ފަންވަތް ދިވެހި އާދަކާދަ ދިވެހި ރާއްޖޭގެ އަޖައިބުތައް
ބެލި ޢަދަދު: 2102
ދިވެހި ރާއްޖޭގެ އަޖައިބުތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - އާދަކާދަ
15 ޖެނުވަރީ 2009، 20:04 ބުރާސްފަތި


ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން (1933)

ދިވެހި ރާއްޖެއަށްވުރެ ގިނަ ފިރީނާއި އިން އެކި އެކި އަންހެނުން ތިބި ހަމަ އެއްވެސް ތަނެއް މި ދުނިޔޭގައި އޮތްކަމެއް ނޭނގެއެވެ. ހޯދައިބަލައިފީވިއްޔާއި ސާޅީހަކަށް ފިރީނާއި އިން އެކިއެކި އަންހެނުން ހީވަނީ ފެނިދާނޭ ހެނޭ މިއަކީ ވެސް ކުޑަ އަޖައިބެއް ނޫނެވެ. މީ ހުސް އިސްލާމުން ތިބޭ ރާއްޖެއެކޭ މިއަކީ ނާގަބާޑިއެއް އަންޒަމާނެއް ނޫނެވެ.  އިސްލާމްވެރިކަމެއް ހިނގާ ރަނގަޅުތަނެކެވެ. އެކަމަކު މިބުނި އަޖައިބުގެ މައްޗަށް ބަލާއިރު، އެ އަކީ، ހުސް އަންހެނުންގެ ކިބައިގައި  ހުރިކަމެއް ނޫނެވެ. ދެބައި މީހުން ހަމަ އެއްވެގެން އުޅޭ ގޮތަކީޔޭ.


މިއީ ދެރަ ހުތުރު ގޮތެކޭ މީހަކު ބުންޏަށް އެހޭކަށްވެސް ނޯވެއެވެ. އެއީ މިބަސް ބުނާން އަނގަހުޅުވައިލާއިރަށް ކަލެޔޯޔޭ ބުނެފީވިއްޔާ ވާނީ އަނގަކައިލައިފައި ހިންދިރުވައިލާން ވިއްޔާޔޭ، އެހެންނާ މާފިލާފުށީ މާމުދިންކަލޭގެ ފާނުންގެ ކިބައިން ރިވާވެގެންވެސްވެޔޭ ތިމަންގެ އެއްބަނޑު އެއްބަފައި އައިސާފުޅުގެ އުމުރުން އެގާރަ އަހަރުގައި އައިސް މާލޭގެ ބޮޑެއްގެ ގެޔަށް ފައިބައްޖެ އެވެ.  އޭނާގެ އުމުރުން ސައުދަ އަހަރުގައި އަހުރެން މާލެއައި ދަތުރަކު އެގޭގެ ވެރި ކާސިންކަލޭފާނުން ބުނުއްވައިފިޔޭ..  ކަލޭގެ ކޮއިގެ ވަލީއާ މަށާ ހަވާލުކޮށްފައިދާށޭ. އޭނާ ހީވަނީ މީހަކާއި އިންނާންވެއްޖެހެންނޭ..

ދެން އެބުނުއްވިފަދައިން އެކަން ކޮށްފައި ރަށަށް ހިނގައްޖައީމޭ.. ދެން މާލެ އާދެވުނީ ދޮޅު އަހަރުފަހުންނޭ.. އައިސް އައިސާފުޅުގެ ޚަބަރުބެލީމާ އެނގުނީ އެވެނިމީހަކާ އިނދެގެން މިވެނި ގެޔެއްގައި އުޅޭކަމަށެވެ. ދެން އެގޭ ދޮށަށް ގޮސް ބެލިއިރު ތެދެއްމެޔޭ. އައިސާފުޅު އެބައުޅެއެވެ.  ހަޔެއްކަމަސްވީ ފިރިހެން ކުއްޖަކުވެސް ގެންގުޅެޔޭ އަދި ބަނޑުވެސް ބޮޑުމެޔޭ.. ދެން އަހަރެން އެގޭގައި އިންދައި އިނދެގެންއުޅޭ މީހާވެސް އަތުވެއްޖެއެވެ. އައިސް އުޅުނު އުޅުމުގެ ތެރޭގައި އައިސާފުޅު ބުނެފިއޔޭ.. ކަލޭ މިކުއްޖާޔަށް ތިޔަހެން ތިޔަ ހަދަނީ މީ ކަލޭގެ ކުއްޖެއްނޫންވެތާޔޭ... މިސާހިތަކު ކަލޭގެ ކުއްޖެއްވެސް ހުރެދާނެޔޭ.. އޭރުން މަވެސް ހަދާނީ ހިތުހުރި ގޮތެކޭ.. އަހުރެން އަހައިފީމޭ، މީ އަނެއްކާ ކާކުގެ ކުއްޖެއްހޭ. އައިސާފުޅު ބުނެފިޔޭ. މިއީ އިހަށް އިނދެގެން އުޅުނު ކާސިމުގެ ކުއްޖެކޭ.. ދެން މި ދަތުރު ރަށަށް ގޮސްފައި އާދެވުނީ ވެސް ދޮޅު އަހަރު ފަހުންނޭ.. އައިއިރު އައިސާފުޅު އިނީ އަނެއްކާ އެހެން މީހަކާއި އިނދެގެން އެހެން ގެޔެއްގައެވެ. ކަންތައް  ހުރީ އިހަށް ފަހަރު ހެންނޭ. މި ގޮތަށް ކޮންމެ ދޮޅު އަހަރަކުން ދަތުރަކު އައިސް ދިހަ ދަތުރު ވީއިރު، އައިސާފުޅުގެ ނުވަކުދީން ތިއްބެވެ. ނަސީބަކުން އެއްބަފަޔެއްގެ ދެކުއްޖަކު ނެތެވެ.

މި ފަހަރު ރަށަށް ގޮސް ހުއްޓައި އައިސާފުޅު ވިހާން އުޅެފައި މަރުވީވާހަކަ އިވިއްޖެޔޭ. ދެން މާލެ އައިސް އައިސާފުޅުގެ ކުދީންކޮޅު ހޯދޭތޯ އުޅެގެން ފެނުނީ އެނެްމެ ދޮށީ ކުއްޖާޔެވެ. ކޮއްކޮޮމެން ކޮބައިހޭ އަހައިގެން ބުނާކަށެއް ނޭނގުނެވެ. އެއްބައިކުދިން ވަކަރުގޭގައި އުޅޭވާހަކަ  ބުންޏޭ. ދެން ކޮންމެއަކަސް އެކުދީންނަކު ހޯދާކަށެއް ނޭނގުނޭ، ދެން ގަދަކަމުން ކަހަލަ ގޮތަކަށް މިކުއްޖާ ރަށަށް ގެންގޮސްގެން އުޅެނިކޮށް ދެތިންމަހެއްގެ ތެެރޭގައި ރަށުމީހުންގެ ފޮށިފަޅައިފިކަމަށްވެގެން އަތޮޅުވެރީންގެ ހަވާލުގައި އޭނާގެ ޢިއްޒަތުގައި މާލެ ގެނެވިއްޖެއެވެ. ދެން ދިޔައީ ހުވަދޫ އަތޮޅު ހޯޑެއްދުވަށޭ ބުނާތީ އިވުނެވެ.  މާމުދިންކަލޭގެފާނުން  ބުނުއްވަޔޭ  މިކަންތަކާ ތިމަން އަރާހައި ރުޅިޔެއް އަރަނީ އެގޮތަށް އެކާވަނި ކޮށްދޭމީހުންދެކެއެވެ. މިވާހަކަޔަކީ ދޮގު ރިވާޔަތެއްކަމުގައިވިޔަސް މިއަކީ ދިވެހިރާއްޖޭގައި ހިނގުން ދުރުކަމެއް ނޫނެވެ.  ނާދޮގެއްތޯ..


އަސްލު ލިޔުން: ޙުސައިން ޞަލާޙުއްދީން(1933). އަލްއިޞްލާޙު(6).

ފަހުގެ ނަކަލު:   ޙުސައިން ޞަލާޙުއްދީން (2007). ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް(1).ޞ:77، ނޮވެލްޓީ ޕްރެސް، މާލެ. 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ކިޔަވާކުއްޖެއް, 2009-01-15 14:58:22
ޞަލާހުއްދީނުގެ ލިޔުންތައް ވަރަށް މަޖާ. ވަރަށް ކިޔާހިތްވާ ގޮތްހުރޭ. މެސެޖު ރަނގަޅު. މައުލޫމާތު ލިބޭ.
...
ލިޔުނީ lhahuththu, 2009-02-01 17:50:47
varah amazing article eh......meege 75 aharu kurin usthaazu solaahuddin liyefaivaa...
lhahuththah heevanee varikurumakee rajjeyge culture gulhifaivaa bayyeh hen.....dhuniyege record, dhuniyege emme bodethi gaumuthah kamugaivaa america adhi uk vattalaafa mi fakhuruveri sharafuveri magaamu hoadhaafa vanee hama mi kuda kuda jazeera dhivehi rajje (aharaku komme 1000 kaovegnakun 10 kaiveni roolheykamah records thakun dhah kaa)
...
ލިޔުނީ ސަމީޢު, 2009-04-26 18:28:30
މީލާދީން 1609ހިސާބު ރާއްޖޭގައި އުޅުނު ފިރާޑުގެލިއުމެއްގައިވެއެ. އޭނާމިރާއްޖޭގައި އުޅުނުދުވަސްވަރު މަރުވިމީހެއްގެވާހަކަ ލިޔުމުގެތެރޭ އޭނާމަރުވިއިރު އޭނާ ހުރީ 100ވަނަމީހާއާއި އިދެގެންކަމަށް ލިޔެފައިވެ.
...
ލިޔުނީ faisal, 2010-08-08 11:41:34
ކަލެޔޯ!! ކަލެޔޯ... ބުނެފާނެތީ ޙިޔާލެއް ހުށައަޅާކައް ނުކެރޭނެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2102
extra avandia and congestive heart failure