ފަންވަތް ދިވެހި އާދަކާދަ ކުށުން އެއްކިބާކުރުން
ބެލި ޢަދަދު: 333
ކުށުން އެއްކިބާކުރުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - އާދަކާދަ
21 ޖޫން 2010، 23:35 ހޯމަ

ޢަބްދުﷲ ފާރޫޤު ޙަސަން

    މުފައްކިރެއްގެ ބަސްފުޅެއްގައިވެއެވެ.

It is not the severity of punishment that acts as deterrent. It is its inevitability

    އިންސާނާ ކުށްކުރުން ހުއްޓުވަނީ، އަދަބުގެ ހަރުކަށިކަމެއް ނޫނެވެ. އޭނާ ކުށުން އެއްކިބާކުރުވުމުގެ ސަބަބަކަށްވަނީ، އަދަބު ނުލިބި ނުދާނެކަމުގެ ކަށަވަރުކަމެވެ.

    މި ޖުމްލައަކީ ޙަޤީޤަތާ ވަރަށް އެއްގޮތް ޖުމްލައެކެވެ. ޙަޤީޤަތުގައިވެސް އިންސާނާއަކީ ވަރަށް ހަރުކަށި، ނުކިޔަމަންތެރި މީހެކެވެ. އެހެންކަމުން، ހަމައެކަނި އަދަބު ލިބުމުގެ އެކަށޭނަކަން އޮތުމަކީ އޭނާ ކުށުން އެއްކިބާކުރުވުމަށްޓަކައި ފުދޭހާ ބާރުހުރި ސަބަބެއް ނޫނެވެ. އާދަމުގެ ދަރިޔަކު ކުށަށް އަރައިގަތަނުދީ ހުއްޓުވޭނީ، ކުށެއް ކޮށްފިނަމަ، އޭގެ ނަތީޖާއިން އެއްގޮތަކަށްވެސް އޭނާއަށް ސަލާމަތް ނުވެވޭނެކަން ޔަގީންކޮށްދެވިގެންނެވެ.

    މިސާލެއްގެ ގޮތުން މީހަކު އެއްވެސް ހަތިޔާރަކާނުލައި ޖަންގައްޔަކަށް ހިނގައްޖެއެވެ. ޖަންގަލީގެ ތެރެއިން އޭނާއަށް ފެނުނީ، އޭނާއާ ވަރަށް ކައިރީގައިހުރި ގަސްތަކެއްގެ ތެރޭގައި ސިންގާއެއް އޮއްވައެވެ. ދިރިއޮތް ސިންގާއެކެވެ. އެވަގުތު އޭނާ ނޭވާ ހިފަހައްޓައިލާނެއެވެ. ފިޔަވަޅެއްގެ އަޑުވެސް ނުއިވޭހައި މަޑުމަޑުން ހިނގައިފައި ސިންގާއާ ދުރަށް ހިނގައިދާނެއެވެ. ހަތިޔާރެއްނެތި ހުރި އެއްވެސް މީހެއް، ޖަންގައްޔެއްގެ ތެރޭގައި ވީއްލިފައިއޮތް ސިންގާއަކާ ތޮޅެ، އެސޮރު ރުޅިއަރުވައެއް ނުލާނެއެވެ. ނަމަވެސް، ހަމަ އެ އިންސާނާ އިންސާނީ އަވަށަކަށް އަރައިފިނަމަ، އެހެނިހެން އިންސާނުންނަށް މައްލަވަކޮށް ޖެއްސުންކޮށް ހަދައިފާނެއެވެ.

    މި ތަފާތުގެ ސަބަބަކީ ކޮބައިތޯއެވެ؟ އޭގެ ސަބަބަކީ، އޭނާ ޖަންގަލީގެ ސިންގާއާ ތޮޅެފިނަމަ، އޭގެ ބިރުވެރި ނަތީޖާއިން ސަލާމަތް ނުވެވޭނެކަން އޭނާއަށް ކަށަވަރުވުމެވެ. އެއާ ޚިލާފަށް، ތިމާފަދަ އިންސާނަކާ ތޮޅުނުކަމުގައިވިޔަސް، އެފަދަ ނުރައްކަލެއް ނެތުމެވެ. ކޮންމެވެސް ތަދުބީރަކުން ތިމާއަށް ސަލާމަތްވެގަނެވިދާނެ ކަމުގެ އިތުބާރު އޮތުމެވެ.

    އިންސާނާގެ މި ނަފްސިއްޔާތު އަންގައިދެނީ، އޭނާ ކުށަށް އަރައިގަތަނުދީ ހުއްޓުވާނެ ތަދުބީރަކަށް އޮތީ އެންމެ ތަދުބީރެއްކަމެވެ. އެއީ އޭނާގެ މައްޗަށް ބައްލަވައިވޮޑިގެންވާ ކަލަކު ވޮޑިގެންވާކަމުގެ ޔަގީންކަން އޭނާގެ ހިތުގައި އުފައްދައިދިނުމެވެ. އެކަލާނގެ ތާއަބަދު އޭނާގެ މައްޗަށް ބައްލަވައިވޮޑިގެންވާކަމާއި، އެކަލާނގެ ކޯފާއިން އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެކަން، އޭނާގެ ހިތުގައި ކަށަވަރު ކުރުވުމެވެ. އަދަބު ލިބޭނެކަމުގެ އެ ކަށަވަރުކަމެއް އިންސާނީ ޤާނޫނަކު ނެތެވެ. އެހެންކަމުން، އިންސާނީ ޤާނޫނަކީ ކުށުން އެއްކިބާކުރުވުމުގެ ޔަގީންކަން ލިބިފައިވާ އެއްޗަކަށެއް ނުވެއެވެ. މިއާ ޚިލާފަށް، އިލާހީ ޤާނޫނު ކުށަށް އަދަބުލިބުން ލާޒިމުކުރެއެވެ. އެހެންކަމުން، އިންސާނާ ކުށުން އެއްކިބާވެހުރުން މަޖުބޫރު ކުރުވުމުގެ ބާރު އެކުލެވިފައިވަނީ ހަމައެކަނި އިލާހީ ޤާނޫނުގައެވެ.

    މިޒަމާނުގައިވަނީ ކުށުގެ މައިގަނޑު ނަމާމެދު ވަރަށް ފުންކޮށް ދިރާސާ ކުރެވިފައެވެ. އެ ދިރާސާތަކުން ހާމަވެގެންދިޔަ ޙަޤީޤަތްތައް، އިސްލާމީ ނަޒަރިއްޔާގެ ފުރިހަމަކަން ވަރަށް ޞަރީޙަ ގޮތެއްގައި ކަށަވަރު ކޮށްދެއެވެ.

    އިޓަލީގެ ޑޮކްޓަރ ލުމްބުރޫސޯ (Cesare Lombroso) ނަވާރަވަނަ ސައްތައިގައި ބައެއް މީހުންގެ ބޮލުގެ މިންތައް ނެންގެވިއެވެ. އެއަށްފަހު އޭނާ ދަޢުވާ ކުރެއްވިއެވެ. [ކުށްނުކުރާ މީހުނަށްވުރެ ކުށްކުރާ މީހުންގެ ސިކުނޑީގެ ސައިޒް ކުޑައެވެ.] އެހެން އިބާރަތަކުން ދަންނަވާނަމަ، އޭނާގެ ދަޢުވާއަކީ، ކުށްވެރިންނަށް ވަނީ ކުށްވެރިންގެ ގޮތުގައި ދުނިޔެއަށް އަންނަ މީހުންނެވެ. ނަމަވެސް މިޒަމާނުގެ ދުނިޔެވަނީ އެ ނަޒަރިއްޔާ ގަބޫލުނުކޮށް ރައްދުކޮށްފައެވެ. މިޒަމާނުގައި ގަބޫލު ކުރެވިފައިވާ ގޮތުގައި، މީހަކު ކުށްވެރިޔަކަށް ހަދަނީ ފިޠުރަތެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާގެ ތަރުބިޔަތެވެ.

Nurture, not nature, is responsible for criminal bahaviour.

    ދާދި މިދާކަށްދުވަހު އެމެރިކާގައިވަނީ މި މައިގަނޑު ނަމުގެ މައްޗަށް ފޮތެއް ޝާއިޢު ކޮށްފައެވެ. އެ ފޮތުގެ ނަމަކީ، [ކުށާއި އިންސާނީ ޠަބީޢަތު] އެވެ.

    Crime and Human Nature
    By Prof. James Q. Wilson and Prof. Richard Herrnistein
    Published by Simon and Schuster, New York

    އެ ފޮތުގައި، ކުށާއި ކުށްވެރިން މުޠާލިޢާ ކުރަމުން ލިޔެފައިވާ ވާހަކަތަކުގެ ތެރޭގައިވެއެވެ. ކުށްވެރިން ކަމުގައިވަނީ، ކުއްލި ބޭނުންތައް ކުރިމަތީގައި ބާއްވައިގެންއުޅޭ މީހުންނެވެ. އެބައިމީހުންގެ އެ ވިސްނުމުގެ ސަބަބުން، މުސްތަޤްބަލާމެދު ވިސްނުމާއި، ކަންކަމާމެދު ދުރާލައި ރޭވުންތައް ރާވައި ހެދުމަކީ އެބައިމީހުންނަށް އުނދަގޫ ކަމަކަށްވެއެވެ.

Criminals tend to be now-oriented personalities, which make planning or even thinking about the future difficult.

    ކުށުގެ މި ނަފްސިއްޔާތާމެދު ވިސްނައިވަޑައިގެންފިނަމަ އެނގިވަޑައިގަންނަވާނީ، އިސްލާމްދީނަކީ ޙަޤީޤަތާ މުޅިން އެއްގޮތް ނަޒަރިއްޔާއެއް ކަމެވެ. އިސްލާމްދީނާ ނިސްބަތްކުރާއިރު، ޒަމާނީ ތަހުޒީބުގެ ނަޒަރިއްޔާއަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ނަޒަރިއްޔާއެއް ކަމެވެ. އިސްލާމްދީން އިންސާނާގެ ކިބައިގައި އުފައްދަނީ، އާޚިރަތް ދުވަހަށް ސަމާލުކަން ދިނުމުގެ ވިސްނުމެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އިސްލާމީ ވިސްނުމުގައި ހުރިހައި ސަމާލުކަމެއް ހުއްޓިފައިވަނީ، [ފަހުން] ގެ މައްޗަށެވެ. ޒަމާނީ ތަހުޒީބުގެ ހުރިހައި ސަމާލުކަމެއް ހުއްޓިފައިވަނީ [މިހާރު] ގެ މައްޗަށެވެ. މިގޮތުން ބަލާއިރު، އިސްލާމީ ފިކުރަކީ ކުށްކުރުމުގެ ނަފްސިއްޔާތު މުލުން ލުހެލާ އެއްޗެކެވެ. އަނެއްކޮޅުން ޒަމާނީ ތަހުޒީބުގެ މާއްދީ ވިސްނުމަކީ، ކުށްކުރުމުގެ ނަފްސިއްޔާތު އާލާކޮށް ދިރުވާ އެއްޗެކެވެ.

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 64 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 74
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 40
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 21
މުޙަންމަދު ޝާހިދު ޙަލީމް: 20
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1416582
free counters
ބެލި ޢަދަދު: 333