މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މިޢުރާޖު މައުލޫދު |
|
|
| ދިވެހި - އަރުޝީފު | |
| 28 އޮގަސްޓް 2010، 04:01 ހޮނިހިރު | |
ފަންވަތުގެ ބަހެއްމިޢުރާޖު މާލޫދަކީ، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކިޔެމުން އަންނަ މަޝްހޫރު މާލޫދެކެވެ. މި މާލޫދު ލިޔުއްވީ ނުވަތަ ތަރުޖަމާ ކުރެއްވީ ކޮންބޭފުޅެއްކަމެއް އަޅުގަނޑުމެންނަށް އަދި އެނގިފައެއް ނެތެވެ. ކިޔައިދެއްވައިފައިވަނީ، މއ. މާގަސްދޮށުގޭ އަލްފާޟިލް ޢަބްދުﷲ ޙަސަނު (ހޮޅުދޫ ޢަބްދުﷲ) އެވެ. ފަންވަތުގައި ''ދިވެހި އަރުޝީފު''އެއް ހަދައި، އެ އަރުޝީފަށް މި މާލޫދު ލެވިފައި މިވަނީ ކޮންމެހެން ދީނީ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު ޒަމާންވީ ދިވެހި އަދަބީ ތަރިކައެއްގެ ގޮތުގަ އެވެ. ކީއްވެގެންތޯ އެވެ؟ މައިގަނޑު ދެ ތިން ސަބަބެއް ދަންނަވައިލާނަމެވެ. މި ޒަމާނަކީ ދިރާސާކުރުމުގެ ޒަމާނެވެ. ދިވެހި ބަހުގެ މަތީފެންވަރުގެ ކޯސްތައް އެބަ ހިންގެ އެވެ. ދިވެހި ބަހާބެހޭ ގޮތުން މަތީތަޢުލީމު ޙާޞިލުކުރާ އެފަދަ ފަރާތްތަކަށް މި މާލޫދުގައިވާ ބަސްމަގާއި، ހުށަހެޅުމުގެވައްޓަފާޅިއާއި، ދިވެހި އަކުރުތަކުގެ އަޑުތައް އަދާކޮށްފައިވާ ގޮތާއި، މި ފަދަ ކަންކަން ހޯދައި ދެނެގަތުމުގައި އެދެވޭ މަންފާއެއް ކުރުން ވަރަށް ގާތް ނޫންތޯ އެވެ. އަނެއް ސަބަބަކީ، ދީނީ ޢިލްމުގެތެރެއަށް އަލަށް ވެދެވަޑައިގަންނަވާ ބޭފުޅުންނާ ގުޅިފައިވާ ސަބަބެކެވެ. އެހެނީ ކައުއިތުރު މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި، އިތުރު އެކަލޭގެފާނުގެ ލޮބުވެތި އާލު އަޞްޙާބުންނާބެހޭ ގޮތުން ދިވެހި ބަހުން ވާހަކަތައް ގެނެސްގަތުމުގައި ދިވެހި ބަހުގެ ރީތި އަދަބީ ހަމަތަކަށް ފެތޭގޮތަށް އަދި ވަކިން ޚާއްޞަކޮށް، އެ މާތް ބޭބޭކައު ކަނބަލުންނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމު ބަސްމަގުން ލިބިގެންދާގޮތަށް، މި ދެންނެވި ފަދަ މިހާރުގެ ބައެއް ބޭފުޅުންނަށް ދިވެހި ބަހުގެ ބަސްމަގު ގެންގުޅުއްވޭތަން ވަރަށް ނުފެނެ އެވެ. އެ ބޭފުޅުންނަށް އެކަމުގައި ދަތިތަކެއް ހުރިކަން، ދެއްވާ ދަރުސްތަކުންނާއި، ލިޔުއްވާ ލިޔުއްވުންތަކުން އެބަ ފާހަގަ ކުރެވެ އެވެ. ވީމާ އެ ފަދަ ފަރާތްޕުޅުތަކަށް ވެސް ވެދެވޭ އަގުހުރި އެހީތެރިކަމަކަށް އަޅުގަނޑުމެންގެ މި މަސައްކަތްވުން އެއީ ފަންވަތުގެ ހެޔޮ ނިޔަތެވެ. ތިންވަނަ ސަބަބަކީ، މި މާލޫދުގައި ހުށަހެޅިފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި އިޞްލާޙު އަންނަން ޖެހޭ ކަންތައްތަކެއް ހުރިކަމަށްވާނަމަ، އެކަމަށް ޝައުޤުވެރިކަންހުރި، ކަމުގެ ޢިލްމީ ޤާބިލްކަން ވެސް ހުރި ބޭފުޅުން ކޮމެންޓުގެ ގޮތުގައި އެ ވާހަކަތައް ހާމަ ކޮށްލެއްވުމުން އާންމު ހޭލުންތެރިކަން ވެސް އިތުރުވެގެން ދިޔައީ ނޫންތޯ އެވެ. މިޢުރާޖު މަޢުލޫދުގެ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެ ބޭފުޅުންގެ ޚާލިޞް ނިޔަތުގައިވާ ގޮތުގެ މަތިން، މާތް ﷲ ހެޔޮ ދަރުމައާއި، ހެޔޮ ޖަޒާ ދެއްވާށި އެވެ! ދިވެހިންގެ ތެރޭގައިވާ ދުވަސްވީ އަދަބީ، ޢިލްމީ މަސައްކަތްތައް ހިމަނައިގެން ކުރިޔަށް އޮތްތާނގައި ފަންވަތުގެ ދިވެހި އަރުޝީފު މުއްސަނދި ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެކެވެ. ޝުކުރިއްޔާ! - ފަންވަތް - މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ޝާޒުލީ, 2010-10-29 06:08:35
މިޢުރާޖް މައުލޫދަކީ ބަހާރީގޭ އަލްފާޟިލް އަޙުމަދު ޝާކިރު ލިޔުއްވައިފައިވާ ފޮތެކެވެ. މި ފޮތުގައިވާ ގޮތަށް މި މައުލޫދުކިޔުމަކީ މަނާ ކަމެއް ކަމުގައިވެސް ސަރުކާރުން 1970 ގެ އަހަރުތަކުގައި ވަނީ މަނާޚުރައްވައިފައެވެ. އެއީ ޤުރުއާނާއި ސުއްނަތުން ސާބިތު ނުވާ އިތުރުބައިތައް ހިމަނައިފައިވާތީއެވެ. މިހެންވެ މައުލޫމާތަށް ޓަކައި ދެންނެވީމެވެ.
... ލިޔުނީ އިބްރާހީމް, 2010-12-05 05:31:06
މިމައުލޫދު ލިޔުއްވާފައި ވަނީ ބަހާރީގޭ އަލްފާޟިލް އަޙްމަދު ޝާކިރު އެވެ. މި މައުލޫދުވަނީ 1970ގެ އަހަރުތަކުގައި ކިޔުންމަނާކުރައްވާފައެވެ. ނަމަވެސް މަނާކުރެއްވެވި ސަބަބެއް ޢާއްމުކޮށް އެގޭކަށްނެތެވެ.އެހެންނަމަވެސް ތުންތުން މަތިން ދެކެވެމުންދިޔަ ވާހަކަ ތަކެއްވެއެވެ. އެއީއޭގައި ދޮގުވާހަކަ ތަކެއްހުރީމައެވެ، އެއީ އެ މައުލޫދުގައި މީނި މީނިހެންއޮއެގެނެވެ. އަނެއްބަޔަކުބުނަނީ ނޫން ނޫން ތިހެނެއްނޫނެވެ. މިހެންމިހެން އޮއެގެނެވެ. މގޮތުން ދެކެވެމުން ދިޔަވާހަކަ ތަކަކީވެސް ސާބިތު ހިފޭވާހަކަ ތަކެއްވެސްނޫނެވެ. މިގޮތުން މި މައުލޫދު މަނާކުރެއްވި ގޮތަށްބަލާއިރު ސިޔާސީ ސަބަބު ތަކެއްވާކަމަށް ވަރަށްބޮޑަށް ފާހަގަކުރެވެއެވެ. "އެހެނީ މަނާވީ ހަމައެކަނި ޖަމާއަތްހަދައިގެން މަދަޙަ ސަނާގެގޮތުގައި ދުންބަހައްޓައިގެން ކިޔުމެވެ. ކެސެޓުރޯލަށް އަޅައިގެން ގޭ ގޭގައި ވާހަކަކިޔާ އުސޫލުން ޖާހައި އުޅުނަސް ވަރިހަމައެވެ." މިއަކީ ޚިލާފުކަންތަޢްތައް މަނާކޮށް އުޅޭ ގޮތެއްނޫނެވެ. އަމުދުން ދީނީކަމެއް މިހާ ދޭސީ ކޮށް ދޫކޮށްލުމުން ނުނިކުމެ ނުދާނޭ ނަތީޖާވެސްނުކުތެވެ. މިޢުރާޖުގެ ކަންކަމަކީ އީމާންތެރިކަން ހިތުގައިބަލިކަށި މީހުންނާއި ކާފަރުން ޤަބޫލު ކުރާކަންކަމެއްނޫނެވެ. ކަންމިހެން ހުރުމާއި އެކު މި މައުލޫދު މަނާކުރެއްވި ކުރެއްވުން ވަނީ ވަރަށްބޮޑު ސުވާލުމާކެއްގެތެރޭގައެވެ. އަނެއްކަމަކީ މައުލޫދު ނުވަތަ މަދަޙަ ސަނާ ގިނަމީހުން އެކުވެގެން ކިޔާކިޔުންތަށް މަނާކުރުމުގައިވެސް ސަބަބުތަކެއްވެއެވެ. މުސްލިމުން ބޮޑެތިޖަމާއަތް ހަދައިގެން ކުރަމުންދާ ނަމާދުތަކުގައި އެންމެން އެއްއަޑަކުން ބާރުލާފައި އާމީން ކިޔާއަޑާއި' މަދަޙަ ސަނާކިޔުމުގައި ގުގުމާލާއަޑު ކާފަރުތަކުންނައް އިވުމުން އެމީހުން އެވަމުންދާގޮތް ބުނަންވެސްނޭގޭކަހަލައެވެ. ވަﷲއަޢުލަމް
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|