|
ދިވެހި -
ޖޯގްރަފީ
|
|
31 ޖުލައި 2011، 18:23 އާދީއްތަ |
ޢަބްދުﷲ ޢިމްރާން, އދ. ހަންޏާމީދޫ  އެއް ޒަމާނެއްގައި ކަޅުދިރިއާއި ފޮނިތޮށްޓާއި ކަރަންފޫފަދަ ހަވާދުގެ ބާވަތްތަކަކީ ރަނާއި ރިހިފަދައިން އަގުބޮޑު އެއްޗިއްސެވެ. އެހެންކަމުން މި ތަކެތި ނުވަތަ ހަވާދުގެ ބާވަތްތައް ހޯދުމަށް ގިނަ ބަޔަކު މަސައްކަތްކޮށްފައިވެއެވެ. އަދި އެތައް ބަޔެއްގެ ފުރާނަ މި ތަކެއްޗަށްޓަކައި ޤުރުބާން ކުރެވިފައިވެއެވެ. އާކިއޮލޮޖިސްޓުން ލަފާކުރައްވާގޮތުގައި މީލާދުގެ 50،000 އަހަރު ކުރިން އިންސާނުން އެބައިމީހުންގެ ކާނާގައި ރަހަލެއްވުމަށް ބޭނުންކޮށްފައިވަނީ އެރޯމެޓިކްގެ ފަތްޕިލާވެލީގެ ވައްތަރުތަކެވެ.
|
|
ދިވެހި -
ޖޯގްރަފީ
|
|
30 މެއި 2011، 00:00 ހޯމަ |
އަޙްމަދު ޢަބްދުﷲ ސަޢީދު އެތަކީ އެންމެ ބޮޑު އެއްގަމު ޖަނަވާރެވެ. އިންސާނުން އެއިން އެތައް މަންފާތަކެއް ލިބިގަނެއެވެ. ދަތުރުފަތުރުގެ ސަވާރީއެއްގެ ގޮތުގަ އެވެ. ބަރު މުދާ އުފުލައިދޭ އުޅަނދެއްގެ ގޮތުގަ އެވެ. މި ނޫނަސް އެތުގެ އެތައް ބޭނުމެއް އިންސާނުން ހިފާ އިރު، ބައެއް އިންސާނުން އެއީ ކަލާނގެ ކަމަށް ވެސް ދެކެ އެވެ. އެއީ އެސޮރުގެ ބިޔަކަމާއި ވަރުގަދަކަމުން ކަމަށް ވެސް ވެދާނެ އެވެ. މި ބިންމަތީގައިވާ އެންމެ ބިޔަ ޖަނަވާރުވިއްޔާ އެވެ.
|
|
ދިވެހި -
ޖޯގްރަފީ
|
|
01 އޮގަސްޓް 2009، 00:02 ހޮނިހިރު |
ޝަކީލާ ޙާމިދު
1. އަތޮޅު:
ޖިއޮގުރަފީގޮތުން އަތޮޅަކީ މުރަކައިގެ (ކޮރަލް) ފަރަކުން ވަށާލެވި އެފަރުގެ އެތެރެވަރިއަށްދާބައިގައި ވިލުތަކާއި، ފަޅުތަކާއި، ތިލަ ތަންތަން ހުރެފައި ވަށާލެވުނުފަރުން ކަނޑުއޮޅިއޮންނަގޮތަށް އުފެދިފައި ހުންނަ ތަންތަނެވެ. ނުވަތަ ބައިބައެވެ. އަތޮޅަކީ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޚާއްޞަ ބަޔަކަށްކިޔާނަމެކެވެ. ގިނަބައި ހުންނަނީ އެއްބައި އަނެއްބަޔާއި މުޅިންވަކިވެފައެވެ.
|