ފަންވަތް ދިވެހި އިޖުތިމާޢީ ތިބާއަކީ......
ބެލި ޢަދަދު: 1334
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ތިބާއަކީ...... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
17 ޖެނުވަރީ 2011، 13:25 ހޯމަ

އާދަމް ޝަރީފް މުޙައްމަދު،ރޯޒީ ށ.ފުނަދޫ

ކުންފުނީގެ މަސައްކަތުގައި ކުރިއަށް ދިއުމަށް ތިބާއަށް  ހުރަސްއަޅާ މީހާ ނިޔާވެއްޖެއެވެ.


ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފުން މެންދުރުގެ ކެއުން ނިންމާލުމަށްފަހު އެނބުރި އޮފީހަށް އައުމުން އެންމެންގެ ލޮލުގައިވެސް އަޅައިގަތީ އޮފީހުގެ ދޮރުމަތީގައި ބަހައްޓާފައި ހުރި ބޯޑެވެ. އެ ބޯޑުގައި ލިޔެފައި ވެއެވެ.

" ކުންފުނީގެ މަސައްކަތުގައި ކުރިއަށް ދިއުމަށް ތިބާއަށް  ހުރަސްއަޅާ މީހާ ނިޔާވެއްޖެއެވެ. އެ މަރުޙޫމްގެ ޖަނާޒާގައި ބައިވެރިވުމަށާ މޫނު ދެކިލުމަށް ހުރިހާ ބޭފުޅުންވެސް ކުންފުނީގެ ހޯލަށް ހާޒިރުވުން އެދެމެވެ."
މި ނޯޓު ފެނުމުން އެންމެންގެ މޫނުމަތިންވެސް ހިތާމައިގެ އަސަރު ފާޅުވިއެވެ. ހަމަ އެ ހިނދުކޮޅުގައި އެންމެންގެ ހިތުގައިވެސް އުފެދުނު ސުވާލަކީ " އެއީ ކާކުބާވައެވެ؟" މި ޚިޔާލުގައި އެންމެންވެސް މިސްރާބު ޖެހީ ހޯލާއި ދިމާއަށެވެ. " އަހަރެންގެ ކުރިއެރުމަށް ހުރަސްއެޅި އެ މީހަކީ ކާކުބާ؟ އެއީ ކޮންމެ މީހަކަށް ވިޔަސް އެމީހަކު އެ ނިޔާވީ އެވެ. "

ހޯލުގައި ބަހައްޓާފައި ހުރި ސަންދޯކާއި ކައިރިއަށް ފަހަރަކު މީހަކު ކައިރިވަމުން ދިޔައެވެ. ސަންދޯކުގެ ތެރެއަށް ބަލައިލުމާއެކު ކޮންމެ މީހެއްގެ މޫނުމަތިންވެސް ތަފާތު އަސަރުތަކެއް ފާޅުވެއެވެ. ސަންދޯއްކައިރީގައި ކޮންމެ މީހަކުވެސް ހައިރާންކަމާއެކު އޭގެތެރެޢަށް ބަލަން ހުރެއެވެ. އަދި ކޮންމެވެސް މީހަކު އޭނާގެ ހިތުގެ އެންމެ ފުނަށް ވާޞިލު ވެއްޖެ ކަމުގެ އިޙުޞާސް ކުރެވޭ ކަހަލަ އެވެ.
ސަންދޯކުގެ ތެރޭގައިވަނީ މޫނުބަލާ ލޯގަނޑެކެވެ. އޭގެ ތެރެއަށް ބަލައިލުމާއެކު ކޮންމެ މީހަކަށްވެސް ފެންނަނީ އެމީހެއްގެ ސޫރައެވެ. އެއާއި އެކު ލިޔުމެއް ވެއެވެ.

" ތިބާގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ އެކަމަށް ހައްދުތައް ކަނޑައެޅޭނެ މީހަކީ ހަމައެކަނި ތިބާއެވެ"
ތިބާގެ ޙަޔާތް ބަދަލުކޮށްލެވޭނެ ހަމައެކަނި މީހަކީ ތިބާއެވެ.

ތިބާގެ އުފާތަކަށް ބާރުފޯރުވޭނެ، ތިބާގެ ކާމިޔާބީތައް ދެނެގަނެ އެކަން އެގޮތުގައި ހިފެހެއްޓޭނެ މީހަކީ ތިބާއެވެ.

ތިބާގެ ނަފުސަށް އެޙީވެވޭނެ މީހަކީ ޚުދު ތިބާއެވެ.
ތިބާގެ ވެރިމީހާ ބަދަލު ވުމަކުން ، ތިބާގެ ރަހުމަތްތެރިން ބަދަލުވުމަކުން، ތިބާގެ ބަލަދުވެރިން ބަދަލުވުމަކުން، ތިބާގެ ބައިވެރިޔާ ބަދަލު ވުމަކުން ނުވަތަ ތިބާ މަސައްކަތްކުރާ ކުންފުނި ބަދަލުވުމަކުން ތިބާގެ ހަޔާތް ބަދަލެއް ނުވާނެއެވެ.
ތިބާގެ ހަޔާތް ބަދަލުވާނީ ތިބާ ބަދަލުވުމުންނެވެ. ތިބާއަކީ ތިބާގެ ހަޔާތުގެ ހުރިހާ މަސްޢޫލިއްޔަތުތަކެއް އަދާކުރަންޖެހޭ ފަރާތްކަމުގައި ޤަބޫލު ކުރެވުމުންނެވެ.

(ނިމުނީ)
މި ލިޔުން؛

   ފޮނުވުން:   އަލްފާޟިލް އާދަމް ޝަރީފު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
   ޝާއިޢުކުރުން: ''          ''

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ hamee, 2011-01-17 17:09:26
varah ragalhu mesejeh

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1334
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone