ފަންވަތް ދިވެހި އިޖުތިމާޢީ ހަމަ ހިތަށްއަރާ..(7)
ބެލި ޢަދަދު: 1528
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ހަމަ ހިތަށްއަރާ..(7) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
06 ޖެނުވަރީ 2011، 17:01 ބުރާސްފަތި

އަންހެނުން މަކަރު ހަދަންޏާ އެނގޭނީ ކިހިނެއް؟

 
ބިންމާ އިބްރާހީމް ވަޙީދު (2010)
 
މަކަރު ހެދުމަކީ، ކަމެއް ފޮރުވުމަށްޓަކައި ކުރާ ކަމެކެވެ. އެހެންކަމުން، އެކަން ބޭޒާރުކޮށްލަން، ބައެއް ފަހަރު ވަރަށް އުނދަގޫވެ އެވެ. އުފާވެރި ޚަބަރަކީ، ކޮންމެ އިހުސާސަކާ ވެސް ގުޅިފައި ހުންނަ އަލާމާތްތަކެއް ހުންނަކަމެވެ. ފުންކޮށް ވިސްނާލުމުން، އެކަންތައްތައް ދެނެގަންނަން އެހާ އުނދަގުލެއް ނުވާނެ އެވެ. ރަނގަޅު ދިރާސާއެއް ހަދައިގެން ބަލައިފި ނަމަ، މަކަރުހެދުމުގައި، އަންހެނުންނަށްވުރެ ކުރީގައި ފިރިހެނުން ތިބެދާނެ އެވެ. އެހެންނަމަވެސް، ބަލައިލެވޭތޯ މަސައްކަތް މި ކުރަނީ އަންހެނުންނަށެވެ. ލޯބިވެރިޔާ އަށް މަކަރުހަދާއިރު، ގިނަ ފަހަރަށް ބަލަންވީ ފެންނަ ކަންތައްތަކަކަށް ނޫނެވެ. އެކަމަކު،  ނުފެންނަ ކަންތައްތަކަށެވެ.
   
ފިރިހެންމީހާގެ މުހިންމުކަން ކުޑަވުން އެއީ އެންމެ ފުރަތަމަ އަލާމަތް ކަމުގައި ބަލާށެވެ. ލޯބީގެ ކުރީކޮޅުގައި، މަގުގެ އެއް ފަރާތުން އަނެއް ފަރާތަށް އެކަނި ހުރަސްކޮށްލުމަކީ ވެސް ބައެއް އަންހެނުންނަށް އުނދަގޫ ކަމެކެވެ. ލޯބިވާ ފިރިހެންކުއްޖާ އަތުގައި ސައިކަލެއް ހުރިއްޔާ، ސިކުންތަކު ދެ ފަހަރު ލޯބިވާ އަންހެންކުއްޖާ ގުޅާނެ އެވެ. އޮފީހުން ގެ އަށް ލާށެވެ. ގެއިން އޮފީހަށް ވައްޓާލާށެވެ. ބުރުޖަހަންދާށެވެ. ހީވާނީ ޑްރައިވަރަކާ ރައްޓެހިވެވުނުހެންނެވެ. އެކަމަކު، ކުއްލިއަކަށް، އެ މުހިންމުކަން ކުޑަވެއްޖެ ނަމަ އޭގެ މާނަ އަކީ، އެހެން "ޑްރައިވަރަކު" އޭނަ އަށް ލިބުނީ އެވެ. ބައެއްފަހަރު، އެކުވެރިއަކާ އެކުގައި ލޯބިވެރިޔާ ނުދާނެއެކޭ ނޫނެވެ. އެކަމަކު، ކަންތަކުކިޔުން ކުއްލިއަކަށް މަދުވެއްޖެއްޔާ ވިސްނައިގެން ހުންނާށެވެ. އެއީ އުފާވެރި ޚަބަރެއް ނޫނެވެ.
   
އެއްވެސް ކަމަކާނުލައި ރުޅިއަންނަ އަންހެނުން، ކުއްލިއަކަށް ރުޅިމަޑުވެއްޖެއްޔާ އެއީ ނުބައި އަލާމާތަކަށް ވެދާނެ އެވެ. ރައްޓެހިވިތާ ކައިރީގައި، ނޭވަޔަކު ދެ ކޮޅުގައި މޫނުހަދައިގެން ހުރެފައި، ކުއްލިއަކަށް ހުރިހާ ރުޅިއެއް އާތްވަށް އަރައިގެން ހިނގައްޖެ ނަމަ، ސަހަލު ކަމަކަށް ނުވާނެ އެވެ. ގޮވާލެވޭ ގޮތަކުން، ބަލައިލެވޭ ގޮތަކުން ފުސްމޫނު ހަދައިގެން ކުރިން އިންނަ ލޯބިވެރިޔާ، ކުއްލިއަކަށް މަޑު ފުއްކޮޅަކަށް ވާންޖެހުނީ ކީއްވެގެން ހެއްޔެވެ؟  އެއީ، ޓްރެފިކުލައިޓަށް ބަލައިފި ނަމަ، ރަތް ބޮކީގެ ތިރީގައި ހުންނަ އޮރެންޖު ބޮކި ދިއްލުން ނޫންބާ އެވެ؟
   
އެއް ޒަމާނެއްގައި، ބައްދަލުވާ ކޮންމެ ފަހަރަކު، ލޯބިވެރިޔާގެ ދުވަހު ޔައުމިއްޔާ އިއްވި އެވެ. އެއް ވާހަކައެއް އެތައް ގޮތަކަށް ކިޔައިދިނެވެ. އެ ދުވަހު އޭނަ ކާން ތައްޔާރުކުރީ ކޯޗެއްކަމާއި، މަގުމަތިން ދިމާވި ކްލާސްމޭޓްގެ ވާހަކަ އާއި މޫނުގައި ހާކާ ކްރީމް ބަދަލުކުރި ވާހަކަ ވެސް ކިޔައިދިނެވެ. އެއް ވެސް ސަބަބެއް ނެތި، އެ ވާހަކަތައް ހުއްޓިއްޖެއްޔާ، އެ ބަންދުވީ ވަރަށް މުހިންމު މަގެކެވެ. އޭގެ މާނަ އަކީ، އާންމުކޮށް އޭނަޔާ ދިމާވާ ކަންތައްތަކުގެ ވާހަކަ ދެއްކުން ހުއްޓާލީ އެވެ. ކަންތައްތަކެއް ސިއްރުވީ އެވެ. ދެން މާ ގިނަދުވަހެއް ނުވެ، އޭނަގެ ބޯކޮޅުބެލުމާއި ފާރަލުން ފަށަންޖެހިދާނެ އެވެ. އޭނަ ކުރި ފޯނުކޯލުތަކާއި، އޭނަ އަށް ގުޅީ ކޮން ނަންބަރުތަކަކުންތޯ ވެސް ބަލަންޖެހިދާނެ އެވެ.
   
ކުރިން، ތަނަކަށް ކާން ދިޔަސް، ހުއްޓާނުލައި ލޯބިވެރިޔާ ވާހަކަދެއްކި އެވެ. އެހެންމީހަކު އެއްޗެއް ބުނާނެ ފުރުޞަތެއްނުދެ އެވެ. ދެން އެހެންވިއްޔާ، ކުއްލިއަކަށް އޭނަގެ އަނގައިގަ ޒިބެއް އެޅުނީ ކީއްވެގެން ހެއްޔެވެ؟ ދެން ފެންނާނީ، ހަމައެކަނި އަޑުއަހަން އިންނަތަނެވެ. ކޮންމެވެސް އެހެން ޚިޔާލަކަށް ގެއްލިފައި އިންނަތަނެވެ. ސުވާލެއް އެހުމުން ވެސް ޖަވާބެއް ނުދޭނެ އެވެ. ހައްތަހާ ވެސް ދައްކަން އުޅޭނީ އެހެން މީހުންގެ ވާހަކަ އެވެ. ބޭޒާރުވެދާނެ ކަމުގެ ބިރަށް، އޭނަ އިތުރު ވާހަކައެއް ނުދައްކާނެ އެވެ. ބަލާނީ ކުރު ޖަވާބަކުން ސަލާމަތްވޭތޯ އެވެ. އެކަމަކު، ފަހަރެއްގައި، ރުޅިއައިސްގެން ވެސް އެއްޗެއް ނުބުނެ އިނދެދާނެ އެވެ. އެ ވަރު ދަންނަންޖެހޭނެ އެވެ.
   
ކުއްލިއަކަށް ލޯބިވެރިޔާ "މާބޮޑަށް" ހެޔޮވެއްޖެއްޔާ އެއީ އުފާވާންވީ ކަމެއް ނޫނެވެ. އެއީ ދަޅައެކެވެ. މުނާސަބަތެއް ނެތި ހަދިޔާ ގަނެދިނުމާއި، ކާރޑުފޮނުވުމާއި، މާ ދިނުމުގެ މާނަ އަކީ، ލޯބި އިތުރުވުމެއް ނޫނެވެ. އެ ކުށްހީގައި ހުރެގެން ހިސާބުގަނޑު އެންމެނަށް މެޓާ ނުބަހާށެވެ. އެއީ، ކަމެއް ސިއްރުކުރަން ހަދައިގެން، ކުރިއަށް ވުރެ ބޮޑަށް ކަންތައްތައް ފަޅާއެރުމުގެ އަލާމާތްތަކެވެ. ހަދިޔާ ލިބޭ މީހާ ހިތަށްއަރާނެ އެވެ. މި ވަނީ ކީއްހެއްޔެވެ؟ އެ ވަނީ ރަނގަޅަކަށް ނޫނެވެ. އެ ދަނީ ގޯހުން ގޯހަށެވެ.
   
އެއްކޮޅުން، މާ މަޑުމަޑުން އިންނަން ފެށިޔަސް އެއީ މައްސަލައެކެވެ. އަނެއްކޮޅުން، ކުއްލިއަކަށް މާ ރުޅިގަދަވިޔަސް  އެއީ މައްސަލައެކެވެ. މާ އަވަސްއަވަހަށް ލޯބިވެރިޔާ ރުޅިއަންނަން ފަށައިފި ނަމަ، އެ ފިލްމު ދެން އެ ނިމެނީއޭ ހީކޮށްލާށެވެ. ހަމަޖެހިލައިންގެން ދެ މީހުން ވާހަކަދައްކާލަން ތިބެން ދެނެއް ފުރުޞަތެއް ނުލިބޭނެ އެވެ. ކިތަންމެ ކުޑަ ސަމާސައެއް ކޮށްލިޔަސް، ގޮނޑީގައި އިށީނދެވޭ ގޮތަކުން ވެސް ލޯބިވެރިޔާ ރުޅިއައިސް ރަތްވެދާނެ އެވެ. ރުޅިއައީ ކީއްވެގެންކަން ވެސް އޭނަ ބުނާނެ އެވެ. ރަނގަޅު ސަބަބުތައް ދައްކާނެ އެވެ.

އެކަމަކު، ބުއްދިގަބޫލުކުރެވޭ ވަރުގެ އެއްވެސް ސަބަބެއް އޭނައަކަށް ނުދެއްކޭނެ އެވެ. މި ކަހަލަ ކަމެއް ދިމާވި ހެއްޔެވެ؟ އެހެންކަމުގައިވާ ނަމަ، އޭނަ މަސައްކަތް އެ ކުރަނީ، ސިއްރުތަކެއް ފޮރުވާށެވެ. ކަމެއް ފަޅާއަރައިގެން އެހެން މީހަކު ރުޅިއައުމުގެ ކުރިން، އޭނަ ރުޅިއައުމުން، ކިތަންމެ ބޭޒާރަކުން އޭނަ ސަލާމަތްވާނެ އެވެ. ހުރިހާ ރުޅިއެއް އޭނަ އައިސްފައި، އެ ތުހުމަތު ވެސް އެހެން މީހެއްގެ ބޮލުގައި އަޅުވާފައި، ރޯން ވެސް ފަށާފާނެ އެވެ. އޭރުން އޭނަގެ އެއްވެސް ކަމެއް ފަޅާއެރުމުގެ ބަދަލުގައި ލިބޭނީ ހަމްދަރުދީ އެވެ. މޮޅު އުކުޅެކެވެ. ކާމިޔާބު ވެސް ވާނެ އެވެ. ޙަޤީޤަތުގައި، ލޯބިވެރިޔާ ފޫހިވީ އެވެ. އޭނަ ފޫހިފިލާނީ އެހެން މީހެއްގެ ކުރިމަތީގައި އިނދެވުނީމަ އެވެ.

އަންހެން ލޯބިވެރިޔާ ނުވަތަ އަނބިމީހާގެ ހަޔާތަށް އެހެން ފިރިހެނެއްގެ ހިޔަނިއެޅެންފަށައިފި ކަމުގެ ކޮޅުމައްޗަކީ، ކުރިން ނުފެންނަ މީހެއް، މާގިނައިން ފެންނަން ފެށުމެވެ. ދެ މީހުން އެކުގައި ތަނަކަށް ދިޔަސް، މި ބުނާ "ކުރިން ނުފެންނަ މީހާ" އެ ތަނުން ވެސް ފެންނާނެ އެވެ. އެއީ އޮފީސް އެކުވެރިއެއް، ކުރީގެ ކްލާސްމޭޓެއް، ކުރީގެ ރައްޓެއްސެއް" ކަމުގައި ވެސް ވެދާނެ އެވެ. ކުރިން އެ "ރައްޓެހިމީހާ" ނުފެނެ އެވެ. އޭނަގެ "އެކުވެރިކަމުގެ" ވާހަކަ ނުވެސް ދައްކަ އެވެ. ފަހަށްފަހަށް އައިސް "ރައްޓެހިމީހާ" ނޫން އެހެން މީހެއް ނުފެނެ އެވެ. އޭގެ މާނަ އަކީ ކޮބައިކަން އެނގެން ކޮންމެހެން ޕީ. އެޗް. ޑީ އޮންނާކަށް ނުޖެހެ އެވެ.
   
ވަރަށް އާދައިގެ ސުވާލުތަކަށް ޖަވާބުދޭން ލޯބިވެރިޔާ ފަސްޖެހުން އެއީ، އަންނަންއުޅޭ ތޫފާނެއްގެ ކޮޅުމައްޗެވެ.
ކޮންމެވެސް ކަމެއް އޭނަ ފޮރުވަނީ އެވެ. ސުވާލެއް ކުރުމުން، ޖަވާބުދިނުމުގެ ބަދަލުގައި އޭނަ ވެސް ހަމަ އެ ސުވާލު ކުރާނެ އެވެ. މިސާލަކަށް، "އޭރު އިނީ ކާކުގެ ފޯނެއްގަ؟" އެހުމުން އޭނަ ފުރުތަމަ ބުނާނީ، "އޭރު އިނީ ކާކުގެ ފޯނެއްގަހޭ؟" އެވެ. ނުވަތަ "ކީއްކުރަން އޭރު އިނީ ކާކުގެ ފޯނެއްގަތޯ ބަލަނީ؟" ވެސް އަހާފާނެ އެވެ. އެ ފަދަ ކޮންމެވެސް އެއްޗެއް އަހައިގެން، ވަގުތުކޮޅެއް އޭނަ ހޯދާނެ އެވެ. އެ ވަގުތުކޮޅު ބޭނުންކުރަނީ، ދޭނެ ޖަވާބެއް ވިސްނުމުގަ އެވެ. ދޮގެއް ތައްޔާރުކުރުމުގަ އެވެ. ތަޖުރިބާ ކޮށްފައިވާ ހާދިސާއަކާ ވައްތަރުވޭ ހެއްޔެވެ؟
   
އާންމުކޮށް ދެ މީހުން އެކުގައި ގޮސް އުޅޭ ތަންތަނަށް ނުދެވެން ފަށައިފާނެ އެވެ. އާންމުކޮށް ކޮށްއުޅޭ ކަންތައްތަކަށް ބަދަލުއަތުވެދާނެ އެވެ. ސަބަބަކީ، ލޯބިވެރިޔާ އަށް ވަގުތު ނުވުމެވެ. އެއީ އިއްތިފާގެއްކަމަށް ހީނުކުރާށެވެ. އޭނަ، އޮފީސްކަމެއްގައި ބިޒީވީ ކަމަށް ވެސް ހީނުކުރާށެވެ. މިސާލަކަށް، ކޮންމެ ހުކުރުވިލޭރެއަކު މަންމައާ ބައްދަލުކުރަން ދިޔުމެވެ. ކޮންމެ މަހަކު އެއް ފަހަރު ރެސްޓޯރަންޓަކަށް ކާން ދިޔުމެވެ. ކޮންމެ ހޮނިހިރު ދުވަހަކު އެކުގައި ސައިބޯލަން ދިޔުމެވެ. ފަހުން ވާ ގޮތަކީ، ކޮންމެވެސް އެހެންކަމެއް އޭނަ އަށް ޖެހެނީ އެވެ. ކުއްލިއަކަށް ބިޒީވަނީ އެވެ. އާ ބައިވެރިޔަކު ލިބުމުން، އޭނަޔާ އެކުގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންވެ އެވެ. ނަތީޖާއަކަށް ވަނީ، ކުރީގެ ބައިވެރިޔާ އަށް ވަގުތުދޭން ހަނދާންނެތުމެވެ. އެއީ އާންމުކަމެކެވެ.
   
ރައްޓެހިވެގެން އުޅެނިކޮށް "ބްރޭކެއް ނަގަން" ބައެއް އަންހެނުން ބޭނުންވެ އެވެ. ރައްޓެހިވެގެން އުޅުމަކީ ފޫހިފިލާ ކަމެކެވެ. ތިމާގެ ހިތާމަތަކާއި އެކަނިވެރިކަން ކުޑަވާ ކަމެކެވެ. "ބްރޭކް ނެގުމަކީ" އެކަނިވާ ކަމެކެވެ. ބާކީވާ ކަމެކެވެ. އެހެންވީއިރު، ނުލާހިކު ލޯބިން އެކުގައި އުޅެފައި، ކުއްލިއަކަށް "ބްރޭކެއް" ނަގަންވީ ކީއްކުރަން ހެއްޔެވެ؟ އެ ފަދަ ލޯބިވެރިން "ބްރޭކް ނަގަނީ" ފޫހިވި މީހާ ކައިރިންނެވެ. އަލަށް ލޯބިވި މީހާއާ އެކުގައި އޭނަ "ބިޒީ" ވުމަށްޓަކައެވެ.
   
ލޯބިވެރިޔާ ކޯހަކަށް ދިޔައީ ކަމުގައި ބަލާށެވެ. އާންމުކޮށް އޭނަޔާ ފޯނުން ގުޅެއެވެ. އޭނަ ވެސް ގުޅައެވެ. ކުއްލިއަކަށް އޭނަގެ ކޯލުތައް މަދުވެދާނެ އެވެ. ސަބަބަކީ، ތެޔޮ އަގުބޮޑުވުން ކަމުގައި އޭނަ ބުނެފާނެ އެވެ. ތެލާއި ފޯނު ގުޅުވާލަން އޭނަ ވަރަށް ކުޅަދާނަވާނެ އެވެ. ޙަޤީޤަތަކީ އޭނަގެ ހިތް އެހެން ދިމާލަކަށް އެނބުރުނު ކަމެވެ. މާގިނަ ދުވަހެއްނުވެ، އޭނަ އަށް ފޯނުކުރުން މަނާ ވެސް ކޮށްފާނެ އެވެ.
   
ގައިގޯޅިވުން ކުޑަވުމަކީ، އެ ގުޅުމުގައި "އެހެން" މައްސަލައެއް އުޅޭކަން ހާމަވާ ކަމެކެވެ. މި ޕޮއިންޓަށް އަލިއަޅުވާލެވޭނީ މި ވަރަށެވެ.
    
އެއްވެސް ކަމަކީ ކުއްލިއަކަށް ވާކަމެއް ނޫނެވެ. ކަމެއް ވުމަށްޓަކައި، އެތަކެއް ހަރުފަތްތަކެއް ގިރާކުރަންޖެހެއެވެ. ތިމާ އަށް ކުއްލިއަކަށް އެނގުނަސް، ތިމާއާ ހަމައަށް އެ ކަމެއް އަންނަން ވަގުތުނަގާނެ އެވެ. މަކަރުހަދާކަން ތިމާ އަށް އެނގޭ ވަގުތަކީ، މަކަރުހަދަން އޭނަ ފެށި ވަގުތަށް ނުވެދާނެ އެވެ. އެކަން އެނގޭނީ، ހަމަޖެހިލައިގެން ވިސްނާލީމަ އެވެ. ނުވަތަ، ފަހުން ހުރިހާ ކަމެއް ފަޅާއެރީމަ އެވެ. އެ ފަދަ ތަޖުރިބާއެއް ކުރިން ހެއްޔެވެ؟ ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ފަދައިން، ކަމެއްގައި ތިމާ އަށް ސަލާމަތް ހޯދޭނީ، އެ ކަމެއް ތިމާ އަށް އެނގޭ ވަގުތެއްގެ ސަބަބުންނެވެ.
   
ފޮތެއް އޮތަކަސް އެދުރެއް ނުވާނެ އެވެ. ލޯބިވެރިޔާގެ ފަރާތުން ޝައްކުވާ ކަމެއް ފެންނަ ވަގުތު ކުރެވޭ މާނަ ނުބައިވެސް ވެދާނެ އެވެ. އެންމެ ހެއްކަކުން ނުވަތަ އެންެމެ ފަހަރަކުން ވެސް ނުފުދޭނެ އެވެ. ނިންމުމެއް ނިންމަންވާނީ، ޔަގީންކުރުމަށް ފަހުގަ އެވެ. ކުށްހީއެއްގައި ލޯބިވެރިޔާ އަތުން ބީވުމަށް ވުރެ، ޔަގީންވަންދެން ކެތްކޮށްލުން މާ ބުއްދިވެރިވާނެ އެވެ. ތަޖުރިބާ އަކީ، އެންމެ އޮންލައިން ޕޭޖަކުން ލިބޭނެ އެއްޗެއްކަމަށް ހީނުކުރާށެވެ.
---------------------
(ނިމުނީ)

މި ލިޔުން:

   ފޮނުވުން:   އަލްފާޟިލް ބިންމާ އިބްރާހީމް ވަޙީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންެބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން:  ''        ''

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ rey, 2011-01-09 02:48:51
ބިންމާ ބުނެދެއްވަ ބައްލަވަ ފިރިހެނުން މަކަރު ހަދަންޏާ އެނގޭނެ ގޮތެއް. ހަމަ އެކަނި އަންހެނުންގެ ވާހަކަ ދެއްކެވިޔަސް ކަމަކު ނުދާނެ ދޮގެއްތޯ.

ބިންމާގެ ލިއުންތައް ވަރަށް ސަޅި.
...
ލިޔުނީ Ali ibrahim, 2011-01-09 03:49:40
mimazmoonakee varah ilmee adhi haqeeqathugemachchah binaakoffaivaa varahves thedhu mauloomaathu ekulevigenvaa mazumoonekeve.
...
ލިޔުނީ aisha , 2011-01-12 19:13:00
alhudandhakee anheneh, .alhuganduves meega mi bunaa kahala varah gina kanthahthakeh thajuribaa koffin. ekamaku e ee firihenehge faraathun. ehenveema makaru hadhaairu firihenunves mihadhany ehgothakh thaa dhw...anhenun ney ekani kiyumuge beynumeh neiy.
...
ލިޔުނީ Rausha, 2011-01-13 08:54:18
"ކުށްހީއެއްގައި ލޯބިވެރިޔާ އަތުން ބީވުމަށް ވުރެ، ޔަގީންވަންދެން ކެތްކޮށްލުން މާ ބުއްދިވެރިވާނެ"
ވަރަށް ރަނގަޅު ވާހަކަ މީ....

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1528
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone