މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދިވެހިރާއްޖެ ނެތިދިއުން |
|
|
| ދިވެހި - އިޖުތިމާޢީ | |||
| 01 ފެބްރުވަރީ 2009، 16:33 އާދީއްތަ | |||
|
ޑރ. ޙަސަން ޙަމީދު (2003) ދިވެހިރާއްޖެ ނެތިދިއުމޭތޯއެވެ؟ މަޢާފް ކުރައްވާށެވެ. އަޅުގަނޑަށްވެސް އެނގެއެވެ. އިންޑިއާ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މި ޖަޒީރާތައް ޣަރަޤު ވަންދެން ނުވަތަ ޖައްވުން އަންނަ ބޮޑު ހިލައަކުން ޖެހި ދަނޑުފަނގާއި ބިން އަޅިއަށް ވަންދެން މި ފަސްގަނޑު ދުނިޔެ އޮތްހާ ދުވަހަކު މިތަނުގައި އޮންނާނެއެވެ. އަޅުގަނޑު [ދިވެހިރާއްޖެ] އިން މި މާނަކުރަނީ ބައްރެއް ގަސްގަހާ ގެއްސެއް ނޫނެވެ. ލަފްޒުގެ ނިގޫކޮޅެއް ނޫނެވެ. [ދިވެހި] މި ލަފުޒަށެވެ. ދިވެހީންގެ ރާއްޖެއަށެވެ. އަމިއްލަ ބަހާއި ތާރީޚެއް، އަމިއްލަ ސައިންސާއި ޓެކްނޯލޮޖީއެއް ދުނިޔެއަށް ގެނެސްދިން ދިވެހީންގެ ޙަޟާރަތެވެ. މާޒީވި 3000 އަހަރުގައި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައި އާދަކާދަތަކާއި ދީނާއި ސަޤާފަތެވެ. އެތަކެއްޗަށް، އެސިފަތަކެއް ނެތްނަމަ ދިވެހިރާއްޖެއަށް [ދިވެހި] ރާއްޖެއޭ ނުބުނެވޭނެ ޤައުމީ ރުކުންތަކަށެވެ.ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ [ދިވެހި] ރާއްޖެ ނެތިދިއުމުގެ ހިތްދަތި ޢަލާމާތްތަކެވެ. އެންމެ ފުރަތަމަ ދިވެހީންގެ ނަސްލަށް ބަލައިލަމާތޯއެވެ. މީގެ ތިރީހަކަށް އަހަރު ކުރީގައި ރާއްޖޭގައި ދިރިއުޅެނީ މުޅީން ހެން ދިވެހީންނެވެ. 1992 ވަނަ އަހަރުގައި މި ޤައުމުގައި 14701 (ސާދަހާސް ހަތްސަތޭކަ އެކެއް) ބިދޭސީން ދިރިއުޅެނެވެ. 2002 ވަނަ އަހަރު 29761 (އޮނަތިރީސްހާސް ހަތްސަތޭކަ ފަސްދޮޅަސް އެކެއް) އަށް މި ޢަދަދު އަރާފައިވެއެވެ. އެވްރެޖްކޮށް ކޮންމެ އަހަރަކު 1500 ބިދޭސީން އިތުރުވެފައިވެއެވެ. ބޭރު މީހުންގެ ނިސްބަތް މިހާރު އުޅެނީ އާބާދީގެ %10ގައެވެ. އާދެ! ދެން ހިސާބު ކޮށްލައްވާށެވެ! ބިދޭސީން އިތުރުވަމުންދާ ނިސްބަތުން އިތުރުވަމުންދާނަމަ ކުރިއަށްއޮތް ތިރީހަކަށް އަހަރު ތެރޭގައި ކިހާ ބިދޭސީންނެއް އުޅޭނެތޯއެވެ. މި ހިސާބު ކުރާކަށް ތިބޭފުޅާއަކީ ރޮކެޓް ސައިންޓިސްޓަކަށް ވާކަށް ނުޖެހެއެވެ. ރާއްޖޭގެ އާބާދީގެ %5 އަށްވުރެ ގިނަ މީހުންނަކީ ބިދޭސީންނަށް ވުމުން މިރާއްޖެއަށް ދިވެހިރާއްޖެއޭ ކިޔޭނެތޯއެވެ؟ ބޭރު މީހުން އިތުރުވާ ނިސްބަތުގެ އީކުއޭޝަން ދިވެހި އާބާދީ އިތުރުވުން މަދުވަމުންދާ ބަހާ ހިމަނާލެއްވުމުން ދެން ނުކުންނަ ނަތީޖާއާމެދު ވިސްނަވާ ލައްވާށެވެ. ވައްލަ ބައެއްގެ ތެރޭގައި ކާޅު ގިނަނަމަ އެ ދޫނި ބަޔަށް ކިޔާނީ ވައްލަތޯއެވެ؟ ނޫނީ ކާޅުތޯއެވެ؟ ދިވެހިރާއްޖެ ނެތިދިއުމުގެ އަނެއް މުހިންމު ޢަލާމަތަކީ ދިވެހިބަސް ނެތިގެން މިދާ ދިއުމެވެ. އާދެ! ޤައުމީ ބަހަކީ ޤައުމިއްޔަތުގެ އެންމެ މުހިންމު އަސާސެވެ. ދިވެހި ސަޤާފަތަކީ ދިވެހި އާދަކާދައިގެ އަސްލެވެ. ދިވެހިބަސް ނެތުމަށްފަހު ދިވެހި އާދަކާދައަކަށް ދެމިއެއް ނޯވެވޭނެއެވެ. ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލުމުން ފާހަގަކުރެވެނީ ބޭރު ބަސްތައް ދިވެހިބަސް ކޮއްޕާ ބޭރަށް ލަމުންދާ ތަނެވެ. ވިޔަފާރީގެ މުޢާމަލާތް ތަކުގައެވެ. ތަޢުލީމުގައެވެ. މަސައްކަތުގެ ދާއިރާގައެވެ. ރާއްޖޭގެ ދަރިވަރުންގެ %95 ކުދިންނަށް ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ. މިކުދިން ޒުވާނުންނަށް ވުމުން ކަންތައްތައްވާނީ ކިހިނެއްތޯއެވެ؟ މިހާރުވެސް ސާފު ދިވެހިބަހުން ވާހަކަ ދައްކާލަން އެނގޭ ނުވަތަ ކެރޭ ޒުވާނުން ދާދި މަދުވެއްޖެއެވެ. [ދިވެހި] ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަސް ނޫން ބަހަކަށްވުމުގެ ދުވަސް ދާދި ގާތްވެއްޖެކަމުގެ ނިޝާންތައް އެތަން މިތަނުން ފެންނަމުން ދެއެވެ. ޓެކްސީ ބޭނުންކުރާ ގިނަ މީހުންނަކީ ދިވެހިންކަމަށް ވިޔަސް... އާދަކާދައާއި ތަޢުލީމުގެ މުހިންމު ތަނެއްކަމަށްވާ ޤައުމީ ކުތުބުޚާނައަށް ޒިޔާރަތް ކޮށްލުމުންވެސް.... ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އުވިގެންދިޔަ ބަސްތައް އުވިގެން ދިޔައީ އެ ބޭނުންކުރާ މީހުންގެ ތެރޭގައި އެއަށް އޮންނަ ޤަދަރާއި ޝަރަފު ގެއްލިގެން ކަމާމެދު ކުޑަވެސް ޝައްކެއް ނެތެވެ. ކިތަންމެ ޒުވާނުންނަކާއި ސުވާލުކޮށްލުމުން އެމީހުން ބުނަނީ ދިވެހިބަސް ނޭނގުމަކީ މައްސަލައެއް ނޫން ކަމަށެވެ. ދިވެހިބަހުން ވާހަކަ ދައްކަން އަދި ބޭނުންކުރަން ޒުވާނުން ލަދުގަތުމަކީ އެބަސް ނިމުމުގެ މަރުބައްޔެވެ. އެއްވެސް ކަމަކަށް ދިވެހިބަސް [ތަޞައްރަފު ނުފުދޭކަމަށް] ބުނާ ބުނުމަކީ ހުވާސް ހުސްވުމުގެ ޢަލާމާތެކެވެ. ދިވެހިބަސް ކުރިއެރުވުމަށް ފުރެއްދެ ޖަމާޢަތެއް ބޭރުގެ ބޭންކެއް ޝައުޤުވެރި ވާނެތޯއެވެ. ދިވެހިބަސް ނޭނގޭ މީހަކަށް ދިވެއްސެކޭ ކިޔިދާނެތޯއެވެ؟ އާދަކާދައޭތޯއެވެ؟ އާދަކާދައާއި ސަޤާފަތްވަނީ ދިވެހިބަހާއި ލާމެހިފައެވެ. އާދަކާދައަށް އެންމެބޮޑު ނުރައްކަލަކީ ގްލޯބަލައިޒޭޝަން ނުވަތަ ބަވަނަކުރުމުގެ ނަމުގައި އެއް ސަޤާފަތެއް މުޅި ދުނިޔެއަށް ފަތުރަން ބައެއް ފަރާތްތަކުން ކުރާ މަސައްކަތެވެ. ބައިނަލް އަޤްވާމީ (އެމެރިކާގެ) ވިޔަފާރި ކުންފުނިތަކުގެ ފައިދާއަށެވެ. ބަވަނަ ކުރުމުގެ ޚިޔާލު ދިވެހިރާއްޖޭގައި ފެތުރެމުންދަނީ ކުރާނެކަމެއް ނެތިފައި ތިބި ރޫޙާނީ ހުސްކަމެއްގައި ތިބި ޒުވާނުންތަކެއްގެ މެދުގައި އަފިހުން އިސްތިޢުމާލުކުރުން ފެތުރޭފަދަ ބާރު މިނެއްގައެވެ. ގްލޯބަލައިޒޭޝަންގެ އެޖެންޑާއަކީ ކޮބާކަމެއް އާޚިރުގައި ޤުރްބާން ކުރަން ޖެހެނީ ކޮންފަދަ އަގުހުރި އެއްޗެއްކަމެއް ވިސްނާލުމެއް ނެތިއެވެ. ޔަހޫދީންގެ އާރުކާޓީގައި ދުނިޔޭގެ މީޑިޔާއިން ފޮނުވާ މެސެޖްތައް ބަލައިގަންނަނީ ތަރައްޤީއާއި އެއް މާނައެއްގައެވެ. ރާއްޖެފަދަ މީސްކޮޅުމަދު ޤައުމެއްގައި، މިފެންނަ މާޙައުލުގައި ދިވެހި އާދަކާދައަށް އޮތީ ކޮން ޖާގައެއްތޯއެވެ؟ އޭ.ޑީ.ބީގެ މަޝްރޫޢެއް އެކުލަވާލުމަށް މިހާރު މާލޭގައި އުޅޭ ކެނެޑާގެ އިޖްތިމާޢީ ޢިލްމުގެ ފަންނާނެއް ރާއްޖޭގައި އުޅޭތާ ތިން މަސްދުވަހުގެ ތަޖުރިބާއަށްފަހު ބުނީ އޭނާއަށް ފެންނަ ގޮތުގައި ދިވެހީންނެއް އެމީހުންގެ ސަޤާފަތެއް ސެލެބްރޭޓެއް ނުކުރެއެވެ. އޭނާ ބުނި ބަހުގެ މުރާދަކީ އަމިއްލަ ގޮތްތަކަށް އިސްކަންދީގެން އެކަން ހާމަކޮށް ނަހަދާ ވާހަކައެވެ. އެކި މުނާސަބަތު ތަކުގައެވެ. ފެންނަ ފެނުން ތަކުގައެވެ. އަޅުގަނޑު ދެންނެވީމެވެ. ހުޅަނގުގެ ހަތިޔާރުތައް މޮޅުވީމާ ޔޫރަޕުގެ އަޚްލާޤާއި ފެޝަނާއި ލިޔެކިޔުމާއި ނިޝާންތަކާއި ރަމްޒުތައްވެސް ދިވެހި މިކަންތައްތަކަށްވުރެ މޮޅުކަމަށް އަދި އެއީ ތަރައްޤީކަމަށް މިޒަމާނުގެ ބައެއް ދިވެހިން ނިންމައިފިއެވެ. އަޅުގަނޑަށް ދެންނެވޭނީ ކީކޭތޯއެވެ؟ އާދަކާދައަކީ ބަޔަކު މީހުންގެ މެދުގައި ހިންގާ ޒަމާންވީ އާދަތަކެވެ. މި އާދަތައް ފެންނާނީވެސް ފަހެ ކިހިނެއްތޯއެވެ؟ ރާއްޖޭގެ ތާރީޚެއް އާދަކާދަތަކެއް މަދަރުސާގައި ކިޔަވައި ދެވެނީ 10 އަހަރުގެ ރަސްމީ ތަޢުލީމުގައި ހަމައެކަނި އެއް ގްރޭޑެއްގައި ދެތިން ހަފުތާ ވަންދެނެވެ. [އަމާކީތީ ފަރަށްދާގޮތަށް] ބޭރު ބަހަކުންނެވެ. ބޭރު މީހުންނެވެ. ކުޑަކުދިންނަށް މިތަކެތި އުނގަންނައި ނުދެވޭނަމަ އާދަކާދަ، އެއް ޖީލުން އަނެއް ޖީލަށް ދެމި ނަގުލުވާނީ ކިހިނެއްތޯއެވެ؟ އެމެރިކާގެ އެމް.ޓީ.ވީ މިހާރު ދައްކާ ހާޑްރޮކް މެޓަލިކް މިއުޒިކުގެ ބަދަލުގައި ދިވެހި އާދަކާދަ ދައްކާނެތޯވެ. [ދިވެހި] ރާއްޖެ ނެތިދިޔުން ގާތްވެއްޖެއޭ އަޅުގަނޑު މިދެންނެވީ އެހެންވެގެންނެވެ. [ދިވެހި] ރާއްޖޭގެ ދިފާޢުގައި ޝަހީދުވެގެންދިޔަ ކުރީގެ ރަސްރަސްކަލުންނާއި ރައްޔިތުން ކެނެޑާގެ އިޖްތިމާޢީ ޢާލިމަށް ފެނުނު ތަންތަން ފެނިވަޑައި ގަންނަވާނަމަ [ކަށްވަޅުގައި ކީރިތި ކުރައްވާނެކަން] ކަށަވަރެވެ. ދިވެހިރާއްޖެ [ދިވެހި] ރާއްޖެއެއްގެ ގޮތުގައި ބޭއްވުމުގައި ކިޔަވާކުދިންގެ ދައުރަކީ އެންމެ މުހިންމު އެއްދައުރެވެ. ކިރިޔާވެސް އުއްމީދުގެ އަލިކަމެއް ފެންނަނީ މަޢުހަދުފަދަ ދިވެހިބަހާއި ތަރީޚް ކިޔަވައިދިނުމަށް އިސްކަންދޭ ފަރާތްތަކަށެވެ. ނަމަވެސް، ވަރުބަލިވެގެން، ނުގެނބި، ގްލޯބަލައިޒޭޝަންގެ އޮއިވަރާއި ދެކޮޅަށް މި ތަންތަނަށް ފެތޭނީ ކިހާއިރެއް ވަންދެންތޯއެވެ؟ މިތަންތަނުން މިސާލު ނަގަން ތައްޔާރަށް ތިބީ ކޮންބައެއްތޯއެވެ؟ ޑރ. ޙަސަން ޙަމީދު(2003). އަލްމަންހަޖު(21). މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ، މާލެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (12)
![]()
...
ލިޔުނީ ޙުސައިން, 2009-02-01 10:04:01
މި މަޟުމޫނުން ފެނިގެން މިދިއައީ މީގެ ސާޅީހަކަށް ފަންސާހަކަށް އަހަރުގެ ކުރީގެ ލިޔުންތެރިންގެ ލިޔުންތަކުން ފެނިގެންދާފަދަ މަތިވެރި ރޫޙަކާއި މަތިވެރިކަމެކެވެ. ކިޔަވާ ކުދިންގެ ދައުރުގެ މުހިންމުކަމަށްވުރެ މީޑިއާގެ ދައުރު އަދި މީޑިއާގައި މަސައކްތްކުރައްވާ ބޭފުޅުންގެ ދައުރު ކުޑައެއްނޫނެވެ. އަޅުގަނޑުމެން ތެރެއިން ބަހުގެ ހަމައާއި ކުށްބަސް އެންމެ ބޮޑަށް މިހާރު ތަޢާރަފު ވަމުންދަނީ މީޑިއާގެ ލިޔުންތަކާއި ކިޔުންތެރިން ގެސަބަބުންނޭ މިދަންނަވަނީ އެބޭފުޅުންގެ ކިބައިން މަޢާފަށް އެދެމުންނެވެ. "ވަރަށް ސަޅި ޚަބަރެއް" "އިގުތިޞާދު ހީނަރުވަމުން ދާކަމުގެ ފެހި ޚަބަރެއް" ފަދަ ބަހުގެ ގަވާއިދާ ހަމައާ ނުގުޅޭ އައު ގޮތްގޮތް ތަޢާރަފުކުރައްވަމުންގެންދަވ
...
ލިޔުނީ ކިއުންތެރިއެއް, 2009-02-02 06:53:35
ވަރަށް މޮޅު ލިއުމެކެވެ. ޑރ. ހަސަނަށް ޝުކުރު ދަންނަވަމެވެ.
...
ލިޔުނީ Lhahuththu, 2009-02-02 16:46:14
Dr. ha*sange liyunthah kiyaalumun alhugandah handhanvanee sheikh jameel didi mathin.........komeakas varah molhu liyumeh.....kiyaalaliyumehge badhalugai kiyaa amal kuraa liyumakah miliyun hedhun varah muhinmu...........
varah molhu liyumeh. ekamahtakaa Dr. ha*sanah fahfashun shukuriyya!!!!
...
ލިޔުނީ ސަމީޢު, 2009-04-26 18:07:36
1992ގައި 14701ބިދޭސީން އަދި 2002ގައި29761 ބިދޭސީންެ ނިސްބަތަކީ އާބާދީގެ އެވެ. މިހާރު ބިދޭސީން އުޅެނީ 70ހާހުން މަތީގައެވެ ވީމާ މިހާރު ބިދޭސީންގެ ނިސްބަތަކީ އާބާދީގެ އެވެ. އެއިީ 6އަހަރުތެރޭ އިތުރުވީއަދަދެވެ. ވީމާ މިހާރުބިދޭސީން އިތުރުވަމުންދާ އަދަދަށްބަލާއިރު ލަފާކުރެވޭގޮތުގައި ކުރިއަށްއޮތް 11ނުވަތަ 12އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ދިވެހިންނަށްވުރެ ބޭރުމީހުން ގިނަވާނެއެވެ. ވީމާ ކުރިޔާލާ ދިވެހިރާއްޖެއަށް ކިޔާނެ އާނަމެއް ހޯދަންޖެހޭނެކަމަށްފެނެވެ.
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-06-04 09:30:59
ސަމީޢުއަށް ވަރަށް ބޮޑަށް ޝުކުރިޔާ ސަމީޢުގެ ކޮމެންޓްގެ ސަބަބުން ޙަސަން ހަމީދުގެ ގެ ިމަޒުމޫނު އިތުރަށް ފުރިމަވެއްޖެއެވެ. ސަމީޢުމެންފަދަބޭފުޅުންގެ ކޮމެޓްތަކަކީ ވަރަށް މުހިންމުއެއްޗެކެވެ.
...
ލިޔުނީ އޝ, 2009-12-01 21:23:15
މިލިޔުމުގައި މިވާ ފިކުރާގެ މައްޗަށް ބިނާކޮށް ، ފައްނީ ދިރާސާ ކުރުމެއްގެ ތެރެއިން ދިވެހި ކަރިކިއުލަމަށް މާއްދާއެއް އިތުރު ކުރުމަށް ގޮވާލަން.. ".............މިލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް"
...
ލިޔުނީ މއ, 2010-02-03 03:58:12
އަޅުގަނޑު ވަރަށް ހައިރާންވެއްޖެ މިޔުމާމެދު، ސަބަބަކީ މިހާރު ފަރަންޖީ ބަސް (އިނގިރޭސި) ނޭގޭ މީހަކީ މިމުޖުތަމައުގައި އެއްވެސް މީހަކަށް ނުވާތީ، ތިޔަ ބޭފުޅުން ފުރަތަމަ ކަމަކަށް މިކަން ޒުވާނުންނަށާއި އޮފީސްތަކުގައި ކިޔަވައިގެން ތިބި ވެރިންގެ ފެންވަރުގެ ބޭފުޅުންނަށް ވިސްނައި ދެއްވާފިއްޔާ ވަރަށް ރަނގަޅުވާނެ، ވަޒީފާއަކަށް އިންޓަވިއުއަކަށް ދިޔަޔަސް ވާހަކަ ދައްކަން މިޖެހެނީ އިނގިރޭސި ބަހުން އިނގިރޭސި ބަސް ނޭގިއްޖެއްޔާމް ދިވެހި ބަހަށް ކިތައްމެ މޮޅަސް އެވަޒީފާއެއް ނުލިބޭނެ، މިހިރީ ކަންތައް ހުރިގޮތް.
...
ލިޔުނީ ayya, 2010-02-26 06:47:02
އަޅުގަނޑު ވަރަށް ހައިރާންވެއްޖެ މިޔުމާމެދު، ސަބަބަކީ މިހާރު ފަރަންޖީ ބަސް (އިނގިރޭސި) ނޭގޭ މީހަކީ މިމުޖުތަމައުގައި އެއްވެސް މީހަކަށް ނުވާތީ، ތިޔަ ބޭފުޅުން ފުރަތަމަ ކަމަކަށް މިކަން ޒުވާނުންނަށާއި އޮފީސްތަކުގައި ކިޔަވައިގެން ތިބި ވެރިންގެ ފެންވަރުގެ ބޭފުޅުންނަށް ވިސްނައި ދެއްވާފިއްޔާ ވަރަށް ރަނގަޅުވާނެ، ވަޒީފާއަކަށް އިންޓަވިއުއަކަށް ދިޔަޔަސް ވާހަކަ ދައްކަން މިޖެހެނީ އިނގިރޭސި ބަހުން އިނގިރޭސި ބަސް ނޭގިއްޖެއްޔާ ދިވެހި ބަހަށް ކިތައްމެ މޮޅަސް އެވަޒީފާއެއް ނުލިބޭނެ، މިހިރީ ކަންތައް ހުރިގޮތް.
...
ލިޔުނީ Thoha, 2010-03-11 13:27:26
Asarakaa adhi fonikameh eki basbahun hama fenunakas, asarugadha adhi enme foni bahakee mashah mi dhivehi bahey
...
ލިޔުނީ ބަނބޫ, 2010-04-30 19:37:56
މޮޅު ލިޔުމެއް. ދުކްތޫރު ހަސަންގެ ހުރިހާ ލިޔުންތައްވެސް ޖުމްލަ ގޮތެއްގައި ވވ. ފުރިހަމަ
ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |