ފަންވަތް ދިވެހި ސަމާސާ އަދަބު ބޭބެ މިހިރީ ފައްތަރެއްގެ މަތީގަ އެވެ!
ބެލި ޢަދަދު: 2914
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ބޭބެ މިހިރީ ފައްތަރެއްގެ މަތީގަ އެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 13
ދެރަވަރަށްމޮޅު 
ދިވެހި - ސަމާސާ އަދަބު
16 ޑިސެމްބަރ 2011، 05:02 ހުކުރު

އާދަމް ނަޞީރު އިބްރާހީމް (2011)

ދިވެހިންގެ އާއްމު ޚަޞީލަތަކީ، އިޚްލާޞްތެރިވުމެވެ. ދުލުގެ އިތުބާރު ދެމެހެއްޓުމެވެ. ދީނަށް ފަރުވާތެރިވުމެވެ. ވެރީންނަށް ކިޔަމަންގަތުމާއި، ދައުލަތަށާއި، ސަރުކާރަށް ވަފާތެރިވުމެވެ. މި ކަންކަމަކީ، މައް ދިވެހީންގެ ދިރިއުޅުމުގެ އެންމެ ޚާއްޞަ އެއްބަ އެވެ.

ހަސަންފުޅުބެ އަކީ، މައްދިވެއްސެކެވެ. ރަށްފުށަށް އުފަން މަސްވެރި އެކެވެ. ނެއްވެއްގެ އިތުރަށް އޮޑިވެރިއެއް ވެސް މެ އެވެ. އުމުރުން ފަންސާހަކަށް އަހަރު ވީއިރު، އޮޑިޔާއި ގޯތި ގެދޮރު ބަލަހައްޓާނެ ދަރީން އެބަ ތިއްބެވެ. އޮޑި ކަނޑަށް ނިކުންނަ ކޮންމެ ނިކުތުމެއްގައި އިސް ކެޔޮޅެއްގެ ބުރަ އުފުލަމުން ގެންދިޔަ ގެންދިޔުމަށް ނިމުމެއް ގެންނަން ވިސްނީ މަސައްކަތަށް ފިލުމުގެ ނިޔަތަކު ނޫނެވެ. އެކަމަކު އުމުރުގެ ފަހުކޮޅުގައި މިސްކިތާ ކުއްތަންވެލާ ހިތުންނެވެ.

ރަށު އޮފީހުން ކުރި އިޢުލާނެއްގެ ޚަބަރު ޙަސަންފުޅުބެ އަށް ލިބިއްޖެ އެވެ. ވޮޗަރެއްގެ މަގާމަށް މީހަކު ބޭނުންވަނީ އެވެ. ހަސަންފުޅުބޭ ދުށީ މިއީ ރަނުގެ ފުރުޞަތެއް ކަމުގަ އެވެ. މި ވަޒީފާ ހަމަޖެހިއްޖެ ނަމަ، ވަޒީފާ އަދާ ކުރުމުގެ ވަގުތުގައި ވެސް އަޅުކަން އަދާ ކުރެވޭނެ އެވެ. ކީރިތި ޤުރުއާން ކިޔަވައިލައި ޒިކުރުކޮށްލައި ހެދޭނެ އެވެ. ޑިއުޓީ ގަޑި ނޫން ގަޑިތަކުގައި މުދިމަށް ވުރެ ވެސް ކުރިން އަރާ މިސްކިތުގައި އިނީމާ ނިމުނީ ނޫންހެއްޔެވެ؟

ޒުވާން ކުއްޖަކު ލައްވައި ވަޒީފާ އަށް އެދި ސިޓީ އެއް ލިޔުއްވައިފި އެވެ. ސިޓީ، އޮފީހަށް ލުމަށްފަހު ހަސަންފުޅުބޭގެ ހުރި އިޚްލާޞްތެރިކަމާއި، ދައުލަތަށް ކަމޭ ހިތުމުގެ ސިފަ ފެނިގެން މި ދިޔައީ އަޖާބުވާން ޖެހޭ މިންވަރަށެވެ! ހަމަ ކޮންމެ ފަދަ ވަގުތަކު ވެސް ވަޒީފާ އަށް ދާން ގޮވައިލައިފާނެ ކަމަށް ހަސަންފުޅުބޭ ވިސްނީ ކަންނޭނގެ އެވެ. ނޫނީ ހަސަންފުޅުބޭ ދެކޭ ގޮތުގައި، ސިޓީ އާ ގުޅިގެން ރަށު އޮފީހުން އެއްޗެއް އަންގަވަން ބޭނުންވެލައްވާ ވަގުތު އޭނާ ރަށުގައި ނެތިއްޖެއްޔާ އެއީ ވަރަށް ބޭ އަދަބީ ކަމެކެވެ. އެކަން އެހެން ކޮށްގެން ނުވާނެ އެވެ. ކޮންމެ އަކަސް ހަސަންފުޅުބޭ ވަނީ މި ފަދަ ފިކުރުތަކެއްގައި ދެބަ އެޅިފަ އެވެ. ވަޒީފާގެ އުންމީދުގައި ޢަޒުމު ވަރުގަދަ ވެފައި ވެސް މެ އެވެ. ދެރައީ އޮޑީ ކުދީންނަށް ވެސް އަދި ހަސަންފުޅުބޭގެ ދަރީންނަށް ވެސް މި ކަން އިސްވެ އެނގިފައި ނެތީމާ ތޯއްޗެވެ!

އާދައިގެ މަތިން ދޯނީ ކުދިން ފަތިހު ހަސަންފުޅުބޭ އަށް ގޮވަން އަތުވެއްޖެ އެވެ. ރެ އަކީ ސިޓީ ލީތާ ފުރަތަމަ ރެ އެވެ. ''ކުދީންނޭ! ދެން ބޭބެ އަށް ނުގޮވާ! ބޭބެ މި ހިރީ ފައްތަރެއްގެ މަތީގާ'' މަޑު މަޑު ލަސް ހިނގުމެއްގައި ނިކުމެ، އާ ފުރިލައިފައި ހަސަންފުޅުބޭ ބުންޏެވެ! މި ބުނި އެއްޗެއް އޮޑީ ކުދީނަށް މޭރުން ނުވިޔަސް، އެ ޖުމުލަ އަޑު އެހި ކޮންމެ ކުއްޖަކުމެ އެނބުރި ދިޔައީ އެ ޖުމުލަ ހިތު ދަސްކޮށްގެންނެވެ! ތެދެކެވެ. ހަސަންފުޅުބެ އެހެރީ ފައްތަރެއްގެ މަތީގަ އެވެ. ދައުލަތަށް ކަމޭ ހިތުންމަތީގަ އެވެ. އިތުބާރުކުރުންމަތީގަ އެވެ. ކަނޑުގެ ގޮށްރާޅުތަކަށް އަލްވަދާޢު ކިޔައި، ސަރުކާރުގެ ހެޔޮފުޅުކަމާއެކު ހިކިފަސްތަނުން ރޯދި ހޯދުމަށް ކަމަރު ބަނދެގެންނެވެ!

މިހާރު ލައްކަ ދުވަސްވެއްޖެ އެވެ!  ކިހާ ދުވަހެއް  ހެއްޔެވެ؟ އޭގެ ފަހުން ފަސް އަހަރު ވީ އެވެ. ހަސަންފުޅުބޭ ފަކީރު އެހެރީ ހަމަ އެހެންނެވެ! ވަޒީފާ ވެސް  އެ ދިޔަ ފަރާތަކަށް ގޮސް ނިމިއްޖެ އެވެ. އެ ވަޒީފާ ހަސަންފުޅުބެ އަކަށް ނުމެ ލިބުނު މެ އެވެ. މަހަށް ދިޔުމަށް ކަނޑުމައްޗަކަށް ނުމެ އެރިމެ އެވެ. ދަރީން ނަސޭހަތް ދީގެން  ކުރި މަސައްކަތް ވެސް ދިޔައީ ފަނުފުލުންނެވެ.  ހަމަ އެއް ގޮތަކަށް ވެސް ހަސަންފުޅުބޭ އަތަކަށް ގުޑައިލާ ގޮތެއް ނުހެދުނެވެ. އެންމެ ފަހުން ވީ ކިހިނެއްތޯ އެވެ؟ މަގު މަގު މައްޗަށް ހަސަންފުޅުބޭ ނިކުމެލީމާ ޒުވާން ފުރައިގެ ލާނެތް ކުދީން ކަރު ކެހިލައިފައި ގޮވަންފަށައިފި އެވެ. ''ބޭބެ މިހިރީ ފައްތަރެއްގެ މަތީގަ'' އެވެ.
---------------
 (ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ އީސާ, 2011-12-16 04:15:40
ސަޅި މަވެސް މިހިރީ ފައްތަރެއްގެ މަތީގައި ހެހެހެހެހ
...
ލިޔުނީ ފާޠިމާ, 2011-12-18 13:10:56
ވަރަށް މޮޅު ލިޔުމެއް. އަޅުގަނޑުމެންގެ އަޚް އާދަމް ނަޞީރުބޭ ތިޔަކުރައްވާ މަސައްކަތައް އައްސަރިބަހާ ސާބަސް..!!!!
...
ލިޔުނީ މުހައްމަދު, 2011-12-22 00:11:40
ދިވެހިންވެސް މިހާރު މި ތިބީ ފައްތަރެއްގެ މަތީގައެވެ.
...
ލިޔުނީ ޝަރީފު, 2012-02-15 04:34:22
އެއްމެ ފަހުން ހަސަންފުޅުބެ މަތިމައްޗަށް ފައްތަރުވީ ކަހަލަ. ނަމަވެސް އަޚުގަނޑަށް އިހުސާސް ކުރެވުނީ ހަސަންފުޅުބެ ފައްތަރު މަތިން އެއްފަރާތްވެ ހުރިކަމަށް. ކޮންމެ ސަބަބަކާ ވިޔަސް އާޚިރަތައް ހުސްވިތަން.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2914
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone