ފަންވަތް ދިވެހި ސަމާސާ އަދަބު ޙިމާރުގެ ދަރި ޙިމާރު
ބެލި ޢަދަދު: 1448
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޙިމާރުގެ ދަރި ޙިމާރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
31 އޮގަސްޓް 2010، 14:35 އަންގާރަ

މުސްލިމް މުޚްލިސް

ވަރަށް އެކުވެރިކަމާއެކު އުޅެމުންދިޔަ ޙިމާރުގެ ބައިގަނޑެކެވެ.
އެއްދުވަހަކު އެތަނުން ޙިމާރެއް ކެއިން ބުއިން ދޫކޮށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރަން ފަށައިފިއެވެ.
އެގޮތުގައި ދުވަސްތަކެއް ފާއިތުވުން އެސޮރުގެ ގައިން މަސްކޮޅުވިރި އަނަރޫފަވެއްޖެއެވެ. ހިނގާނެވަރުނެތި ބިއްމައްޗަށް ވެއްޓި، އެސޮރުގެ ދެކަންފަތްގަނޑު ބިމުގައި ކޭތެން އޮތެވެ.

އެސޮރުގެ ބައްޕަ އެކަމާ ވަރަށް ކަނބޮޑު ވިއެވެ. ދަރިފުޅުގެ ހާލަތު ގޯހުން ގޯހަށްދާއިރު މިފަދަ ހަޅުތާލެއް ކުރާ ސަބަބު ނޭނގޭތީއެވެ. އަހާއަހާވެސް އެސޮރު  ސަބަބު ބުނާކަށް ނޫޅުނެވެ.

ބައްޕަގެ ހިތްވަރު އާކޮށްފައި، ދަރިފުޅުގޮވައިގެން އެކަހެރިތާކަށްގޮސް ވާހަކަ ދައްކަން ފެށިއެވެ.
ބައްޕަ ޙިމާރު : " ދަރިފުޅާއެވެ! ވީގޮތެއް ނިކަން ބުނެބަލާށެވެ. ދަރިފުޅަށްޓަކާ ބައްޕަ އެހުރީ އެންމެމީރުވިނައާއި، ތާޒާ ފަތްޕިލާވެލި ގެނެސްފައެވެ. ދަރިފުޅުގެ ޙާލަތަށް ޙަމްދަރުދިވެބަލާށެވެ! ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ތިޔަކުރަނީ ކޮންކަމަކާހެދި ހެއްޔެވެ؟ އެއްވެސް މީހަކު ގޯނާއެއްކުރީހެއްޔެވެ؟ ދެރަވާކަހަލަ އެއްޗެއް ބުނީހެއްޔެވެ؟ "  ބައްޕަގެ ބަސްތަކުން ދަރިފުޅަށް އަސަރުކޮށްފިކަހަލައެވެ. ހިތްވަރުކޮށް ބޯ އުފުލާލާފައި ބުނަންފެށިއެވެ.

ދަރި ޙިމާރު : ބައްޕާއެވެ. އަހަރެން މިއޮތީ ވަރަށް ހިތުގައި ޖެހިފައެވެ. އިންސާނުން އަހަރެމެންނަށް ކުރާމަލާމާތުންނެވެ. އެމީހުން އެކަން ހުއްޓުމުން ނޫނީ ދެން އެއްޗެއް ކާކަށް ބޭނުމެއް ނޫނެވެ.
ބައްޕަ ޙިމާރު: އިންސާނުންނޭ؟ އެމީހުން ކީއްކުރީ، ކޯއްޗެކޭ ކީ ؟

ދަރި ޙިމާރު : ބައްޕަޔަށް ދުވަހަކުވެސް އަޑެއްނީވޭތަ؟ އެމިހުންގެ ތެރެއިން މީހަކު ބޯހަމަނުޖެހޭ ކަމެއް ކުރާއިރަށް އެމީހަކަށް ޙިމާރުގެ ލަޤަބު ދޭނެއެވެ. ގޯސްކަމެއް ކުރިއަށް ޙިމާރޭ ކިޔާގޮވާނެއެވެ. މިކަމާ އަހަރެން ދެރަވަނީއެވެ. އަހަރެމެން މީ އެ ކިޔާކަހަލަ މޮޔައިން ތަކަކީހެއްޔެވެ؟ މުޅިދުވާލު ހަތަރުދަމު އަހަރެމެން ހޭދަމިކުރަނީ އެމީހުންގެ ޚިދުމަތުގައެވެ. ވަރުބަލިވެގެން ކުރާ ޝަކުވާއެއް ނެތިއެވެ.
ދަރިފުޅުގެ ހާލަތާމެދު ބައްޕަ ކަންބޮޑުވިއެވެ. ހަދާނެގޮތް ހުސްވާ ހިސާބަށް ދިޔައެވެ. އިންސާނުން ކިޔާ އެއްޗެހި ހުއްޓުވާނީ ވެސް ވަކި ކިހިނަކުން ހެއްޔެވެ. އެފިކުރުގައި އޮއްވައި ބައްޕަޔަށް ރަނގަޅު ބުއްދިއެއް ކުރެވިއްޖެއެވެ. ދެފަރާތަށް ކަންފަތްގަނޑު ތަޅުވައިގެންފައިދަރިފުޅަށް ބުންޏެވެ.

ބައްޕަޙިމާރު: ދަރިފުޅާއެވެ. އިންސާނުންނަކީ ﷲ އެމީހުނަށް ބުއްދިދެއްވައި، އެހެން ހުރިހައި މަޚްލޫޤުތަކުންގެ މައްޗަށް މާތްކުރެއްވި މަޚްލޫޤެކެވެ. ނަމަވެސް އެމީހުންވަނީ އަހަރެމެންނަށް އިހާނާތްތެރިވުމުގެ ކުރިން އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް އިހާނާތްތެރިވެފައެވެ.  ދަރިފުޅު ނިކަން ވިސްނަބަލާށެވެ.!

ދުވަހަކުވެސް އެއްވެސް ޙިމާރަކު އެސޮރުގެ އަޚާގެ މުދާ ވަގަށްނެގިއޭ ބުނާއަޑުވެސް ދަރިފުޅު އެހިން ހެއްޔެވެ؟

އެއްވެސް ޙިމާރެއް އެސޮރުގެ އަޚާގެ ކާއެތިކޮޅު ޖަހައިގެންވާހަކަ އެހިން ހެއްޔެވެ؟
އެއްވެސް ޙިމާރެއް އެހެން ޙިމާރެއްގެ ޝަކުވާ ހިފައިގެން އުޅޭއަޑު އެހިން ހެއްޔެވެ؟
އެއްވެސް ޙިމާރެއް އެސޮރުގެ އަޚުން ނުވަތަ ދަރިންނަށް ހަޑިހުތުރު އެއްޗެހި ގޮވާ އަޑުއެހިން ހެއްޔެވެ؟
އެއްވެސް ޙިމާރެއް އެސޮރުގެ އަނބިމީހާ ނުވަތަ ދަރިންގައި ތަޅައި އަނިޔާކުރި ވާހަކަ އެހިންހެއްޔެވެ؟
ޙިމާރުގެ އަނބިންނާއި އަންހެން ދަރިން ލަދެއްނެތި މަގުމަތީ ދެކޮޅަށް ތިއްތިދެއްކެން ދުވާއަޑު އެހިން ހެއްޔެވެ؟

އެމެރިކާގައި އުޅޭ ޙިމާރުތައް އެހެން ޤައުމެއްގައި އުޅޭ ޙިމާރުތައް މަރައި، އެމީހުންގެ ކާނާކޮޅު އަތުލަން ރޭވި އަޑު ދުވަހަކުވެސް އެހިން ހެއްޔެވެ؟

އެއްވެސް ޝައްކެއް ނެތެވެ. ދަރިފުޅަށް މިބުނި ކަހަލަ އެއްވެސް މަންޒަރެއް ފެނިފައެއްނުވާނެއެވެ. މީހަކު ބުނާތީ އަޑުވެސް ނާހާނެއެވެ. އެކަމަކު މިހުރިހާ ކަމަކީ އިންސާނުން ކުރާކަންތަކެވެ. " ބުއްދިވެރި އިންސާނުން އަރައިގަންނަ އިންސާނީ ޖަރީމާތަކެވެ"

ދަރިފުޅާއެވެ. ޙިމާރުގެ ވިސްނުމުން ވިސްނާށެވެ. އިންސާނުންގެ ދަރަޖައަށް ނުވެއްޓޭށެވެ. އިސްއުފުލައި ކުރިއަށް ދާށެވެ. ބައްޕަގެ އަޑުއަހާނަމަ " ދަރިފުޅަކީ އަބަދުވެސް ޙިމާރެއްގެ ދަރި ޙިމާރަކަށް ވާށެވެ"
އިންސާނުން ކިޔާއެއްޗެއް ކިޔަން ދޫކޮށްލާށެވެ.

އަހަރެމެން އެކަކު އަނެކަކު މަރައެއް ނުހަދަމެވެ. ވައްކަމެއް ނުކުރަމެވެ. ހަޑިހުތުރު އެއްޗެހި ކިޔައި މަލާމާތެއް ނުކުރަމެވެ. މިކަންކަމާއި އަހަރެމެން ފަޚްރުވެރިވަމެވެ. އިންސާނުންނަށް މިފަދަ ފަޚްރެއް ލިބިފައި ވޭބާއެވެ؟

ބައްޕަގެ ބަސްތަކުން ދަރިޙިމާރަށް ހިތްވަރު ލިބުނެވެ. ތެދުވެ، ބައްޕަ ގެނެސްފައިހުރި ވިނަތަކާއި ފަތްތައް ކާންފެށިއެވެ.

މަޑުމަޑުން ކިޔަމުން ދިޔައެވެ. " އަހަރެން އަބަދުވެސް އޮންނާނީ ޙިމާރެއްގެ ދަރި ޙިމާރެއްގެ ގޮތުގައެވެ." އިންސާނުންނަށް ދެއްވި ބުއްދިން އެމީހުންކުރަނީ ފަހެ ކޮންކަމެއްބާއެވެ؟

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ކިޔުންތެރިއެއް, 2010-08-31 11:24:49
މިއީ ކޮން "މުސްލިމް މުޚްލިސް" އެއްތޯއެވެ. ފަންވަތުގެ ލިޔުންތެރިން ލިޔަމުން ގެންދަނީ އެބޭފުޅުންގެ އަމިއްލަ ނަމުގައެވެ. މިގޮތް ރަނގަޅެއް ނޫނެވެ. އަމިއްލަ ނަން ޖައްސަވާށެވެ. އެންމެހައި މުސްލިމުންނީ މުސްލިމް މުޚުލިޞުންނެވެ.
...
ލިޔުނީ އަޙްމަދު, 2010-08-31 14:08:06
ފަންވަތަކީ މީހާރު އަޅުގަނޑަށް ފެނުނު އެނެމް ބޮޑު އޮންލައިން ލައިބްރަރީ، ކުރީދުވަހު ވެސް ހުސެއިން ސޮލާހުއްދީންގެ ލިޔުމެއް ހޯދަން ހަމަ ވަގުތުން ސާޗްކޮށްލީ، ޓަކާސް، އެއޮއް ފެނުނީ ވަގުތުން މަބޭނުންވެގެން އުޅުން ލިޔުން. ތިޔަ ގޮތުގައި ކުރިއަށްދިއުމަށް ހިތްވަރުދެން. މިވާހަކަ ވަރަށް ރީތި. އަދި އެހާމެ އިބުރަތްތެރި. ދެން އަޅުގަނޑުގެ އެދުމަކީ ހިޔާލުފޮނުވާއިރު ޖަހަންމިޖެހޭ ފާޑެއްގެ ކޯޑު، އެ ކެންސަލްކޮށްލަން، ބޮލާ ނުހޮރުއްޕާން، އެޔާ ހެދި.
...
ލިޔުނީ ޙުސައިން ޙަލީމް, 2010-09-01 01:15:30
ރަނގަޅު ޢިބުރަތްތެރި ވާހަކައެއް. އިތުރު މިފަދަ ވާހަކަތަކަށް އިންތިޒާރުކުރަން.
...
ލިޔުނީ mode, 2010-09-01 05:17:42
އެއްވެސް ޝައްކެއް ނެތެވެ
...
ލިޔުނީ ރޯސް, 2010-10-03 06:05:00
ވަރަށް ވެސް އިބްރަތްތެރި ވާހަކަ އެއް. މިފަދަ ލިއުމަކަށް އަދިވެސް އިންތިޒާރު ކުރަން

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1448
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone