މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފުރަ ކީރިތި ޢީދު މީލާދުގެ ތަހުނިޔާ |
|
|
| ދިވެހި - އާދަކާދަ | |||
| 26 ފެބްރުވަރީ 2010، 00:33 ހުކުރު | |||
އަލުން އައު ރަބީޢެއްގެ ދައްކައިފި މޫނު މަލުން ތަން ވެ ވަސް މީރު، މަޑުވެއްޖެ ހޫނު ނަސީމާވެގެން އަންނަ އެކު ހުވަނދު ވަސް، ބަޝީރެއްގެ އިއްވައިފި އަޑުފުޅު ވި ތޫނު ވިދާލައިފި އަބަދަށްޓަކައި ދުނިޔެއަށް، ހިދާޔަތުގެ އައުދާނަ ރައްބީގެ ދީނު ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ، ސައްޔިދިނާ މުޙަންމަދު ޞައްލަﷲ އަލައިހި ވަސައްލަމަ، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް، ބަރަކާތްތެރި ޢީދު މީލާދުގެ ޒިކުރާގެ އުފަލުގައި، ފަންވަތުގެ އެންމެހާ ލިޔުންތެރީންނަށާއި، ކިޔުންތެރީންނަށް، ހެޔޮ އެދުމާއި ތަހުނިޔާ ބަރުތީލަ ކުރަމެވެ.
ނޯޓު: މަތީގައިވާ ޅެންބައިތުތަކަކީ، ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ޖަލާލުއްދީން (ރަޙިމަހުﷲ)ގެ މަޒުމޫނެއްގެ ފެށުމުން ނަކަލު ކޮށްފައިވާ، އެ މަނިކުފާނުގެ ތިން ޅެންބައިތެވެ. - ފަންވަތް -
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |