ފަންވަތް ދިވެހި އިޖުތިމާޢީ ބާރާއެކު ދިރި ހުންނާށެވެ.
ބެލި ޢަދަދު: 1276
ބާރާއެކު ދިރި ހުންނާށެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
08 ސެޕްޓެމްބަރ 2010، 00:36 ބުދަ

އާދަމްޝަރީފް މުޙައްމަދު ، ރޯޒީ/ށ.ފުނަދޫ

ކޮންމެ އިންސާނަކީ ވެސް ބާރާއި އިޚުތިޔާރު ލިބިފައިވާ މީހެކެވެ. އެހެނަސް ބައެއް މީހުންނަށް މަސައްކަތް ކުރެވޭ ގޮތުންނާ ވިސްނުން ބެހެއްޓޭ ގޮތުން އަމިއްލަ ނަފުސު ބަލިކަށިވެ އަމިއްލަބާރު ދަށަށްދާ ގޮތް ދިމާވެއެވެ.

މޫދުގައި އޮންނަ ގަނޑުފެން ގަނޑަކަށް ބަލާށެވެ. އެ ގަނޑުފެން ގަނޑުގެ ބޮޑުބައި އޮންނާނީ ފެނުއަޑީގަ އެވެ. ފެންމަތީގައި އޮންނާނީ ނިސްބަތުން އޭގެ ކުޑަ ބައެކެވެ. އިންސާނުންގެ ބާރާއި އަމިއްލަ ހުނަރު ވެސް އޮންނަނީ ހަމަ މިފަދަ ގޮތަކަށެވެ. އޭނާގެ ބާރާއި އަމިއްލަ ހުނަރުގެ ބޮޑުބައި އޮންނަނީ ޚިޔާލުގެ ތެރޭގައި ހިތަށްވެސް ނުގެނެވޭހާ ފުނުގަ އެވެ. ދިރި އުޅުމުގެ  ޙަޔާތުގައި ބޭނުންކުރެވެނީ އޭގެ ދާދި ކުޑަ މިންވަރެކެވެ. މިހެން ވާންޖެހޭ ސަބަބު ތަކުގެ ތެރޭގައި އުނދަގޫ ތަކާ ކުރިމަތިލާން ޖެހުމުން އަމިއްލަ ނަފުސަށް ވެރިވާ ބަލިކަށިކަން ހިމެނެ އެވެ.

އަމިއްލަ ބަލިކަށި ކަމަކީ ކޮބައިތޯ ބަލާށެވެ. އަދި އެކަންތައްތައް ނައްތާލުމަށް މަސައްކަތް ކުރާށެވެ. އަމިއްލަ ނަފުސާމެދު ބޮޑާވެ ގަތުމާ އެހެން މީސްމީހުންނާ މެދު ނުބައި ގޮތްގޮތަށް ހީކުރުމާ، ދަހިވެތިކަމާ، ކަންކަމާމެދު ތިމާ ދެކޭ ގޮތާ ، މައްސަލަތައް ޙައްލު ކުރުމުގައި އަމިއްލަ ނަފުސާމެދު ދެކޭ ބަލިކަށިގޮތާ، ނުބައި އާދަތައް ގެންގުޅުމާ، މިއީ މީހުންނަށް ގޯސްމަގު އިޚުތިޔާރު ކުރެވޭ ބައެއް ސަބަބު ތަކެވެ. މިފަދަ ކަންތައްތަކުން ދުރުވެވިއްޖެނަމަ  ހަޔާތުގެ ނަވާއެކު އަމާންކަމާ، އުފާވެރިކަމާއެކު ކުރާ ދަތުރަކަށް ނިކުމެވިދާނެ އެވެ.

ރަނގަޅު ޚިޔާލެއް ކުރުމަށްފަހު އެ ޚިޔާލާ އެއްގޮތަށް އަމަލު ކުރާށެވެ. އަދި އެކަންތައްތައް އާދައަކަށް ހަދާށެވެ.  އެ އަމަލަތަކުން ޢާއްމު ކަންތައްތަކެއް ކުރުމަށް އާދަކުރާށެވެ. އެ އާދަތަކުން ޝަޚުޞިއްޔަތެއް ބިނާކުރާށެވެ. އެ ޝަޚުޞިއްޔަތާ އެއްގޮތަށް ކަންތައްތައް ކުރާށެވެ. ކަންތައްތަކާމެދު ވިސްނާ ގޯސްވިސްނުން ބަދަލު ކުރާށެވެ. އަދި އަމިއްލަ ނަފުސަށް ފައިދާ ހުރި ކަންތައްތައް ކުރަން އާދަކުރާށެވެ. އަބަދުވެސް ހަނދާންކުރަންވީ ތިމާއަކީ ތިމާގެ އަމިއްލަ ކަންތައްތައް ބިނާ ކުރާ މީހާކަމެވެ.

މާތް މީހަކު އެއްދުވަހަކު ދަރުކޮށާމީހަކާ ސުވާލެއް ކުރި އެވެ. " ތިބާ ދަރުކޮށަނީ ކީއްކުރަން ހެއްޔެވެ؟ " ދަރުކޮށާ މީހާ ޖަވާބު ދިނެވެ. " އަހަރެން ދަރުކޮށަނީ ދިރިހުރުމަށްޓަކައި ކާނާ ހޯދާށެވެ." މާތްމީހާ ސުވާލު ކުރި އެވެ. " ކަނީ ކީއްކުރަން ހެއްޔެވެ؟ " ދަރުކޮށާމީހާ ޖަވާބު ދިނެވެ. " އަހަރެން ނުކައި ހުންނަނަމަ އަހަރެންނަކަށް ދަރެއް ނުކޮށޭނެ ނޫން ހެއްޔެވެ؟"

ހަމަ މިގޮތަށް އިންސާނާގެ ހަޔާތުގެ ބުރު ވެސް ވަނީ ފަސޭހައިން ނުރޫޅޭ ފަދަ ގޮތަކަށް ގުޅިފަ އެވެ. އެއްބަޔަކު ކައިބޮއި ހަދަނީ ދިރި އުޅޭށެވެ. އަދި ދރި އުޅެނީ ކެއުމަށެވެ. އަނެއްބަޔަކު ދިރި އުޅެނީ މަޖަލުގައި ދިރިއުޅުން ހޭދަކޮށްލާށެވެ. މިފަދަ މީހުންގެ ދިރިއުޅުމަކީ " އަގުކުޑަ" ދިރި އުޅުމެކެވެ.

ބައެއް މީހުން ދުނިޔެއަށް އުފަންވަނީ ޙަޔާތުގެ މިބުރު ސުންނާފަތި ކުރަން ކަހަލަ އެވެ. އެއްވެސް ޙާލެއްގައި ކަމެއް ނުކުރެވޭނެކަމަށް ނިންމައިގެން ނުވާނެ އެވެ. އަރަހުށި ﷲ ގެ ޤުދުރަތްތެރިކަމާއި ޢިނާޔަތު އަބަދުވެސް އަހަރެމެންނާއެކު ވާކަން ހަނދާން ކުރަން ޖެހޭނެ އެވެ. އުފަންވުމާ މަރުވުމާއި ދެމެދު ކަންތައްތައް ކުރުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފަން ވާނެ އެވެ.

ކުޅަދާނަކަމާއި ތޫނުފިލިކަން ކުޑަ ބައެއްމީހުން ދެކޭ ގޮތުގައި އޭނާ އަތުގައި އޮންނަ ބައްތިން އަލިކުރެވޭނީ ހަމައެކަނި ކުރިމަތިން ވިއްސަކަށްފޫޓް ދުރަށެވެ.  އެކަމަކު ކުރިއަށް ދެވިއްޖެނަމަ ވިހިމޭލަށް ދިޔަޔަސް އެއަލި ހަމަ އެދުރު މިނުގައި ހުންނާނެ އެވެ. ކުރިން ބުނިފަދަ ގޮތަކަށް ޚިޔާލު ކުރުމަކީ މޮޔައިންގެ ކަމެކެވެ. ބައްތި ހިފައިގެން ކުރިއަށް ދިޔަ ވަރަކަށް އެ އަލިވެސް ކުރިއަށް އެޅެމުން އަލިވަމުން ދާނެ އެވެ.

އަމިއްލަ އެދުންތަކާ އަމިއްލަ ނަފުސާމެދު ދެރަ ގޮތްގޮތަށް ނުވިސްނާށެވެ. " އަހަންނަކީކާކު؟" މި ސުވާލު ހިތުގައި ބާއްވާށެވެ. ރަނގަޅު ގުޅުންތައް ޤާއިމު ކުރާށެވެ. މިގޮތުން " އަމިއްލަ ދެރަކަން" ހިތުން ފޮހެލެވި ދާނެ އެވެ.

ތިޔައީ ބާރުގެ ފެން އަރުވާ ވަޑާމެކެވެ. ރަނގަޅުގޮތްގޮތަށް ޚިޔާލުކުރާށެވެ. ބާރާއި އިތުބާރާއެކުޙަރަކާތްތެރިވާށެވެ. ތިބާގެ ކިބައިގާ ޒުވާންކަމާއި ރީތިކަމާއި، ނަސީވެރިކަން ވާކަން އަބަދުމެ ހަނދާން ކުރާށެވެ. ތިޔައީ މަރުވެފައިވާ ގަބުރެއް ނޫނެވެ. ހިތްވަރުހުރި ފުރާނައެކެވެ. ކަނޑުތަކުގައި ރާޅުތައް އުފުލި ތިރިވަމުން ބާނީތައް އުފައްދަމުން ދާއިރު އެކަންކަމުން ފުރާނައަށް ދިރުން ދޭށެވެ. ހުރިހާ ކާމިޔާބީއެއް އަމިއްލަ ފައިދަށަށް އަންނާނެކަމަށް ހީކޮށް ނުހުންނާށެވެ. އެއާއި ޚިލާފަށް އަމިއްލަ މަސައްކަތާމެދު އަމިއްލައަށް ކުރިއަށް ދިއުމަށް މަސައްކަތް ކުރާށެވެ. އޭރުން ދިރިއުޅުމަކީ އުފާވެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް  ވާނެ އެވެ.

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ އަޙްމަދު ސިރާޖް , 2010-09-10 09:24:29
މި ލިޔުން ކިޔާލައިފި މީހަކަށް އެމީހެއްގެ ދިރިއުޅުމުގެ ބޭނުމާއިމެދު ފުންކޮށް ވިސްނާލެވޭނެއެވެ. އަދި ތިމާގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ ދިރިއުޅުމުގައި ތިމާ ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ހިތްވަރު ލިބިގެން ދާނެއެވެ. މި ލިޔުމާއި މެދު ވަރަށް ހިތްހަމަޖެހެއެވެ.
...
ލިޔުނީ moosa, 2010-09-10 15:40:33
v iburaitheri liumeymee

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1276
extra avandia and congestive heart failure