ފަންވަތް ދިވެހި ސަމާސާ އަދަބު އާދަޔާ ޚިލާފު ކުލަބުތައް
ބެލި ޢަދަދު: 1526
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އާދަޔާ ޚިލާފު ކުލަބުތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
28 ނޮވެމްބަރ 2010، 12:56 އާދީއްތަ

ޢަބްދުﷲ ނަޢީމު އިބްރާހީމް

ހުޅަނގަކީ ޙައިރާންވާ ކަހަލަ އެތައް ކަމެއް ފެންނަ ތަނެކެވެ. އަޅުގަނޑުމެން ތިންވަނަ ދުނިޔޭގެ ކަޓު މީހުންނަށް ވިސްނައި ނުގަނެވޭ އެތައް ކަމެއް ހުޅަނގުގެ މުޖުތަމަޢު ތަކުން ފެންނާން އެބަހުއްޓެވެ. އެމީހުން ދެކޭ ގޮތުގައި އެ ކަންތައްތައް އަޅުގަނޑުމެންނަށް ނުވިސްނެނީ އަޅުގަނޑުމެންގެ ވިސްނުން ކޮށި ކަމުންނެވެ.

ހުޅަނގުގެ ޤައުމު ތަކުގައި އެކި ކަންކަމަށް އެކި ކްލަބް ހަދާފައި ހުރެއެވެ. އަޅުގަނޑުމެންގެ ސަރުކާރު މުވައްޒަފުންގެ ނާދީ ކަހަލަ ކްލަބް ތަކެވެ. ބައެއް ޤައުމު ތަކުގައި ހުސްހަށި ބައި މީހުންގެ ކްލަބް ހުރެއެވެ. އެ ކްލަބްގެ ޤަވާޢިދުގެ ފުރަތަމަ މާއްދާގައި އޮންނަ ގޮތުން ކްލަބްގެ މެންބަރަކު އަންހެން ކުއްޖަކާ ވާހަކަ ދައްކައިފި ނަމަ ޖުރުމާނާ ކުރެވޭނެއެވެ. ޖުރުމާނާ ކުރެވޭ ޢަދަދު ކަނޑައަޅާނީ ވާހަކަދެއްކި ކުއްޖެއްގެ ރީތި ކަމާއި، އަސަރު ގަދަ ކަމަށް ބަލާފައެވެ. ޖުރުމާނާ ކޮށްގެން ކްލަބަށް ލިބޭ ފައިސާ ޚައިރާތުގެ ގޮތުގައި ބަހާލަނީއެވެ.

ދެން ހުންނަނީ ސަރލީ ކްލަބެވެ. މިއީ އަދި މާ ޙައިރާން ވާ ކަހަލަ ކްލަބެކެވެ. މި ކްލަބުގެ މެންބަރެއްގެ ތުންފަތް މައްޗަށް ހިނިތުން ވުމެއްގެ އަސަރު އައިސްގެން ނުވާނެ އެވެ. އެންމެން ތިބެން ވާނީ ތުން ދަމާ އޫ ކޮށްގެންނެވެ.

ދެން އޮތީ ފަލަ މީހުންނަށް އޮތް ޚަބަރެކެވެ. މީގެ އެތައް އަހަރެއް ކުރިން ލަންޑަނުގައި ހުޅުވުނު ކްލަބެއްގެ ވާހަކައެވެ. އެއީ ފަލަ މީހުންގެ ކްލަބެވެ. މި ކްލަބްގެ ނަމަކީ ކޯރޕިއުލެންޓް ކްލަބެވެ. މި ކްލަބަށް ވަދެވެނީ ދެ ދޮރަކުންނެވެ. އެއް ދޮރަކީ މެދު މިނަކަށް ހަދާފައި ހުންނަ އާދައިގެ ދޮރެކެވެ. އަނެއް ދޮރަކީ ފަށް ޖަހާ ދޮރެކެވެ. މެމްބަރަކަށް ވާން އެދޭ މީހާ ފުރަތަމަ ވަންނަން ޖެހެނީ އާދައިގެ ދޮރުންނެވެ. އެއްވެސް އުނދަގުލަކާ ނުލައި އެ ދޮރުން ވަދެވިއްޖެ ނަމަ އޭނާ އަކަށް މެންބަރަކަށް ނުވެވޭނެއެވެ. އެ ދޮރުން ނުވަދެވި ތާށިވެއްޖެ ނަމަ، އެއްކަލަ ފަށް ޖެހި ދޮރު ހުޅުވޭނެއެވެ. އެ އޮތީ މެންބަރަކަށް ވެވިފައެވެ.

ހަމްޑްރަމް ކްލަބާއި، މަމްސް ކްލަބަކީ ވެސް ބައެއް މީހުން ވަންނަ ހިތް ވާ ކްލަބަކަށް ވެދާނެ އެވެ. މި ކްލަބަށް ވަނުމާ އެކު ޖެހެނީ ސިގިރޭޓް ބޯން ފަށާށެވެ. އެއްގޮތަކަށްވެސް ހުއްޓާލައިގެން ނުވާނެ އެވެ. އެއްޗަކު ފުލު އެއްޗެއް ރޯ ކުރަން ވާނެ އެވެ. މެންދަމު ބާރަ ނުޖަހަނީސް އަނގައިންވެސް ބުނެގެން ނުވާނެ އެވެ. ގަޑިން މެންދަމު ބާރަ ޖެހުމާ އެކު އެކަކު އަނެކަކާ ސަލާން ކޮށްފައި ގެއަށް ދާންވީ އެވެ. އިތުރު ވާހަކައެއް ދައްކައިގެން ނުވާނެ އެވެ.

އެމެރިކާގެ ފިލަޑެލްފިއާގެ 135 މީހުން އެކުވެގެން ހެދި ކްލަބަށް ކިޔާ ނަމަކީ ސެވަން އޮކްލޮކަރސް ކްލަބެވެ. މި ހުރިހާ އެންމެންވެސް މަސައްކަތް ކުރަނީ ނިވް ޔޯރކް ގައެވެ. ކޮންމެ ދުވަހަކު މަސައްކަތަށް ދާން ޖެހެނީ ރޭލުގައި ނުވަދިހަ މޭލުގެ ދިގު ދަތުރެއް ކޮށްފަ އެވެ. ފިލަޑެލްފިއާ އިން ރޭލު ފުރަނީ ހެނދުނު ހަތެއް ޖަހާ އިރު އެވެ. އެނބުރި ފިލަޑެލްފިއާ އަށް އަންނަނީ އިރުއޮއްސި ހަތެއް ޖަހާ އިރު އެވެ. ކްލަބްގެ ނަމަކަށް ސެވެން އޮކްލޮކަރސް ކްލަބޭ ކިޔަނީ އެހެން ވެގެންނެވެ.

މި ކްލަބް އުފެދުނު ކަމަށް ވަނީ 1972 ވަނަ އަހަރު އެވެ. މި ކްލަބްގެ ސަބަބުން ރޭލްވޭ ސްޓޭޝަނަށް ވަރަށް ފައިދާ ކުރެ އެވެ. އެހެންވީމާ މި 135 މީހުންނަށް ޚާއްޞަ ވަތްގަނޑެއް އެރޭލުގައި ހުރެ އެވެ.

ކޮންމެ ދުވަހަކު ހެނދުނު ހަތެއް ޖަހާ އިރު ހުރިހާ އެންމެން މި ޚާއްޞަ ވަތްގަނޑަށް އަރާނެ އެވެ. އަދި އެކަކު އަނެކަކަށް ސަލާން ގޮވާލާނެ އެވެ. ސަލާމަކަށް ގޮވަން ޖެހެނީ "ހެލޯ- ކްލޮކަރ-" މިހެންނެވެ. މި ޢިބާރާތް ބޭނުން ނުކުރާ ކޮންމެ މީހަކު ޤަވާޢިދުން ޖުރުމާނާ ކުރެވޭނެ އެވެ.

އެމެރިކާ ގައި މި ނޫނަސް މި ބާވަތުގެ އެތައް ކްލަބެއް ހުރެ އެވެ. އޭގެ ތެރޭގައި ހުތުރު މޫނު ކްލަބް، ފޮޑި ޖަހާ މީހުންގެ ކްލަބް، ކަރު ހިމަ މީހުންގެ ކްލަބް، ތަލަ މީހުންގެ ކްލަބް މިހެން ގޮސް އެތައް ކްލަބެއް ހުރެ އެވެ.

ދިވެހިރާއްޖޭގައިވެސް މި ކަހަލަ ކްލަބް ތަކެއް ހުންނާން އެބަ ޖެހެ އެވެ. ކްލަބްގެ ބޭނުމަކީ އެއް ކަމެއް ކުރާ އެންމެން އެއް ތަނަކަށް އެއްވެ، އެކުވެރިކަން އާލާ ކުރުމެވެ.
----------------------
(ނިމުނީ)

މަޢުލޫމާތު: ދި އެމެރިކަން ހިއުމަރ (ޖޫން 1999)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ޒުލޭޚާ, 2011-01-22 14:59:35
ރާއްޖޭގައި ހުޅުވަންޏާ ހުޅުވަން ޖެހޭނީ ޑްރަގްއެޑިކްޓްސް ކްލަބް، ގޭންގްސްޓަރސް ކްލަބް، ރައުޑީސް ކްލަބް މިކަހަލަ ކްލަބް ތަކެއް.
...
ލިޔުނީ moya meehaa, 2012-05-12 10:02:44
varah ragalhu vaane moyainge kulabeh hulhu viyas

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1526
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone