ފަންވަތް ދިވެހި އިޖުތިމާޢީ މިއީވެސް ޚިޔާލެކެވެ.
ބެލި ޢަދަދު: 673
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މިއީވެސް ޚިޔާލެކެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
21 ޖޫން 2011، 13:18 އަންގާރަ


ޙަސަން ޒަހީން

ކަންކަމާމެދު ވިސްނުމަކީ ޢިބުރަތް ޙާޞިލްވާނެ ކަމެކެވެ. ޢިބުރަތް ލިބޭނެ ކަމެކެވެ. ކޮންމެ ކަމަކީވެސް ތަފާތު ފިލާވަޅުތަކެއް ލިބިދޭ ކަމެކެވެ. އެއީ އެކަމެއްގެ ބޭރުފުށަށް ވިސްނުމުގެ އިތުރުން، އެކަމަކާމެދު ތަންކޮޅެއް ފުންކޮށް ވިސްނުމުންނެވެ. ހަމައެއާއެކު ތަކުރާރުވަމުންދާ މަންޒަރުތަކާއި، ކަންކަމަކީ އެއިން ޢިބުރަތް ހޯދުމަށް، މާތްވެގެންވާ އިސްލާމްދީންވެސް ބާރު އަޅާ ކަންކަމެވެ.

އަޅުގަނޑުމެންގެ ޤައުމުގައި ހިނގަމުންދާ ކުދި އަދި ބޮޑެތި މައްސަލަތަކަށް ވިސްނުމުގެ ވާފަށް ދޫކޮށްލުމުށް ތަފާތު ގޮތްގޮތަށް އެކަންކަން މާނަކުރެވިދާނެ އެވެ. އެއީ ތަފާތު ބޭފުޅުންގެ ޚިޔާލާއި ފިކުރު ތަފާތުވާތީ އެވެ.

ކޮންމެއަކަސް އެނގޭ އެއް ކަމެއް އެބަ އޮތެވެ. ޤަބޫލުކުރެވޭ ހަޤީޤަތެއް ކުރިމަތިން އެބަ ފާޅުވެއެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި ކުރިމަތިވަމުންދާ މުޞީބާތްތަކާއި، މައްސަލަތައް އިތުރުވަމުން ދާކަމެވެ. ރެޔާއިދުވާލު، އިވެމެންދާ ޚަބަރުތަކުންނެވެ. ފެންނަމުންދާ މަންޒަތުތަކުންނެވެ. އެއް ބަޔެއްގެ ނަޒަރުގައި އެއީ އާންމު މައްސަލަތަކެވެ. ނުވަތަ ދުނިޔެއަށް އަންނަ ކުރިއެރުމާއި ތަރައްޤީއާއެކު ބުރުޖަހަމުންދާ ދިއުމުގައި އަޅުގަނޑުމެނާ ވެސް ކުރިމަތިވާނެ ކަންކަމެވެ. އަޅަނޑު ވެސް އެއްބަހެވެ. އެހެންނަމަވެސް އެއިން، ހަމަ އެނޫން ކަމެއް ދޭހަ ނުވަނީ ތޯއެވެ؟ ނުވަތަ ދޭހަވާން ބޭނުން ނުވަނީ ތޯއެވެ؟

މިއަދުގެ މާހައުލުން ތަކުރާރުވަމުންދާ ހާދިސާތަކާއި، ޢާއްްމުވެފައިވާ ކަންކަމަށް ވިސްނައިލަމާތޯ އެވެ! މަރުގެ މައްސަލަތަކާއި، މާރާމާރީގެ މައްސަލަތަކާއި، ކުޑަކުދިންނަށް ޖިންސީގޯނާކުރުމާއި، ބަދުއަޚުލާޤީ ޢަމަލުތައް މި ވަނީ އާންމުވެފައެވެ. ޤަބޫލުކުރަން ހިތް ނޭދުނު ނަމަވެސް މިއީ ހިނގަމުންދާ ކަންކަމެވެ. ރެޔާއި ދުވާލު މިފަދަ ޚަބަރެއް ނީވޭ ދުވަހެއް މަދޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެހެންކަމަށްވާއިރު، މިއަދު އަޅުގަނޑުމެނާ ކުރިމަތިލާންޖެހިފައިވާ މުޞީބަތްތަކާއި މި މައްސަލަތަކާ، ގުޅުމެއް ނުވޭބާއެވެ؟ ބައެއް ރަށްރަށުން ބޯފެން ހުސްވެގެން ފެނަށް ޖެހިފައެވެ. އަނެއްބައި ރަށްރަށުން ކަރަންޓްގެ ޚިދުމަތް ކެނޑި، އަނދިރީގައި ތިބެންޖެހިފައެވެ. ނޫކަށިފުރާގެ ޒުވާނުންނާއި، އެނޫންވެސް މީހުން، ތަފާތު ހާސިދާތަކުގައި މަރުވަމުންދަނީ ޑޮކްޓަރުންނާއި އެނޫންވެސް ޚިދުމަތްތެރިން ގާތުގައި ތިއްބައެވެ. އޮކްސިޖަން ހުސްވެ، ނުވަތަ ބޭނުންވާ ފަރުވާ ނުލިބިގެނެވެ.  މިއީ ހައްތާވެސް ޠަބީއީގޮތުން  ކުރިމަތިވަމުންދާ ކަންތައްތައް ތޯއެވެ؟ އަޅުގަނޑުމެންގެ ޢަމަލުތަކާ އެ ކަންކަމާ ގުޅުމެއް ނުވޭބާވައެވެ؟ އެހެން ނޫންނަމަ އެއީވެސް ތަރައްޤީއާއެކު ލައްގާ އޮއި ކާޓެއް ފަދައިން ލައްގަމުންދާ ކަންތައްތައް ތޯއެވެ؟ މިއީ ވިސްނައިލަންޖެހޭ ނުކުތާތަކެކެވެ. އިތުރަށް ސިކުނޑީގެ ބޭނުންކޮށްލަން ޖެހިފައިވާ ހަޤީޤަތްތަކެއް ނޫންތޯއެވެ؟
މިއީ އަޅުގަނޑުގެ ޒަމީރު އަޅުގަނޑާ ކުރިމަތިކުރުވި ސުވާލުތަކެވެ. ވިސްނުންތެރިކަމުގެ ނަޒަރަކުން ވިސްނައިލަން މަޖުބުރުކުރުވި ވާހަކަތަކެކެވެ. ތިބާއަށް ވެސް މިފުރަޞަތު އެބަ އޮތެވެ. މިއީ ތިބާގެ ވެސް ލޯބިވާ ޤައުމެވެ. ހޭހަންކުރާ މަންޒިލެވެ.
ކޮންމެކަމެއް މެދުވެރިވުމަށްވެސް ސަބަބެއް އޮންނާނެކަމަށް ބުނާތީ އަޑުއަހަމެވެ.

" ކަލާންގެ ސަފުން ބަދަލުނުކުރައްވަތޭ ޤައުމެއްގެ ޙާލާތެއް
                           ނުވާނަމަ ޤައުމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް"

ޅެންވެރިޔާގެ މިބުނުމާ އަޅުގަނޑުމެންގެ ޢަމަލުތަކާ އެއްގޮތް ކަމެއް އެބަހުރި ނޫންތޯއެވެ؟ ޤައުމު މިވަނީ ހަސަދައިގެ "މައިދާނުގައި" އެންމެ ކުރީގައެވެ. ނެތިމޮށުމާއި، ދެބަކުޑުވުމާއި، އަނެކުންގެ ކުށްދެއްކުމުގައި އެއްވަނައި ގައެވެ. މިއީ ބައެއް ބޭފުޅުންގެ ނަޒަރުގައި ގޯސް ވާހަކައަކަށް ވެސް ވެދާނެއެވެ. ތަންކޮޅެއް "ކަޓު" ބުނުމަކަށް ވެސް ވުން ގާތެވެ. ސަބަބަކީ "ޒަމާނީޑިމޮކްރަސީ"ގެ ޚިޔާލާ ފުށޫއަރާތީއެވެ. އެހެންނަމަވެސް ދަންނަވަންތޯއެވެ! މިއީ އަޅުގަނޑުގެ އަޤީދާއެވެ. ޤަބޫލުކުރާ ގޮތެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ.
 
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެންގެ ޢަމަލުތަކުގެ "އިން" ފަހަނަ އަޅައި ހިނގައްޖެ އެވެ. އިމުގެ ބޭރުން އެތައް ކަމެއް ކުރެވެމުން ދާން ފަށައިފި އެވެ. މީހުން މެރުމާއި، އަޚުލާގީގޮތުން ދަށުދަރަޖައިގެ ޢަމަލުތައް އިންތިހާއަށް އިތުރުވެއްޖެ އެވެ. މިއީ މައްސަލައެކެވެ. އެހެންކަމުން ހަޤީޤީ ބާރުވެރި ފަރާތުން އެކަމުގެ އިންޒާރު އަޅުގަނޑުމެނަށް އަންނަން ފެށީއެވެ. އެކަމުގެ ރަނގަބީލުވާން ފެށީއެވެ. އެކަން ޤަބޫކުރަމާ ތޯއެވެ! މިއަށްވުރެ ބޮޑެތި މުޞީބާތްތަކެއް އައުމުގެ ކުރިން އިސްލާހުވާން ވީއެވެ. މިއީވެސް ޚިޔާލެކެވެ. އަޅުގަނޑުގެ ފިކުރެވެ.
(ނިމުނީ)
މި ލިޔުން:
      ފޮނުވުން:      އަލްފާޟިލު ޙަސަން ޒަހީން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
      އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 673
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone