މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފޭރިގަތުމަށް ފުރުޞަތު ނުދެމާ! |
|
|
| ދިވެހި - އިޖުތިމާޢީ | |
| 02 ފެބްރުވަރީ 2012، 13:17 ބުރާސްފަތި | |
އެއްތަނުން އަނެއްތަނަށް ފައިސާ ފަދަ ތަކެތި އުފުލުމުގައި ސަމާލުވެލައްވާ!އަޙުމަދު ނާފިޢު، ބ.ދަރަވަންދޫ ފޭރުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މާލެއާއި އަތޮޅުތަކުގައި ވެސް ޢާއްމުވަމުން އަންނަ ވަރަށް ބޮޑު މައްސަލައެކެވެ. މަގުމަތިން ހިނގައިފައި ދާ މީހުންގެ ވޮލިޓާއި، އަތްދަބަހާއި ފޯނުފަދަ ތަކެއްޗަކީ މިފަދަ މީހުންގެ ލޯތަކުގައި އެންމެ ގިނައިން އަޅައިގަންނަ ތަކެއްޗެވެ. އަދި މީގެ އިތުރުން މީހުންގެ އަތުގައި ހުންނަ ފައިސާ ގަދަކަމުން ޖަހައިގަތުމަކީ ވެސް މިހާރަކަށް އައިސް ވެރިރަށް މާލޭގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ.
ކަންމިހެން ހުރިނަމަވެސް ވިޔަފާރިކުރާ ތަންތަނުގައި ނުވަތަ އޮފީސްތަކުގައި ފައިސާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ އިތުބާރުކުރެވޭ މުވައްޒަފުންނަށްވުން މުހިންމެވެ. އަދި ފައިސާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ފަރުވާކުޑަކަމުން ކަމެއް ހިނގައިފިިނަމަ އެ މަސައްކަތްކުރާ ފަރާތްތައް އެކަމަށް ޒިންމާދާރުކުރުވުން ވަރަށް މުހިންމެވެ. އަދި ހަމައެހެންމެ އެއްތަނުން އަނެއްތަނަށް ފައިސާ އުފުލާއިރު އެއްގަޑިއެއްގައި އެކައްޗަކަށް ފައިސާ އަޅައިގެން އެއްގޮތަކަށް އުފުލުމުގެ ބަދަލުގައި އެކިފަހަރު އެކިގޮތްގޮތަށް އެކިގަޑީގައި ފައިސާ އުފުލުމަކީ ވެސް ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާކޮޅު އުފުލައި ހެދުމުގައި ރައްކާތެރިވުމުގެގޮތުން އެޅިދާނެ ފިޔަވަޅެކެވެ. ފައިސާ އާއި އެނޫންވެސް ތިމާގެ އަގުބޮޑު ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ރައްކާތެރިގޮތްގޮތަށް ވިސްނާލަންޖެހެއެވެ. ތިމާގެ ވަށައިގެން ހިނގާބިގާވާ މީހުންގެ ޢަމަލުތައް ހުންނަގޮތަށް ސަމާލުވެ، މަގުމަތިން ހިނގާފައިދާއިރު އަތްދަބަހާއި ފޯނުފަދަ ތަކެތި ފޭރޭ މީހުންނަށް ފަސޭހައިން ޖަހައިގަނެގެން ނުގެންދެވޭނެހެން ހިފަހައްޓައި ، ތިމާ ގެންގުޅޭ އަތްދަބަސް އަބަދުވެސް ޒިބް އަޅުވާފައި އަދި އަތުކުރީގައި ހިފަހައްޓައިގެން ހޫރަމުން ދިއުމުގެ ބަދަލުގައި ކޮނޑުގައި އަޅުވައިގެން އެއަތުން ދަބަސް ހަށިގަނޑުގައި ޖައްސައިގެން ރަނގަޅަށް ހިފަހައްޓައިގެން ދިއުމަކީ ފޭރޭ މީހުންނަށް ދަބަސް ފަސޭހައިން ޖަހައިގަތުމުގެ ފުރުޞަތު ހަނިވާގޮތެކެވެ. އަދި ފޯނު ބޭނުން ކުރައްވާއިރުވެސް ފޯނުގައި "ސެލްފޯން ހޭންގިންގ ވަޔަރ" ނުވަތަ ފޯނު އަތުގައި ހިފަހައްޓުވާ ކަހަލަ ވާކޮޅެއް ފޯނުގައި އެޅުވުން މިއީ ފޯނު ފޭރުމުގެ ފުރުޞަތު ކުޑަކުރާ ކަމެއްކަން ޔަޤީނެވެ. ވޮލެޓާއި، ކާރޑް ހޯލްޑަރ ފަދަ ތަކެތި ފަޓްލޫން ކުރިމަތީ ޖީބަށް ލުމާއި، އަދި ވޮލެޓް ނުވަތަ ކާރޑް ހޯލްޑަރ ޖީބުން ނެގުމުގައި ތިމާ ކައިރީގައިވާ މީހުންނަށް ސަމާލުވުމަށްވެސް ވިސްނަންޖެހެއެވެ. ތިމާ ދިރިއުޅޭ ތަނުގެ ނުވަތަ މަސައްކަތްކުރާ އޮފީހުގެ ތަޅުދަނޑި އަތްދަބަހަށް ލެއްވުމުގެ ބަދަލުގައި ޖީބުގައި ބޭއްވުން މީ ފޭރޭމީހުންގެ ލޯތަކަށް މިތަކެތި ފެނުން ދުރުކަމެއްކަން ޔަޤީނެވެ. މީގެއިތުރުން ކޮންމެހެން ބޭނުންވާ އެއްޗެއް ފިޔަވާ، ގިނަ ޢަދަދެއްގެ ފައިސާއާއި، އަގުބޮޑު ގަހަނާ އާއި އަދި މުހިންމު ލިޔެކިޔުންތައް ހިފައިގެން ބޭރަށް ޚާއްސަކޮށް އެކަނި ހިނގާފައި ނުދިއުމާއި، ފޯނާއި ފައިސާ އަދި އަގުބޮޑު ގަހަނާ އާއި މުހިންމު ލިޔެކިޔުންތައް ގޮތްނޭނގޭ މީހުންގެ އަތަށް ދޫކޮށްލުން ބުއްދިވެރިއެއް ނޫނެވެ. އަދި ކޮތަޅުފަދަ ތަކެތީގައި ގިނަ ޢަދަދެއްގެ ފައިސާ ހިފައިގެން ނުދިއުމާއި، ބައިސްކަލުގެ ހުންގާނުގައި އަޅުވައިގެން ނުވަތަ ސައިކަލް ވަށިގަނޑަށްލައިގެން ފައިސާ އަދި އެނޫންވެސް އަގުހުރި އެއްޗެއް އެއްތަނުން އަނެއްތަނަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހޭ. މީ އެހާ ބުއްދިވެރިކަމެއް ނޫނެވެ. އަދި މީގެއިތުރުން ތިމާ ގެއިން ބޭރަށް ދާނަމަ، ތިމާއަކީ ކާކުކަން އަންގައިދޭ ލިޔުމެއްގެ ކޮޕީ އަބަދުވެސް އަތުގައި ބޭއްވުން ވަރަށް މުހިންމެވެ. ފޭރުމުގެ މިފަދަ ނުރައްކަލެއް ތިމާއަށް ނުވަތަ އެހެން މީހަކަށް މެދުވެރިވެދާނެކަމުގެ އެއްވެސް ޝައްކެތް އޮތްނަމަ ނުވަތަ އެފަދަ މަންޒަރެއް ތިމާއަށް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމްބަރ 3322112 ނުވަތަ 119 އަށް ގުޅާ ފުލުހުންނަށް އެކަން އެންގުން މުހިންމެވެ. ---------- (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ޝަރީފު, 2012-02-02 08:02:54
މިއީ މުހިންމު މަޢުލޫމާތެކެވެ. އަޅުގަނޑުގެ ނަސޭޙަތަކީ މިފަދަ ލިޔުންތަކުން ޢިބުރަތް ހާސިލުކޮށްގެން ތިމާ ތިމާގެ އަޚާއަށް މިމައުލޫމާތު ދެއްވާށެވެ. އޭރުން ތިބާއަށްވެސް މިފަދަ ޢަމަލުތައް މަދުކުރުމަށް ފިޔަވަޅެއް އެޅުނީއެވެ. މިކަމަކީ އެއްމެން އަތުކުރު އޮޅާލައިގެން ކޮށްފިކަމަށް ވާނަމަ ވަރަށް ފަސޭހަ ކަމެކެވެ. މިހެން ދެންނެވީ މިޢަމަލުތައް ހިންގަނީ މަދު ބަޔަކަށް ވެފައި، އެގޯހުގެ މައްޗަށް ގިނަބަޔަކު ނޫނެކޭ ބުނާ މުޖުތަމަޢަކީ މިހާރުވެސް އެއްމެ އަމާން މުޖުތަމަޢުތައް ކަމީ އެއްވެސް ޝައްކެއްއޮތް ކަމެއް ނޫނެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|