ފަންވަތް ދިވެހި އިޖުތިމާޢީ ބުޅާއަލީގެ ''ނަބީކަން''
ބެލި ޢަދަދު: 10312
ބުޅާއަލީގެ ''ނަބީކަން'' ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - އިޖުތިމާޢީ
29 ސެޕްޓެމްބަރ 2009، 03:06 އަންގާރަ

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

މީގެ ސާޅީހަކަށް ފަންސާހަކަށް އަހަރު ކުރިން ރާއްޖޭގެ ރަށެއްގައި ހިނގިކަމެކެވެ. ނަސީބު ތަންދޭ ގޮތުން، ހާދިސާ ހިނގި ރަށުގެ ނަން ހަނދާންކުރާކަށް އަޅުގަނޑަކަށް މާ ދައްޗެއް ނޫނެވެ. ހާދީސާ ހިނގީ އަޅުގަނޑާ އެންމެ ގުޅުން ބޮޑު، ފަސްގަނޑުގައި ކަމަށްވާތީ އެވެ. އއ. ތޮއްޑޫގައި ކަމަށްވާތީ އެވެ.

އަޅުގަނޑު ކުޑަ އިރު އެކި ކަންކަމާ ގުޅިގެން މީހުން ބުނާތީ އަހަމެވެ. ތިޔަ ކަމެއް ތިޔަވީ ބުޅާއަލީގެ ނަބީކަމަށެވެ. ހިތަށް އަރަ އެވެ. ބުޅާއަލީގެ ނަބީކަމަކީ ކޮބައިބާވަ އެވެ؟ ބުޅާ އައްޔަކީ ކޮންފަދަ ބޭކަލަކީ ބާވަ އެވެ؟ ރާއްޖޭގެ އެހެން ގިނަ މީހުން މާ މަތިވެރި މީހެއްކަމުގައި ކިޔައި އުޅޭތީ  އިވެނީ ބޯހުނި އަލިބެއެއްގެ ވާހަކަ އެވެ. ބޯހުނި އަލިބެޔަށް ނަދުރެއް ބުނެފިއްޔާ ނުފުދޭނެ ކަމެއް އޮންނަ ކަމަކަށް ނުވެ އެވެ. މި ހެން މިކަން އޮއްވައި  ބުޅާ އަލީ ކަލޭގެފާނެއްގެ ވާހަކަ މި ދެކެވެނީ މިއީ އަނެއްކާ ކޮންފަދަ ކަރާމަތްތެރިކަމެއް ހުރި، ވަލީވެރިޔަކީބާވަ އެވެ؟

މި ސުވާލުތަކާ ފިކުރުތަކުގެ ތެރޭން ކޮންމެ އަކަސް މި ކަމުގެ ޙަޤީޤަތް ހޯދައިލާހިތްވެއްޖެ އެވެ. ޙަޤީޤަތް އެނގުމުން، ފަންވަތުގެ އަހުލުވެރިންނާ މިވާހަކަ ހިއްސާކޮށްލާ ހިތްވެސް ވެއްޖެ އެވެ. ވާހަކަ ކިޔައި ދެއްވީ ތޮއްޑޫ ކަތީބު، އަލްފާޟިލް ޢަލީ އާދަމެވެ. (1)

ބުޅާއަލީއަކީ، މީގެ ސާޅީހަކަށް އަހަރު ކުރިން ތޮއްޑޫގައި އުޅުނު، ތޮއްޑުއަށް އުފަން މީހެކެވެ. މާބޮޑު ފުދުންތެރިކަމެއް ނެތް، ފަގީރު ދެރަ ނިކަމެއްޗެކެވެ. އޭނާގެ މާ ބޮޑު ދަރިފަސްކޮޅެއް، ވަންހައެއް ވެސް ނެތެވެ. ދިރިއުޅުމުގެ ކަންކަން ފުއްދަނީ މަސައްކަތްތަކުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީގެންނެވެ.  ފުދުންތެރިންނަށް  ކަންކަމުގައި އަތްގާތްކޮށްލައިދީ ހަދައިގެންނެވެ. ދެން  ވަލުތެރޭ ނުވަތަ ކަނޑުމަތީ އަމިއްލަ މަސައްކަތުންނެވެ.

އަޅުގަނޑުމެން ހޭލައިގަތްއިރު، މި އަލީއެއް ދުނިޔެއަކު ނެތެވެ. އެކަމަކު އޭނާގެ ދެ ދަރިންކަމުގައިވާ ''ބުޅާ އަބުދޯ'' (ޢަބްދުﷲ)އާއި، ''ބުޅާ މޮހޮދު'' (މުޙަންމަދު) އާ ތިއްބެވެ. މިހާރު ޢަބްދުﷲ ދުނިޔެއަކު ނެތެވެ. މުޙަންމަދު ދުނިޔޭގައި އެބަ ހުއްޓެވެ. ނަމަވެސް ހަމަބުއްދީގެ ނިޢުމަތުން މަޙުރޫމުވެފަ އެވެ. (މާތްﷲ އޭނާޔަށް ދުޅަހެޔޮކަމާއި ޢާފިޔަތު މިންވަރު ކުރައްވާށި އެވެ!)

އަޅުގަނޑު މި ވާހަކަ މި ލިޔެލަނީ މި އާއިލާޔަށް އިޙްތިރާމު ކުރުމާއެކު، މި ހާދިސާއިން އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރުތަކެއް ތިޔަ ބޭފުޅުންގެ ޚިޔާލުފުޅާ ގުޅުވައިލުމުގެ ޝައުޤުވެރިކަމެއް ވެސް އުފެދުމާ ގުޅިގެންނެވެ. ފަހަރެއްގައި ވެސް ދިރިއުޅުމުގައި މީހަކަށް ނުވަތަ ބަޔަކަށް ދިމާވި ދެރަކަމެއް ފަޟީޙަތްކުރުމުގެ ރޫޙުގައި ލިޔުމެއް ލިޔެ ހާމަ ކުރުމުގެ ގަސްދަކު ނޫނެވެ.

ތަރުވާޒުތައް ދިގުނުކޮށް ވާހަކަޔައިގެން ކުރިޔަށް ދާނަމެވެ. 

ބުޅާއަލީގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެ އެވެ. މީހުންނަށް އެހީތެރިވުމާއި، ހާލުއަހުވާލު ބެލުމާ ކަންކަން ގިނަ ވެއްޖެ އެވެ. ބަންގި ގޮވުމުގެ މާކުރިން އަރާ އިންނަނީ މިސްކިތުގަ އެވެ. ތަސްބީޙަ ތަހުލީލުތައް ކިޔުންމަތީގަ އެވެ. ދީނުގެ ވާހަކަތައް ދެއްކުމާއި، ދީންވެރިވުމަށް މީހުންނަށް ނަސޭހަތްތެރިވުން އިތުރުވެއްޖެ އެވެ. އިހުގެ ނަބީބޭކަލުންގެ ވާހަކަތަކާއި، މަލާއިކަތުންނާއި، ނަރަކައާއި ސުވަރުގޭގެ ހާލަތްތައް ދިމާ ލޯމަތީ ކަޝްފުވެގެން ކިޔައިދޭ ފަދައިން ކިޔައިދޭން ވެސް ފަށައިފި އެވެ. މަރުވެ ގޮސްފައިވާ މީހުންނާއި، ކައިރި މާޒީއެއްގައި މަރުވި މީސްމީހުން ކަށްވަޅުގައި (ބަރުޒަޚުގެ ޢާލަމުގައި) ތިބި ގޮތާއި، މަރު ހިއްޕެވުނު ގޮތަށް ދާންދެން ކިޔަންފަށައިފި އެވެ.

މި ވާހަކަތަކަށް ގިނަ ބަޔަކު ޝައުޤުވެރި ވާންފަށައިފި އެވެ. އޭނާގެ ވާހަކަތައް އަޑު އެހުމަށް މީހުންތައް އޭނާ ގާތަށް ޖަމާވާން ފަށައިފި އެވެ. ޖަމާ ވަނީ ކޮންކޮން ބައެއްތޯ އެވެ؟ ރަށުގެ އެންމެ އާދައިގެ މީހުންނާއި ހަމައިންފެށިގެން، ކަތީބާއި ކަލޭފާނަށް ދަންދެން ދުރުވާކަމަށްވެ އެވެ.

ބުޅާއަލީގެ ދަރުސުތައް މޮޅެވެ. ތަޤުރީރުތައް އަސަރުގަދަ އެވެ. މަޖިލިސް ތަވާޟުޢުވެރިއެވެ. އެ މަޖިލީހުގައި އެއްްބަޔަކު ތިބެނީ ހިތާމަޔާއި، ހިތްދަތިކަމުން ދެލޯ ފެންކަޅިވެފަ އެވެ. އަނެއް ބަޔަކު ތިބެނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމުގެ ކަރުނައިން ދެލޯ ފޯވެފަ އެވެ. ޚުޝޫޢުގައި ވިންދު އަވަސްވެފައިވާ ހިތްތަކަކާއި، ނިޢުމަތަށް އެދުންވެރިވުމުގައި އަވަސް އަރާފައިވާ ހިތްތަކެކެވެ.

މޮޅިވެރިކަމާއި ހިތްދަތިކަމުގެ އިޙްސާސްތަކުގައި ހަނާވާ މީހުންނަކީ، އެމީސްމީހުންގެ އެއްލޭ ހިނގާ ގާތްތިމާގެ މީހުންނާއި ދަރިންނާއި މައިންބަފައިން މަރުވެގޮސްފައިވާމީހުންނެވެ. އެމީހުން ހިތާމަ ކުރަނީ، އެ މަރުވެ ދިޔަމީހުންނަށް ލިބެމުންދާ ގަދަ ފަދަ ޢަޒާބުގެ ސަބަބުންނެވެ. އެ ވާހަކަތައް ހަމަ ފިއްޔެއް އަކުރެއް ވެސް ތަފާތު ނުކޮށް ޢަލީ ''ކިޔައިދެއްވާލެއް'' ފުރިހަމަ ކަމުންނެވެ.

އުފަލުން ހިނިތުންވޭވޭ ތިބޭ މީހުންނަކީ، އެމީހުންނާ ގުޅުންހުރި ގާތްމީހުން މަރުވެ ގޮސްފައިވުމާއެކު، ސުވަރުގެއާއި، ބަރުޒަޚުގެ ޢާލަމުގައި އެމީސްމީހުންނަށް ފިނިފޮނި ނިޢުމަތްތައް ހުރީތީ އެކަމުގެ ހިތްހަމަޖެހުމުގައި ތިބި މީހުންނެވެ. މަރުވެފައިވާ މީހުން ސުވަރުގެއާއި ބަރުޒަޚުގެ ބަގީޗާތަކުގައި  ކައިބޮއި ހަދާތަކެއްޗާއި، ނިދާއެނދުގެ ބާލީހުގެ މަޑުކަމަށް ދަންދެން އަލީ ކިޔައިދެ އެވެ.

ހަލުއިކަމާއެކު މި ވާހަކަތައް ގަބޫލު ކުރެވެމުން މީހުންގެ ހިތްތަކަށް ވަންނަމުންދަނީ ބުނަންނޭނގޭ ރޫޙާނީ ފޮނިމީރުކަމެއްގެ ތެރޭގަ އެވެ. ތުއްތުމަނިކު ކިޔާމީހަކު، އެގޭ ބޮޑު އަށިމަތީގައި  ތިނެސްކަނަށް، ސަންދޯކު ތިންފިލާއިން ކޮށިގަނޑެއްފާޑަށް ތަނެއް ހަދައި، އޭގެ ތެރޭގައި ވަދެ ދެފަައި ވަށްކޮށްގެން އިންނަން ފަށައިފި އެވެ. އޭނާ ބުނެ އެވެ. އަލީ އެކިޔަނީ ހެޔޮ އެއްޗެކެވެ. އޭނާވެ ވާހަކަ ރަނގަޅެވެ.

އަލީއަކީ މަރުވަޅީގައި އުޅޭ މީހެކެވެ. ތުއްތުމަނިކާއި، އަދި އެހެން މީހަކު މާލެއިން މަރުވަޅިއެއްވެސް ގެނެސްފި އެވެ. އަލީފަދަ ކަރާމާތްތެރިންނަށް ފުރިހަމަ ގޮތުގައި ތަބާވެގެން ނޫނީ އެ ދުވަހުން މިންޖެއް ނޯންނާނެ ކަމަށް ބުނަމުންނެވެ. ކޮންމެ އަކަސް މަރުވަޅިއަށް އަރައިގެން ދިމާވި މައްސަލަ ވެސް އެމީހުން ބަލައިގަތީ އަލީގެ މުޢުޖިޒާތެއްގެ ގޮތުގަ އެވެ. އެއީ މަރުވަޅީގައި ހިނގަން އުޅެގެން ފައި އުފުލައިލާ އިރަށް، މަރުވަޅީގެ ފުންނާބައިވީ ކޮޅު، ފައިގެ ބޮޑުވައި އިނގިއްޔާ ދުރަށް ގޮސް އެބައި ގަޔާދުރަށް ކުރިމައްޗަށް ބިންމަތީގައި ޖެހެނީ އެވެ. ބޮޑުވައި އިނގިއްޔާ ޝަހާދަތް އިނގިލިން މަރުވަޅީ ވަދުގައި ހިފެހެއްޓި އޮންނަކަމުން މުޅިން އެ އެތިގަނޑު ދޫވެގެންނުދަނީ އެވެ. އަލީއަކަށް މިހެނެއް ނުވެ އެވެ. އޭނާ ހަމަ ފަރިތަކަމާއި ނަލަކަންމަތީގައި މަރުވަޅީގައި ވެސް ހިނގައި ބިނގައިވެ އުޅެ އެވެ.

އެއް ދުވަހަކު، އުމުރުން ފަސްދޮޅަހަކަށް އަހަރުވެފައިވާ، ސިއްތިފުޅުދައްތައެއް (ސިއްތިފުޅަށްތަ) ކިޔާ ދައިތަޔަކު އައިސް ބުޅާ އަލީގެ ދަރުސްތައް އަޑު އަހަން ހުރެފައި ބުޅާ އަލީގެ މަޖިލީހުގައި ބުނިކަމަށްވެ އެވެ. '' އޭ މީންދަ އަލީގެ ފާނާ އެވެ. މަގޭ ދަރިފުޅުގެ ހާލަކީ ކޮބައިހެއްޔެވެ؟'' އަލީ ބުނިކަމަށްވެ އެވެ. ''އަސްތާ ކަމަކު ދާކަށް ނެތެވެ. ކަލޭގެ ދަރިފުޅު މި ހާރު ނަރަކައިގެ އެންމެ އަޑިން ދެވަނަ ޔަށް ހުރި ވަތްގަނޑުގައި މިހެން އެބަ އޮތެވެ.'' އެހެން ބުނުމާއެކު، އެލީ އެކޮޅުކޮޅުން ޖެހިލަފައިފައި ބޯކޮޅުވަތަށްޖަހައިލައި،  ފައިކޮޅުމައްޗަށް ދަމައިލައި ފާރުގައި ތިއްބިގަތެވެ. އެ ދައިތަ ރޮއިހޭރިގެންފި އެވެ.

ކޮންމެއަކަސް ކަންތައް މިހިސާބަށް ދިޔައިރު، އަލީގެ ''ރިސާލަތު'' ރަށު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ރަށު ކަތީބަށް ނަންގަނެގެން ރައްޔިތުން ވެސް އެއްކުރެވިއްޖެ އެވެ. މި ބައްދަލުވުމުގައި ރަށުގެ އެންމެ  ވެރިން ތިއްބެވި އެވެ. މުދިމު ފިޔަވަ އެވެ.

މުދިމަކީ އަލީއަށް މި ބަދަލެއް އައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އަލީ އެހެރީ ދުނިޔޭން މޮޔަވެފައޭ ބުނި މީހެކެވެ. އޭނާ ބުނަމުން އައީ އަވަހަށް އަލީ އަނދަގޮނޑި ޖަހަންވީ ކަމުގަ އެވެ. މުދިމުގެ ބަސް ގަބޫލުކުރާ ބަޔަކުވެސް ތިބޫ އެވެ. އެ މީހުންގެ އަދަދު ވަކި މަދެއް ވެސް ނޫނެވެ. މާ ގިނަ ވެސް މެ އެވެ. އެކަމަކު އަނެއްކޮޅުގައި ހުރީ ކަތީބެވެ. އެއީ އަލީގެ މަތިވެރިކަމަށް ތަބާވީ މީހުންގެ ވެސް ކަތީބެވެ.

އަލީއަށް މި ބަދަލެއް އައިކަމަށް ވަނީ އޭނާގެ އަންހެނުން މަރުވުމަށްފަހު، ލިބުނު އެކަނިވެރިކަމެއްގެ ތެރޭގައެވެ. ތަދުމަޑު ޒަމާނުގައި ގެދޮރެއް ގަދަރެއް ނެތްމީހެއްގެ ގޮތުގައި ބިކަހާލު ޖެހުމުގެ ތެރޭގަ އެވެ. ކުޑަ ކުޑަ ޔަތީމު ދެކުދިން ތިއްބެވެ. ބަލާނެ ބަލައިދޭނެ މީހަކު ނެތެވެ.

ބުޅާއަލީގެ މިޝަން ނިމުމަކަށް އަތުވެއްޖެ އެވެ. އޭނާ އެ ހުރީ ހަމަ ޙަޤީޤަތުގައި ވެސް މޮޔަވެފައި ކަމަށް އެންމެންހެން ގަބޫލުކުރާވަރުގެ ކަމެއް އޭނާގެ ކިބައިން ފެނިއްޖެ އެވެ. ނަސީބަކުން، އެކަން އައީ ވެސް މުދިންބޭގެ އަތްމައްޗަށެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ''މަގުފުރެދިފައިތިބި'' މީހުންގެ ތެރެއަށް މުދިންބެ ނުކުމެ އެތައް ވާހަކަޔެއް ދައްކައިގެން މީހުން ނިދިން ހޭލައްވައިފި އެވެ.

އެއްދުވަހެއްގެ ހެނދުނެވެ. ހެނދުނު ސައިބޮއި ނިމުނުތަނާ އަލީ މުދިންބެމެންގެ ގެއަށް އަތުވެއްޖެ އެވެ.  އޭނާގެ ދެދަރިން ކަމުގައިވާ މުޙަންމަދާއި، ޢަބުދުﷲ ގޮވައިގެންނެވެ. އަލީގެ ކިހިލިދަށުގައި އޮޅައިލައިފައި އޮތް ކުނަލެއް އޮތެވެ. އަލީ އައިސް މުދިންގެ ކިބައިންކަމަކު އެދުނެވެ. ކޮންކަމެއްތޯ އެވެ؟ އެ ކުނާ ބިންމަތީގައި ފަތުރައިލީމާ، ޢީދަށް ބާރަޔަށް ރަށުމީހުންނަށް ކުކުޅު ކަތިލައިދޭން މުދިންބެ ގެންގުޅޭ މަސްވަޅި ހިފައިގެން ނިކުމެ، އެ ކުނަލުގެ މަތީގައި އޭނާގެ ކުޑަ ދެކުދިން ޤުރުބާންކޮށްލަ ދިނުމަށެވެ!  އާދެ! އުފަން ދެދަރިންގެ ކަރުގައި ވަޅިއަޅައި ކަތިލައިލަދިނުމަށެވެ. ސުބުޙާނަﷲ އެވެ!

މުދިންބެ ދުވެފައި ބަދިގެ ތެރެޔަށް ވަނެވެ.  ވަދެ ކުޑަވެސް ތޫނުކަމެއް އޮތްނަމަ، އެއެއްޗެއް ފޮރުވައި ރައްކާކޮށްފި އެވެ. އަދި ބަދިގޭ ބިތްޕަށުފަރާތުން ނިކުމެގެން ގޮސް އަންގަންޖެހޭ ފަރާތްތަކަށް މިކަން އަންގައި ރަށުއޮފީހުގެ ބެލުމުގެ ދަށަށް އަލީ ގެންނަން ޖެހޭގޮތުގައި އަލީ ގެނެސްފި އެވެ.

ޙަޤީޤަތުގައި އަލީއެއް އޭނާގެ މޮޅުވާހަކައެއް، އޭނާގެ އަތްމަތީ ކަރާމާތްތަކެއް ފާޅުވާ ވާހަކައެއް، އަދި  ހިތަށް އިލްހާމުތަކެއް ލިބޭވާހަކައެއް ވެސް ނުދައްކަ އެވެ.  ތިމަންނައަކީ ވަލީވެރިއެކޭ ނަބީއެކޭ ވެސް ނުކިޔަ އެވެ. އޭނާ ކުރިކަމަކީ  ''މޮޔަގޮވީ'' އެވެ. ބަޔަކު މީހުން އެކަން ކަރާމާތާ މުޢުޖިޒާތުގެ ދަރަޖަ އަށް އުފުލީ ދޮގެއްތޯ އެވެ؟

މި ހާދިސާއާ މެދު ވިސްނައިލުމުން އުފެދުނު އަޅުގަނޑުގެ ޝުޢޫރު މި އޮތީ ދެނެވެ. ތިޔަ ބޭފުޅުން އަޅެ ވިދާޅުވެ ބައްލަވާށެވެ! އިންސާނާގެ ފިކުރާއި ގަބޫލުކުރުމުގެ ހަމަތަކާ ބާރުތަކަކީ ކިހިނެއް އޮންނަ ކަމެއްތޯ އެވެ؟ އޭނާއަށް ޚަބަރެއް މަޢުލޫމާތެއް ލިބުނީމާ އެކަން ގަބޫލުކުރުމުގެ ކުރިން ނުވަތަ ގަބޫލު ނުކޮށް ބޯހޫރުވައިގަތުމުގެ ކުރިން، އެކަމެއްގެ އެކޮޅު މިކޮޅު ބަލައިލައި، ދޮގުތެދު އޮޅުންފިލުވައިލަނީ އަޅުގަނޑުމެންކުރެ ކިތައް މީހުންތޯ އެވެ؟ ކަންކަން ބަލައިގަނެ ރައްދުކުރުމުގައި ހަރުދަނާ  ސުލޫކެއް އަޅުގަނޑުމެންގެ ކިބައިގައި ނެތަމަ، ކިހާވަރެއްގެ ލަދަކާއި، ހަލާކަކާއި ކުރިމަތިލާންޖެހިދާނެތޯ އެވެ؟ ފަރުދަކަށް ނިސްބަތްކޮށް ނަމަވެސް، ޖަމާޢަތަކަށް ނިސްބަތްކޮށް ނަމަވެސް، އަދި މާތްވެގެންވާ އިސްލާމްދީނަށް ނިސްބަތްކޮށް ނަމަވެސް ހަމަ، މީހަކު ބުނާހާ އެއްޗެއް ފިކުރަކައިނުލައި ގަބޫލުކޮށްލަން ހެޔޮޮވެދާނެތޯ އެވެ؟ ހަމަ އެހެންމެ ދަންނަބޭކަލުން ވިދާޅުވަތީ އިވެނީ، މަޢުލޫމާތެއް މުސްލިމަކާ ހަމަޔަށް ފޯރައިފިިނަމަ، އޭގެ އެކޮޅު މިކޮޅު ރަނގަޅަށްް ބަލައިފައި ނޫނީ ގަބޫލު ނުކުރުމަށް ކީރިތި ޤުރުއާނުގައި ވެސް އަންގަވައިފައިވާކަމަށެވެ. މިކަންކަން މިހެން އޮއްވައިމެ، ހަމަ މީހަކު ހުސްބުޅިއެއް ފެންމަތީ ފިރުކައިލާއިރަށް،  ފުންމައިގެން ގޮސް އެ ބުޅި ކަރުބުޑަށް ގިލައިލެވޭނަމަ، އެ ކަމަށް ތަންދޮރު ނުދަތުމާއި ޖާހިލުކަމުގެ ކޮޅުނެތްކޮޅޭ ނުބުނެވޭނެ ތޯ އެވެ؟

ޅެންވެރިޔާ ވިދާޅުވަނީ؛

                 ނޭނގުމަށްވުރެ ދެރަކަމެއް އޮންނާނެހޭ ނޯންނާނެޔޭ (2)
                             އޭގެ ގެއްލުން ބުނެދެވެން އޮންނާނެހޭ ނޯންނާނެޔޭ

(ނިމުނީ)


ހަވާލާ؛:

(1) ޢަލީ އާދަމް، ތަރިވިދާގެ އއ. ތޮއްޑޫ
(2) ޢަބްދުﷲ ޞާދިޤު

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ޝައުގީ, 2009-09-29 03:24:17
ސަޅި....އާޓިކަލެއް ވަރަށް ޝައުޤުވެރި. އެކަމަކު މިވާހަކައަކީ ކުރިން އަޑުއިވި އަދި މިހާދި×××ޘާއާމެދު ބޮޑު ސުވާލެއް އުފެދިފައިވާ ހާދިޘާއެއްކަމުން، އެސުވާލުގެ ޖަވާބު ލިބޭނެކަމުގެ އުންމީދުގައި މިއާޓިކަލް ކިޔާލީ އެކަމަކު އެކަމެއް ނުވި. އަޅެ އެނގޭމީހަކު ހުރިއްޔާ ޖަވާބެއް ދީބަލަ. އަލިބެއަށް "ބުޅާ އަލީ" ކިޔުނީ ކީއްވެތަ؟
...
ލިޔުނީ ހެޔޮހިތުން, 2009-09-29 06:38:02
އާދަމް ތިޔަވިދާޅުވާކަހަލަ ކަރާމާތްތެރިން މިހާރުވެސް މިފުރަ މާލޭގައި އެބަތިއްބެވިއެވެ. އެމީހުން އެގޮވަނީ ހަމަ ބުޅާއަލީ ގޮވިކަހަލަ މޮޔައެވެ. ނަމަވެސް މީހުން މިތިބެނީ ހަމަ އެގޮވާ މޮޔަގޮވުންތައް ގަބޫލުކޮށްގެންނެވެ. މޮޔަގޮވާ މީހުންގެ ލިސްޓެއް އަޅުގަނޑު މިތަނުގައި ލިޔެފިނަމަ ފަންވަތުގައި މި ޚިޔާލު ނުޖައްސަވާފާނެއެވެ. އެހެންނަމަވެސް އެންމެ ނަމެއް މިތަނުގައި ލިޔެނުލައި ދޫކޮށްލެވޭކަށް ނެތެވެ. އެއީ .....އެވެ. މީހުން އެއްވެތިބޭ ތަންތަނުގައި (ދީނުގެ ނަމުގައި) އެބޭފުޅާ އެހެރަގެން ގޮވައި ނަގަނީ ރޯ އވގރނ އެވެ. އަޑުއަހަން އެތިބެނީ ހަމަބުއްދީގެ އަހުލުވެރިންނޯލައެވެ.
...
ލިޔުނީ najuwa, 2009-10-01 07:26:24
mujuthamah vvvvv beynuntheri liunkolhe
...
ލިޔުނީ މަނަދޫލައިވްގައި މިއަދު އޮތްހަބަރެއް, 2009-10-02 12:09:43
ހުޅުމާލޭ މިސްކިތުގައި ބިދޭސީއަކު ނުބަލާ ޚުތުބާ ކިޔަން މަސައްކަތްކޮށްފި

ހުޅުމާލޭ ހުކުރު މިސްކިތުގައި މިއަދު ހުކުރު ނަމާދަށް ގޮސް ހުރި ބިދޭސީއަކު އިމާމަށް އުނދަގޫކޮށް، މިސްކިތްތެރޭގައި ހަޑިހުތުރު ޢަމަލުތަކެއް ހިންގައިފިއެވެ. މިސްކިތުގައި އެވަޤުތު ހުކުރަށް ގޮސް އިން މެދު ޢުމުރުގެ އަބޫބަކުރު މަނަދޫ ލައިވަށް ކިޔައިދިން ގޮތުގައި، އެ ބިދޭސީ މީހާ ޚުތުބާ ކިޔާ ގަޑި ޖެހުމުން ކޮޅަށް ތެދުވެ މިންބަރުގައިވާ މައިކް ކައިރީ ހުއްޓި ހުރެގެން ހުކުރަށް ގޮސް ތިބި މީހުންނާ މުޚާތަބުކޮށް އިނގިރޭސި ބަހުން ކޮންމެވެސް އެއްޗެހިތަކެއް ކިޔާހެދިކަމަށެވެ. އަދި އެވަގުތު ޚުތުބާ ވިދާޅުވުމަށް ވަޑައިގެން ހުންނެވި އިމާމު ބިދާސީ މީހާކައިރަށް ވަޑައިގެން އެކަން އެގޮތަށް ނުކުރުމަށް ނަސޭޙަތްތެރި ވުމުން އެ ބިދޭސީ މީހާ އައިސް ދެވަނަ ސަފުގައި އިށީންދެ އިނދެގެން ދެއަތް މައްޗަށް ނަގައިގެން ރޮއި ހެދި ކަމަށް އެ މީހާ ބުންޏެވެ.

'' ބިދޭސީ މީހާ ޚުތުބާ ކިޔާ ގަޑި ޖެހުމުން މިންބަރަށް އަރައި ސަލާން ގޮވާލުމަށްފަހު އިނގިރޭސިން ކޮންމެވެސް އެއްޗެހިތަކެއް ކީ. އެވަގުތު އިމާމު ދުރުވެ އޭނާއާ ވާހަކަ ދެއްކުމުން ފައިބައިގެން ގޮސް ދެވަނަ ސަފުގައި އިށީނީ. ދެން ޖީބުން ކަރުދާސްގަނޑެއް ނަގައި އެއަށް ތިންފަހަރަކު ކުޅުޖެހީ. އެވަގުތު އެމީހާ ކައިރީގައި އިން މީހަކު ކަރުދާސްގަނަޑު ބޭރަށް އެއްލަން ބުނީމާ ޖީބަށް ކަރުދާސްގަނޑު ލުމަށްފަހު ވޮލެޓްނެގީ ދެން ކުޅުޖެހީ ވޮލެޓްތެރެއަށް. ދެން ދެއަތް މައްޗަށް ނަގައިގެން ރޮއި ވަރަށް ހުތުރު ޢަމަލުތަކެއް ހިންގީ'' އަބުބަކުރު ބުންޏެވެ.

ބިދޭސީ މީހާގެ ޢަމަލްތައް މިގޮތަށް ހުރުމުން ކޮންމެވެސް މީހަކު ފުލުހުންނަށް ފޯނުކުރުމުން ފުލުހުން އައިސް އޭނާ ގެންދަން އުޅުމުގެ ތެރޭގައި ފުލުހަކަށް އޭނާ ހަމަލާދިންކަމަށް ވެއެވެ. އަދި އެވަގުތު އޭނާ މިސްކިތުން ބާލައިގެން ގެންދިޔައީ ދެއަތުގައި ބިޑި އަޅުވައިގެންނެވެ. ފުލުހުން މިއަަދު ވިދާޅުވީ ހުޅުމާލޭ މިސްކިތުގައި ހަމަނުޖެހުމެއް ހިންގައިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއްކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
...
ލިޔުނީ ޒިޔާ, 2009-11-18 05:17:01
ވަރަށް މޮޅު ލިޔުމެއް. މިޒަމާނުގައި ޑިމޮކްރަސީ ގެ ނަމުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ހިޔާލް ފާޅު ކުރުމުގެ ނަމުގައި އެންގި ތިބެ "މޮޔަ" ގޮވާ، މީހުން ވާހަކަ ދައްކާ އިރު އެކޮޅު މިކޮޅު ބަލާ ނުލާ ގަބޫލު ކުރުމަކީ ވާ ނުވާ ނޭނގި ބުޅާ އަލީ ގޮވި "މޮޔަ" ގަބޫލު ކުރި މީހުންނަށް ވުރެ މޮޔަ ބައެއް. މިހާރުގެ ވަސީލަތް ތަކާއި އެކުވެސް މީހުން ގެ ގަމާރުކަން ފިލާ ނުދިއުމަކީ ހިތާމައެއް.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 19 ކިޔުންތެރިން އަދި 1 މެމްބަރެއް އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު


''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.''
- މުޙަންމަދު އަމީން-

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 718149
ބެލި ޢަދަދު: 10312