ފަންވަތް ދިވެހި ސަމާސާ އަދަބު މޯބައިލް ފޯނު
ބެލި ޢަދަދު: 2073
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
މޯބައިލް ފޯނު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
21 އޮގަސްޓް 2010، 01:10 ހޮނިހިރު

ޢަބްދުﷲ ނަޢީމު އިބްރާހީމް
    
މޯބައިލް ފޯނަކީ މިހާރު އެޔާ ނުލައި ދިރިއުޅެން އުނދަގޫ އެއްޗަކަށް ވަނީ ވެފައެވެ. މޯބައިލް ފޯނު ބޭނުން ކުރާ މީހުންގެ ޢަދަދު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. މާރުކޭޓުގައި އެއްޗެތި ވިއްކަން ތިބޭ މީހުންނާއި، މަސްވެރިންނާއި، ގޭގޭގައި މަސައްކަތް ކުރަން ތިބޭ މީހުންނަށް ދާންދެން މޯބައިލް ފޯނުގެ ބޭނުން ކުރެއެވެ.
    
އަޙްމަދަކީވެސް ދިރިއުޅުމުގެ ކަންތައްތައް ވަކި ފެންވަރެއްގައި ހިފަހައްޓާން ބޭނުންވާ މީހެކެވެ. އެހެންވީމާ މޯބައިލް ފޯނުވެސް ގެންގުޅެއެވެ. އޭނާގެ އަތުގައި މޯބައިލް ފޯނެއް އޮތަސް ބައެއް ފަހަރަށް ކުރިމަތިވާ މައްސަލައެއް އޮވެއެވެ. އެއީ އޭނާގެ އަންހެނުންނަކީވެސް އޮފީހެއްގައި ވަޒީފާއެއް އަދާ ކުރާ މީހަކަށް ވާތީ އަންހެނުންނާ ގުޅަން ޖެހޭ ވަގުތު ކުރިމަތިވާ މައްސަލައެކެވެ. އޮފީހުގެ ކަން ކަމުގައި އަންހެނުންނަށް ވަރަށް ގިނަ ވަގުތު އޮފީހުން ބޭރުގައި އުޅެން ޖެހެއެވެ. އެ ކަހަލަ ވަގުތަކު އަންހެނުންނާ ގުޅާލަން ޖެހިގެން ނުގުޅުނީމާ އަޙްމަދުގެ ރުޅި ގަދަވާ ގޮތް ވަނީއެވެ. ބައެއް ދުވަސް ދުވަހު އަންހެނުން ގެއަށް އައީމާ އެ ވާހަކަ ދައްކައެވެ. ރުޅި އައިސްގެން ގޮސް ބުނެވޭ އެއްޗަކުން ޒުވާބެއް ފެށޭ ގޮތްވެސް ވެއެވެ. މި ކަމަށް ކޮންމެވެސް ޙައްލެއް ގެނައުމަކީ ދިރިއުޅުން ހަމައަކަށް އަޅުވާން ކޮންމެހެން ބޭނުން ކަމަކަށް ވެއްޖެއެވެ. އަޙްމަދަށް ވިސްނުނު ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އަންހެނުންނަށްވެސް މޯބައިލް ފޯނެއް ހޯދައި ދިނުމެވެ.
    
އަންހެނުންނަށް އެއްޗެއް ހޯދައިދޭ އިރު ބަލާން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެ އެއްޗެއްގެ ރީތި ހުތުރަކީ ކޮންމެހެން ބަލާން ޖެހޭ ކަމެކެވެ. އެއީ ފިރިންގެ ޤަދަރު ހިފެހެއްޓުމުގެ ގޮތުންނެވެ. އެހެން ނަމަވެސް އެހެން ކަންތައް ތަކެކޭ އެއް ފަދައިން އެ ކަމުގައިވެސް ބަދުނާމު ވެފައި އޮންނަނީ އަންހެން މީހާއެވެ. ބުނަނީ އަންހެނުންނަށް ކަމުދާ ގޮތް ހަދަނީ ކަމަށެވެ.
    
އަޙްމަދު އަންހެނުންނަށް ހޯދައި ދިނީ ވަރަށް ރީތި ފޯނެކެވެ. އަގުވެސް އެހައި ބޮޑެވެ. އެ ފޯނުން ނުކުރެވޭ ކަމެއް ވަރަށް މަދެވެ. ލަވަ ޖެހެއެވެ. ވާހަކަ ރިކޯޑު ކުރެވެއެވެ. ގޭމް ކުޅެވެ އެވެ. އަދި މި ނޫނަސް އެތައް ކަމެއް ކުރެވެން ހުރެއެވެ.
    
ފޯނު ގަނެގެން ގެނެސް ދިނުމަށް ފަހު އޭގެ ބޭނުން ކުރާނޭ ގޮތް އަޙްމަދު ވަރަށް ރަނގަޅަށް އަންހެނުންނަށް ކިޔައި ދިނެވެ. އެކި ފިތް ފިތަށް އޮބާލީމާ ވާނޭ ގޮތް ގޮތާއި، ފޯނު ކުރަން ހަދަން ޖެހޭ ގޮތާއި، ފޯނެއް އަތުވެއްޖެ ނަމަ ޖަވާބު ދޭނޭ ގޮތް ވަރަށް ރަނގަޅަށް އޮޅުން ފިލުވައި ދިނެވެ.
    
އަޙްމަދު އެއް ދުވަހަކު އޮފީހުގައި އުޅެފައި ގެއަށް އައި އިރު އަންހެނުން ގެއަކު ނެތެވެ. އެހެން ވީމާ އަވަހަށް މޯބައިލަށް ގުޅާލައިފިއެވެ.
    
"ހަލޯ- ނަޞީރާތަ؟"
    
"އާނ- އަޙްމަދުތަ؟"
    
"އާނ- އަހަރެން މި އުޅެނީ ގޭގައި- އަދި އޮފީހަށް ދާން އެބަ ޖެހޭ- ގެއަށް އަންނާނީ ކޮން އިރަކުން-?؟"
    
"މާ ގިނަ އިރެއް ނުވެ އެބަ ދަން- އަހަރެން މި އުޅެނީ ސޯސަން އިސްޓޯރުގައި-" މޯބައިލް ފޯނުން ވާހަކަ ދެއްކުނީމާ ހިތަށް ވެރިވެފައިވާ އުފާވެރިކަން އޭނާގެ އަޑުން ވަރަށް ރަނގަޅަށް ފާޅު ވޭވޭ ހުއްޓެވެ.
    
"އެންމެ ރަނގަޅު- އަހަރެން މަޑު ކުރާނަން-"
    
މިހެން ބުނެފައި ކަނޑާލަން އުޅުނު ތަނާ އަންހެނުންގެ އަޑު އިވިއްޖެ އެވެ. "އޭތް- އަޙްމަދު- އަހަރެން ވާހަކައެއް އަހާލަންތަ؟"
    
"އަނެއްކާ ކިހިނެއްވީ- ފޯނު ކަމު ނުދަނީތަ؟" އަޙްމަދު ސަމާސާ ރާގަކަށް އަހައިލިއެވެ.
    
އަންހެނުން ބުންޏެވެ. "ނޫނޭ- ފޯނު ރަނގަޅު- އެކަމަކު ކުއްލިއަކަށް އަޙްމަދު ފޯނު ކުރީމާ އަހަރެން ޙައިރާން ވީ ވަރުން އަހާލަން ބޭނުންވީ- އަހަރެން ސޯސަން އިސްޓޯރުގައި ހުރިކަން އަޙްމަދަށް އެނގުނީ ކިހިނެއް؟"

 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ޕަރީ, 2010-08-20 19:48:32
ހިހިހިހިހި .. އަންހެނުން ހީކުރީ ސޯސަން އިސްޓޯރަށް ކަމަށް ދޯ އަހުމަދު ގުޅައިގެން ހުރީ ؟؟؟ ހިހިހިހިހި..
...
ލިޔުނީ angel, 2010-08-21 08:41:22
hehe me ah joke kiyaafa veenuvee eh nengun but paree ge comment kiyaalyma adhi mi get v aslu v gotheh hehe varah majaa :D
...
ލިޔުނީ ސާދު, 2010-08-21 12:17:38
އަސްލުމި ޖޯކުގައި ވާގޮތަކީ އޭނާ އަންހެނުންނަށް ހީކުރެވިފަ އޮތީ އޭނާ ހުރިތަން ނޭގެންޏާ ނުގުޅޭނޭ އެއީ އެވާގޮތަކީ އެހެން ވެ އެއެހީ ކިހެނެތް ހޭ ސޯސަން ސްޓޯރުގައި ހުރިކަން އެނގުނީ ...............
...
ލިޔުނީ hisham., 2010-09-22 05:54:09
adhi mashakah get eh nuvey

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2073
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone