މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފަންވަތުގެ ލިޔުންތެރިން ތަޢާރުފުކުރުން |
|
|
| ދިވެހި - އާދަކާދަ | |||
| 29 ޖޫން 2010، 14:32 އަންގާރަ | |||
ފަންވަތުގެ ލިޔުންތެރިން ތަޢާރުފުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން އެބަދެ އެވެ.މިކަމުގައި ބައިވެރިވެވަޑައިގެންނެވުމުގެ ދޮރު ވަނީ ފަންވަތުގެ އެންމެހައި ލިޔުންތެރިންނަށް ހުޅުވާލާފަ އެވެ. ލިޔުންތެރިޔަކާ ބެހޭ ގޮތުން އަޅުގަނޑުމެން ތައްޔާރުކުރާ ތަކެތީގައި ހިމަނާނީ ލިޔުންތެރިޔާ ދެއްވާ މަޢުލޫމާތެވެ. (ނަމަ ވެސް މިހާތަނަށް އަޅުގަނޑުމެންނާ ވަކިވެވަޑައިގެން ދެމި އޮތުމުގެ ގޮވައްޗަށް ދަތުރު ކުރައްވާފައިވާ ފަރާތްޕުޅުތަކާ ބެހޭ ތަޢާރުފު ތައްޔާރު ކުރާނީ އިތުބާރު ހުރި މަޞްދަރުތަކުގެ މައްޗަށް ބިނާކޮށް ފަންވަތުންނެވެ.) ލިޔުންތެރިން ތަޢާރުފުކުރުމަށްޓަކައި އަޅުގަނޑުމެން ތައްޔާރުކުރާ ތަކެތި، ފޮތް މައުރަޒުފަދަ ތަންތަނުގައި ވެސް ޢާއްމުކުރެވޭނެ އެވެ. ލިޔުންތެރިން އަޅުގަނޑުމެންނަށް ފޮނުއްވާ މަޢުލޫމާތުގައި އަންނަނިވި ބައިތައް ހިމަނުއްވައިދެއްވުން އެދެމު އެވެ. 1. ފުރިހަމަ ނަން 2. ފޮޓޯއެއް 3. މިހާތަނަށް ކުރައްވާފައިވާ މުހިންމު މަސައްކަތްޕުޅުތައް 4. ޙާޞިލުކުރައްވާފައިވާ ކާމިޔާބީ އާއި އިނާމުތައް 5. މިހާރު އަދާކުރައްވާ ވަޒީފާ ނުވަތަ ކުރައްވާ މަސައްކަތް މީގެ އިތުރުން، މިހާތަނަށް ފޯނު ނަންބަރު ދެއްވާފައިނުވާ ލިޔުންތެރިން، ފޯނު ނަންބަރު ދެއްވުމަށް ވެސް ދަންނަވަމު އެވެ. މި މަޢުލޫމާތު ފޮނުއްވާނީ This e-mail address is being protected from spambots. You need JavaScript enabled to view it އަށެވެ. ތިރީގައި މިވަނީ އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާއާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ ސްލައިޑްޝޯއެއްގައި ހިމެނޭ ސްލައިޑެކެވެ. ![]() މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ކިޔުންތެރިއެއް, 2010-06-29 08:54:15
ތިއީ ވަރަށްރަނގަޅު ކަމެއްކަމަށް ގަބޫލުކުރަމެވެ.. ލިޔުންތެރިން ނަކީ ކޮންބަޔެއްކަން އެނގުން މުހިންމެވެ
...
ލިޔުނީ މުޙައްމަދު ނަސީމް, 2010-07-01 05:55:12
1. ފަންވަތުގައި ލިޔުންޝާއިޢު ކުރައްވަން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް އެ ފުރުޞަތު އެބައޮތްތޯ؟
2. ނޫނީ ފަންވަތުގައި ޝާއިޢުކުރެވެނީ/ކުރަނީ ވަކި ފަރާތްތަކަކުން ހުށަހަޅާ ލިޔުންތޯ؟ 3. ފަންވަތުގައި ކޮންމެ މީހަކަށްވެސް ލިޔުން ޝާއިޢުކުރެވޭނަމަ: * - ލިޔުންތަކުގައި ހުންނަންޖެހޭ ޝަރުތު ތަކަކީ ކޮބާތޯ؟ * - މިންގަޑުތަކެއް ގެންގުޅެންތޯ؟ މި ސުވާލުތަކުގެ ޖަވާބު ވަރަށް އަވަހަށް ބޭނުން. ޝުކުރިއްޔާ ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|