މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ވިސްނައިލުން ރަނގަޅު |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 05 ޑިސެމްބަރ 2011، 18:34 ހޯމަ | |||
|
އިބްރާހީމް ރަޝީދު މޫސާ 1 - މީހަކު ހެޔޮލަފާ ބޭކަލަކާ ދިމާ އަށް އެއްޗެހި ކިޔުމުން ވިދާޅުވި އެވެ. އެއީ ތިބާގެފަތެވެ. ބޭނުން އެއްޗަކުން އެ ފަތް ފުރާލުމުގެ އިޚްތިޔާރު ތިބާ އަށް ލިބިގެންވެ އެވެ. 2- ކާރު ދުއްވަނިކޮށް މީހަކު ތިބާ އަށް އުނދަގުލެއް ކޮށްފި ނަމަ ކާރުގެ އަރިމަތީ ލޯގަނޑު ގައި ލިޔެފައިވާ ޢިބާރާތާ މެދު ވިސްނާލާށެވެ. "ތިބާއަށް ފެންނަ ހަށިތަކަކީ އޭގެ އަޞްލު ސައިޒަށްވުރެ މާކުދި އެއްޗެހިތަކެކެވެ." މި ޢިބާރާތާ މެދު އެވެ. 3- ތިބާ އަކީ ވެސް އިންސާނުންގެ ގިންތީގައި ހިމެނޭ މީހަކަށް ވާތީ ތިބާއަށް ވެސް ކުށްކުރެވޭނެއެވެ. މިކަމާ ލަނދުނުގަންނާށެވެ. އެހެނެއްކަމަކު، އެ ފަދަ ކުށްތައް ފަށްފަށްކޮށް ކުރާނަމަ އެކަމާ މެދު ލަނދުގަންނަން ޖެހޭނެއެވެ. އެއްވެސް ޙާލެއްގައި، އެއީ މިންވަރުކުރެއްވިގޮތޭ ނުބުނާށެވެ. އެހެން ބުނުމަކީ ﷲގެ ޙައްޤުގައި ތިބާ ހަދާ ދޮގެކެވެ. 4- ނިޔަފަތި ދިގުވީމާ ކަނޑަނީ ނިޔަފައްޗެވެ، އިނގިލިތަކުގެ ކުރިއެއް ނޫނެވެ. މި ގޮތަށް ބަލައި އިރު، ތިބާގެ ޢާއިލީ މަސްއަލަތައް ވެސް ޙައްލުކުރެވޭނީ އެ މަސްއަލަތައް ބުރިކޮށް ކޮށައިގެންނެވެ. ތިމާގެކަމުގެ ގުޅުން ކަނޑައިލައިގެނެއް ނޫނެވެ. 5- ކުޑަކުއްޖަކާ ދިމާއަށް އެއްޗެހިކިޔަމުން ކިތަންމެ މަޑުން ޖެއްސަސް އެކުއްޖާ ރޯނެއެވެ. އެކަމަކު އެކުއްޖާއާ ސަމާސާ ކުރަމުން ކިތަންމެ ބާރަށް ޖެއްސަސް އެކުއްޖާއެއް ނުރޯނެއެވެ. ހުންނާނީ ހެވިފައެވެ. ސަބަބަކީ ނަފްސާނީ ތަދު، ޖިސްމާނީ ތަދަށް ވުރެ ބޮޑުކަމެވެ. 6- އެންމެ ގަހަކުން މިލިއަން އަލިފާން ދަނޑި ހެދިދާނެއެވެ. އެކަމަކު އެންމެ އަލިފާން ދަނޑިއަކުން މިލިއަން ގަސް އަންދާލެވިދާނެއެވެ. ތިބާގެ ގާތަށް އަންނަ ރުޅިގަނޑަކުން ،ތިބާގެ ތަޞްވީރު އެންމެންގެ ކުރިމަތީގައި އަންދާނުލާށެވެ. 7- ތިބާގެ ކިބާގައި ނެތް ކަމަކާ މެދު ތާރީފުކުރާމީހާ، ތިބާ ދެކެ ނުރުހުންވާ ވަގުތު ތިބާގެ ކިބާގައި ނެތް ކަމަކާމެދު ބަދުބަސް ވެސް ބުނާނެއެވެ. ސަމާލުވެވަޑައިގަންނަވާ! 1- އެއްދުވަހަކު އޮފީހެއްގެ ވެރިއާގެ ދޮރުގައި މުވައްޒަފަކު ޓަކިދިނުމުން، ވަންނާށޭ ބުނުމުގެ ކުރިން ފޯނު ނަގައި މުހިއްމު ކޯލެއްގައި އިންކަމަށް ހެއްޖެވެ. އެ މުވައްޒަފު ވަނުމުން އިރުކޮޅަކު މަޑުކޮށްލުމަށް ވެރިއާ ބުންޏެވެ. އޭނާ ފޯނުންވާހަކަދައްކާ ކަމަށް ހަދައިގެން ދެތިންމިނެޓެއްހާ އިރު ކޮށްލައިފާ ފޯނުބާއްވައިފިއެވެ. އެ އަށްފަހު އެ މުވައްޒަފު އައީ ކީއްކުރަންތޯ އެއްސެވެ. އޭނާ ދެންނެވިއެވެ. އަޅުގަނޑު މިއައީ ވެރިއާގެ ފޯނުކޮޅުގައި މަސްއަލައެއް ހުރިކަމަށް ރިޕޯޓް ލިބިގެން ފޯނުކޮޅު ރަނގަޅުކޮށްލާށެވެ. އެކަމަކު މިހާރު ފޯނުކޮޅު ރަނގަޅުކަން ކަށަވަރުވެއްޖެއެވެ. 2- އެއްދުވަހަކު މީހަކު މަގުމަތީ ހިގާފައި ދަނިކޮށް ފަޤީރަކު ފަހަތުން އަންނަތަން ފެނިއްޖެއެވެ. އޭނާ ހިތާހިތާ ބުންޏެވެ. ސަލާންޖަހާމީހުންގެ އުދަނގޫ މިހާރު ހާދަބޮޑުވެއްޖެއެވެ. އެހިނދު އެ ފަޤީރުމީހާ އޭނާއާ އަރާ ހަމަކޮށް ބުންނެވެ. އަޅުގަނޑަށް މާފުކުރާށެވެ. ތިޔަބޭފުޅާގެ ފައިސާ ދަބަސް މިއޮތީ ވެއްޓިފައެވެ. މީހުންނާ މެދު ނުބައިކޮށް ހީ ކުރާކަށް ނުވާނެއެވެ. 3- އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި މޭޒުގައި ފައި ހުރެއެވެ. އެކަމަކު މޭޒަކީ ހިގާއެއްޗެއްނޫނެވެ. ގަހުގައި ފަތް ހުރެ އެވެ. އެކަމަކު ގަހެއް ނުއެއް އުދުހެއެވެ. ގަޑީގައި ކަށި ހުރެއެވެ. އެކަމަކު ކަށްޓެއް ނުޖަހަ އެވެ. ދޮރުގައި އަތްގަނޑު ހުރެއެވެ. އެކަމަކު ސަލާމެއް ނުކުރެއެވެ.އަހުރެމެންގެ ވަށައިގެންވާ ގިނައެއްޗެހީގައި ހިތް ހުރެއެވެ. އެކަމަކު އޭއްޗެއްސަށް އަހުރެމެން އިޙްސާސެއް ނުވެތެވެ. ޢިބްރަތް ޙާޞިލުކުރަމާ!ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު އަވަހާރަކޮށްލަން މަސައްކަތްކުރިއެވެ. އެކަމަކު އެކަލޭގެފާނު އަވަހާރައެއް ނުވިއެވެ. އެކަލޭގެފާނުގެ އަސަރު ފުހެލަން މަސައްކަތް ކުރިއެވެ. އެކަމަކު އެކަލޭގެފާނުގެ ޤަދަރު އިތުރަށް އުފުލުނީއެވެ. އެކަލޭގެފާނު އަޅަކަށް ހެދުމަށްޓަކައި ވިއްކައިލެވުނެވެ. މިކަމުގެ ސަބަބުން ލިބިވަޑައިގަތީ ރަސްކަމެވެ. އެއަށްފަހު ބައްޕާފުޅުގެ ހިތްޕުޅުގައި ޔޫސުފުގެފާނަށް އޮތްލޯބި ފުހެލުމަށް މަސައްކަތްކުރިއެވެ. އެކަމަކު، އެ ލޯބިދިޔައީ އިތުރުވަމުންނެވެ. ވީމާ އިންސާނުންގެ މަކަރުވެރިރޭވުންތަކާ މެދު ކަންބޮޑުނުވާށެވެ. ﷲގެ ރޭވުންތައް ވަނީ އެހެން ހުރިހާ ރޭވުންތަކެއްގެ މަތީގައެވެ. ޔޫސުފުގެފާނު ހުރަގޭގައި ހުންނެވި އިރު އެންމެންވެސް އެއްބަސްވެފައިވާ ގޮތުގައި، އެކަލޭގެފާނު އެހެން އެންމެންނަށް ވުރެ ރަނގަޅެވެ. އެކަމަކު އެމީހުން ހުރަގެއިން ނެރެވުނު އިރުގައިވެސް އެކަލޭގެފާނަށް އެތައް އަހަރަކު އެތާނގައި ހުންނަވަންޖެހިވަޑައިގަތެވެ. ހުރަގެއިން ނެރެވުނު ދެމީހުން ކުރެ އެކަކަކު ޤަތުލުކުރެވުނެވެ. އަނެކަކު ރަސްގެފާނުގެ ޚާދިމަކަށް އިސްކުރެވުނެވެ. ޔޫސުފުގެފާނު އެތައް އަހަރަކު ހުރަގޭގައި ހުންނެވުމަށްފަހު ނެރެވުނީ މިޞްރުގެ ޢަޒީޒުގެ މަޤާމަށެވެ. އެކަލޭގެފާނުގެ ޢާއިލާއާ ގުޅިވަޑައިގެންނެވުމަށެވެ. ޔޫސުފުގެފާނަކީ އަޅުގަނޑުމެންނަށް ހުރި ހެޔޮ ފާލެކެވެ. ބޮޑެތިކަންތައްތައް ވާނީ ލަހުންނެވެ. އިނާމުދޭ ޖަލްސާތަކުގައިވެސް އެއްވަނަ އިނާމު ދެވެނީ އެންމެފަހުން ނޫންތޯއެވެ. އެހެންމީހުން ތިބާއަށް ވުރެ ކުރިން ވަނައެއް ހޯދިއަސް، ތިބާއަށް ދެއްވާ ވަނަ ބޮޑުވާނެކަމަށް އުއްމީދުކުރާށެވެ. ﷲ ހަނދުމަނެތިވޮޑިނުގަންނަވާނެއެވެ. އިޙްސާންތެރިންގެ މަސައްކަތް ނަގައެއްނުލައްވާނެއެވެ. -------------- (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ ހުދާ, 2011-12-05 15:44:48
ވަރަށް ޢިބްރަތްތެރި... ވަރަށް ފުރިހަމަ.. އާ ގޮތްތަކެއްގައި، އާ ކަންތައްތަކެއް ދަސްވި...ޝުކުރަން!!!
...
ލިޔުނީ ނީފީން, 2011-12-06 13:47:19 ماشاالله!.. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އަށް ދަންނަވައިލަމެވެ. މިއީ އަޅުގަނޑު މީގެ ކުރިން ދުވަހަކު ވެސް ކިޔައިފައި ނުވާފަދަ ފުރިހަމަ ލިޔުމެކެވެ. ވީމާ، މި ލިޔުން އިނގިރޭސި ބަހަށަް ތަރުޖަމާ ކޮށްލައިގެން ފޭސް ބުކުގައި ބޭނުން ކޮށްލި އަސް އެންމެ ރަނގަޅު ތޯ އެވެ؟
...
ލިޔުނީ އަރީޝާ, 2011-12-07 13:16:46
ހާދާ ފުރިހަމަ ހާދަ ބެނުންތެރި ލިޔުމެކޭ. އުސްތާޛު ރަޝީދަށް ޝުކުރު ދަންނަވަމެވެ. އަދި ފަނވަތަށް ވެސް
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|