ފަންވަތް ދިވެހި އާދަކާދަ ފައިސާ ... ފައިސާ ... ފައިސާ
ބެލި ޢަދަދު: 1135
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ފައިސާ ... ފައިސާ ... ފައިސާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - އާދަކާދަ
26 ޑިސެމްބަރ 2010، 05:21 އާދީއްތަ

ފައިސާއާ މެދު ތިބާ ދެކެނީ ކިހިނެއް ހެއްޔެވެ؟


ތަރުޖަމާ: އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު


މިއީ "ފައިސާ" އާ ބެހޭގޮތުން އެކިއެކި މީސްމީހުން ބުނެފައިވާ ބައެއް ބުނުންތަކުގެ އަވަސް ތަރުޖަމާއެކެވެ. މީގެ އެއް ބޭނުމަކީ ފައިސާއާ މެދު ތިބާ މިހާރު ދެކޭގޮތް އަމިއްލައަށް ވަޒަންކޮށްލުމެވެ. ބައެއް ބުނުންތައް ރަނގަޅަށް ފަހުމުވުމަށްޓަކައި ދެތިން ފަހަރަކު ކިޔާލަން ޖެހިދާނެ އެވެ.


1.    ފައިސާ އަކީ ތިބާއަށް ލިބޭ ދަރަންޏެކެވެ. ތިބާ ދުނިޔެއަށް އަންނަނީ އެއްވެސް ފައިސާއަކާ ނުލަ އެވެ. އަދި ތިބާ ދުނިޔެއިން ވަކިވެގެންދަނީ ވެސް އެއްވެސް ފައިސާއަކާ ނުލަ އެވެ. (ވިލިއަމް ކްރެޕޯ ޑްރަންޓް)

2.    ފައިސާއަކަށް ރަޙުމަތްތެރިކަމެއް ނުގަނެވޭނެ އެވެ. އެހެނެއްކަމަކު އެއީ ގިނަ ޢަދާވާތްތެރީންތަކެއް ލިބުމުގެ މަގެކެވެ. (ސްޕައިކް މިލިގަން)

3.    ފައިސާ ދެކެ ލޯބިވުމަކީ ހުރިހާ ނުބައިކަމެއްގެ އަސްލެވެ. (ޓިމޮތީ)

4.    ތިބާގެ އަތުގައި އެއްވެސް ފައިސާއެއް ނެތުމުން ކުރިމަތިވާ މައްސަލައަކީ ކާނާ އެވެ. ފައިސާ ލިބުމުން ދެން ބޭނުންވަނީ ޖިސްމާނީ އަރާމަށެވެ. މި ދޭތި ލިބުމުން ދެން ބޭނުންވަނީ ދުޅަހެޔޮ ޞިއްޙަތެކެވެ. މި ހުރިހާ އެއްޗެއް ފުރިހަމަވުމުން ތިބާ "މަރަށް" ބިރުގަނެ އެވެ. (ޖޭ.ޕީ. ޑޮންލީވީ)

5.    ވަގުތަކީ ފައިސާއެވެ. (ބެންޖަމިން ފްރޭންކްލިން)

6.    މުއްސަންޖަނީ، ފައިސާތަކެއް ލިބިފައިވާ ފަޤީރަކު ކަމުގައިނޫނީ ނުވެ އެވެ. (ޑަބްލިޔު.ސީ ފީލްޑްސް)

7.    ފައިސާއާނުލައި، ތިބާއީ ޒުވާނަކު ކަމުގައި ވެވިދާނެ އެވެ. އެހެންނަމަވެސް އެއާއިނުލައި ތިބާ މުސްކުޅިއެއް ނުވާނެ އެވެ. (ޓެނެސީ ވިލިއަމްސް)

8.    ފައިސާ އަހަރެންނަށް "ލޯބި" ގަނެއެއް ނުދެ އެވެ. (ޕައުލް މެކްކާތްނީ)

9.    ފައިސާއިން ހުރިހާ ކަމެއް ކުރެވިދާނެކަމަށް ދެކޭ މީހާ ކޮންމެ ކަމެއްވެސް ކުރާނީ "ފައިސާއަށް" ކަމަށް ޝައްކު ކުރެވިދާނެ އެވެ. (ބެންޖަމިން ފްރޭންކްލިން)

10.     މުއްސަންޖަކީ ކާކުހެއްޔެވެ؟ (އަމިއްލައަށް) ފުދިގެން އުޅޭ މީހާ އެވެ. (އަމިއްލައަށް) ފުދިގެން އުޅެނީ ކާކުހެއްޔެވެ؟ އެކަކު ވެސް ނެތެވެ. (ބެންޖަމިން ފްރޭންކްލިން)

11.    ކޮންމެ މަހަކުވެސް ފައިސާކޮޅެއް ރައްކާކުރާށެވެ. އަހަރު ނިމުމުން ބަލައިލާއިރު، ތިބާގެ އަތުގައި ހުރި ފައިސާގެ މަދުކަމާމެދު ޙައިރާންވާނެ އެވެ. (އާނެސްޓް ހާސްކިންސް)

12.    ހޭދަކުރުމުގެ އަގު ވަޒަން ކުރަން ބޭނުންނަމަ ފަޤީރަކަށްވާށެވެ. (ޖޯޖު އެލިއޮޓް)

13.    އުފާވެރިކަން ގެނެސްދެނީ ކޮން އެއްޗެއްކަން ބުނެދޭން އުނދަގުލެވެ. (ހަމަކަށަވަރުން) އުފާވެރިކަން ގެނެސްދިނުމުގައި މުދަލާއި ފައިސާ ވަނީ ފޭލް ވެފަ އެވެ. (ކިން ހަބަރޑް)

14.    ތިބާއަށް ފައިސާ ނުލިބެނީސް (އެ ފައިސާ) ހޭދަނުކުރާށެވެ. (ތޯމަސް ޖެފަސަން)

15.    ފައިސާއަކީ ހުރިހާ މައްސަލައެއްގެ ޙައްލުކަމުގައި ދެކެފިނަމަ، ފައިސާއަކީ އޭގެ ޒާތުގައި މައްސަލައަކަށް ވެދެ އެވެ. (ރިޗަރޑް ނީދަމް)
----------------
(ނިމުނީ)

މި ލިޔުން؛

     ފޮނުވުން:   އަލްފާޟިލް އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން: ''         ''

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ މަޙްފޫޒް, 2010-12-26 11:23:30
ފުދޭ ވަރަށް ފައިސާ ނެތިއްޖެނަމަ ދުނިޔެވީ ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވާނެ. ފުދޭ ވަރަށް ވުރެ އިތުރަށް ފައިސާ ލިބިއްޖެނަމަވެސް އެތައް މައްސަލައަކާ ކުރިމަތިލާންޖެހޭ. ދޮގެއްތޯ؟
...
ލިޔުނީ އަބަންބަދީ, 2010-12-30 15:27:11
ހަނދާންވާގޮތުން ބޮޑުފެންވަޅުގޭ ސީދީ ބަންޖެއްގެ ސިފައިގައި ހައްދަވާފައިވާ އަރަތެއް އޮވޭ. އެ އަރަތުގެ ޖަވާބަކީ ފައިސާފޮތި. އަޅުގަނޑު އެ ޅެމެއް ހަނދާނެއް ނެތް. އެކަމަކު އޭގައި ހުންނަނީ އަންނަނަވި މޭރުމަކުން:
އަލިއަލި އެއްޗެއް ވަށްވަށް އެއްޗެއް. ބާވަ އެއީ ދެން ކޮންއެއްޗެއް؟
މި ފަދަ ބަނދިތައް މިހާރަކަށް އައިސް މަޝްހޫރުވެގެން މިއުޅޭ ރެޕް ރާގު ތަކަށް ޔޯވެގެން އުޅޭ ކުދިންނަށްވެސް ކިޔައިލެވިދާނެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1135
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone