ފަންވަތް ދިވެހި އިޖުތިމާޢީ މަގުމައްޗާއި ޓްރެފިކް ލައިޓް
ބެލި ޢަދަދު: 1402
މަގުމައްޗާއި ޓްރެފިކް ލައިޓް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
12 ސެޕްޓެމްބަރ 2009، 00:10 ހޮނިހިރު

އިބްރާހީމް ނަޢީމު

ބޭރު ކަރައެއްގައި އެތައްއަހަރެއްވަންދެން  އުޅުމަށްފަހު މާލެ އާދެވުނު އިރު މާލެއަށްވަނީ ލައްކަ ގިނަބަދަލުތައް އައިސްފައެވެ. ގިނަ ބަދަލު ތަކަކީ ތަރައްޤީއާއި ތަހުޒީބުގެ ގޮޅިއަށް ފެތިގެންދާނެ ކަންތައްތަކެވެ. ނަމަވެސް އަނެއްބައި ބަދަލުތަކަކީ  ތަހުޒީބީ މުޖުތަމަޢެއްގައި ހުރެގެން ނުވާނެ ކަންތައްތަކެވެ. އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާމާ ނުގުޅޭ ކަންތައްތަކެވެ.

ބަދަލުތަކުގެ ތެރެއިން ފާހަގަ ކުރެވުނު އެއްކަމަކީ ޓްރެފިކް ލައިޓާއި މަގުމަތީގެ އެކި ހިސާބުތަކުގައި ރީނދޫ ކުލައިން ދަމާފައިވާ ރޮނގުތަކެވެ. މީ އަޅުގަނޑަށް މުޅިން އާކަމަކަށް ނުވީ އަޅުގަނޑު އުޅުނު މާހައުލުގައިވެސް މިތަކެތި ހުންނާތީއެވެ. ނަމަވެސް ތަފާތުވާ ތަންކޮޅަކީ އެތަކެތީން އެއަންގައިދޭ އެންގުންތަކަށް އަޅުގަނޑުމެން އަމަލުކުރާ ގޮތެވެ.

ވަރަށް ކުޑަމިސާލެކެވެ. މިމާލެއެކޭ އެއްގޮތަށް އެކަރައިގައި ވެސް ޓްރެފިކް ލައިޓް ހުރެއެވެ. ދިއްލެނީ ތިން ކުލައަކުންނެވެ. ފެއްސާ، ރަތާ އަދި ރީނދުލުން ނެވެ. އެ ގައުމުގެ މީހުންނަށް ދަސްވެފައިވާ ގޮތުންނަމަ ފެހިކުލައިން ދިއްލުމުން އެ ބުނަނީ ކުރިއަށް ނުވަތަ ދިއްލިފައިވާ ތީރުން އެދައްކާ މިސްރާބަކަށް ދަތުރުކުރަންވީއެވެ. ރީނދުލުން އެ އަންގައިދެނީ ފަރުވާތެރިވާން ޖެހިއްޖެކަމާއި ސްޕީޑު ދަށްކޮށް މަޑުކުރަން ވެއްޖެ ކަމެވެ. ރަތްކުލައިން އެ އަންގައިދެނީ ހުއްޓަން ވެއްޖެ ކަމެވެ. ކުރިއަށް ދިއުމުގައި ނުރައްކަލަކާ ކުރިމަތި ވެދާނެ ކަމެވެ.

މި ރާއްޖޭގެ މާހައުލުން އަޅުގަނޑަށް ފުރަތަމަ ފެނުނު މިފަދަ މަންޒަރުންވެސް މިތާގައި ކުރިން ދެންނެވި ތިންކުލަ މާނަކުރާގޮތް ނުވަތަ ވިސްނިފައިވާގޮތް ތަފާތުކަން އެނގުނެވެ. މާނަ ކުރާގޮތް ތަފާތު ނުވިޔަސް އަމަލު ކުރާގޮތް ހަމަ ޔަގީނުންވެސް ތަފާތެވެ. އަޅުގަނޑަށް ފެނުނު މަންޒަރުން ޓްރެފިކް ލައިޓްގެ ތިންކުލަ މާނަކުރެވުނު ގޮތަކީ މިއީއެވެ. އާދެ..

ފެހިކުލަ: ފަހަތުގައި އޮތް ހުރިހާ ވެހިކަލަކުންވެސް ބަރުގޮނު އަޅަން ފަށަންވީއެވެ. ނުރައްކަލެއް ނެތެވެ. ކުރިޔަށް ދާންވީއެވެ. ވަކި ސްޕީޑެއްވެސް ނެތެވެ. އެމީހަކަށް ދުއްވުނު އެންމެ ބާރު މިނެއް ގައެވެ.

ރީނދޫކުލަ: ނުރައްކަލެއް އޮތްތޯ ނެތްތޯވެސް ބަލާނެކަމެއް ނެތެވެ. އެމީހަކު ދުއްވަމުން އައި ސްޕީޑަށްވުރެ ދެގުނަ ބާރުމިނުގައި ކުރިއަށް ދާންވީއެވެ.

ރަތްކުލަ: އިޚްތިޔާރު ލިބިގެން ވެއެވެ. ބޭނުން ނަމަ މަޑުކުރަންވީއެވެ. ބޭނުންނަމަ ކުރިއަށް ދާންވީއެވެ.

ދެންއޮތީ މަގުމަތީގެ އެކިހިސާބުތަކުގައި ރީނދޫކުލައިން ދަމާފައިވާ ރޮނގުތަކެވެ. އެޔަކީ އެއްވެސް މާނައެއް، އަދި އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫނެވެ. އެމީހަކު ބޭނުންތާކު މަޑުވެސް ކުރަންވީއެވެ. އެ ރޮނގަކަށް ބަލާނެކަމެއް ނެތެވެ. ޕާކުވެސް ކުރަންވީއެވެ. ރޮނގުގެ ކަނާތް ފަރާތެކޭ ވާތް ފަރާތެކޭ ހަމަ ހަމައެވެ. ދެފަރާތުންވެސް ދެކޮޅަށްވެސް ދުއްވޭނެއެވެ. އަޅުގަނޑަށް މި މާނަކުރެވުނު ގޮތާދޭތެރޭ ޝައްކާއި ވަހުމް ހިތަށްވަދެ، އެ ވަގުތު އަޅުގަނޑު އިން ޓެކްސީގެ ޑްރައިވަރާ ސުވާލުކޮށްލުމުން މިކަން ވަރަށްބޮޑަށް އޮޅުން ފިލިއެވެ. އޭނާބުނާގޮތުން ބައެއްމީހުން އެގޮތަށް ކަންތައްކުރިނަމަވެސް، އެއީމުޅިން ގަވައިދާ ޚިލާފަށް ކުރާކަމެކެވެ.

ކަން އޮތީ އެބުނި ގޮތަށް ނަމަ އަޅުގަނޑުުމެންގެ  ތެރެއިން ވަރަށް ގިނަބަޔަކު  ގަވައިދަށް ޙުރުމަތްތެރިކޮށް ހިތަން ދަސްކުރުމުގެ ތަމްރީނުތަކެއްގައި ބައިވެރިވެ އެ ފުރިހަމަ ކުރަންޖެހޭހެން އަޅުގަނޑަށް ހީވެއެވެ. ކިޔުން ތެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ؟

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ޢަބްދުއްރަޝީދު ސިރާޖް, 2009-09-11 20:18:01
ވަރަށް ރަނގަޅު ލިޔުމެއް. ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބެލެއްމާ ބޮޑަށް ފަސޭހައީ. ސައިލަންސް ނަގަން އޮންނަގޮތް ތަންކޮޅެއް ދިގު ދެމިގެންދާ ކަހަލަ ގޮތެއް ހެދުން މުހިންމު. އަދި އެއް ހަފްތާއެއްގެ ތިއަރީ ކްލާސް ތަކެއް ނަގައިދީގެން ވެސް މިއުޅޭ މީހުން ރަނގަޅު ކުރުވަންވެއްޖެ، މިއީ ބޭނުން ތެރިކަމެއް.
...
ލިޔުނީ muusa, 2009-09-11 22:37:09
asluves varah rangalhu thedhuvaahaka thakeh...dhivehin thi kulatha maana kuraa goiy thiyakah vure furihama koh sifa kureveyne heneh hiye nuvey..hehe
haqeeqatugaives aslu ekulathaka ronguthakun buna ehche dheyha nuvaa, nuune eyge maana neyge meehaku magumatheega ehchehi dhuhvaane heneh hiye nuve....ehnvyma hama buneveynee miraahjeyga gaanuunaai gavaaidhaky hama ekani liyevifai onna ehchekamai eah amalu nukuriyas e engenikoh nimunykan..hehhh
...
ލިޔުނީ ސަމީޢު, 2009-09-26 15:53:46
ވަރަށް ރަނގަޅުލިއުމެއް މެސެޖުވެސް ވަރަށް ސާފުވެފައި ކުރު

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1402
extra avandia and congestive heart failure