މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ތުންޑާބޭގެ ގަދަ ބާރު |
|
|
| ދިވެހި - ސަމާސާ އަދަބު | |||
| 03 އޮގަސްޓް 2009، 09:00 ހޯމަ | |||
|
އާދަމް ނަޞީރު އިބްރާހީމް (2009) ތުންޑާބެއަކީ، އެއްޒަމާނެއްގައި މާލޭގައި އުޅުނު މީހެއްކަމަށްވެ އެވެ. މީނާ އަކީ، މަޖާ މިޒާޖެއްގެ މީހެކެވެ. މީހުންނާ ގުޅޭ، މީހުން ގަޔާވާ ޠަބީޢަތެއް ހުންނަ މީހެކެވެ. އޭނާގެ އެންމެ ބުއްދިވެރި ބަހަކަށް އޮންނަކަމަށްވަނީ، ''ބިރު ނުގަންނާށެވެ! ބިރުގަނެގެން އެއްކަމެއް ވެސް ނުވާނެ އެވެ!'' ތުންޑާބޭގެ ޢުމުރުގެ ފަހުކޮޅެވެ. ނަޞީބު ދިމާކުރި ގޮތުން، ދުޅަހެޔޮކަން ގެއްލި ބަލި އެނދުގައި އޮންނަންޖެހިއްޖެ އެވެ. ހިނގައި ބިނގައިވެ އުޅެން ދަތިވެއްޖެ އެވެ. މީހާގެ ރޫފަ ވެސް ހުލިވަމުންދެ އެވެ. އެހެން ނަމަވެސް އެ ހުރި ހިތްވަރަކަށް ބަދަލެއް އައިހެނެއް ހީއެއް ނުވެ އެވެ. މިހާރު، ތަންތާނގައި ހިފަހައްޓައިގެން ވަރަށް ބުރަހެލިގޮތެއްގައި ނޫނީ ފިޔަވަޅުގަނޑު އެޅޭ ގޮތެއް ވެސް ނެތެވެ. މިހައިވަރު ވެސް ވަނީ އޭނާގެ އެއްހާސް ހިތްވަރުންނެވެ. އެއްފައިގެ ވާގި މާބޮޑަށް ދަށީ އެވެ. ގޭ ގޯތީތެރޭގައި ތުންޑާބޭގެ ބަލިދާން ތައްޔާރު ކުރެވިފައި ހުރެ އެވެ. ހިޔާކޮށްލައިފައިވާ އަށިގަނޑެކެވެ. އެތަނާ އިންވެގެން، ފާޚާނާ ކޮށް ހެދުމަށްޓަކައި ކުޑަކުޑަ ގިފިލިގަނޑެއް ވެސް ހަދައިލައިފައި ހުރެ އެވެ. އެ ޒަމާނުގެ ފެންވަރުގަ އެވެ. މި ކަންކަން އިންތިޒާމު ކުރެވިފައި މި ވަނީ އެޒަމާނުގެ ހަމަ ރަނގަޅު ފެންވަރުގަ އެވެ. އެއީ އެ ޒަމާނުގައި އާންމުކޮށް ކޮންމެ ގެއެއްގައިހެން ''ދިގުބަލީގެ މީހުންނާމެދު'' ކަންކޮށް އުޅުނު ގޮތެވެ. ރެޔަކީ ވިއްސާރަ ރެޔެކެވެ. ބޯކޮށްވާރެ ވެހެއެވެ. އާދައިގެ މަތިން ތުންޑާބެ އެރޭ ވެސް ނިދިނައިސްގެން ތެދުވެ އިނެވެ. މި ހެންއިންދައި، ކުރިމަތީން، މަގުގެ އަނެއްފަރާތުގައިހުރި ފިހާރަބަރިން ފިހާރައެއްގެ ކައިރީގައި އާދަޔާ ޚިލާފު ހިޔަންޏެއް އުޅޭހެން ހީވެއްޖެ އެވެ. ފިހާރައިން ބޭރަށް ފޫދިފައިވާ ފަނޑު އަލިކަމުގެ ތެރޭގައި މި ހިޔަނި އަތް އަތަށް ކުރުކާލި ކަނޑާހެން ހީވެއްޖެ އެވެ. ތުންޑާބެ، ކަންދީ މި މަންޒަރު ބަލައި ފިކުރު ކުރަންފަށައިފި އެވެ. ޙަޤީޤަތް އެނގިއްޖެ އެވެ. މިއީ ވަހުމެއް ނޫނެވެ. މި އުޅެނީ ވަގެކެވެ. ފިހާރައިން ވައްކަންކުރަން ފިހާރައިގެ ތެރެޔަށް ވަގަކު މިހާރު އެ ވަނީ އެވެ. ތުންޑާބެ އެތައް މަސައްކަތަކުން ތެދުވެއްޖެ އެވެ. ބުރަހެލި ކަމާއެކު، އެއްފައި ދަމަމުން، އެފައިގެ ކަކުލުގައި ހިފަހައްޓައިގެން އަތްޖެހޭ ތަނަކު ނަމަ ހިފަހައްޓައި ވަކި އަޅުވަމުން ކަހަލަ ގޮތަކަށް ވަރަށް ހިތްވަރުން އުޅެ މަގު ހުރަސް ކޮށްފި އެވެ. ބޯވާރޭތެރޭގަ އެވެ. ގޮސް ފިހާރައި ދޮރުގައި ހިފައިލި އިރު، ހުރީ ވަދެވޭ ގޮތަށެވެ. ދޮރުހުޅުވައިލައިފައި ވަދެއްޖެ އެވެ. އޭރު މީހާ ހުރީ ވަރުބަލިވެ ނޭވައި ކުރުވެފަ އެވެ. ވަގުކަލޭގެ އޭރު ކުރާކަމަކީ، ކުޑަ ހަރުގަނޑަކަށް އަރައިގެން، ފިހާރައިގައި ދަމާފައި އޮތް ނަނެއްގައި އަޅުވައިފައިހުރި އަށްޑިހަ އަށްޑިހައިގެ މުންޑުތަކެއް ނަގައި އުނގަށް އަޅަނީ އެވެ. އެ މީހަކީ ބޮޑު ބިޔަ މީހެކެވެ. ޖާނުން ވަރުގަދަ މީހެކެވެ. މި ކަލޭގެޔަކަށް މިތާ އެހެން މީހަކު ހުރިކަމެއް އޭރު އަދި ރޭކާ ވެސް ނުލަނީތާ އެވެ! ތުންޑާބެއަށް ''ނޭވައި ލެވޭ ވަރުވީމާ'' އެތާކު ހުރި މޭޒުގަނޑެއްގެ މަތީ އަތް ވިއްދައިލައި ނިކަން ޖާނަށް ގަދަކަން ލިބޭހެން ތައްޔާރު ވެލައިފައި؛ ތުންޑާބެ: ''އޭތް! މީކާކު؟ ހަމަ މިހާރު ފައިބައި!'' (ހަޅޭލަވައިގަތް އަޑު ގަދަކަމުން ވަގުކަލޭގެ ދިޔައީ ސިއްސައިގެނެއް ނޫނެވެ. ވިއްސައިގެނެވެ.) ތުންޑާބެ: ''މިރޭ... މައިދަރި ޗޯރު... ހަމަ ދެ ލޯ ކޮނެލާނީ.. ބަލައިބަލަ ފަސްމާވަގު!'' (ވެހިވެހި އޮތް ވާރޭން ބިންގަނޑު ފިނިވެފައިވާ ވަރަށް ވުރެ ބޮޑަށް މި ނުރައްކާތެރި އިންޒާރަށް ވަގުކަލޭގެ ހަށިގަނޑު ފިނިވެއްޖެ އެވެ. ޖެހޭވައިގައި ގަސްގަހުގެ ފަތްތައް ތެޅޭވަރަށްވުރެ ބާރަށް، މެޔާއި ހިތް ތެޅެންފަށައިފި އެވެ.) ތުންޑާބެ: ''މި ބުނީނު ހަމަ ދެ ލޮލޭ ކޮނެލާނީ.'' (ތުންޑާބެ ދެވަނަ ފަހަރަށް ''ގުގުރައިގަތެވެ.'') ވަގުކަލޭގެ: ''އެހެން ނުހައްދަވާ! ބޭބޭ '' (ތުރުތުރު އަޅާ ކެކުޅުންހުރި އަޑަކުން ބުނެލި އެވެ.) ތުންޑާބެ: '' ކޮން އެހެން ނުހައްދަވާކަށް؟... އާދޭ!'' (މި ފަހަރު ވެސް ތުންޑާބޭގެ އަޑަށް ވަގުކަލޭގެ ތަންޑާވާހައިވި އެވެ.) މި މަންޒަރުގައި މިހިރަވާ ގޮތެއް ދޮގެއްތޯ އެވެ؟ ތުންޑާބޭ އަންނާށޭ މި ބުނި ބުނުމަށް އެ ޒުވާނާ ތުންޑާބެ ގާތަށް އަތުވެއްޖެ އެވެ. ފަނޑިޔާރެއްގެ ޙުކުމަށް ހައްދުޖެހެން، ޖޯރުހުރި ރުޅިގަދަ ދޭވާނީއެއްގެ ގާތަށް ގޮސް ހުއްޓުނު ކުށްވެރިޔަކުހެންނެވެ. އަތްފޯރާ ފަށަށް ވަގުކަލޭގެ އައުމާއެކު؛ ތުންޑާބެ: ''ހިނގާ މަށާއެކީ.. އާދޭ!'' (ވަގުކަލޭގެ އަތުގައި ހިފައި ކުއްލިޔެއް ޖަހައި، މިހެން ބުނެފައި ތުންޑާބޭ އޭނާ ގޮވައިގެން ހިނގައިގެންފި އެވެ. ބޯވާރޭ ތެރޭގަ އެވެ.) އެ ދިޔަ ގޮތަށް ގޮސް ގޭތެރެޔަށް ވަގުކަލޭގެ ވައްދައި އެތާ ތަނެއްގައި ބައިންދައިފައި، ގޮވައި ހަޅޭއްލަވައިގެން ނިދައިފައި ތިބި އޭނާގެ ބޮޑެތި ފިރިހެން ދަރިންތައް ހޭލައްވައިފި އެވެ. އެ ކުދިން ނިކުތް އިރު، ކަމަކުދާކަށް ނެތެވެ. މީނީ ބޯޓު ކޮމިޝަނުގައި މަސައްކަތްކުރަން އުޅޭ ޖާނުން ވަރުހުރި ޒުވާނެކެވެ. '' ބައްޕާ! ކިހިނެއްވީ؟'' ތުންޑާބޭގެ ދަރިޔަކު އަހައިލި އެވެ. ''ވީގޮތެއް ބަލާނެ ކަމެއް ނެތް. އިހަށް ބައްޕަ ގެންގޮސް ހިކި އަންދަވައިފައި އަށީގައި ބައިންދައިދީ.. ދެން ސިފައިންގެޔަށް އަންގައިގެން މީނދަ ވަގުޗޯރު ސިފައިންނާ ހަވާލު ކުރޭ! މީ ތިޔަހަރަ ފިހާރައިން ވައްކަންކުރަން އުޅުނު ވަގެއް'' މި ކުދީން ވެސް އަޖައިބު ވެއްޖެ އެވެ. ޒުވާނާ ވެސް ވާނުވާއެއް ނޭނގިފައި ފާޑަކަށް އަނގަ ނަގައިގެން އެބަ އިނދެ އެވެ. ބަލަހައްޓައިގެން އިންދައި، އޭނާ އެމީހަކު ދެކެ ޖެހިލުންވެ ބިރުން ހިތާ ފިތް ވިރުނު، ''ވަރުގަދަ ފަހުލަވާނު'' އެ ގެންދިޔައީ ދެ މީހުން ވެގެން އަތުލަފި ކޮށްގެންނެވެ. މި ވާހަކަ އަޅުގަނޑަށް ކިޔައިދެއްވި ފަރާތުން ބުނުއްވި އެވެ. ތިމަންނަ ތުންޑާބޭ ގާތުގައި އެހީމެވެ. ތުންޑާބޭ އެވަރު މީހަކާ ދިމާކޮށްލަން ބިރެއް ވެސް ނުގަނޭ ހެއްޔެވެ؟ މި ހެން ބުނުމުން، ބަލިއެނދުގައި އޮވެފައި ފުރޮޅިލަމުން، ލާނެތް ގޮތަކަށް އެއްމިޔަކަނުން ހީނލައިފައި ބުންޏެވެ. ''ބިރުގަނެގެން އެއް ވެސް ކަމެއް ނުވާނެ އެވެ. ހަމަ ފިސާރި ތެދެކެވެ. އެ އޮއް ފިނީގައި އެރޭ އެ ފިހާރައިން ފެށިގެން ގެޔާ ހަމަޔަށް މަ ދިޔައީ، އެކަލޭގެ އަތުގައި ހިފަހައްޓައިގަނެގެން އޭނާގެ ބާރުގަ އެވެ.'' ނޯޓު: މި ވާހަކައިގައި ބޭނުން ކޮށްފައިވަނީ ހާދިސާގެ ޝަޚުޞިއްޔަތުގެ އަސްލުމަނެއް ނޫނެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ahmed, 2009-08-03 05:12:47
aan dawudgefaanu jaloothuves qatul kurevvee thaa. majaa ibraiytheri vaahaka eh. eneme hevunu thankolhakee bappaa kihinehveehey ahaaalumun thundaabe dhin javaabu. 'vee gotheh balaane kameh neiy! ihah bappa gengos ashi mathee baindha dhee' hehe.mi kahala zaathuge 'hiy muskulhi' nuvaa muskulhin gina nama ey hithah araa.
...
ލިޔުނީ ސްލީޕިންގ ބިއުޓީ, 2009-08-03 16:25:10
މިއީ ވަރަށް މަޖާ ވާހަކައެއް ހަމައެކަނި މަޖަލަކީވެސް ނޫން ވަރަށް ޢިބްރަތްތެރިވެސް ވާހަކައެއް އެޢިބްރަތްތެރިކަން އިތުރުވަނީ މިވާހަކައިގެ މަތީގައި އެއޮތް މަޒުމޫނު ކިޔާލާފައި މިމަޒުމޫނު ކިޔާލުމުންނެވެ. ފަންވަތުގައި ލިޔުނމްތަށް ތަރުތީބް ކުރާގޮތުގައިވެސް ވަރައްފާހަގަކުރެވޭ ހާއްސަސިފައެއް އެބަހުއްޓެވެ. މީގެކުރިންވެސް މީދަލުގެ ސަބަބުން ވީއުނދަގުލުގެ ފަހަތުގައި އޮތީ މީދާ މަދުކުރާނެ ގޮތެއް ދެއްތޯ ހެހެހެ !11 !!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|