މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެކިޔާ އަބޫޖަހުލު... ބުނަންތާ ބޮޑު މުއްސަންޖެއް!؟ |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 30 ނޮވެމްބަރ 2008، 00:54 އާދީއްތަ | |||
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ ހެއްވާ ވާހަކައާއި ހެއްވާ ކަންކަމާއި ހާސިދާ ތަކާމެދު، ގިނަބަޔަކު ޝައުޤުވެރިކަން ހުރެއެވެ. ބައެއް ފަހަރަށް މީހުންނަށް ދިމާވާ ހެއްވާ ކަންތައްތަކުގެ ވާހަކަ ސީދާ އެމީހަކު އަމިއްލައަށް އެހެން މީހުންނަށް ކިޔައި ދެއެވެ. އަނެއްބައި ފަހަރަށް މަންޒަރު ދުށްމީހަކު، ނުވަތަ އަޑު އެހިމީހަކު، ނުވަތަ ނޫސް މަޖައްލާ ފަދަ ވަސީލަތަކުން އެ ފަދަ ކަމެއް ހިތަށް ނެގުނު މީހަކު ވެސް ކިޔައިދީފާނެއެވެ. މީން ކޮންމެ ޙާލަތެއްގައިވެސް ބޭނުމަކަށް ވެފައި އޮންނަނީ ދާދި އެއްކަމެކެވެ. މުނިފޫހި ފިލުވުމެވެ. ހިތަށް އުފާވެރިކަން ހޯދުމެވެ. ތިމާގެ އަމިއްލަ ނަފުސަށާއި، އެހެންމީހުންނަށް ހިތްއުފާވެރިކަން ހޯދައިދިނުމެވެ. އަޅުގަނޑަށް ދިމާވެފައިވާ ބައެއް ކަންކަމާއި، އިވި ފެނިފައިވާ ބައެއްހާދިސާ މި ފަތްފުށުގައި މިހިމަނާލަނީ އެއްވެސް ފަރާތަކަށް ހަޖޫ ކިޔުމުގެ ނިޔަތެއްނެތި އިސްވެ ދެންނެވި މަޤުޞަދުގަ އެވެ. ޢުމުރުން ފަންސާހާ ގާތްކުރަމުންދާ އަންހެނެކެވެ. އަޅުވެރި ދީންވެރި މީހެއްވެސް މެ އެވެ. ޢުމުރުގެ ފަހުކޮޅަށް ދިޔަ ދިޔަހެން ދީނަށް ހުރި ލޯބި ވީ އިތުރެވެ. ދީނީ އަޅުކަން އަދާކުރުމަށް ހުރި ފޯރި ވީ ގަދަ އެެވެ. ފަހަކަށް އައިސް އެންމެ ބޮޑު އުންމީދަކަށް އޮތީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓައި ފުރަ އިތުރު މައްކާ އަށް ދިޔުމެވެ. މިކަމަށް ގަސްދުކޮށް ނިޔަތްގަތް ްފަހުން ގިނަ ގިނައިން ސީރަތު އަޑު އެހުމަކީ، އޭނާގެ އެންމެ ބޮޑު އުފަލެވެ. ސީރަތުގެ ވަރަށް ގިނަތަން އޭނާ ހިތުދަހެވެ. އެހެން ނަމަވެސް...............؟؟
މި މަޒުމޫނު ވިދާޅުވަމުންގެންދަވާ، ތިޔަ ކިޔުން ތެރިޔާވެސް ވިސްނައިވަޑައިގަތުން މުހިންމު ދެ ކަމެއްގެ ވާހަކަ ދަންނަވާލަމެވެ. އެއްވާހަކައަކީ، ފުރައިތުރު މައްކާގެ ވާހަކަ އެކެވެ. އެނގި ވަޑައިގަންނަވާނެ ފަދައިން ޙައްޖުވެރިންގެ ފަސޭހަޔަށްޓަކައި، ސަޢޫދީ ސަރުކާރުން ހައްދަވައިދެއްވައިފައިވާ ފާޚާނާ ބަރިޔަށް އެ ފަރާތުން ދެއްވާފައިވާނަމަކީ އަބޫޖަހުލު ފާޚާނާ އެވެ. ކޮންމެ ޔަކަސް ތިޔަ ކިޔުންތެރިޔާ އާއި، އަޅުގަނޑާ ދެމީހުން މި ތަފާސް ހިސާބު ހަދަން ތިއްބާ އެއްކަލަ އަންހެން މީހާ މިހާރު، ޙައްޖަށް ހިނގައްޖެ އެވެ. ހައްޖުގެ އަޅުކަން އަދާކޮށްގެން އެނބުރި މާލެ އައިސް، އޭނާގެ އުފަން ރަށަށް ވެސް ހިނގައްޖެ އެވެ. އާދައިގެ މަތިން އެ ކޮޅުގެ ޚަބަރު ދަބަރު އޭނާކުރެން އަހާލަމާ ހިންގާވާށެވެ! " އަސްތާ ކުދިންނޭ! އެ އީ ވާތަނެއް. ހަމަ ފިސާރި ތެދެއް މިބުނަނީ. ސިޔަރަތުގައި އެކިޔާ އަބޫޖަހުލު. ބުނަންތާ މުއްސަދި މީހެއް. މުޅި ގޯތީގައި އެ އޮންނަނީ ހައްޖާޖީންނަށް ފާޚާނާ ހަދައިދީފާ. އަނެއްކާ މޮޅޭ، ރީއްޗޭ. ތަށި މުށި ޖަހައިލައި، ދިއްލައި އަޅައިފައި އޮންނަނީ. ބުނަންތާ ބޮޑު މުއްސަންޖެއް. އެ ހައިގިނައިން ސިޔަރަތުގައި އޭނާގެ ނަން އެ އަންނަނީ ހަމަ އަންނަންވެގެން. '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (12)
![]()
...
ލިޔުނީ ނަޝީދު, 2008-11-30 00:51:58
މިހާރު ވެސް ލިޔަން ކިޔަން ނުދަންނަ މީހުން މިރާއްޖޭގައި މަދެއް ނޫނެވެ. މިހާރު ލިޔަން ކިޔަން ނުދަތުމަކީ، ކޮމްޕިއުޓަރު ބޭނުންކުރަން ނޭގުމެވެ.
...
ލިޔުނީ ޖީ2, 2008-11-30 06:36:12
ސައޫދީ ސަރުކާރުން ފާޚާބަރިޔަށް ނަންދީފައިވާ އުސޫލުން ނަން ކިޔާނަމަ، ރައްޔިތުންގެ މަޖިލިހަށް ވަކަރުގެއޭ ކިއުމާމެދު ނަސީރުގެ ޚިޔާލަކީ ކޮބާތޯ؟
...
ލިޔުނީ ފަތުހު, 2008-12-20 06:22:31
ހިހި ހި ހީ ސަޅި އިނގޭ. މިހާރު ރާއްޖޭގެ 98% މީހުންނަކީ ލިޔަންކިޔަން އެނގޭ މީހުން. ގައިމު ގިނަ ގުނަ ކާމިޔާބު ކަންތައްތަކެއް ކުރެވިއްޖެ ނޫންތޯ؟
...
ލިޔުނީ lhahuththu, 2009-01-29 17:50:11
saudi faahaanaathakah aboojahulu keehen male' maarukeytu kaireega hunafaahaanaathakah migaumuge khaainun kamugaiva sagaru naasiru nuvatha kukulhu luthufee kiyanvee nunheyev.
...
ލިޔުނީ alif noon, 2009-02-26 12:50:32
majaa liyumeh...(gina samaasaa adhabuge liyun thakeh fennaane kamah ummeedhu kuran.........
... ލިޔުނީ appe, 2009-05-28 18:46:53
އަދިވެސް ލިޔަން ކިޔަން ނުދަންނަ މީހުން ބައިވަރު. މި ލިޔުން ވަރަށް ފުރިހަމަ. މިފަދަ ކިތަންމެ ކަމެއް ހަމަ ދިމާވަފަ އެބަހުރެ. ހަމަ މިހެން ވިކަމެއް ކިޔުންތެރިންނާ ހިއްސާ ކޮށްލަން ބޭނުން. " އެއްފަހަރަކު ހައްޖައް ދިޔަ މީހަކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު މާލެ އައެވެ. އޭނާގެ އެކުވެރިއަކު ދިމާވެގެން އޭނާ ގާތު އެއްސެވެ. ހަޖަރުލް އަސްވަދު ދުށިންހޭ؟ އޭނާ ސުވާލުގެ ޖަވާބުގައި ބުނީ މިފަހަރު އޭނަ މިދަތުރަކު ބައިވެރިއެއް ނުވެއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ހެއް ހެއް ހެއް ...