލުކުރާ ގޮތާ ދިމާ އިދިކޮޅަށް އެކަމެއް ނިމުމުންނެވެ. މިއީ ޠަބީއީގޮތުން ކަންހިގަނމުންދާ މަގެވެ. އިންސާނީ ހިތްތަކުން ކަންވަމުން އަންނަ ގޮތެވެ. އެއީ ފިޠުރީގޮތުން އަހަރެންމެންގެ ސިކުނޑިތައް ތަންދޭ ގޮތް ވެސް މެއެވެ. ކޮންމެއަކަސް މިއަދުގެ މުޖުތަމަޢަށް ނަޒަރު ހިންގައިލުމުން އަޅުގަނޑުގެ މި ވާހަކަ ފަހުމުވުން ގާތެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
01 ޖުލައި 2011، 15:54 ހުކުރު |
އިސްމާޢީލް އަލީ، ރ.ކަނދޮޅުދޫ އިންސާނާގެ އެންމެ އަގުމާތް ޖައުހަރު ކަމުގައިވާ ބުއްދި ނެތިކޮށް، އެކަހެރިކޮށް ގަނަތަޅުވަމުންގެންދާ ޢަދާވާތްތެރިޔަކީ، މަސްތުވާ ތަކެތި ކަމާމެދު ދެބަސްވާނެ ހަމަ އެކަކުވެސް ނުހުންނާނެކަން ޔަޤީނެވެ. މަސްތުވާ ތަކެއްޗަކީ، އެ އެއްޗެއް ބޭނުންކުރުމުން ތިމާގެ ބުއްދިފިލައިދާ ކޮންމެ އެއްޗެކެވެ. މަސްތުވާ ތަކެތީގެ ބޭނުން ކުރުންވަނީ ޙަރާމް ކުރައްވައިފައެވެ. އިސްލާމްދީނުގައި އެއްޗެއް ބޭނުންކުރުން ޙަރާމް ކުރެއްވުމުން އެއެއްޗަކުން އަވަހަށް ދުރުވެގަންނަންވީ އެވެ. އިސްލާމްދީނަކީ އެންމެހެޔޮ ދީނެވެ.
|
|
ދިވެހި -
އިޖުތިމާޢީ
|
|
25 ޖޫން 2011، 01:58 ހޮނިހިރު |
ހަމަ ހިތަށްއަރާ.. ބިންމާ އިބްރާހިމް ވަހީދު
"ހާސްކަން ކަނޑުވާނީ ކިހިނެއް؟" ކުރިން ގެނެސްދިންއިރު ވިސްނާލި ކަންތައްތަކުގެ އިތުރަށް، އަދި ވެސް ވިސްނަންޖެހޭ ބައެއް ކަންތައްތައް އެބަހުއްޓެވެ. ހިތަށްއަރާފާނެ އެވެ. މިއީ އެހާ ބޮޑު ކަމެއް ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. ކަމެއް ކުރިމަތިވުމުން ހާސްވެއްޖެ ނަމަ،
|
|
|
|
|
|
|
ސަފްހާ 1 ގެ 10 |