ފަންވަތް ދިވެހި އާދަކާދަ ބޭރަށްހިންގުމަކީ ސުވަރުގޭގެ މަލެއްބާ؟
ބެލި ޢަދަދު: 2416
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ބޭރަށްހިންގުމަކީ ސުވަރުގޭގެ މަލެއްބާ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - އާދަކާދަ
22 މާރޗް 2010، 01:51 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


އެއީ މިހާރަކަށް އައިސް އެންމެ ގިނައިން މާނަ ހޯދަން މީހުން މަސައްކަތްކުރާ އެއް ނަމެވެ. އެނަން ދެ ގޮތަކަށް ކިޔެ އެވެ. އެއް ގޮތަށް ކިޔާއިރު އެއިން ދޭހަވަނީ ބޭރަށްހިންގުމެވެ. އަނެއް ގޮތަށް ކިޔާއިރު އޭގެ މާނައަކީ ސުވަރުގޭގެ މަލެއް ކަމަށް ބުނެވެ އެވެ. އެއީ ޢަރަބި ނަމެއް ކަމަށް ބުނާ ފުރެއްދެ ވެބްސައިޓުތައް ވެ އެވެ.

ޢަރަބި ބަހުގެ އެންމެ ބޮޑު އެއް ބަސްފޮތް ކަމުގައިވާ ޤާމޫސުލް މުޙީޠުން އެނަން ނުފެނުނެވެ. ޢަރަބި ބަހުން ހަދާފައިވާ އެންމެ ބޮޑު އެއް ނަންފޮތް ކަމުގައިވާ، ލަހާއޮންލައިންގެ ނަންފޮތުން ވެސް އެނަން ނުފެނުނެވެ. މި ދެ މަޞްދަރު ނޫނަސް ޢަރަބި ބަހުން ހަދާފައިވާ ނަންފޮތްތަކާއި ބަސްފޮތްތައް ދިރާސާކުރިއިރު، އެއިން އެއްވެސް އެއްޗަކުން އެނަމެއް ނުފެނުނެވެ. އެނަމަކީތޯ އެވެ؟ އެއީ މިހާރަކަށް އައިސް މާރީތި ނަމެއްކަމަށް ވެފައިވާ "އީޝަލް" އެވެ.

އީޝަލް އަކީ، ފުރެއްދެ ބަހުން ހަދާފައިވާ ނަންސައިޓުތަކުން ފެންނަ ނަމެކެވެ. މިނަން ފުރެއްދެ އަކުރުން ލިޔެފައިވަނީ (Eshal) މިހެންނެވެ. މިލަފުޒުގައިވާ އީ އަކުރާމެދު ތިންގޮތަކަށް ނަޒަރު ހިންގިދާނެ އެވެ. ފުރަތަމަ ގޮތަކީ އެއީ އަލިފެއް ކަމަށް ބެލުމެވެ. ދެވަނަ ގޮތަކީ އެއީ ހަމްޒާއެއް ކަމަށް ބެލުމެވެ. ތިންވަނަ ގޮތަކީ، އެއީ ޢައިނެއް ކަމަށް ބެލުމެވެ. މި ތިންގޮތަކީ ايشل، إيشل، عيشل މިއެވެ. މިއިން ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް، މިނަން ޢަރަބި ބަހުގެ ބަސް ފޮތަކުން ނުފެނުނެވެ.

ނަމަވެސް އީޝަލް (Eshal) އެހެން ގޮތަކަށް ލިޔެފިނަމަ، އެއިން މާނައެއް ދޭހަވާނެ ފުރުޞަތު އެބައޮތެވެ. އެގޮތަކީ، އެސް އަކުރާއި އެޗް އަކުރު ވަކިކޮށް (Es-hal) މިގޮތަށް ލިޔުމެވެ. މިހެން ލިޔެފިނަމަ، "އިސްހާލް" މިހެން ކިޔިދާނެ އެވެ. އިސްހާލް ގެ މާނައަކީ ބޭރަށްހިންގުމެވެ.

އީޝަލްގެ މާނަ ބުނެދޭ ފުރެއްދެ ވެބްސައިޓެއްގައި ވެއެވެ.

The name Eshal is a baby girl name. The baby name Eshal originated as an Muslim name. In Muslim the name Eshal means- flower in heaven

އީޝަލްއަކީ ސުވަރުގޭގައިވާ މަލެއްކަމަށް ފުރެއްދެ ވެބްސައިޓްތަކުގައިވެ އެވެ. އިސްލާމީ ނުވަތަ ޢަރަބި މަޞްދަރަކުން އެއީ ތެދެއްކަން ސާބިތެއް ނުކުރެވުނެވެ. ނަމަވެސް ބިދޭސީންގެ ތެރޭގައި އީޝަލް ކިޔާ މީހުން އުޅޭކަމާއި އިސްރާއީލުގައި ޔަހޫދީން ވަޒަންވެރިކުރުވަން ގެދޮރު އެޅި ސަރަޙައްދަކަށް އެނަން ކިޔާފައިވާކަން ފާހަގަކުރެވުނެވެ.


މަޞްދަރުތައް:
ޤާމޫސުލް މުޙީޠު.
ލަހާއޮންލައިން.
ތައުރާތާއި އެފޮތުގެ ތަފުސީރު.
ފަލަޞްޠީނުގެ ޗާޓު.
http://www.baby-names-and-stuff.com


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ސަޕޫ, 2010-03-25 17:04:10
ވަރަށް އެހެން ކަހަލ ވާހަކައެއްތީ...
...
ލިޔުނީ kulunu, 2010-03-27 09:52:28
އަޅުގަނޑުގެ ދެބެންގެ ދެދަރި ދައްތައެއްގެ ދަރިއަކަށް ދާދިފަހުން ތިޔަ ނަން ކިޔައިފިއެވެ. އަޑުއަހާލަން ރީތި ނަމެކެވެ.އެކަމަކު މިމަޢުލޫމާތު ކިޔާފައި ނަމާދޭތެރޭ ވިސްނަންޖެހިއްޖެއެވެ.
...
ލިޔުނީ މުޙަންމަދު, 2010-03-27 13:21:55
ބޭރަށްހިންގުމަކީ ސުވަރުގޭގެ މަލެއްބާ؟... ސުވަރުގޭގެ މަލަކީ ބޭރަށް ހިންގުމެއްބާ...
މާފު ކުރައްވާށެވެ. މިލިޔުމުގެ ސުރުޚީ އަޅުގަނޑަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔަ އެވެ. އޭގެ ޒާތުގައި އެ ގޯސްވެގެންނެއް ނޫނެވެ. ސުވަރުގޭގެ ނަން ގަނެވިފައި ދެން އޮތް އިބާރާތް އެޔާ ގުޅުވާލާފައި އޮތީމައެވެ.
...
ލިޔުނީ Hi! its me......., 2010-05-19 18:13:42
name is not gud in this writing

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2416
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone