|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
04 ފެބްރުވަރީ 2012، 21:54 ހޮނިހިރު |
ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ1. ފެށުން: ފުރާވަރަކީ ކުޑަކުއްޖެއްގެ އުމުރުފުރާއިން ނެއްޓި ބޮޑު މީހެއްގެ އުމުރުފުރާއަށް ބަދަލުވަމުންދާ ދުވަސްވަރެވެ. އާދެ! 10 އަހަރާއި 19އަހަރާއި ދެމެދުގެ ދުވަސްވަރެވެ. މި އުމުރުފުރާ އަކީ ބޮޑުވަމުން އަންނަ ދަރިފުޅުގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެކެވެ. މި އުމުރުފުރާ ކަޑައްތު ކުރާއިރު ކޮންމެ ކުއްޖެއްގެ ވެސް ޖިސްމާއި ނަފްސަށް އަންނަ ބަދަލުތަކާ ގުޅިގެން ކުއްޖާގެ ވިސްނުމާއި އިހްސާސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
28 ޖުލައި 2011، 00:00 ބުރާސްފަތި |
އާދަމްޝަރީފް، ރޯޒީ، ށ.ފުނަދޫ ކުޑަކުދިން، ޚާއްޞަކޮށް ޢުމުރުން 1 އަހަރާ 4 އަހަރާ ދެމެދުގެ ކުދިންނަށް އެ ކުދިންގެ ހިތުގައި އުފެދޭ އިޙުޞާސްތަކާއި ޝުޢޫރުތައް ފާޅުކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހެއެވެ. އޭގެ ސަބަބުން ރުއިމާއި، ތަކެތި އުކުމާއި، އެހެން ކުދިންނާ ތޮޅުންފަދަ ކަންތައްތައް އިސްކުރެއެވެ. ތުއްތު ކުދިން އެހެން ކުދިންނާ ތޮޅޭނަމަ އެކަން ހުއްޓުވުމަށްޓަކައި ކެތްތެރިކަން ވަރަށްބޮޑަށް ބޭނުންވެއެވެ. ތޮޅުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމާއި އެހެން ކުދިންނާ ނުތޮޅެ ދަރިފުޅުގެ ޝުޢޫރުތައް ފާޅުކުރަން ދަސްކޮށްދޭން ޖެހެއެވެ. - ދަރިފުޅު އެހެން ކުއްޖަކާ ތޮޅޭނަމަ އޭނާގެ އަތް ހިފަހައްޓާށެވެ. ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އެހެން ކުދިންނާ ތޮޅުމަކީ ރަނގަޅުކަމެއް ނޫން ކަމުގެ އިޙުސާސް މި ކަމުގެ ސަބަބުން އުފެދޭނެ އެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
21 ޖުލައި 2011، 14:16 ބުރާސްފަތި |
އަޙުމަދު ރަޝީދު ޢީދު ދުވަހާ ދިމާކޮށް ތިޔަ ކުދިންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ގޭގައި ވެސް ކުކުޅުން ކޮންމެވެސް އެއްޗެއް ހަދާނެއެވެ. މިހާރަކަށް އައިސް، އައިސް ކުކުޅު ކައްކަމުން އަންނަ ނަމަވެސް ކުރިން ކައްކައި އުޅެނީ ދިވެހި ކުކުޅެވެ. ޢީދު ނަމާދުން ފައިބައިގެން ޢީދު ޞަލަވާތް ކިޔަވައި ސައިބޮއި ނިންމުމަށްފަހު ދެން ކުރަންފަށާ ކަމަކީ ކުކުޅު ހިފުމެވެ. މި ޒަމާނަށް އައިއިރު ގިނަ ކުދިންނަށް ދިވެހި ކުކުޅެއް ފެނުމުގެ ނަސީބު ލިބޭނީ ވެސް ވަރަށް މަދުންކަމަށް ބުނުން ދޮގަކަށް ނުވާނެއެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
02 ޖޫން 2011، 20:49 ބުރާސްފަތި |
|
މަޒުމޫނު ލިޔުމުގައި ވިސްނަންޖެހޭ މައިގަނޑު ނުކުތާތައް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 މަޒުމޫނަކީ ކޮބައިތޯއެވެ؟ މަޒުމޫނުގެ މާނައަކީ ކޮބައިތޯއެވެ؟ "މަޒުމޫނު" މި ލަފުޒުގެ މާނައަކީ "މައިގަނޑުނަމެއްގެ މައްޗަށް ލިޔެފައިވާ ބަޔާން" ކަމަށް ދިވެހިބަސްފޮތް (2006) ބަޔާން ކުރެއެވެ. ގިނަ ލިޔުންތެރިން އެއްބަސްވާ ގޮތުގައި މަޒުމޫނަކީ ވަކި މައިގަނޑުނަމެއްގެ މައްޗަށް ބިނާކޮށްގެން އެއްކުރެވިފައިވާ ނުވަތަ އެއްކުރާ ޕެރެގްރާފުތަކެކެވެ. ޕެރެގުރާފަކީ ވަކި މައިގަނޑުނަމެއްގެ މައްޗަށް ލިޔާ، (2 އަށްވުރެ) ގިނަ ޖުމުލަތަކެވެ. ޖުމުލައަކީ މާނައެއް ދޭހަވާގޮތަށް އަތުރައިލެވިފައިވާ ލަފުޒުތަކެކެވެ. އެހެންވީމާ ރަނގަޅު މަޒުމޫނަކީ ރީތި ފެށުމާއި އަޮއްޓަރު ހުރި ބަދަހި މައިގަނޑަކާާއި ޚުލާޞާކޮށްދެނިވި ނިންމުމެއް ގެނެސްފައިވާގޮތަށް
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
29 މެއި 2011، 00:00 އާދީއްތަ |
އިންސާނީ މުޢާމަލާތުގައި މުއާޞަލާތުކުރުމުގެ ތަފާތު އެތައް ގޮތްތަކެއް ވެއެވެ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަރަބި ބަހުގެ އަޞްލުން އައިސް ދިވެހިބަހަށް ވަދެ ދިވެހިވެފައިވާ ދެ ލަފުޒެވެ. "މުއާޞަލާތު" ކުރުމެވެ. "މުޢާމަލާތު" ކުރުމެވެ. މިހާރު ދިވެހި ދެ ލަފުޒެވެ. ދިވެހިބަހުގެ ރަދީފުގައި ހިމެނޭ ދިވެހި ދެ ލަފުޒެވެ. އެހެންކަމުން އެ ލަފުޒު ދިވެހި ބަހަށް އައި ގޮތަކާއި އައި ތަނެއް ބެލުމަކީ އަޅުގަނޑުގެ މިއަދުގެ މައުޟޫއެއް ނޫނެވެ. އަޅުގަނޑު މިއަދު ބަލައިލާނީ މި ދެ ލަފުޒުގެ މާނައާއި ދިވެހިބަހުގައި މި ދެލަފުޒު ބޭނުންކުރާ ގޮތުގެ މައްޗަށެވެ.
ދިވެހިބަހުގެ ރަދީފުގައި ވާ ގޮތުން، މުޢާމަލާތުގެ މާނައަކީ ދުނިޔަވީ ކަންތައްތަކުގައި ދެ ފަރާތެއްގެ ދެމެދުގައި ހިންގާ ގުޅުމެވެ. މިސާލަކަށް ވިޔަފާރި ކުރުން ފަދަ ކަންތައްތަކެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
28 މެއި 2011، 00:00 ހޮނިހިރު |
މުޙައްމަދު ފިރުޒުލް
 ބުނާތީ އަޑުއިވެއެވެ. "ކިޔަވާކުދިންނަކީ ޤައުމުގެ މުސްތަޤްބަލެވެ. މާދަމާ ޤައުމު ހިންގަން ތިބި ލީޑަރުންނެވެ. ޤައުމަށްޓަކައި ފިދާވާންތިބި މުވާޠިނުންނެވެ." ނަމަވެސް ޙާލަތު ދައްކަމުންދާ މަންޒަރުތަކުން ހިތަށް ކުރަނީ ފުން އަސަރުތަކެކެވެ. ވެރިވެގެން ދަނީ ބަޔާންކުރަން ދަތި މޮޅިވެރިކަމެކެވެ. މިއަދުގެ މުޖުތަމަޢުން އިސްވެ މި ދެންނެވި މަތިވެރި މަޤާމުތައް ފުރާދެވިދާނެ ކުދިންތަކެއް ނުފެންނާތީ އެވެ. ޤައުމުގެ ޙައްޤުގައި ފިދާވާން ކެރިދާނެ ކުދިބަޔަކު އުޅޭކަމަށް ޤަބޫލުނުކުރެވޭތީ އެވެ. ޤައުމުގެ ދުވެލި ސީދާ މަގުގައި ކުރިއަށް ގެންދާނެ ޒުވާނުންތަކެއް މާދަމާ ފެނިދާނެކަމަށް ހީނުވާތީ އެވެ. ސަބަބުތައް ނިކަން ގިނަވެފައި ސާފެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
27 މެއި 2011، 00:00 ހުކުރު |
ޙުސައިން ޞަލާޙް
 މިއަދު ރާއްޖޭގެ ހަތަރު ބިތަށް ނަޒަރު ހިންގައިލިޔަސް ފެންނަމުންދަނީ އަޚުލާޤީ އެކި ފެންވަރުގެ މައްސަލަތައް ފުނިޖެހެމުންދާ ތަނެވެ. ޚާއްޞަކޮށް މި ފަދަ މައްސަލަތައް ކުޑަކުދިންގެ މެދުގައި ބޮޑުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ކުޑަކުދިންގެ މެދުގައި މިފަދަ އަޚުލާޤީ، އިޖްތިމާއީ މައްސަލަތައް އަށަގަންނަމުން ދާނަމަ، މާދަމާގެ ޒުވާނުންގެ ގޮތުގައި ޤައުމުގެ ޒިންމާތައް ކޮނޑުގައި އަޅަން އޮތް ޖީލުގެ ޙާލަތާމެދު ކޮންމެހެން ވިސްނައިލާން ޖެހެއެވެ. ފިކުރު ކުރާންޖެހެއެވެ. އެހެންނަމަވެސް ހިތާމަޔަކީ މި ކަންތައްތަކަށް ވިސްނައި ފިކުރުކޮށް ނަޒަރުހިންގައިލުމުން ފެންނަނީ ޤައުމުގެ ޙާލަތު މި ދަނީ
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
25 މެއި 2011، 00:29 ބުދަ |
ވާހަކަދެއްކުމުން މުޢާމަލާތުކުރުމަކީ އިޖްތިމާއީ ކަމަށްވާތީ މިކަމުގައި މިންގަނޑުތަކެއް ކަނޑައެޅިފައިވެއެވެ. ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވާހަކަދެއްކުމަކީ އިޖްތިމާއީ ކަމަކަށްވާތީ ވާހަކަދެއްކުމަކުން ދެމީހެއްގެ ދެމެދުގައި ނުވަތަ ބައެއްގެ މެދުގައި މުވާޞަލާތުކުރެވޭނީ ވަކި ހަމަތަކާއި އުޞޫލުތަކެއްގައި ހިފަހައްޓައިގެންނެވެ. އެހެންނޫނީ އެ ދައްކާ ވާހަކައަކުން، ނުކުތުމަށް އުއްމީދުކުރާ ނަތީޖާ ނުފެނި ހިނގައިދާނެ އެވެ. އަދި ބޭނުން ނުވާ އެހެން ނަތީޖާއެއް ނުކުތުމަކީ ވެސް އެކަށީގެންވާކަމެކެއެވެ. މަޝްހޫރު ބަސްވާރު އެޑްވެޑް ފިނެގެން (1999) ބަޔާންކުރައްވާ ގޮތުގައި ވާހަކަދެއްކުމުގައި، ވާހަކަދައްކާ ފަރާތާއި ވާހަކަދެކެވޭ ފަރާތުން ހިފަހައްޓަންޖެހޭ ހަމަތަކަކާއި އުޞޫލުތަކެއްވެއެވެ. އަދި މި ހަމަތަކަށް ކިޔަނީ "އެއްބާރުލުމުގެ އުޞޫލުތައް" ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
14 މެއި 2011، 01:04 ހޮނިހިރު |
މައިމޫނާ ޙުސައިން - ބ. ތުޅާދޫ ތަޢުލީމީ ނިޒާމު ބައްޓަން ކުރެވިފައިވާ ކޮންމެތަނެއްގެ އެންމެ މުހިއްމު އެއް ވާޖިބަކަށްވާންޖެހޭނީ އެތަނެއްގައި ކިޔަވާކުދިންގެ ކިބައިގައި ރަނގަޅު ތަރުބިއްޔަތެއް އަށަގެންނެވުމެވެ. އަދި މިއީ އެބަޔެއްގެ އެންމެ މުހިއްމު މަޤްޞަދަކަށް ވެސް ވާންޖެހޭނެކަމެކެވެ. އެ ބަޔެއްގެ މާޙައުލުގެ ތެރެއިން ތަރުބިއްޔަތުވެގެން ނިކުންނަ ކޮންމެ ދަރިވަރަކީ މުޖުތަމަޢުގެ ތެރޭގައި ހިނގާ ނުބައި އޮއިވަރުން ސަލާމަތްވުމުގެ މަގު ތަނަވަސްވެ ސިކުޑިއާއި ލޯ ހުޅުވިފައިވާ ހަރުދަނާ ކުދިބަޔަކުކަމުގައި ވާންޖެހޭނެ އެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
07 މެއި 2011، 19:27 ހޮނިހިރު |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
1 - ފެށުންބަހަވީ ޢިލްމުގައި ހިމެނޭ "ބަހާއި މުވާޞަލާތު" ގެ ތެރޭައި ސެމެންޓިކްސް އަކީ ވަރަށް މުހިއްމު މާއްދާއެކެވެ. އެހެންކަމުން މި މަޒުމޫނުގައި ބަލައިލެވިފައިވާނީ ބަހަވީ ޢިލްމު (ލިންގުވިސްޓިކްސް) ގެ ތަފާތު ދާއިރާތަކުގެ ތެރެއިން ސެމެންޓިކްސްގެ މައްޗަށެވެ. މި ގޮތުގެ މަތިން ސެމެންޓިކްސްއަކީ ކޮބައިކަމާއި ޖުމުލައިގައި ހިމެނޭ ސިފަ ބަޔާންކޮށްދޭ މާނައާއި އިޖްތިމާޢީ މާނައާއި ޖަޒުބާތީ މާނަ، ތަފާތު މިސާލު ދައްކައިގެން އޮޅުންފިލުވައިދެވިފައިވާނެއެވެ. އަދި މާނައިގެ ގުޅުމުގެ ތެރޭގައި ހިމެނޭ ހައިޕޮނީމީ އާއި އެންޓޮނީމީ އާއި ސިނަނީމީ އާއި ޕާޓްހޯލް(މުޅިއެތީގެ ބައެއް) ގެ ބައިތައް ވެސް
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
06 މެއި 2011، 20:46 ހުކުރު |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަޅުގަނޑުމެންގެ ސިކުނޑިއަކީ ކޮންޕިޔުޓަރުގެ ހާޑްޑިސްކިޓް ފަދަ އެއްޗެކެވެ. ހުސްކޮށް އޮންނަ އެތައް ބިލިޔަން ނުވަތަ ޓްރިލިޔަން ގިގަބައިޓެއްގެ ހާޑެކެވެ. (ޙަޤީޤަތުގައި ކޮމްޕިޔުޓަރ ހާޑް އުފައްދައިފައިވަނީ ސިކުނޑީގެ މިސާލުން ޚިޔާލު ލިބިގެންނެވެ.) ކޮންމެއަކަސް ކަޮންޕިޔުޓަރަށް "މަޢުލޫމާތު އަޅާ" ފަދައިން އިންސާނާގެ ސިކުނޑިއަށް މަޢުލޫމާތު "އަޅަނީ" އެވެ. އޭނާގެ މާޙައުލުން ލިބޭ މަޢުލޫމާތެވެ. އިވޭ އަޑުތަކުންނެވެ. ފެންނަ ފެނުންތަކުންނެވެ. ކުރެވޭ ތަޖުރިބާތަކުންނެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
03 މެއި 2011، 07:59 އަންގާރަ |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރުސިންޓެކްސްގައި "ގަސްހޫލަ":  "ބަހަކީ އޭގެ ޠަބީޢަތުގައި ވެސް ވަރަށް އޮޅުން ބޮޅުން ބޮޑު އެއްޗެކެވެ. ބަހެއް، އާދެ! ހަމަ އެއްވެސް ބަހެއް، އޮޅުންފިލުވައިދިނުމަކީ ފަސޭހަ، ލުއި މަސައްކަތެއް ނޫނެވެ." {ލިންޑާ ތޯމަސް. (1993)، ބިގިނިން ސިންޓެކްސް، (ޞ.1)}. ބަހެއް ތަޢާރަފުކޮށް އެނަލައިޒްކުރުމަށްޓަކައި ތަފާތު ބައިތަކަކަށް ނުވަތަ ތަފާތު ދާއިރާތަކަކަށް ބަސް ބަހައިލުމަކީ ބޭނުންތެރިކަމެއްކަމުގައި، ލިންޑާ ތޯމަސް(1993) ލަފާދެއްވައިފައިވެއެވެ. މި ދެންނެވި ބައިތަކުގައި ހިމެނެނީ ފޮނޮލޮޖީ އާއި މޯރފޮލޮޖީ އާއި ސިންޓެކްސް އާއި ސެމެންޓިކްސް އާއި ޕްރެގްމެޓިކްސް އެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
29 މާރޗް 2011، 02:35 އަންގާރަ |
އާދަމް ނަޞީރު އިބްރާހީމް (2011)
ސުރުޚީއެއްގެ ގޮތުގައި މަތީގައި އެވާ، ކޮމާކޯޅި އިބާރާތަކީ، އަޅުގަނޑަށް އަޑު އިވިފައިވާ އިބާރާތެކެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު އެވެ. އެއް ދަރިވަރަށްވުރެ ގިނަ ދަރިވަރުންގެ ފަރާތުންނެވެ. ކޮން އިރަކުތޯ އެވެ؟ ރައިވަރާ ބެހޭ ފިލާވަޅު ނަގައިދީ ނިމުމުންނެވެ. ހިތަށް އަރަ އެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
26 މާރޗް 2011، 12:17 ހޮނިހިރު |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، ލ. މާވަށް
 މައުޟޫޢު ބިނާވެފައިވަނީ މުހިއްމު ސުވާލެއްގެ މައްޗަށެވެ. ޢިލްމީ ދިރާސާ އަކީ ކޮބައިހެއްޔެވެ؟ ޢިލްމީ ދިރާސާއަކީ ކޮބައިތޯ ބަލައިލުމުގެ ކުރިން ދިރާސާއަކީ ނުވަތަ ދިރާސާކުރުމަކީ ކޮބައިތޯ ބަލައިލާނަމެވެ. ދިރާސާއަކީ ޢަރަބި ބަހުން އައިސްފައިވާ ލަފުޒެއް ނަމަވެސް އަޅުގަނޑު މި މަޒުމޫނުގައި މި ބަލައިލަނީ ދިވެހި މާނައިގެ މައްޗަށްކަން ހަނދުމަފުޅު ބެހެއްޓުމަށް ދަންނަވަމެވެ. އެއީ، ޢަރަބި ބަހުގައި މި ލަފުޒުގެ މާނަ ތަފާތުވެދާނެތީ އެ ބަހުސްގެ ތެރެއިން ސަލާމަތްވުމަށް ޓަކައެވެ. ދިވެހިބަސްފޮތް2006 ގައި، "ދިރާސާކުރުން" ކަމަށް ބަޔާންކޮށްފައިވަނީ [އެއީ]
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
23 ޖެނުވަރީ 2011، 16:49 އާދީއްތަ |
އާދަމް ޝަރީފް،ރޯޒީ ށ.ފުނަދޫ
ފިރުނބައިދޫ މީހުން ފުނަދޫއަށް ބަދަލުވުމުގެ ވާހަކައާއި އެކު މުޅިރަށް ހަލަބޮލިވެގެން ދިޔައެވެ. އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމާ ޒުވާބު ކުރުމާ މުދަލަށް ގެއްލުނަ ދިނުންފަދަ އެތައްކަމެއް ހިނގަމުން ދިޔައެވެ. ކަންދިމާކުރިގޮތުން އެއަހަރަކީ ( 1995 ) އަޅުގަނޑު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ވަޒީފާއަށް ރަށަށް އައި އަހަރެވެ. ކިޔެވުމަށްޓަކައި އުމުރުން 6 އަހަރުގައި ރަށުން ބޭރުކޮށްލިގޮތަށް ، އެކިތަންތަނުގައި އުޅުމަށްފަހު އެނބުރި އާދެވުނު އަހަރެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
09 ޖެނުވަރީ 2011، 05:01 އާދީއްތަ |
އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު
ދިގު ޗުއްޓީއަކަށް ފަހު އަނެއްކާވެސް ދަރިވަރުންނާ ކުރިމަތިލާން ޖެހުނީ އެވެ. ފާއިތުވެ ދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މުދައްރިސުން މި އަހަރު އަލަށް ކުރަން ރާވާފައިވާ ކިތަންމެ ކަމެއް ހުންނާނެކަން ޔަޤީނެވެ. ކިޔަވައިދިނުމުގައި ގެންގުޅޭނެ އުކުޅުތަކާއި، ކާމިޔާބުކަމާއެކު ފިލާވަޅުތައް ކުރިއަށް ގެންދިއުމުގައި ބޭނުންކުރާނެ އާ ހުނަރުތަކެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
16 ޑިސެމްބަރ 2010، 16:14 ބުރާސްފަތި |
''މި އަދު ގެއަށް ގޮސް މަންމަގެ ދެ އަތްތިލަ ބަލައިލާތި!'' އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ
ތަޢުލީމީގޮތުން މަތީ ފާސްތަކެއް ޙާޞިލްކޮށްގެން ހުރި ޒުވާނަކު ކުންފުންޏެއްގެ މެނޭޖަރު ފެންވަރުގެ ވަޒިފާއަކަށް އެދި ހުށަހެޅި އެވެ. ފުރަތަމަ ބަސްދީ ގަތުމުން އޭނާ ފާސްވި އެވެ. އެހެން ކަމުން ވަޒިފާ ދިނުމާބެހޭ އެންމެ ފަހު ނިންމުން ނިންމުމަށްޓަކައި ކުންފުނީގެ ޑައިރެކްޓަރު އޭނާއާ ބައްދަލު ކުރެއްވި އެވެ. ޒުވާނާގެ ތަޢުލީމީ ފާސްތައް ރަނގަޅުކަމުން އެކަން ފާހަގަ ކުރެއްވުމަށްފަހު ސުވާލު ކުރެއްވި އެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
30 ނޮވެމްބަރ 2010، 12:16 އަންގާރަ |
ޢަބްދުﷲ ނަޢީމު އިބްރާހީމް
ދަރިން ތަރުބިއްޔަތު ކުރުމުގެ މައްސަލަ އަކީ އެއްވެސް ދުވަސްވަރެއްގައި ފަސޭހަ ކަމަކަށް ވެފައި އޮތް ކަމެއް ނޫނެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މަގަށް އެކި ދުވަސްވަރު އެޅިފައި އޮންނަނީ އެކި ހުރަހެވެ. އަދި އެންމެންނަށް ކުރިމަތި ލާން ޖެހޭ މައްސަލަ މުޅީން އެއް ގޮތެއްވެސް ނޫނެވެ.
ތުއްތު ކުދިންގެ ވިސްނުން ތަރައްޤީ ކުރުމަށާއި، އެ ކުދިން އަލަށް ހޭލައިގަންނަ މާޙަވްލު ދަސްކޮށް ދޭން ބޭނުން ކުރަން ޖެހެނީ ހަމައެކަނި ވާހަކައެއް ނޫނެވެ.
|
|
ދިވެހި -
ތަޢުލީމާއި ތަރުބިޔަތު
|
|
25 ނޮވެމްބަރ 2010، 13:30 ބުރާސްފަތި |
''އަހަންނަށް އިނގިރޭސި ދަސްވާނީ ކިހިނެއް ހަދައިގެން ހެއްޔެވެ؟'
ޙުސައިން ޝަރީފް
އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުން އިނގިރޭސި (އިނގިރޭސި ބަސް) ދަސްކުރުމަށް ޝައުޤުވެރި ވެއެވެ. އިނގިރޭސިން ބަސްމޮށެ އުޅުމަކީ ފަޚްރަކަށްވުރެ ބޮޑަށް ލިބޭ ކުރިއެރުމަކަށް ދެކިގެނެވެ. އެގޮތަކީ ހަމަ ކޮންމެ ވަޒީފާއެއް އަދާކުރުމުގައިވެސް އިނގިރޭސި މިހާރު މިވަނީ މުހިއްމު ބަހާއަކަށް ވެފައެވެ. މިގޮތުން ގިނަ ޒުވާނުން ކުރާ ސުވާލެއް އެބައޮތެވެ.
|