ފަންވަތް ދިވެހި އިޖުތިމާޢީ ރީތިވާހަކައެއް ލިޔެ ދެއްވުން އެދެމެވެ!
ބެލި ޢަދަދު: 1024
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ރީތިވާހަކައެއް ލިޔެ ދެއްވުން އެދެމެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
17 އޮގަސްޓް 2010، 16:50 އަންގާރަ

މުޚްތާރު އަބުދުއް ރަޙްމާން ނޫރާނީގެ ށ. މިލަންދޫ
17 ޖުލައި 2007 (އަންގާރަ)

ވާހަކަ ކިޔުމާ ވާހަކަ އަޑު އެހުމާ ވާހަކަ ލިޔުމަކީ އެވޭލާ ޒަމާނުންސުރެ ހިގައި އަންނަ ކަމެކެވެ. މިބިންމަތީގައި އިންސާނުން އުޅެން ފެށުމާއެކު ވާހަކަވެސް ވަނީ ފެށިފައެވެ.   سورة المائدة ގެ 27 ވަނަ آية  ބައްލަވައިލައްވާށެވެ!  (وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِن أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الآخَرِ قَالَ لَأَقْتُلَنَّكَ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ) آدم عليه السلام ގެ ދަރިކަލުން هابيل އާ قابيل ގެ ވާހަކައިން ވާހަކަ ފެށުނީ އެވެ.  އާދަމުގެފާނުގެ ދެ ދަރިކަލުންގެ ދެމެދުގައި ފެށުނު ދެކޮޅުވެރިކަމަކީ ކޮބައިތޯ އެވެ؟
آدم ގެފާނަށް ބާވާލެއްވުނު  شريعة ގައިވާގޮތުން قابيل ކާވެނި ވާންޖެހެނީ هابيل އާ އެކު އުފަންވި دميمة އާ އެވެ. هابيل ކާވެނި ވާންޖެހެނީ قابيل އާ އެކު އުފަންވި وضيئة އާއެވެ. دميمة އަށްވުރެ وضيئة ރީތިވުމުން قابيل ގެ އެދުން އޮތީ شريعة އާ خلاف ގޮތަކަށެވެ. ނިމުނީ ލޭ އޮހުރުވުމަކުންނެވެ. އާންމު ގޮތެއްގައި ވާހަކަ ބިނާވެފައި އޮންނަ ގޮތުން މި ގޮތް އޮންނަނީ  أصل އަކަށް ވެފަ އެވެ. ދެން ވާހަކަ ވާހަކައަކަށް ވުމާ ވާހަކައިން ހިފޭ ބޭނުމަށް ބަލައިލާއިރު ރިވެތިވެގެންވާ ވާހަކަ (نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ بِمَا أَوْحَيْنَا إِلَيْكَ هَذَا الْقُرْآنَ وَإِن كُنتَ مِن قَبْلِهِ لَمِنَ الْغَافِلِينَ) سورة يوسف (3) ތިމަންސުވާންމީންގެ ކަލޭގެފާނަށް ރިވެތިވެގެންވާ ވާހަކަ (ވަޙީ) ބަޔާންކޮށް ދެއްވަމެވެ. އެއީ ކަލޭގެފާނަށް މި قرأن ވަޙީކުރެއްވި މަގުންނެވެ. މިވާހަކަ (ވަޙީ) ކުރެއްވުމުގެ ކުރީގައި ކަލޭގެފާނުވީ އެކަންނުދަންނަ غافل މީހުންގެ ތެރެއިންނެވެ. މިތާންގާ ނަންގަނެވިގެންވާ ރިވެތި ވާހަކައަކީ يوسف ގެ ފާނުގެ ވާހަކަ އެވެ. ވާހަކައިގެ މުހިންމު ބޭނުމަކަށް ވެފައިވަނީ އެވާހަކައަކުން މީހުން غافل ކަމުގެ އަނދިރިކަމުން ސަލާމަތް ކުރެއްވުމެވެ. يوسف ގެފާނު ވާހަކަ އަށް إجمالي ގޮތުން ބަލައިލާއިރު އެމައްޗަށް ދުނިޔެ ތަމްސީލުކުރާ ހުރިހާކަމެއް ރިވެތި ގޮތުގައި އައިސްފައި ވެއެވެ.

ވާހަކައިން މީސްތަކުން މެދުގައި ތަފާތު އަސަރުތަށް ފެތުރެމުން ދެއެވެ. ވާހަކައިން މީސްތަކުން غافل ކަމުން ސަލާމަތް ކުރާފަދައިން غافل ކަމާ ފުރެދުންތެރިކަމުގެ މަގަށް މަގު ދައްކާ ހަތިޔާރެއް ގޮތުގައި ވެސް ބޭނުން ކުރެއެވެ. މިގޮތުން ބޭނުންކުރާ މީހުން مذهبي خلاف  ތަކުން ފެށިގެން شهواني ކަންތަކަށް مائل ކުރާ ހަތިޔާރެއްގެ ގޮތުގައިވެސް ބޭނުން ކޮށްފާ ހުރެއެވެ. ތަފާތު ދީން ތަކުގެ ޢަޤީދާ ފަތުރާ އެއްޗެއް ކަމުގައިވެސް ބޭނުންހިފައެވެ. ވާހަކައިން މީސްތަކުންގެ މެދުގައި ތަފާތު އަސަރުތަކެއް ފެތުރެއޭ ބުނަމުން ބަސް ކުރުކޮށްލަނީ، އެކަންކަމަކީ ވާހަކަ ލިޔާމީހުން ދަންނަންވާނޭ ކަންތަކޭ ބުނަމުންނެވެ. ވާހަކައިން އެދެވޭ ރަނގަޅު މިސްރާބަކަށް މަގުދައްކައިދޭނީ އެމީހެއްގެ ވިސްނުމާ ބުއްދިއަށް، ލިބިހުރި ތަޖުރިބާ އާއި އެނގިހުރި މަޢުލޫމާތެއްގެ މިންވަރަށެވެ. މީހުންގެ ތެރޭގައި ހިނގާ ކަންތައްތައް، ބުނެވިދިޔަ ގޮތްތަކުން ތަޙުޤީޤީ ނަޒަރަކުން ބަލައިލުމުން ލިޔެވިދާނެ ވަރަށް ގިނަ ވާހަކަތައް ހުރެ އެވެ. އަޅުގަނޑު މިތާނގައި މިލިޔެލި ވާހަކަކޮޅުގެ އަމާޒުފަތްގަނޑަކަށް ބެލިފައިވަނީ يوسف  ގެފާނު ވާހަކަ ނިމުމުން يوسف سورة  ގެ 111 ވަނަ އާޔަތަށެވެ. (لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الأَلْبَابِ مَا كَانَ حَدِيثًا يُفْتَرَى وَلَكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ) ހަމަކަށަވަރުން މިވާހަކަތަކުގައި ބުއްދީގެ އަހުލުވެރިންނަށް ޢިބްރަތްތަކެއް ވެއެވެ. މުފައްސިރުން ކުރެ ބައެއް ބޭކަލުން ލިޔުއްވާފައި ވެއެވެ. މި އާޔަތުގައި لِّأُولِي الأَلْبَابِ އަކީ ބުއްދި އެވެ. ދީނީ ކަމަކުން ވިޔަސް ބަހަކުން ވިޔަސް ޢިބުރަތުގެ ދަރުސް ތަކެއް ވާކަން ކަށަވަރީ ކަންކަމާމެދު ވިސްނާ ފިކުރުކޮށް ކޮންމެ ކަމެއްގައިވެސް ކަލާނގެ މަޢުރިފާވެރިކަމަށް ހެކިދޭ ހެކިތަކެއް ވާކަން ވިސްނާ ބަޔަކަށެވެ. އެހެންނޫންނަމަ، ހަމައެކަނި މިދުނިޔެއޭ މިކިޔާ، ފީވެ ފަނާވެ ނެތިދާ ކުނޑިގަނޑަށް ހެއްލިގެންދާ މީހުންނަކަށް ކަމަކުން ނުވަތަ ބަހަކުން ނުވަތަ ވާހަކައަކުން ވިއަސް ހިތަށް ލިބޭނެ ތަސައްލީއެއް ނޯންނާނެ އެވެ. އެފަދަ މީހުން ދުނިޔެ ޖަމަޢު ކުރުމުގައި ހޭބޯނާރާ އުޅެއުޅެ ތިއްބާ، އެ ދުނި ތިމާ ބާކީކޮށްލުމުގެ ކުރީގައި ޢިބުރަތެއް ޙާޞިލުވެ އެއިން އޮއްޓަރުހުރި ރަނގަޅު ޢަމަލެއް ކުރެވިފައެއް ނޯވެއެވެ. މި ދުނިޔެ އަކީ މިދުނިޔޭގެ شهوة ތަކަށް ފެންބޮވައި ކަރުހިއްކައިފައިވާ މީހަކަށް، ބުއިވަރަކަށް އެކަމަށް އެދުންވެރިކުރުވާ، ކަރުހިއްކުން އިތުރުކޮށްދޭ ކޫޒެކެވެ.  ގިނަ މީހުން ވާހަކަ އާ، ލަވަ ފަރިހި، ފަދަތަކެތި ބޭނުންކޮށްލަނީ ހަމައެކަނި މުނިފޫހި ފިލުވައިލާ ކަމެއްގެ ގޮތުގައެވެ.

މިޒަމާނަކަށް އައިސް ވާހަކަތަކާ މުނިފޫހި ފިލުވުމުގެ ނަމުގައި ތަމްސީލުކުރާ ގިނަތަކެތި ހުންނަނީ ދުންޔަވީ شهوة ތަކާ ހުޅަނގުގެ އޮއިވަރަށް ދަމައި ގެންދާ ދަގައްފާނެއްގެ ގޮތުގަ އެވެ. ނަމަވެސް سورة يوسف ގެ 3 ވަނަ އާޔަތާ 111 ވަނަ އާޔަތުގެ މައްޗަށް ރިވެތި ގޮތުގައި ތަފުޞީލުކޮށް ވާހަކަދައްކައިފި ނަމަ، ވާހަކަ ލިޔުމާ ވާހަކަ ކިޔުމުގައި ހުންނަންވާނެ ކަންތަކާ، ހުރެގެން ނުވާނެ ކަންތައްތައް މާރީތިކޮށް ފާޅުވެ ބަޔާންވެގެން ވެއެވެ. ނަމަވެސް އެފަދަ ލިޔުމެއް ލިޔާނެ ގާބިލުކަމެއް އަޅުގަނޑުގެ ކިބައިގައި ނެތުމުން މިހިސާބުން މިވާހަކަ ކުރުކޮށްލި ނަމަވެސް އެއްވާހަކައެއް ދަންނަވާލާނަމެވެ. މިޒަމާނުގެ އެދުރުންނާ އިހު އެދުރުންގެ ބަސްތަކާ، އަދި ހަމަ ކޮންމެ ކަމެއްގެ ވައްޓަފާޅި އާއި އަމާޒުފަތްގަނޑުގެ ތަފާތު، ނާޅި އަނާއިން ފެށިގެން ކިލޯގުރާމަށް ބަދަލުވެފައި ވެއެވެ. އިހު އެދުރުން ބުނެފައި ހުންނަ ބަސްތަކާ، ވާހަކަތައް ހުންނަނީ نبي ބޭކަލުންނާ رسول ން ގެ ކިބައިން ވާރުތަވަމުން އަންނަ ޙިކުމަތްތެރި ބަސްތަކުގެ ރިވެތި ފޭރާމުން ޒީނަތްތެރި ކުރެވިފަ އެވެ. މި ދެންނެވި އެދުރުން ލިޔުއްވާ ވާހަކަތައް ވެސް ރީއްޗެވެ. އަޚުލާޤީ ގޮތުން ރީއްޗެވެ. ބަސްމަގުގެ ގޮތުން ރީއްޗެވެ. މަޢުލޫމާތުގެ ގޮތުން ރީއްޗެވެ. އޭން ލިބޭ ޢިބްރަތާއި ދަރެސް ވެސް އެހާމެ ރީއްޗެވެ. އެ ފިލާވަޅުތަކުން ކުރަހައިދޭ ރާސްތާ ވެސް ނުހުނު ރީއްޗެވެ. އެކަމަކު މިޒަމާނުގައި ކަންކަމުގައި ކުރިމަގު ދައްކާ އެދުރުން ލިޔުއްވާ ވާހަކަ އާ، އެނޫންހައި ކަންކަމުގައި އަމާޒުފަތްގަނޑަކަށް ބަލާފައިވަނީ ކޮން އެއްޗެއްބާވަ އެވެ. އަޅުގަނޑު އެދެނީ ވާހަކައެއް ލިޔުއްވިޔަސް، އެ ނޫން ލިޔުމެއް ލިޔުއްވިޔަސް، އިހުގެ އެދުރުންގެ ކިބައިން މަގު ލިބިގަތުމަށެވެ. ހުރިހައި މާނައެއްގައި ވެސް ރީތިވާހަކައެއް ނޫނީ ދިވެހި އިސްލާމީ މުޖުތަމަޢަށް ހަދިޔާ ނުކުރައްވާށެވެ! ޒަމާނުގެ ޒުވާން ލިޔުންތެރިންނޭވެ! ހަރުދަނާ ރަނގަޅު އެދުރުންގެ ކިބައިން ނަމޫނާ ހިއްޕަވާށެވެ! އިހު މުސްކުޅިން ބުނެއުޅެ އެވެ. " އެމީހަކަށް އެދުރެއް ނުވާ ކޮންމެ މީހެއްގެ އެދުރަކީ އިބިލީހެވެ."

(ނިމުނީ)


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-08-17 23:57:12
އަޅުގަނޑު އެކުވެރި ލިޔުންތެރިއާއަށް ދަންނަވަމެވެ. އަޚުގަނޑުމެންގެ ޢަމަލާއި، ބަހުގައި، އަޅުގަނޑުމެންގެ ޤައުމީވަންތަކަމުގެ ކުރިއަށް އަޅުގަނޑުމެން މީގެ 9 ޤަރުނު ކުރިއްސުރެ ލިބިފައިވާ 2 ދުނިޔޭ މަތިވެރިވެގެން މާތް ޖައުހަރު ކަމުގައިވާ އިސްލާމީވަންތަކަށް ވާންވާނީ އިސްވެގެންނެވެ. އެހެންވީމައި ދިވެހިން "ދިވެހި އިސްލާމުން" ވުން އަޅުގަނޑަކަށް އެއީ ބުނުމަކަށްވެސް ނުވަތަ ލިޔުމަކަށްވެސް އެދިވިގެންވާ ގޮތެއް ނޫނެވެ. އަދި ކިއެއްތަ! ދިވެހިން ވާންވާނީ "އިސްލީމީ ދިވެހިން" ކަމުގައި. ހުރިހާ މައުނައެއްގައިވެސް އަޅުގަނޑުމެންގެ އިސްލާމީވަންތަކަން ދިވެހިވަންތަކަމަށް ވުރެން އިސްވެގެންވޭ. މިނިކަމެތި އަޅުގަނޑު އުނި ސިކުނޑިއަށް ވިސްނެނީ، އަޅުގަނޑު އިސްލާމްދީނަށް ބޯލަބައި 9 ޤަރުނުއްސުރެ އެދީންމަތީގައި ސާބިތުވެ ތިބޭ ތިބުން މެނުވީ ދިވެހި ވެރިކަމާއި އާރާއި ބާރާއި ޝައުކަތުގެ ދަށުން، ދިވެހިންވަންތަ ދިވެހި ދައުލަތެއް ވެރިކަން ޤައީމުވެފައިވާ އޮތުމަށް އޮތް އެހެން ސަބަބެއް ނެތެވެ. ޝައްކެތް ނެތެވެ. އަޅުގަނޑު މެން މިއަދު މުސްލިމުން ކަމުގައި ނުވި ނަމަހީ މިކުދި ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ މިނާޒުކު ޤައުމު ފެނުނީ ބައިބައިވެ ވިއްސިވިހާލިވެފައިވާ އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތި ބައެއް ކަމުގައެވެ. ނަމަވެސް މާތް ﷲގެ އިރާދާފުޅާއި ވާގިފުޅާއިއެކު، އަޅުގަނޑު މެންނާކީ "އިސްލާމީ ދިވެހި ދައުލަތެއް" ކަމުގައި މިވަނީ ލައްވައިފަ އެވެ. އެހެންވީމައި އަޅުގަނޑުމެންނަކީ އެއްގޮތަކަށްވެސް "ދިވެހި އިސްލާމީ އުއްމަތެއް" ނޫނެވެ. ނަމަވެސް އަޅުގަނޑުމެންނަކީ "އިސްލާމީ ދިވެހި އުއްމަތެ" ކެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1024
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone