މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އިންސާނީ ޙައްޤުތަކުގައި ނުރަ ޖެހުން |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 12 ޑިސެމްބަރ 2008، 20:53 ހުކުރު | |||
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008) 10 ޑިސެމްބަރ 2008 އެއީ ދުނިޔޭގެ އިންސާނީ ޙައްޤުތަކާބެހޭ އެއްބަސްވުމަށް 60 އަހަރު ފުރުނު ދުވަހެވެ. އިންސާނެއްގެ އުމުރުގެ ނިސްބަތުގައި ނަމަ 60 އަހަރަކީ، ދިގު މުއްދަތެކެވެ. މީހާ މުސްކުޅިވެ ލޯބޯކޮށިވާހާ ދުވަހެވެ. ލޮލުގެ އެސްފިޔަ ތަކަށް ދަންދެން ބާރު ކެނޑި ނުރަޔަށް ވާހާ ދުވަހެވެ. އދ. އުފެދި، އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއެއް އުފަންވެފައިވަނީ، 10 ޑިސެމްބަރު 1948ގައެވެ. މައިގަނޑު ބޭނުމަކީ އިންސާނީ ކަރާމާތް ޙިމާޔަތްކުރުމެވެ. އިންސާނާގެ ލެޔާއި ފުރާނަ ދިފާޢުކޮށްދިނުމެވެ. އަސާސީ ޙައްޤުތައް ހަމަހަމަ ގޮތެއްގައި ހޯދައި ދިނުމެވެ. އަޅުގަނޑުގެ ކުރިމަތީގައި ތިން ސުވާލެއް އެބަ އޮތެވެ. ފުރަތަމަ ސުވާލަކީ، 60 އަހަރުގެ ދިގު މުއްދަތުގައި މިރޮނގުން، އދ. އަށް ޙާޞިލުކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ދެވަނަ ސުވާލަކީ، މުޢާހަދާއަކާއި، ޤާނޫނެއް އޮވެގެން ނޫނީ އިންސާނީ ޙައްޤުތައް ލިބި ނުގަނެވޭނެ ހެއްޔެވެ؟ ނުވަތަ މުޢާހަދާ އަކާއި، ޤާނޫނެއް އޮތުމަކީ އިންސާނީ ޙައްޤުތައް ފުރިހަމަ ގޮތުގައި ލިބި ގަނެވޭނެ ހަމަ އެކަނި ގޮތްހެއްޔެވެ؟ އަޅުގަނޑުގެ ފުރަތަމަ ސުވާލަށް ތިޔަ ބޭފުޅުންގެ އަމިއްލަ ވިސްނުންފުޅުން ޖަވާބެއް ދެއްވައިފި ނަމަ ޝުކުރުވެރިވާނަމެވެ. ދެވަނައަށް ހުށަހަޅައިލެވުނު ދެސުވާލުގެ ޖަވާބައިގެން އަޅުގަނޑު ކުޑަކޮށް މަސައްކަތް ކޮށްލާނަމެވެ. ޤާނޫނުގެ ޢިލްމުވެރިންގެ އަރިހުން އެނގިފައިވާ ގޮތުގައި އިނގިރޭސި ވިލާތުގައި ލިޔެވިގެންވާ ޤާނޫނު އަސާސީއެއް ނޯވެއެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި '' ހިޔުމަންރައިޓްސް އެކްޓް'' ގެ ނަމުގައި ޤާނޫނެއް އެކުލަވައިލެވުނީ 1998ގައެވެ. މި ޤާނޫނަށް ޢަމަލު ކުރަން ފެށުނީ 2000ވަނަ އަހަރުއެވެ. ކަން މިހެން އޮތަސް އިނގިރޭސި ވިލާތުގައި އިންސާނީ ޙައްޤުތައް ޙިމާޔަތް ނުކުރެވިގެން އުޅޭވާހަކައެއް ނީވެއެވެ. ޢަދުލު އިންސާފާއި، އިންސާނީ ކަރާމާތުގެ އިންތައް، (އެމީހުން ގަބޫލު ކުރާ އުސޫލުތައް) ފަހަނަޅައި ބޮއްސުންލައިގެން އުޅޭތަނެއްވެސް ނުފެނެއެވެ. ނުވަތަ އެ ގައުމުގެ ''ވެށި'' ރަނގަޅުކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އަޅުގަނޑުމެން ދިވެހިންގެ ޙާލަތަށް ބަލާއިރު، އިބްނު ބަޠޫޠާ ރާއްޖޭގައި އުޅުއްވި ދުވަސްވަރު، ވައްކަން ކުރި މީހެއްގެ އަތްކަނޑަން ޙުކުމް ކުރެއްވުމުން އެ އަޑު އަހަން އެމަޖިލީހުގައި ތިބި ބައެއް މީހުން، އަނބުރައިގަނެގެން ވެއްޓުނުކަމަށް އިބްނު ބަޠޫޠާ ލިޔުއްވާފައިވެއެވެ. ދިވެހިންނަކީ، ހިތްހެޔޮ އަޅުވެރި ދީންވެރި ބައެއްކަމަށް އޭނާ ލިޔުއްވާފައިވެއެވެ. ދިވެހިންނާ ފޮށިގަތުމަށް މި ހިސާބު ގަނޑުގެ ކަނޑުފޭރޭ މީހުންވެސް ބިރުގަންނަ ކަމަށާއި، ދިވެހިންގެ ހަތިޔާރަކީ، ދުޢާ ކަމަށް ލިޔުއްވާފައިވެއެވެ. އަޅުގަނޑުމެންނަން ފެންނަން ފެށި ހިސާބުގައިވެސް ދިވެހި ރާއްޖެ އޮތީ ދާދި މިކަހަލަ ގޮތަކަށެވެ. ދިވެހިންގެ އަތުގައި ވަޅި ވަރަށް ގިނައެވެ. ރުއް އަަރާކޮންމެ މީހަކު އަތުގައި ވަޅި އޮވެއެވެ. އެވަޅި އޭނާ ބޭނުން ކުރަނީ ރުކުން ފައިބާއިރު، ރުއްދޮށުގައި ތިބޭ މީހުންނަށް ކުރުނބައި ކަނޑައި ދޭށެވެ. ކެޔޮޅުކަމުދާ މީހުން ވެސް ވަޅި ގެންގުޅެއެވެ. އެވަޅި އެމީހުން ބޭނުން ކުރަނީ ދޯނި ދޮށަށް އަންނަ މީހުންނަށާއި އަވަށްޓެރި ގޭގެއަށް މަސް ފޮތިކޮށް ދޭށެވެ. ހޮޅު އަށީގައި ދެމީހަކު ރުޅި އައިސްގެން ޒުވާބެއް ކުރިޔަސް ފުރަތަމަވެސް އަތް އިސް ނުކުރުމަށް ބުނާނެއެވެ. ގަޔަށް އަތް ނުލުމަށް ބުނާނެއެވެ. އެންމެ ބޮޑުވަރަކަށް ވެސް ވާނެ ގޮތަކީ އަތިރިމައްޗަށް ފައިބައި ދެމީހުން ދެމީހުންނަށް ވެލި އުކައިގަތުމެވެ. އެހިސާބުން އަޑު އަހަން ތިބި މީހުން ގޮސް އެކަން ހުއްޓުވައިފަތެވެ. ދިވެހިންނަށް އިންސާނީ ޙައްޤުތަކާ ބެހޭ މުސްތަޤިއްލު މުއައްސަސާއެއްގެ ހިޔާވަހިކަން ލިބިފައިވަނީ ދާދި މިދާކަށް ދުވަހުއެވެ. އެބޭފުޅުންގެ ޚިދުމަތާއި، އޭގެ ނަތީޖާއާ މެދު އެއްޗެއް ދެންނެވުމަކީ އަޅުގަނޑުގެ މައުޟޫޢެއް ނޫނެވެ. ދިވެހި މުޖުތަމަޢުގައި މި އަދު ކަންހިނގާ ގޮތަށް ބަލާއިރު، މި ފަދަ މުއައްސަސާއެއްގެ އިންސާވެރި ޚިދުމަތް ވަރަށް ބޮޑަށް ބޭނުންވާކަމަށް އަޅުގަނޑުމެން އެންމެންވެސް ގަބޫލު ކުރަމު، އެހެން ނޫންތޯއެވެ؟ މައިގަނޑު ގޮތެއްގައި އަޅުގަނޑު ދަންނަވާލަން މި އުޅެނީ އިންސާނީ ޙައްޤުތަކަކީ، ހަމަ އެކަނި ޤާނޫނަކުން ނުވަތަ ލިބިދެވޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރެވޭވާހަކައެވެ. އެހެނީ އެހެންކަމަށް ވާނަމަ، އިސްޓިމޯރަށް މިނިވަންކަން ލިބުނު އިރު، ފަލަޞްތީނު އެހާލުގައި އޮންނާކަށް ނުޖެހޭނެއެވެ! ހީރޯޝީމާޔަށް އެޓޮމިކް ބޮން ވައްޓާލި މީހުން، ޢިރާގުގެ ގެޔެއްގެ ބަދިގޭ ގައި އަންހެނަކު އުނދުން ރޯކުރަން ގެންގުޅުނު އަލިފާން ދަނޑިއެއް ސެޓްލައިޓަށް އަރައްޖެޔޭ، އެ ފަހަރެއްގައި ނިއުކްލިޔަރު ބޮމަކަށް ބަދަލުވެސް ވެދާނެޔޭ ބުނެ ބިރުން އުޅޭކަށް ނުޖެހޭނެއެވެ. އިންސާނީ ޙައްޤުތަކުގެ ބަހަނާގައި މުޅި ޝާމުކަރަ އަންދާ އަޅިޔަށް ހަދާތަނެއްވެސް ދުނިޔެ ނުދުށީހެވެ. ހަމަ އެހެންމެ އެފްރިކާ ބައްރުގައި ކާޑުބަލީގައި ހަނާވަނީ ދުވާލަކު ކިތައް ކުޑަކުދީންތޯއެވެ؟ ތެދެކެވެ. ޤާނޫނަކީ މުހިންމު އެއްޗެކެވެ. އުސޫލުތައް ކަނޑައެޅިފައި އޮންނަންވާނެއެވެ. އެކަން ތަންފީޒު ވެސް ކުރެވެންވާނެއެވެ. ވަކި ސަގާފަތަކަށް، ވަކި ގައުމަކަށް، ނަސްލަކަށް ކުލަޔަކަށް ބެލުމެއް ނެތިއެވެ. ގިންތިއަކަށް ފަންތިއަކަށް ތަފާތު ކުރުމެއް ނެތިއެވެ. އެކަމަކު........! އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކުގެ ޢުމުރުން ނުރަޖަހާ ޢުމުރަށް އެޅި އިރު ވެސް ދުނިޔެ އޮތީ ކޮންހާލެއްގައި ހެއްޔެވެ؟ އދ. ގެ ކުރީގެ ސެކްރެޓްރީ ޖެނެރަލް ކޯފީ ޢަނާންގެ ބަޔާނެއްގައިވެއެވެ. ދުނިޔޭގައިވާ ޤުދުރަތީ ތަނަވަސްކަމުގެ %86 ބޭނުން ކުރަނީ، ދުނިޔޭގެ އެންމެ މުއްސަނދިންގެ 1/5 މީހުންނެވެ. އެންމެ ފަގީރުންގެ 1/5 މީހުން ބޭނުން ކުރުމަށް ދުނިޔޭގެ ތަނަވަސްކަމުގެތެރޭން ލިބިފައިވަނީ، %1.3އެވެ. ދުނިޔޭގެ އެންމެ މުއްސަނދި 225 މީހުންގެ ރައުސުލްމާލު 1 ޓްރިލިޔަނަށް ވުރެ މައްޗަށް އަރައެވެ. މިއީ މުޅި ދުނިޔޭގެ އާބާދީގެ %47 މީހުންގެ 1 އަހަރު ދުވަހުގެ މުސާރަޔަށް ފުދޭހާ މިންވަރެވެ. ހަމަ އެހެންމެ ދުނިޔޭގެ އެންމެ މުއްސަނދި 3 މީހުންގެ ރައުސުލްމާލު އެއްކޮށްލުމުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ 48 ގައުމުގެ GDP އާ ނުބައްދަލެވެ. ރަނގަޅުވާންވީ އިންސާނުންގެ ހިތްތަކެވެ. އިޚްލާޞްތެރިވާންވީ ވިސްނުމާ ފިކުރުތަކެވެ. ހަމަ ހަމަވާންވީ ގަބޫލު ކުރާ ގަބޫލު ކުރުންތަކެވެ. އޭރުން ދުއްރަޔާއި ޤާނޫނުތައް ގުދަނަށް ލައިފައިވެސް، އިންސާނީ ޖަމާޢަތަށް އެއްފަހަރާ ހިނިތުންވެލެވިދާނެއެވެ. = ނިމުނީ= މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ ދެން, 2008-12-14 04:15:07
ދެން އިބުލީސްގެ ރޯލްކުޅޭނީ ކޮންބަޔެއްތޯ އެންމެން އިސްލާހުވީމަ. އިބުލީސް ހައްދަވާފައިވާތީ އެއބަޔަކު އޭނަޔާވެސް ތަބާވާންޖެހޭނެ ނޫންތޯ؟
...
ލިޔުނީ އޯގާ, 2008-12-14 17:29:51
އެފްރިކާ މީހުން އެއުޅެނީ ހާދަހާ ހާލުގައެވެ. އެމީހުންނާމެދު ހަމްދަރުދީ ވާނީ ކާކުބާވައެވެ. ފޮޓޯގައި އެހުރީ ހާދަހާ ނިކަމެތި ކުއްޖެކެވެ. އަހަރެމެންނަށް މާތްﷲ އެފަދަ ޙާލެއް ނުޖައްސަވާށި!
...
ލިޔުނީ ފާއިޒް, 2008-12-23 04:00:52
ޢުމަރު އެވިދާޅުވީ ހަމަރަނގަޅަށެވެ! ނަސީރުގެ މިލިޔުން ކިޔާލުމުން ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ. ރިހުންތަކެއް ހިތަށް ލިބިއްޖެއެވެ. އަހަރެމެންފަދަ އަނެއް އަޙާ އުޅެމުންދާ ޙާލު ކުޑަވަގުތުކޮޅަކަށް ނަމަވެސް އިޙްސާސްކުރެވިއްޖެއެވެ. އަހަރެމެންފަދަ އިންސާނުން ދުނިޔޭގެ އެތަންމިތަނުގައި އުޅެމުންދާ ނިކަމެތިކަން އެނގިއްޖެއެވެ. މިފަދަ ލިޔުއްވުންތަކުގެ ސަބަބުން ހަމްދަރުދީ އުފެދި މިކަންތައްތަކަށް ވިސްނެމުން އެބަދެއެވެ.
...
ލިޔުނީ ދިވެހި ބިން, 2009-01-31 11:26:47
ވަރަށް ރަނގަޅު ވާހަކައެއް. ބައެއް މީހުންނަށް ދުނިޔޭގެ މަކަރުވެރިންގެ ވާހަކަތައް ދޭހަ ނުވަނީ. އޭގެ އަސްލު މަގުސަދު ނުވިސްނެނީ. ތުރުކީވިލާތުގެ ބޮޑުވަޒީރަށް އިހަށް ދުވަހު ބަހުސުކުރާނެ ވަގުތު ނުދިނީ ޔޫ އެންގެ ސްކެއްޓަރީ ޖަނަރަލްގެ ކުރިމަތީގާ. އިޒުރޭލު ކިޔާނެ އެއްޗެއް ކިޔަން ވަގުތު އޮތް. މި ހިރީ ދުނިޔޭގެ ބާރުހުރި ގައުމުތަކުން ކަންކުރާގޮތް. އެކަމަކު އަޅުގަނޑުމެން މިކަންކަމަކަށް ނުވިސްނަމު. އަޅުގަނޑުމެންގެ ދީނާ އަޚުލާޤާ އަމިއްލަ ވަންތަކަން ގެއްލި ބަރުބާދުވާއިރު އިހްސާސެއްވެސް ނެތް. ކިހާދެރަ؟
...
ލިޔުނީ ފުށްޓަރު , 2009-07-13 10:44:50
ކޮންމެ ޖުމުލައެއްގައި އެތައް މާނަތަކެއް ހިމެނޭ އެތައް އިޙްސާސްތަކެއް އުފެއްދި ލިޔުމެއް. ދިރާސާޔާއި އަދަބިއްޔާތާ ގުޅިފައިވުމުން ވަރަށް ހިތްގައިމު.
...
ލިޔުނީ ސްލީޕިންގ ބިއުޓީ, 2009-08-03 17:38:15
އިންސާނީ ހައްގުތަކުގެ މުއްދަތު ހަމަވީ ދެއްތޯ މިބުނީ އިންސާނީ ހައްގުތަށް މިހާރު އެވަނީ މަރަށް ޙާޒިރުވެފައޭ ރަނގަޅީވެސް އެއަވަހަށް މަރުވިއްޔާއެވެ. އެ މުއާހަދާގައިވަނީ އިބުލީހުގެ ލޮލެވެ. އެމުއާހަދާގެ ލޮލަކަށް ކާފިރަކު އިސްލާމަކަށް ކޮންމެގޮތެއް ހެދިޔަސް ނުފެންނާނެއެވެ. ދިވެހި ރާއްޖޭގައި ޒިނޭކުރާ މީހުން 100 އެތިފަހަރު ތަޢުޒީރު ކުރާތީ އިންސާނީ ހައްގުތަށް މިހާރު އުޅެނީ ލޮލުފިޔަވެސް ނުޖެހިގެންނެވެ. އިސްލާމީ ހުރިހާ ސަރީއަތްތަކެއްގެ ބޭރުތޮށިގަނޑަށް ދާންދެން ކައި ސުންނާފަތި ކޮށްފިއެވެ .
... ލިޔުނީ މާކުންބޭ., 2010-10-23 11:35:20
ސްލީޕިންގ ބިއުޓީ އެބުނީ ވަރަށްބޮޑު ތެދެކެވެ. އިންސާނީޙައްޤުތަކަކީ ފޮތެއްގައި ލިއެގެން ލިބޭ އެއްޗަކަށް ވާނަމަ މިހާރު ފަލަޞްޠީނުގެ ލޮބުވެތި އަޚްންނާއި އުޚުތުންނަށްވެސް އެ ޙައްޤުތަށް އޮތީހީ ލިބި ކޮޅުންލާފައެވެ.
އެބުނާ އިންސާނީ ޙައްޤުތަކަކީ ކިތަންމެ ރީތި ނަމެއް ކިއިޔަސް ވަރަށް މުޑުދާރު އެއްޗެވެ. އޭގެ ލޮލަކީ އިބިލީހުގެ ލޮލެވެ. އޭގެ ބޮލަލީ މަރުތޭލުގެ ބޮލެވެ. އޭގެ ހަތަރެސް ފަޔަކީ ދައްޖާލުގެ ހަތަރެސްފައެވެ. އޭގެ ހިތަކީ ފިރުޢައުނުގެ ހިތެވެ. އޭގެ ފުރާނައަކީ ޝައިޠާނުންގެ ފިކުރެވެ. އެއީ މުސްލިމުންގެ ދުސްމަނެކެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
އެކަމަކު އާދަމް ތިޔައުޅުއްވަނީ ދުނިޔެމަތިން ހުރިހާކަމެއްނިމެން ވިސްނަވަނީއޭ ހީވާކަހަލަ ގޮތަކަށެވެ. ހަމަހަމަކަމާއި
އިންސާފާއި ޙައްޤުތައް މިތާލިބިނިމެންޖެހޭ ކަހަލަމޭރުމަކުން ތިވާހަކަ ވިދާޅުވާއިރު ތިޔަހެންނުވާނެކަމުގެ ޔަގީންކަން އެބަ
އޮވޭ ދޮގެއްތޯއެވެ. އެއީ ފަހުދުވަހެވެ. އިންސާފުގެދުވަހެވެ. ހައްޤުތަކުގެދުވަހެވެ.
މިގޮތުން އަޅުގަނޑުގެ ޔަގީނަކީ މިދުނިޔެމަތީގައި ތިޔަވިދާޅުވާހުރިހާކަމެއްވެސ